📍 ށ. މިލަންދޫ
މިލަންދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވޮލްކޯ ޔުނައިޓެޑަށް
ށ.މިލަންދޫ ކައުންސިލްގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ، ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވޮލްކޯ ޔުނައިޓެޑުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައި ވަނީ ވޮލްކޯ ޔުނައިޓެޑާއި ސިކްސްޕެކް ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ތަށި ހޯދީ ވޮލްކޯއިންނެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) ޝަރަފްވެރި ކޮށްދެއްވި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް [...