މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. މިލަންދޫ (230 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
230 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މިލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

230 ޚަބަރުގެ ތެރެއިން
ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި ކައުންސިލުތަކުގެ ދައުރު ކުޑައެއް ނޫން: މެމްބަރ ޢަލީ ރިޟާ 📍 ށ. މިލަންދޫ

ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި ކައުންސިލުތަކުގެ ދައުރު ކުޑައެއް ނޫން: މެމްބަރ ޢަލީ ރިޟާ

މިލަންދޫގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ޓާރފް ދަނޑުގެ ޢަމަލީ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ފޮޓޯތަކަކާއިއެކު މިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ ޢަލީ ރިޟާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ތަރައްޤީގެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމުގައި ކައުންސިލުތަކުގެ ދައުރު ކުޑަ ނޫން ކަމުގައެވެ. މިކަމާއި ގުޅޭ ގޮތުން ތިލަދުންއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޢަލީ ރިޟާ ވިދާޅުވީ މިލަންދޫގައި މިހާރު އަމަލީ މަސައްކަތް ފެށިގައިވާ ޓާރފު ދަނޑުގެ މަސައްކަތް ކުރިއަށް ނުގ...

އަބްދުލް މުޙައްމަދު
ކައުންސިލް މެމްބަރ ބޮޑޭގެ ޝުކުރު މިލަންދޫ ރައްޔިތުންނަށް! 📍 ށ. މިލަންދޫ

ކައުންސިލް މެމްބަރ ބޮޑޭގެ ޝުކުރު މިލަންދޫ ރައްޔިތުންނަށް!

މިލަންދޫ ކައުންސިލްގެ ކައުންސިލް މެމްބަރ ޢަބްދުﷲ އާތިފް (ބޮޑޭ) މިލަންދޫގެ އެންމެ ރައްޔިތުންނަށް ޝުކުރުއަދާކޮށްފިއެވެ. ޢަބްދުﷲ އާތިފް (ބޮޑޭ)ގެ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ނިމިގެންދިޔަ ދަޢުރުގައި އޭނާއަށް ވޯޓް ދެއްވައި، ވޯޓް ހޯއްދަވައިދެއްވި އެންމެހައި ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށާއި، ވޭތުވެގެން ދިޔަ ދުވަސްތަކުގައިވެސް މަސައްކަތް ކުރައްވާފައިވާނީ ލާމަރުކަޒީ ޤާނޫނުން މަތިކުރާ ކަންތައްތައް ވަކި ކުލައަކަށް ވަކި ފިކުރަކަށް ބެލުމެއްނެތި ރައްޔިތުންގެ...

އަބްދުލް މުޙައްމަދު
އަގުބޮޑު އިނާމުތަކާއެކު މިލަންދޫ ޔޫތް މޫވްމަންޓްއިން މަދަޙަ މުބާރާތެއް ބާއްވަނީ 📍 ށ. މިލަންދޫ

އަގުބޮޑު އިނާމުތަކާއެކު މިލަންދޫ ޔޫތް މޫވްމަންޓްއިން މަދަޙަ މުބާރާތެއް ބާއްވަނީ

މިލަންދޫ ޔޫތް މޫވްމަންޓުން އިންތިޒާމުކޮށްގެން މިޖޫން މަހު މަދަޙަ މުބާރާތެއް ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ށ. މިލަންދޫގެ ކިޔަވާ ކުދީންނަށް އަމާޒުކުރެވިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއްކަމަށް އެޖަމްޢިއްޔާގެ އެކްޓިވްޓީސްކޮމެޓީގެ ޗެއަރ އިބްރާހިމް އަންވަރު ތިލަދުންއަށް ބުންޏެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ ޒެޑްމޯބައިލް އެންޑް އެކްސްސަރީޒްއެވެ. ފައިސާގެ އިނާމާއި، ވާދައިގެ ޝީލް ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށްގެންދަނީ ދެބަޔަކަށ...

އަބްދުލް މުޙައްމަދު
މިލަންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބަލަން ނެގި ސާމްޕަލްތައް ނެގިޓިވް

މިލަންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބަލަން ނެގި ސާމްޕަލްތައް ނެގިޓިވް

ށ. މިލަންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ ޖަމާއަތީ ފެތުރުމެއް އޮތްތޯ ބެލުމަށް ރޭންޑަމްކޮށް ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށް މިލަންދޫ ސިއްޙީ މަރުކަޒުން ބުނެފިއެވެ. މިގޮތުން އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ރޭންޑަމްކޮށް 37 ސާމްޕަލެއް ވަނީ ނަގާފައެވެ. އެ ސިއްޙީ މަރުކަޒުން ބުނީ އިޖުތިމާއީ ގައިދުރުކަން އިސްކޮށް، ކޮންމެހެން ގެއިން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގަ ނޫނީ އަދިވެސް ނުނިކުތުމަށް އެދޭކަމަށާއި، ގެއިން ބޭރަށް ދާނަމަ ފޭސްމާސްކު ބޭނުންކުރުމަށް އިލްތިމާސްކުރާ ކަމަށެވެ....

ޝިއުނާ އާދަމް
ޖަމާއަތުގައި ނަމާދުކުރަން ދިން ހުއްދަ ބާތިލުކުރުމުން މިލަންދޫގައި މުޒާހަރާކޮށްފި 📍 ށ. މިލަންދޫ

ޖަމާއަތުގައި ނަމާދުކުރަން ދިން ހުއްދަ ބާތިލުކުރުމުން މިލަންދޫގައި މުޒާހަރާކޮށްފި

ށ. މިލަންދޫގައި ހުކުރު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ފަހު، ފަހުން ޖަމާއަތް ހެދުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލުކުރުމުން އެކަމާއި ކަންބޮޑުވެ ރަށު ކައުންސިލު ދޮށުގައި މީހުން މުޒާހަރާކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ހުކުރު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ފަހު، ފަހުން ޖަމާއަތް ހެދުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލުކޮށް ސިޓީއަކުން އެކަން މިލަންދޫ ކައުންސިލަށް އެންގުމުން އެކަން އާންމުކޮށް އިއުލާން ކުރުމާއި ގުޅިގެން އެކަމާއި ހިތްހަމަނުޖެހިގެން 100 ވަރަކަށް މީހުން ކައުންސިލް ދޮށަށް އެ...

ޔުމްނާ ޢަލީ
މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި 📍 ށ. މިލަންދޫ

މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ށ. މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައި، އެރަށަށް އެކަން އަންގައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 13:12 ގައެވެ. އެރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި ސަބަބަކީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އާންމު […]

ޝިއުނާ އާދަމް
މިލަންދޫން ނެގި 7 ސާމްޕަލެއްގެ ނަތީޖާ ލިބިއްޖެ 📍 ށ. މިލަންދޫ

މިލަންދޫން ނެގި 7 ސާމްޕަލެއްގެ ނަތީޖާ ލިބިއްޖެ

ށ. މިލަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްވި 8 މީހުންގެ ތެރެއިން 7 މީހުންގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށް މިލަންދޫ ހެލްތު ސެންޓަރުން ބުނެފިއެވެ. އެ 7 މީހުންގެ ނަތީޖާވެސް ނެގެޓިވު ވެފައިވާ ކަމަށާއި، ބާކީ ނަތީޖާ ނުލިބޭ މީހާގެ ނަތީޖާ ނެގެޓިވު ވުމަކީ އެ މަރުކަޒާއި މިލަންދޫ ރައްޔިތުންގެ ދުޢާ ކަމަށް މިލަންދޫ ސިއްޙީމަރުކަޒުން ވަނީ ބުނެފައެވެ. އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވީ އެ އަތޮޅު ނަރުދޫ އަމާޒު ބޯޓުން އެ […]

ޝިއުނާ އާދަމް
ކޯވިޑް-19: މިލަންދޫ 8  މީހެއްގެ ސާމްޕަލް ނަގައިިފި 📍 ށ. މިލަންދޫ

ކޯވިޑް-19: މިލަންދޫ 8 މީހެއްގެ ސާމްޕަލް ނަގައިިފި

ކޯވިޑް-19 އަށް ޕޮޒިޓިވްވި ށ. މިލަންދޫ މީހާއާއި ސީދާ ބައްދަލުވި 8 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ. އެކަން ހާމަކޮށް މިލަންދޫ ސިއްހީ މަރުކަޒުގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ މިލަންދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފަރާތާއި ޑައިރެކްޓް ކޮންޓެކްވި 8 ފަރާތުގެ ސާމްޕަލް ނެގިއްޖެ ކަމަށެވެ. އެ މަރުކަޒާއި މިލަންދޫ ރައްޔިތުންގެ ދުޢާއަކީ މާތްﷲ ހެޔޮރަހުމަތްފުޅުން ކޯވިޑް-19 އަށް އެ އެންމެންވެސް ނެގެޓިވުވުން ކަމަށް އެމަރުކަޒުން ވަނީ ބުނެފައެވެ. […]

ޝިއުނާ އާދަމް
ކޯވިޑް-19: މިލަންދޫ މީހަކުވެސް ފައްސިވެއްޖެ 📍 ށ. މިލަންދޫ

ކޯވިޑް-19: މިލަންދޫ މީހަކުވެސް ފައްސިވެއްޖެ

ށ. މިލަންދޫ މީހަކުވެސް ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. މިލަންދޫ އިން ކޯވިޑް-19 އަށް ފައްސިވެފައިވަނީ ށ. ނަރުދޫ އަމާޒު ބޯޓުން ދަތުރުކުރި މީހަކަށެވެ. އެޗްޕީއޭގެ ރަސްމީ ބަހެއް މިކަމަށް ލިބިފައި ނުވިޔަސް އެރަށުން މިކަން މި ނޫހަށް ވަނީ ޔަޤީން ކޮށްދީފައެވެ. މިލަންދޫ މީހަކު ކޯވިޑަށް ފައްސިވިއިރު، އަމާޒު ބޯޓު ނިސްބަތްވާ ނަރުދޫން މިހާތަނަށް މި ބައްޔަށް ހަ މީހަކު ވަނީ ފައްސިވެފައެވެ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން ފައްސިވެފައިވާއިރު، އެ ބޯޓުން ވަނީ އެކި ރަށް ރަށުގެ […]

ޝިއުނާ އާދަމް
ށ.އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި 📍 ށ. ފުނަދޫ

ށ.އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ށ.އަތޮޅުގެ ފަސް ރަށެއް މޮނީޓަރިންގެ ހާލަތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެނެސްފި އެވެ. އެޗްޕީއޭ އިން ބުނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ށ.ނަރުދޫ އާއި ށ.ފުނަދޫ އާއި ށ.މިލަންދޫ އާއި ށ.ފީވަށް އަދި ށ.މާއުނގޫދޫ ކަމަށެވެ. މީގެ އިތުރުން ނ އަތޮޅު ހޮޅުދޫވެސް ވަނީ މޮނީޓަރިންގެ ހާލަތަށަ ގެނެސްފައެވެ. މި ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިމިވަނީ ނަރުދޫ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން އެ […]

ޔުމްނާ ޢަލީ
މިލަންދޫން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

މިލަންދޫން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ށ. މިލަންދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. މިލަންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންސްޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މިލަންދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިލަންދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުންކުރާ ކ...

ޔުމްނާ ޢަލީ
ކޮވިޑް-19: މިލަންދޫގައިވެސް ގިނަ ހަރަކާތްތަކެއް 📍 ށ. މިލަންދޫ

ކޮވިޑް-19: މިލަންދޫގައިވެސް ގިނަ ހަރަކާތްތަކެއް

ރާއްޖެ ހިމެނޭހެން މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި މެދު ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ށ. މިލަންދޫގައިވެސް ގިނަ ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ. ފިހާރަތަކާއި، ހޮޓާ ރެސްޓޯރެންޓު ކައިރީ އަތް ދޮވެވެވޭނެ އިންތިޒާމު ހަމަޖެއްސުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އެރަށުގެ ފިހާރަތަކާއި، ހޮޓާ ރެސްޓޯރެންޓު ކައިރީ ސައިބޯނި ލައިގެން އަތް ދޮވެވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އެރަށުގެ ބީއެމްއެލް އޭޓީއެމުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށްވެސް އަތް ދޮވެވޭނެ...

ޝިއުނާ އާދަމް
އެމްޓީސީސީ އިން 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު ހުޅުވާލައިފި 📍 ށ. މިލަންދޫ

އެމްޓީސީސީ އިން 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު ހުޅުވާލައިފި

އެމްޓީސީސީ އިން ދިވެހިންނަށް ހާއްސަ 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަދު އެމްޓީސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނިން ޕްރޮޖެކްޓުތައް ކުރިއަށްގެންދާ ރަށްރަށުގައި މަސައްކަތްކުރާނެ ސްކިލްޑް އަދި އަން ސްކިލްޑް މުވައްޒަފުން ބޭނުންވާ ކަމަށެވެ. ނޫސް ކޮންފަރެންސް: ހުޅުވާލާފައިވާ ވަޒީފާގެ ފުރުސަތުތަކާއި ބެހޭ pic.twitter.com/yhJsEaGJCa — MTCC Plc (@MTCCPlc) February 27, 2020 އެގޮތުން ޑްރައިވަރުނ...

ޔުމްނާ ޢަލީ
މިލަންދޫން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. މިލަންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިލަންދޫން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އޭނާ...

ޔުމްނާ ޢަލީ
22 ރަށަކަށް ޓާރފް ގެނެސް އިންސްޓޯލް ކޮށްދޭނެ ބަޔަކު ހޯދަަށް އަލުން ޢިއުލާން ކޮށްފި 📍 ށ. މިލަންދޫ

22 ރަށަކަށް ޓާރފް ގެނެސް އިންސްޓޯލް ކޮށްދޭނެ ބަޔަކު ހޯދަަށް އަލުން ޢިއުލާން ކޮށްފި

22 ރަށެއްގެ ފުޓްބޯޅަދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން އަލުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީއިން ބުނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދިލެއްވުމުގެ މަތިން އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑު ކަމަށް ފެންނާތީ، އެބީލަންތަށް ބާތިލުކޮށް އެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާކަމަށެވެ. އެ ޢިއުލާންގައިވ...

ޔުމްނާ ޢަލީ