މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. މިލަންދޫ (230 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
230 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މިލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

230 ޚަބަރުގެ ތެރެއިން
މިލަންދޫ ކައުންސިލުން ސްކޫލަށް ގޮނޑި ހަދިޔާކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ ކައުންސިލުން ސްކޫލަށް ގޮނޑި ހަދިޔާކޮށްފި

ށ. މިލަންދޫ ކައުންސިލުން އެރަށު ސްކޫލަށް ގޮނޑި ހަދިޔާކޮށްފިއެވެ. މި ގޮނޑިތަކަކީ އެ ސްކޫލްގެ ހޯލްގައި ބޭނުންކުރުމަށް ހަދިޔާކޮށްފައިވާ ގޮނޑިތަކެކެވެ. މިލަންދޫ ކައުންސިލުން ވަނީ 500 ގޮނޑި ސްކޫލަށް ހަދިޔާކޮށްފައެވެ. މިލަންދޫ ސްކޫލުން ވަނީ މި އެހީތެރިކަމަށްޓަކައި މިލަންދޫ ސްކޫލަށް ޝުކުރު އަދާކޮށްފައެވެ. ”މި ފުރުޞަތުގައި މިލަންދޫ ސްކޫލާއިމެދު މިލަންދޫ ކައުންސިލުން ބާއްވާ ގާތްކަމާއި، މިލަންދޫ ސްކޫލުގެ ކުރިއެރުމަށް މިލަންދޫ ކައުންސިލްގެ ފަރާތުން ދެއްވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ވަރަށް އުފަލާއ...

ޔުމްނާ ޢަލީ
ށ.އަތޮޅު ޤުރުއާން މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް މިލަންދޫ ސްކޫލް 📍 ށ. މިލަންދޫ

ށ.އަތޮޅު ޤުރުއާން މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް މިލަންދޫ ސްކޫލް

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ށ. އަތޮޅު ޤުރުއާން މުބާރާތް 2025” ގެ ފަޚުރުވެރި އެއްވަނަ ސްކޫލަކަށް އެ އަތޮޅު މިލަންދޫ ސްކޫލް ހޮވިއްޖެއެވެ. މި އޮގަސްޓް މަހު 7 އިން 8 އަށް ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ށ އަތޮޅުން މުޅި ޖުމްލަ 124 ދަރިވަރުން ބައިވެރިވިއެވެ. މި މުބާރާތުގެ ނާތީޖާފާޅުކުރުމާއި އިނާމުދިނުމުގެ ރަސްމިއްޔާތު ވަނީ މިއަދު ބާއްވާފައެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ، ދިވެހި ބަހުގެ […]

އައިޝަތު އައިނީ އާމިރު
މިލަންދޫ ޕާކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. މިލަންދޫ

މިލަންދޫ ޕާކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. މިލަންދޫ ޕާކުގެ ދެވަނަ ފިޔަވަހި ތަރައްްީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިލަންދޫ ކައުންސިލުން ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީކުރުމަށް އެ ކައުންސިލުން ގެޒެޓް މެދުވެރިކޮށް ހިއްސާކޮށްފައިވާ ރަޖިސްޓްރީ ފޯމު ފުރުމަށްފަހު 14 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން esms@milandhoo.gov.mv އަށް މެއިލް ކުރުމުން ރަޖިސްޓްރީ ކުރެވޭނެކަމަށެވެ. އެގޮތުން ބިޑު ބަލައިގަތުން އަދި ހުޅުވުން އ...

އައިޝަތު އައިނީ އާމިރު
މަސްތުވާތަކެއްޗާއެކު މިލަންދޫ އިން ދެ މީހަކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މަސްތުވާތަކެއްޗާއެކު މިލަންދޫ އިން ދެ މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ށ. މިލަންދޫ އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުން ހުއްޓުވުމަށް މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެގޮތުން މި ޖުލައި މަހުގެ 27 ވަނަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ / ތަބުރުމާގެ، މުޙައްމަދު ނަޖާހު (29އ) އާއި ށ. މިލަންދޫ / ކުދިލުބޯގެ، އަޙްމަދު އ...

އައިޝަތު އައިނީ އާމިރު
މިލަންދޫ ވޮލީ ކޯޓުގެ މަސައްކަތް ނިންމާލައިފި 📍 ށ. މިލަންދޫ

މިލަންދޫ ވޮލީ ކޯޓުގެ މަސައްކަތް ނިންމާލައިފި

ށ. މިލަންދޫގައި ތަރައްޤީކުރި ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލައިފިއެވެ. އެގޮތުން މިލަންދޫގައި ތަރައްޤީކުރި މި ވޮލީބޯޅަ ކޯޓުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުން މި މަޝްރޫޢުއަށް ފަންޑުކޮށްގެން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކުއެވެ. މިލަންދޫ ކައުންސިލުގެ ރައީސް އަބްދުالله އާތިފް “ތިލަދުން” އަށް ވިދާޅުވީ، ރަށުގައި ތަރައްޤީކުރި މި ވޮލީބޯޅަ ކޯޓު ރައްޔިތުންނަށް ވަރަށް އަވަހަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޙާއްސަ ރަސްމިއްޔާތަކާއެކު ވޮލީބޯޅަ ކޯ...

އައިޝަތު އައިނީ އާމިރު
މިލަންދޫ ބައެއް ފުލުހުންގެ އެކައުންޓުތަކަށް ބޮޑު އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް 📍 ށ. މިލަންދޫ

މިލަންދޫ ބައެއް ފުލުހުންގެ އެކައުންޓުތަކަށް ބޮޑު އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް

ށ.މިލަންދޫ ޕޮލިހުގައި މަސައްކަތްކުރާ ބައެއް ފުލުހުންގެ ބޭންކް އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން މިރޭ ބުނީ މިލަންދޫ ޕޮލިހުގައި މަސައްކަތްކުރާ ބައެއް ފުލުހުންގެ ބޭންކް އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް އެ އިދާރާގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް (PSC) އިން އަންނަނީ ތަހްގީގުކުރަމުންނެވެ. މި މައްސަލަ ތަހްގީގުކުރުމަށް މިކަމުގައި ޝާމިލްވާ ފުލުހުން މިވަގުތު ތިބީ މާލެއަ...

ޔުމްނާ ޢަލީ
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މިލަންދޫގައި މަޢުލޫމާތު ދީފި 📍 ށ. މިލަންދޫ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މިލަންދޫގައި މަޢުލޫމާތު ދީފި

ށ. އަތޮޅުގައި މިހާރު ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވގެ ތެރެއިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ގޮތުން ށ. މިލަންދޫގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މި ހަރަކާތްތަކުގެ ތެރެއިން މި ހަފްތާ މިލަންދޫގެ ސަރުކާރު އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ވަކި ވަކިން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށް، އުޅަނދު ދުއްވާއިރު ސަމާލުކަންދޭން ޖެހޭކަ...

އައިޝަތު އައިނީ އާމިރު
މިލަންދޫ ކައުންސިލް ނަމޫނާ އަކަށް ބަލަންވީ ސަބަބު މި ފޮޓޯތަކުން 📍 ށ. މިލަންދޫ

މިލަންދޫ ކައުންސިލް ނަމޫނާ އަކަށް ބަލަންވީ ސަބަބު މި ފޮޓޯތަކުން

17 މެއި 2010 ގައި ޢަމަލުކުރަންފެށި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ހިޔަލުގައި ރާއްޖޭގެ ހިންގުމުގެ ނިޒާމު ލާމަރުކަޒީ ނިޒާމަށް ދީއްލައިލެވި، މިވޭތުވަމުންދާ 15 ވަނަރަކަށް އަހަރު ތެރޭ އެ ޤާނޫނުން ބާރު ލިބިގެން ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތައް އަންނަންނީ އުފެދި ހިންގަމުންނެވެ. މި ކައުންސިލްތަކަށް ޤާނޫނުން ލިބިދީފައިވާ ބާރުގެ މިންވަރުގެ ބާރުގެ ބޭނުންކޮށްގެން ވެސް ކައުންސިލްތަކަށް އެދެވޭ ނަތީޖާއަކަށް މަސައްކަތް ނުކުރެވޭކަމުގެ ޝަކުވާ ރައްޔިތުންގެ އޮވެއެވެ. ނ...

އައިޝަތު އައިނީ އާމިރު
މިލަންދޫގައި ޑްރަގް ވިޔަފާރީގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފި

މިލަންދޫގައި ޑްރަގް ވިޔަފާރީގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފި

ށ. މިލަންދޫގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. މި މެއި މަހުގެ 27 ވަނަ ދުވަހު މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މިލަންދޫގެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ތިން ކަރުދާސްކޮޅު ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ: ށ. މިލަންދޫ / […]

ޔުމްނާ ޢަލީ
މިލަންދޫ އާއި މާއުނގޫދޫގައި ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ 📍 ށ. މިލަންދޫ

މިލަންދޫ އާއި މާއުނގޫދޫގައި ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ

ށ. އަތޮޅުގެ މިލަންދޫ އާއި މާއުނގޫދޫގައި ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ތައްޔާރުވެއްޖެއެވެ. މިގޮތުން އެމްޓީސީސީން ބުނިގޮތުގައި އެ ކުންފުނިން ވަނީ މިލަންދޫގައި ދެ ބުރީގެ ހޮސްޕިޓަލަކާއި، އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ އިތުރުން އެ ރަށުގައި މިހާރު ހަދާފައިހުރި އައުޓްޑޯ ޖިމްގެ އިކުއިޕްމެންޓް ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ. މީގެ އިތުރުން މާއުނގޫދޫ ހެލްތް ސެންޓަރަށް އައު އިމާރާތް އެޅުމުގެ މަޝްރޫޢު ފަށަން...

އައިޝަތު އައިނީ އާމިރު
މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިންމާލައިފި 📍 ށ. މިލަންދޫ

މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިންމާލައިފި

ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހާވާލުކޮށްފައިވާ މަޝްރޫޢުގެ މަސަައްކަތް އެއްކޮށް ނިމިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އާރުޑީސީއިން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ކުރިޔަށް ގެންދެވުނު މަސައްކަތްތަކުގެ ތެރޭގައި މިލަންދޫގެ 9 މަގަކާއި 2 ގޯޅިއެއް ހިމެނޭހެން މުޅި ޖުމްލަ 6،3 ކިލޯ މީޓަރުގެ ތާރު އަޅާފައިވާ ކަމަށެވެ.  މިލަންދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ މަގުތަކަކީ ފެންވަރު ރަނގަޅު، ހިތްގައިމުކޮށް ފަރުމ...

އައިޝަތު އައިނީ އާމިރު
މިލަންދޫ ބަނދަރު އެއްގަމު ވާޓަރު ނިންމާލައި މަޝްރޫޢު ހަލުވިކަމާއި ކުރިއަށް 📍 ށ. މިލަންދޫ

މިލަންދޫ ބަނދަރު އެއްގަމު ވާޓަރު ނިންމާލައި މަޝްރޫޢު ހަލުވިކަމާއި ކުރިއަށް

ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ދަނީ ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަމުން ދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަސައްކަތުގެ އަދާހަމަ އެމްޓީސީސީން ވެސް ކުރިން ދެމުން އައިސްފައިވާއިރު، މި މަޝްރޫޢުގެ އަދާހަމަ ދެމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ މި މަޝްރޫ...

ޔުމްނާ ޢަލީ
ހަނިމާދޫ، މިލަންދޫ ހިމެނޭހެން 18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް 📍 ހދ. ހަނިމާދޫ

ހަނިމާދޫ، މިލަންދޫ ހިމެނޭހެން 18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް

ހދ. ހަނިމާދޫ އާއި ށ. މިލަންދޫ ހިމެނޭހެން ރާއްޖޭގެ 18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތަކީ އެ މިނިސްޓްރީން ކުރިއަށް ގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނާޖީ (އެޝުއާ) ޕްރޮޖެކ...

ޔުމްނާ ޢަލީ
ނެއްލައިދޫ އާއި މިލަންދޫ ހިމެނޭހެން 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން ހަވާލުކޮށްފި 📍 ށ. މިލަންދޫ

ނެއްލައިދޫ އާއި މިލަންދޫ ހިމެނޭހެން 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން ހަވާލުކޮށްފި

ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒާއި ށ. މިލަންދޫ ހޮސްޕިޓަލް ހިމެނޭހެން 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒާއި ށ. މިލަންދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އަޙުމަދު ގާސިމް ސޮއި ކުރައްވާފައިވާއިރު، އެމްޓީސީސީގެ ފަރާތުން ސޮއި ކުރައްވާފައި...

އައިޝަތު އައިނީ އާމިރު
ތާރީޚީ ސަފުހާއެއް، ޤުރުއާން ހިތުދަސް ޙާފިޡުންގެ ފުރަތަމަ ދަސްވެނިވުން ބާއްވައިފި 📍 ށ. މިލަންދޫ

ތާރީޚީ ސަފުހާއެއް، ޤުރުއާން ހިތުދަސް ޙާފިޡުންގެ ފުރަތަމަ ދަސްވެނިވުން ބާއްވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ޚާއްޞަކޮށްގެން ދަސްވެނިވުމެއް މިރޭ ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފް ވެރިކޮށްދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ރައީސް ވަނީ ދަސްވެނިވި ޙާފިޡުންނަށް ޙާފިޡުކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ޖުމ...

ޔުމްނާ ޢަލީ