މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. މިލަންދޫ (230 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
230 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މިލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

230 ޚަބަރުގެ ތެރެއިން
މިލަންދޫގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ކުޅިވަރު ފެސްޓިވަލް ފަށައިފި 📍 ށ. މިލަންދޫ

މިލަންދޫގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ކުޅިވަރު ފެސްޓިވަލް ފަށައިފި

މިލަންދޫ ކޮމިއުނިޓީ ސެންޓަރުގެ ފަރާތުން އިންތިޒާމުކޮށްގެން މިލަންދޫ މުއައްސަސާތަކުގެ މެދުގައި ކުޅިވަރު ފެސްޓިވަލެއް ފަށައިފިއެވެ.  މިލަންދޫ އިންޓަރ އޮފީސް ސްޕޯޓްސް ފެސްޓިވަލް 2022ގެ ނަމުގައި ކުރިއަށްގެންދާ މި ފެސްޓިވަލުގައި މިލަންދޫގެ ހުރިހާ މުއައްސަސާއަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން  ޕޮލިސް، ފެނަކަ، ހެލްތު ސެންޓަރ، އާރުޑީސީ މިލަންދޫ، ކައުންސިލް، ކޯޓު، މީގެ އިތުރުން ސުކޫލުގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ. ފެސްޓިވަލް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހުރިހާ މުއައްސަސާތަކުގެ ވެރ...

މުޙައްމަދު ސާޖިދު
ޒުވާން ލީޑަރުން އުފެއްދުމަށް “ޔޫތު ފޯރަމް 2022” މިލަންދޫގައި ފަށައިފި 📍 ށ. މިލަންދޫ

ޒުވާން ލީޑަރުން އުފެއްދުމަށް “ޔޫތު ފޯރަމް 2022” މިލަންދޫގައި ފަށައިފި

ޒުވާން ލީޑަރުންތަކެއް ހެޔޮގޮތުގައި ތަމްރީނު ކުރުމުގެ މަގުޞަދުގައި ބޭއްވޭ “ޔޫތު ފޯރަމް 2022“ ށ. މިލަންދޫގައި ފަށައިފިއެވެ. ކީރިތި ގުރުއާނުގެ ބަރަކާތުން މިފޯރަމް ފައްޓަވައިދެއްވީ މިލަންދޫގެ ފަޚްރުވެރި ޒުވާން ކަނބަލެއް ކަމުގައިވާ އަލް ޙާފިޛާ ޢާއިޝަތު ތޫލާ ޢަންވަރެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ މިނިސްޓަރ އޮނަރަބަލް ޢިމްރާން ޢަބްދުالله އެވެ. މި ރަސްމިއްޔާތު ޚާއްޞަކޮށްފައިވަނީ މަރުހަބާ ދެންނެވުމާއި އެކިގޮތްގޮތުން މިފޯރަމް ފުރިހަމަ ކުރެއްވުމަށްޓަކައި މަސައްކަތ...

މުޙައްމަދު ސާޖިދު
މިނިސްޓަރ ޢިމްރާން މިލަންދޫއަށް ވަޑައިގެންފި 📍 ށ. މިލަންދޫ

މިނިސްޓަރ ޢިމްރާން މިލަންދޫއަށް ވަޑައިގެންފި

ހޯމް މިނިސްޓަރ އައްޝައިޚު ޢިމްރާން ޢަބްދުالله މިއަދު ށ.މިލަންދޫއަށް ވަޑައިގެންފިއެވެ. މިނިސްޓަރ އިމްރާންގެ މިދަތުރުފުޅުގައި އެމިނިސްޓްރީގެ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެއިތުރުން އެދާއިރާގެ މެންބަރު އަލީ ރިޒާގެ އިތުރުން ބައެއް ޔުނިވަރސިޓީތަކުގެ ލެކްޗަރައިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރ ޢިމްރާން މިލަންދޫއަށް ވަޑައިގެންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި  ޔޫތު ލީޑާރސް ނެޓްވޯކުގެ ފަރާތުން މިލަންދޫގައި ބާއްވާ “ ޒުވާން ލީޑަރުންގެ ފޯރަމް 2022 “ ހުޅުވުމުގެ ރަ...

މުޙައްމަދު ސާޖިދު
ޑީޖޭޖޭ ގެ ފަރާތުން މިލަންދޫގައި މުހިންމު ސެޝަންތަކެއް 📍 ށ. މިލަންދޫ

ޑީޖޭޖޭ ގެ ފަރާތުން މިލަންދޫގައި މުހިންމު ސެޝަންތަކެއް

ޑިޕާޓުމެންޓު އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) ގެ ފަރާތުން ށ. މިލަންދޫ ގައި މުހިންމު ސެޝަން ތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންތައް އަމާޒުކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށެވެ. ވަކިވަކިން ކުރިއަށް ގެންދިޔަ މި ސެޝަން ތަކުގައި މުހިންމު ގިނަ މައުލޫމާތުތަކެއް ވަނީ ހިއްސާކުރައްވާފައެވެ. ދަރިވަރުންނަށް ޚާއްޞަކުރެވުނު ސެޝަނުގައި ރައްކާތެރި ޢަބުރިވެރި ނަފުސެއް ބިނާކުރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ސައިބަރ ކްރައިމްތަކާއި އެހެ...

އިބްރާހިމް އަސްވާޤް
މިލަންދޫގައި ދަރިވަރުން ރަށުތެރޭގައި ހަރަކާތްތެރިވާގޮތް މޮނީޓާ ކުރަނީ 📍 ށ. މިލަންދޫ

މިލަންދޫގައި ދަރިވަރުން ރަށުތެރޭގައި ހަރަކާތްތެރިވާގޮތް މޮނީޓާ ކުރަނީ

ށ. މިލަންދޫގައި ދަރިވަރުންނަށް ރައްކާތެރި މާޙައުލެއް ކަށަވަރު ކޮށްދިނުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި ސްކޫލު ދަރިވަރުން ރަށުތެރޭގައި ޙަރަކާތްތެރިވާގޮތް މޮނީޓާ ކުރުމަށް ނިންމައިފިއެވެ. މިކަން ބަޔާންކޮށް މިލަންދޫ ކައުންސިލުން އާންމުކުރެއްވި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިހާރަކަށް އައިސް އެރަށުގައި ސްކޫލު ދަރިވަރުންގެ މެދުގައި ބުލީ ކުރުމުގެ ޢަމަލުތައް އިތުރުވެ، މުހިންމު ބޭނުމެއްނެތި ދަރިވަރުން ރަށުތެރޭގައި ގްރޫޕް ހަދައިގެން އުޅޭ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިފަދަ ޢަމަ...

ޔުމްނާ ޢަލީ
މިލަންދޫގައި އެމް.ވައި.އެމް އިން ބޭއްވި “ތުއްތުކުދިންގެ މަދަހަ ކިޔުން 1443” ނިންމާލައިފި 📍 ށ. މިލަންދޫ

މިލަންދޫގައި އެމް.ވައި.އެމް އިން ބޭއްވި “ތުއްތުކުދިންގެ މަދަހަ ކިޔުން 1443” ނިންމާލައިފި

ށ. މިލަންދޫގެ ޖަމްޢިއްޔާއެއްކަމުގައިވާ މިލަންދޫ ޔޫތު މޫވްމަންޓުން ކުރިއަށްގެންދިޔަ އެމް.ވައި.އެމް ތުއްތުކުދިންގެ މަދަޙަ ކިޔުން 1443 ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، އޭޕްރީލް 29 ، 30 މިދެދުވަހު ފަސް ސެޝަނަކަށް ބަހާލައިގެން ނެވެ. މި ހިނގާ އެޕްރީލް މަހުގެ 13 ވަނަ ދުވަހު އިޢުލާން ކުރި މި ހަރަކާތަށް އެރަށުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެމް.ވައި.އެމް އިން ހާމަކުރެއެވެ. ޖުމްލަ 99 ކުދިން ބައިވެރި މިހަރަކާތަކީ މިހިނގާ އޭޕްރީލް މަހުގެ ނިޔަލަށް 7 އަހަރު ނުފު...

އަލީ އާދިލް
މިލަންދޫގެ ގޭގޭގެ ދިޔަދޮވި ހޮޅިތައް ނަރުދަމާގެ ޖަންގްޝަނަށް ނުގުޅުމަށް އިލްތިމާސްކޮށްފި 📍 ށ. މިލަންދޫ

މިލަންދޫގެ ގޭގޭގެ ދިޔަދޮވި ހޮޅިތައް ނަރުދަމާގެ ޖަންގްޝަނަށް ނުގުޅުމަށް އިލްތިމާސްކޮށްފި

ށ. މިލަންދޫގެ ގޭގޭގެ ދިޔަދޮވި ހޮޅިތައް ނަރުދަމާގެ ޖަންގްޝަނަށް ނުގުޅުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މިލަންދޫ ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، މިހާރަކަށް އައިސް ބައެއް ގޭގޭގެ ދިޔަދޮވި ހޮޅިތަކުން ފައިބާ ފެން ނަރުދަމާގެ ޖަންކްޝަނާއި ގުޅާފައި ހުރުމުގެ ސަބަބުން ނަރުދަމާ ނިޒާމުގެ މައި ލައިންތަކާއި ޕަމްޕު ސްޓޭޝަންތަކުގެ ތެރޭގައި ޖަމާވާ ފެން އެތައް ގުނައަކަށް އިތުރުވަމުން އަންނަކަމަށް ފެނަކަ މިލަންދޫ ބްރާންޗުން އެ ކައުންސިލާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ވަކިން ޚާއް...

ޔުމްނާ ޢަލީ
މިލަންދޫ އިޖުތިމާއީ މަރުކަޒު ޔޫތު މިނިސްޓްރީއާއި ހަވާލުކުރަން ނިންމައިފި 📍 ށ. މިލަންދޫ

މިލަންދޫ އިޖުތިމާއީ މަރުކަޒު ޔޫތު މިނިސްޓްރީއާއި ހަވާލުކުރަން ނިންމައިފި

ށ. މިލަންދޫގައި ގާއިމުކޮށްފައިވާ އިޖުތިމާއީ މަރުކަޒުގެ ހިންގުން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ހަވާލުކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. މި ގޮތަށް ނިންމީ މިލަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 45 ވަނަ އާންމު ޖަލްސާއިންނެވެ. މިލަންދޫ ކައުންސިލުން މި ގޮތަށް ނިންމާފައި ވަނީ އެ މަރުކަޒުގެ ހިންގުން ޔޫތު މިނިސްޓްރީއާއި ހަވާލުކޮށް ދިނުމަށް އެދި އެ މިނިސްޓްރީން ހުށަހެޅުމުންނެވެ. އެހެންކަމުން މިލަންދޫ ކައުންސިލްގެ ފަސް މެންބަރުންގެ ވޯޓުން ފާސްކޮށްފައި ވަނީ ޔޫ...

ޔުމްނާ ޢަލީ
ސައިބަރ ކްރައިމް މައްސަލަތަކާއި ގުޅޭގޮތުން މިލަންދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދީފި 📍 ށ. މިލަންދޫ

ސައިބަރ ކްރައިމް މައްސަލަތަކާއި ގުޅޭގޮތުން މިލަންދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދީފި

ސައިބަރ ކްރައިމް މައްސަލަތަކާއި، ދަރިން ތަރުބިއްޔަތުކުރާނެ ރަނގަޅު ގޮތްތައް އަންގައި ދިނުމަށް ށ. މިލަންދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިލަންދޫ ޕޮލިސް ސްޓޭޝަނާއި، މިލަންދޫ ސްކޫލާއި ގުޅިގެންނެވެ. މި މަހު 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އިންޓަނެޓް މެދުވެރިކޮށް ކުދިންނަށް އަމާޒުކޮށްގެން ހިންގާ ކުށްތަކާ، ހާއްސަކޮށް ފުރާވަރު އުމުރުގެ ކުދިން އެފަދަ ކުށްތަކުން ދު...

ޔުމްނާ ޢަލީ
މިލަންދޫގައި ޔޫތު ލީޑާސް ފޯރަމެއް ކުރިއަށް ގެންދަނީ 📍 ށ. މިލަންދޫ

މިލަންދޫގައި ޔޫތު ލީޑާސް ފޯރަމެއް ކުރިއަށް ގެންދަނީ

ށ. މިލަންދޫގައި ޔޫތު ލީޑާރސް ފޯރަމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ މިފޯރަމަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި މިލަންދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ފޯރަމެއް ކަމަށެވެ. މިފޯރަމަކީ ށ އަތޮޅުގެ ރަށްތަކުގެ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ފޯރަމެކެވެ. ފޯރަމް ކުރިއަށްދާނީ އަންނަ […]

އައިޝަތު ނަސާޔާ
ށ. މިލަންދޫއާއި ފޯކައިދޫގައި ކުނީގެ ޚިދުމަތަށް ނަގަމުންއަންނަ ފީ ރޯދަމަހު ނުނަގާނެ 📍 ށ. މިލަންދޫ

ށ. މިލަންދޫއާއި ފޯކައިދޫގައި ކުނީގެ ޚިދުމަތަށް ނަގަމުންއަންނަ ފީ ރޯދަމަހު ނުނަގާނެ

ށ. މިލަންދޫއާއި އެ އަތޮޅު ފޯކައިދޫއިން އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ ޚިދުމަތަށް ރައްޔިތުންގެ އަތުން ކޮންމެ މަހަކު ވެސް ނަގަމުން އަންނަ “ކުނި ފީ” ރަމަޞާން މަހު ނުނަގަން އެ ރަށު ކައުންސިލްތަކުން ނިންމައިފިއެވެ. މިގޮތުން މިލަންދޫ ކައުންސިލުން ވިދާޅުވެފައި ވަނީ އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ ޚިދުމަތަށް ނަގަމުން އަންނަ ކުނީގެ ފީ 1443 ވަނަ އަހަރުގެ ރަމަޟާން މަހު މިލަންދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ދޭ ހާއްސަ އިނާޔަތެއްގެ ގޮތުގައި […]

އިބްރާހިމް ޚަލީލް
ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް 📍 ށ. މިލަންދޫ

ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް

ހދ. ހަނިމާދޫ އާއި ށ. މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ފިނޭންސް އިން މިރޭ ކުރީ އިޢުލާނެއްގައި ބުނެފައިވަނީ، ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ސްޓްރެންތެނިންގ އޮފް ހެލްތް ސެކްޓަރ ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަތޮޅުތެރޭގެ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމާ އިޢުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ […...

އަލީ އާދިލް
އެވިޑް ކޮލެޖްގެ ފަރާތުން މިލަންދޫގައި ލީޑަރޝިޕް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް 📍 ށ. މިލަންދޫ

އެވިޑް ކޮލެޖްގެ ފަރާތުން މިލަންދޫގައި ލީޑަރޝިޕް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް

ށ. މިލަންދޫގެ މުއައްސަސާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރި ކުރުވުމުގެ ގޮތުން، ލީޑަރޝިޕް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އަމިއްލަ ކޮލެޖެއްކަމަށްވާ، އެވިޑް ކޮލެޖްއާއި މިލަންދޫ ކައުންސިލް ގުޅިގެންނެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ. އެގޮތުން މިޕްރޮގްރާމްގައި މިލަންދޫ ސްކޫ...

އައިޝަތު ނަސާޔާ
މިލަންދޫ ކައުންސިލުން ރިކްރިއޭޝަން ކްލަބެއް އުފައްދަން ނިންމައިފި 📍 ށ. މިލަންދޫ

މިލަންދޫ ކައުންސިލުން ރިކްރިއޭޝަން ކްލަބެއް އުފައްދަން ނިންމައިފި

ށ. މިލަންދޫ ކައުންސިލްއިން ރެކްރިއޭޝަން ކުލަބްއެއް އުފައްދަން ނިންމައިފިއެވެ. އެކައުންސިލުން މިގޮތަށް ނިންމާފައިވަނީ 09 މާރޗް 2022 ގައި ބޭއްވުނު އެކައުންސިލުގެ 04 ވަނަ ދައުރުގެ 40 ވަނަ ޢާއްމު ޖަލްސާގައެވެ. މި ގޮތަށް ހުށައަޅާފައިވަނީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޢާޠިފް އެވެ. އާޠިފްގެ މި ހުށަހެޅުން ފާސްކޮށްފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ތިން މެންބަރުންގެ ވޯޓުންނެވެ. އާތިފްގެ ހުށަހެޅުމުގައި ކައުންސިލުން އެފަދަ ކްލަބެއް އުފައްދަން ހުށަހަޅާ ބޭނުމެއްކަމަށް ވިދާޅުވެފައި ވަނީ، މިލަންދޫގަ...

އައިޝަތު ނަސާޔާ
މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. މިލަންދޫ

މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާންކޮށްފިއެވެ. އެމިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ...

އައިޝަތު ނަސާޔާ