މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. މިލަންދޫ (230 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
230 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މިލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

230 ޚަބަރުގެ ތެރެއިން
މިލަންދޫގެ ކޯވިޑް ބަލީގެ ހާލަތު ދެނެގަތުމަށް ސާމްޕަލްނެގުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް 📍 ށ. މިލަންދޫ

މިލަންދޫގެ ކޯވިޑް ބަލީގެ ހާލަތު ދެނެގަތުމަށް ސާމްޕަލްނެގުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް

ށ.މިލަންދޫގައި ކޯވިޑް-19 ގެ ހާލަތު ދެނެގަތުމުގެ ގޮތުން، ކޯވިޑަށް ޓެސްޓް ކުރުމުގެ ޑޯޓްޑޯ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް އެ ރަށު ސިއްހީ މަރުކަޒު ނިންމައިފިއެވެ. މިކަމާއި ގުޅިގެން 05 ސެޕްޓެމްބަރ 2021 ގައި އެ ސިއްހީ މަރުކަރުން އާންމު ކޮށްފައިވާ ނޯޓުގައި ބުނެފައިވަނީ 06 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހު މިލަންދޫގައި ޑޯޓުޑޯ އިވެންޓަކުން އެ ރަށުގައި ރޯގާޖެހިފައި ތިބި ފަރާތްތަކުގެ ސާމްޕަލް ނަގައި ވަގުތުން ޓެސްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިގޮތަށް ޓެސްޓް […]

އިބްރާހިމް ޚަލީލް
މިލަންދޫން ޕޮޒިޓިވްވި މީހުންގެ އަދަދު 31 އަށް

މިލަންދޫން ޕޮޒިޓިވްވި މީހުންގެ އަދަދު 31 އަށް

ށ. މިލަންދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 31 އަށް އަރައިފިއެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދު ﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، އެރަށުން އަލަށް ޕޮޒިޓިވްވި ހުރިހާ މީހުންނަކީ ވެސް 26 އޯގަސްޓް ކްލަސްޓާއާއި ގުޅުން ހުރި މީން ކަމަށެވެ. “ގިނައިން ޕޮޒިޓިވްވެފައި ވަނީ ސްކޫލް ދަރިވަރު ” އާތިފް ވިދާޅުވިއެވެ. މިމަހުގެ 26 ވަނަ ދުވަހު ވަނީ ބަލީގެ އަލާމާތް ހުރެގެން މިލަންދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ […]

ޔުމްނާ ޢަލީ
ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވެ މިލަންދޫ މޮނިޓަރިންނަށް 📍 ށ. މިލަންދޫ

ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވެ މިލަންދޫ މޮނިޓަރިންނަށް

ށ. މިލަންދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވެ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިންނަށް ލާފައި ވަނީ މިރޭ 18:52 އިން ފެށިގެންނެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވީ ބަލީގެ އަލާމާތް ހުރެގެން ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ބައެއްގެ ސާމްޕަލްތަކުގެ ތެރެއިން 4 ސާމްޕަލެއް ކަމަށެވެ. “ޕޮޒިޓިވްވީ ބޮޑު މީހަކާއި ތިން ކުޑަ ކުދިން، […]

ޙުސައިން ޝަހުދީ
ފެނަކައިން މިލަންދޫގައި ހިންގާ ފުނަރު ޕްރޮގްރާމުގެ އިމްތިހާނު ނިންމާލައިފި

ފެނަކައިން މިލަންދޫގައި ހިންގާ ފުނަރު ޕްރޮގްރާމުގެ އިމްތިހާނު ނިންމާލައިފި

ފެނަކަ ކޯޕަރޭޝަންގެ “ފުނަރު” އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދާ ސަރަހައްދުތަކުގެ ތެރެއިން ށ. މިލަންދޫގެ އިމްތިހާނުތައް އިއްޔެ ނިންމާލައިފިއެވެ. އިންޖީން ރިޕެއާއާއި މެއިންޓަނެންސް ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ތިއަރީ އިމްތިހާން ހޮނިހިރު ދުވަހު ނިންމާލިއިރު، ޕްރެކްޓިކަލް ބައިނިންމާލީ އިއްޔެއެވެ. ފެނަކައިން ފުނަރު ޕްރޮގްރާމު ކުރިއަށްގެންދަނީ ރާއްޖޭގެ ހަތް ސަރަހައްދެއްގަ އެވެ. އެއީ ކުޅުދުއްފުށި ސިޓީ އާއި ށ. މިލަންދޫ އާއި ނ. ވެލިދޫ އާއި ބ. އޭދަފުއްޓާއި ދ. ކުޑަހުވަދޫ އާއި ތ...

އަޙްމަދު ވަހީދު
މަސްތުވާ ތަކެއްޗާއެކު މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މަސްތުވާ ތަކެއްޗާއެކު މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާ ތަކެއްޗާއެކު ށ. މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ ހދ. ކުޅުދުއްފުށީ ސިޓީއިން ށ. އަތޮޅު ފީވަކަށާއި މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. […...

ޝިއުނާ އާދަމް
މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަނީ 📍 ށ. މިލަންދޫ

މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަނީ

ށ. މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަން ނިންމައިފިއެވެ. މިއަދު އެ މަރުކަޒުން އިއުލާނު ކުރިގޮތުގައި މިހިނގާ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ މަރުކަޒުން އިމަރޖެންސީ ބަލިމީހުންނާއި އަދި އެހެނިހެން ބަލިމީހުން އުފުލުމަށް ބޭނުންކުރަމުންދާނީ މި މަރުކަޒަށް އަލަށް ލިބިފައިވާ ޕެރަމެޑިކް އެންބިއުލާންސް އެވެ. މީގެ އިތުރުން އެ މަރުކަޒުން ހާމަކުރި ގޮތުގައި މި ވެހިކަލްއަކީ އުސްމިނުގައި 9 ފޫޓް ހުންނަ ވެހިކަލްއަކަށް ވުމުން މިލަންދޫ ބައެއް މަގުތަކުގައި ބޮޑެތި […]

އަޙްމަދު އަރުޝަމް
މިލަންދޫ ޞިއްޙީމަރުކަޒުގެ ލެބޯޓަރީން އައު ޚިދުމަތްތަކެއް ތަޢާރަފް ކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ ޞިއްޙީމަރުކަޒުގެ ލެބޯޓަރީން އައު ޚިދުމަތްތަކެއް ތަޢާރަފް ކޮށްފި

ށ. މިލަންދޫ ޞިއްޙީމަރުކަޒުގެ ލެބޯޓަރީން އައު ޚިދުމަތްތަކެއް ތަޢާރަފް ކޮށްފިއެވެ. އެ މަރުކަޒުން މިއަދު ހާމަކުރެއްވި ގޮތުގައި ލެބޯޓަރީން ދޭން ނިންމި ޚިދުމަތްތަށް މިއަދުން ފެށިގެން ދެމުންގެންދާނެއެވެ. މިލަންދޫ ޞިއްޙީމަރުކަޒު ލެބޯޓްރީން އަލަށް ތަޢާރަފް ކުރި ޚިދުމަތްތަކުގެ ތެރޭގައި، ތައިރޮއިޑް ޓެސްޓްތައް ހެދުމާއި އަދި ހަކުރު ބަލީގެ ޓެސްޓުތައް ހެދުމުުގެ ޚިދުމަތް ހިމެނެއެވެ. މީގެއިތުރުން ހަށިގަނޑުގެ ދަގަނޑުގެ ބައި ހުރި މިންވަރު ބެލުމަށް ހަދާ ޓެސްޓްތައް ވެސް މިހާރު އެ މަރުކަޒުން ހެދޭނެގޮތް ވަނީ ހަމަޖައް...

އަޙްމަދު އަރުޝަމް
އިޖުތިމާއި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް "ސާފު މިލަންދޫ މަގޭ ޒިންމާ" ހަރަކާތް ފަށައިފި 📍 ށ. މިލަންދޫ

އިޖުތިމާއި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް "ސާފު މިލަންދޫ މަގޭ ޒިންމާ" ހަރަކާތް ފަށައިފި

ށ. މިލަންދޫގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް “ސާފު މިލަންދޫ މަގޭ ޒިންމާ” ނަމުގައި ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތަކީ މިލަންދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތަށް ވަނީ ކޮންޓެކްޓް އުސޫލުން އެރަށަށް ނިސްބަތްވާ 20 މީހަކު މަގާފައެވެ. އެއީ 18 އަންހެނުންނާއި 2 ފިރިހެނުންނެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، އެރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުުގެ ކަންކަން ވާނީ މ...

ޔުމްނާ ޢަލީ
ބިލު އޮތްގޮތަށް ފާސްކުރުމަކީ އިސްލާމްދީނަށާއި، ރައްޔިތުންނަށް ވެވޭ ޚިޔާނާތެއް: މިލަންދޫ ކައުންސިލް 📍 ށ. މިލަންދޫ

ބިލު އޮތްގޮތަށް ފާސްކުރުމަކީ އިސްލާމްދީނަށާއި، ރައްޔިތުންނަށް ވެވޭ ޚިޔާނާތެއް: މިލަންދޫ ކައުންސިލް

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެނަމަ އެއީ، މާތްވެގެންވާ އިސްލާމް ދީނަށާއި، ދިވެހިރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތަކަށާއި، އަނިޔާއަކަށް ށ. މިލަންދޫ ކައުންސިލުން ބުނެފިއެވެ. މިލަންދޫ ކައުންސިލުން މިހެން ބުނީ، ދިވެހިރާއްޖޭ ޤާނޫނުލް ޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ...

އަލީ އާދިލް
މިލަންދޫ ސިއްޙީމަރުކަޒުގެ ޑޮކްޓަރާއި ބެހޭގޮތުން ދޮގު ވާހަކަ ފެތުރި ފަރާތްތަކާއިމެދު ފިޔަވަޅު އަޅަނީ 📍 ށ. މިލަންދޫ

މިލަންދޫ ސިއްޙީމަރުކަޒުގެ ޑޮކްޓަރާއި ބެހޭގޮތުން ދޮގު ވާހަކަ ފެތުރި ފަރާތްތަކާއިމެދު ފިޔަވަޅު އަޅަނީ

ށ. މިލަންދޫ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރަމުން އަންނަ ޑޮކްޓަރާ ބެހޭގޮތުން މީސް މީޑިއާގައި ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއްކަމަށާއި އަދި އެ ފަދަ ވާހަކަތައް ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނޭކަމަށް އެ މަރުކަޒުން ބުނެފިއެވެ. ސިއްޙީ މަރުކަޒުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން މީސް މީޑިއާގައި އެ ރަށު ޑޮކްޓަރު ކުޑަކުއްޖަކާއި ދިމާލަށް ހަޅޭއްލަވައި ރޮއްވާލިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއްކަމަށް ބުނެފައިވެއެވެ. އަދި ވަރަށް ހަޑިހުތުރު ބަސްތައް ބޭނުންކޮށް ޑޮކްޓަރަށް އިންޒާރުދީ...

އަޙްމަދު އަރުޝަމް
21 ދުވަސް ފަހުން މިލަންދޫ މޮނިޓަރިން ހާލަތުން ނަގައިފި 📍 ށ. މިލަންދޫ

21 ދުވަސް ފަހުން މިލަންދޫ މޮނިޓަރިން ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން، ށ. މިލަންދޫ މޮނިޓަރިން ހާލަތުން ނަގައިފިއެވެ. މިލަންދޫ މޮނިޓަރިން ހާލަތުން ވީއްލާފައި މިވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނައިތާ 21 ދުވަސް ފަހުންނެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ހުސްވި މެއި މަހުގެ 20 ވަނަ ދުވަހުގެ 18:01 އިން ފެށިގެންނެވެ. އެ ހާލަތުން ވީއްލީ 9 ޖޫން 23:57 އިން ފެށިގެންނެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިލަންދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ކޯވިޑަށް ޕޮޒިޓިވް […]

ތިލަދުން
150 ރެންޑަމް ސާމްޕަލް ނެގެޓިވްވެ، މިލަންދޫ އާންމު ހާލަތަށް ދިއުމުގެ އުންމީދުގައި 📍 ށ. މިލަންދޫ

150 ރެންޑަމް ސާމްޕަލް ނެގެޓިވްވެ، މިލަންދޫ އާންމު ހާލަތަށް ދިއުމުގެ އުންމީދުގައި

ކޯވިޑް-19ގެ ސަބަބުން މޮނިޓަރިން ހާލަތުގައި އޮތް ށ. މިލަންދޫ އެހާލަތުން އާންމު ހާލަތަކަށް ދިއުމަށް ރަށުގައި ބަލި ފެތުރިފައިވާ މިންވަރު ވަޒަން ކުރުމަށް ނެގި 150 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވްވެއްޖެއެވެ. އެރަށުގައި ބަލިފެތުރިފައި ވޭތޯ ބެލުމަށް އެންމެފަހުން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނެގީ ހުސްވި މޭމަހު ފަހުކޮޅުއެވެ. އެ ސާމްޕަލްތައް ވެސް ވަނީ ނެގެޓިވްވެފައެވެ. އެފަހަރު 200 ރެންޑަމް ސާމްޕަލެއް ނެގިއެވެ. މިލަންދޫ ސިއްހީ މަރުކަޒުން މިރޭ ވިދާޅުވީ، އެރަށް މޮނިޓަރިން ހާލަތުން އާންމު ހާލަތަކަށް […]

ޔުމްނާ ޢަލީ
މިލަންދޫ ނެގި 100 ރެންޑަމް ސާމްޕަލް ނެގެޓިވް 📍 ށ. މިލަންދޫ

މިލަންދޫ ނެގި 100 ރެންޑަމް ސާމްޕަލް ނެގެޓިވް

ށ. މިލަންދޫގައި ކޯވިޑް-19 ބަލި ފެތުރިފައިވޭތޯ ބެލުމަށް ނެގުނު 100 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވްވެއްޖެއެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ނެގި 100 ރެންޑަމް ސާމްޕަލްގެ ނަތީޖާ ވެސް ނެގެޓިވްވެފައިވާ ކަމަށެވެ. “މިވަގުތު ބަލި ޖެހިފައި ތިބި 26 މީހަކު މިރަށުގައި އެބަތިބި، އެމީހުންގެ ތެރޭގައި ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވި މީހަކު ނުހިމެނޭ،” އާތިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ 26 މީހުންގެ ތެރޭގައި ހިމެނެނީ ހޯމް ކަރަންޓީނު ނިންމާ […]

ޙުސައިން ޝަހުދީ
މިލަންދޫ، މާބަނޑު މީހެއް ވިހަން ކުޅުދުއްފުއްޓަށް ގެންދަނިކޮށް ކަނޑުގަދަވެ ދަތުރު ނުކުރެވިގެން ފުނަދޫއަށް 📍 ށ. ފުނަދޫ

މިލަންދޫ، މާބަނޑު މީހެއް ވިހަން ކުޅުދުއްފުއްޓަށް ގެންދަނިކޮށް ކަނޑުގަދަވެ ދަތުރު ނުކުރެވިގެން ފުނަދޫއަށް

ށ. މިލަންދޫ މާބަނޑު މީހެއް ވިހެއުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަނިކޮށް، ގަނޑު ގަދަވެ އޭނާ ދަތުރުކުރި ލޯންޗަށް ދަތުރު ނުކުރެވިގެން ށ. ފުނަދޫއަށް ގެންގޮސްފިއެވެ. އެ އަންހެން މީހާ ދަތުރުކުރި ލޯންޗް ފުނަދޫއަށް ބަނދަރު ކުރީ 14:35 ގައެވެ. މިލަންދޫ މޮނިޓަރިން ހާލަތުގައި އޮތްއިރު އެ އަންހެން މީހާއަކީ ވެސް ހޯމް ކަރަންޓީގައި ހުރި މީހެކެވެ. އެމީހާ ވިހެއުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަން ނިންމީ ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރު ކަރަންޓީނުގައި […]

ޙުސައިން ޝަހުދީ
ކަނޑިތީމުގެ އެކްޓިވް ކޭސްތައް 84 ގައި، މިލަންދޫ 21ގައި 📍 ށ. މިލަންދޫ

ކަނޑިތީމުގެ އެކްޓިވް ކޭސްތައް 84 ގައި، މިލަންދޫ 21ގައި

ށ. އަތޮޅު ކަނޑިތީމުން އިތުރު 6 މީހަކު ޕޮޒިޓިވްވެ އެކްޓިވް ކޭސްތައް 84 އަރައި، އެއަތޮޅު މިލަންދޫގެ އެކްޓިވް ކޭސްތަކުގެ 21އަށް އަރައިފައެވެ. ކަނޑިތީމު އެންމެފަހުން ނެގުނު 20 ސާމްޕަލްގެ ތެރެއިން 14 ސާމްޕަލްއެއް ވަނީ ނެގަޓިވްވެފައެވެ. އެރަށުން މިހާތަނަށް 814 ސާމްޕަލެއް ވަނީ ނަގާފައެވެ. ކަނޑިތީމުގައި މިވަގުތު 266 މީހެއް ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. މިހާތަނަށް 801 މީހަކު ވަނީ ހޯމް ކަރަންޓީނު ކުރެވިފައެވެ. އެރަށުން ޖުމްލަ 85 މީހުން ޕޮޒިޓިވްވިއިރު، ބަލިން ރަނގަޅުވެފައިވަނީ އެއްމެ […]

އައިޝަތު އިލްމާ އަދުނާން