މިލަންދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
ށ. މިލަންދޫ ރައްޔިތުންނަށް އަމާޒުކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާގެ އިސްނެންގެވުމުގެ މަތިން މިލަންދޫ ޕޮލިސް ސްޓޭޝަނާއި، ސިއްހީ މަރުކަޒާއި، އަންހެނުންގެ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިލަންދޫ ދާއިރާގެ ކައުންސިލު މެމްބަރު ސައުދުﷲ އުސްމާނެވެ. ފާއިތުވި ނޮވެމްބަރ...