މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ކޮމަންޑޫ (197 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
197 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކޮމަންޑޫގެ އެންމެ ފަހުގެ ޚަބަރުތައް

197 ޚަބަރުގެ ތެރެއިން
އެމްޑީޕީއަށް ގޮނޑި ކާމިޔާބު ވެގެން ދިޔުމަކީ ބޭރުގެ އެހީ އިތުރުވެ، ސަރުކާރާމެދު އިތުބާރު ބޮޑުވާނެކަމެއް: ޤާސިމް 📍 ށ. ކޮމަންޑޫ

އެމްޑީޕީއަށް ގޮނޑި ކާމިޔާބު ވެގެން ދިޔުމަކީ ބޭރުގެ އެހީ އިތުރުވެ، ސަރުކާރާމެދު އިތުބާރު ބޮޑުވާނެކަމެއް: ޤާސިމް

އަންނަ މަހު 5 ވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި އެ ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) އިންތިޚާބުކޮށް، އެމްޑީޕީއަށް އެ ގޮނޑި ލިބިގެން ދިޔުމަކީ ބޭރު ދުނިޔޭން ރާއްޖެއަށް ލިބޭ އެހީތެރިކަން އިތުރުވެ، ބޭރުދުނިޔޭގެ އިތުބާރު ސަރުކާރާމެދު ބޮޑުވެގެންދާނެ ކަމެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް މިހެނ...

އަލީ އާދިލް
ތަރައްގީ އޮތީ ރާޝިދާއެކު، ގޮނޑި ކަށަވަރު! 📍 ށ. ކޮމަންޑޫ

ތަރައްގީ އޮތީ ރާޝިދާއެކު، ގޮނޑި ކަށަވަރު!

އަންނަ މަހު 5 ވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި އެ ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބު ކުރާނެކަމަށް، ތަރައްގީ ކުރިއަށް އޮތީ ރާޝިދު އިންތިޚާބު ކުރެވިގެން ކަމަށް އޭނާގެ ސަޕޯޓަރުން ބުނެފިއެވެ. މި ނޫހާއި ވާހަކަ ދައްކަމުން ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ރާޝިދުގެ ބައެއް ސަޕޯޓަރުން ބުނީ މިހާތަނަށް ރާޝިދުގެ ކެމްޕޭން ވަރަށް ފޯރީގައި ކުރިއަށް […]

އަލީ އާދިލް
ކޮމަންޑޫއަށް ހަންނާނުގެ ބާރަ ވަޢުދެއް، ސްލިޕްވޭ އިންސްޓޯލް ކޮށްދީ، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސައިދޭނެ 📍 ށ. ކޮމަންޑޫ

ކޮމަންޑޫއަށް ހަންނާނުގެ ބާރަ ވަޢުދެއް، ސްލިޕްވޭ އިންސްޓޯލް ކޮށްދީ، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސައިދޭނެ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާކުރުމުގެ ދަތުރެއް ދާއިރާއަށް ކުރަށްވައި، މާލެ ސަރަހައްދުގައި ދިރިއުޅޭ އެ ދާއިރާގެ ރަށްޔިތުންނާ ގާތުން ވެސް އެ ވައުދުތައް މިހާރު ހިއްސާކުކޮށްފައިވާއިރު، ކޮމަންޑޫ ދާއިރާގެ ކޮމަންޑޫއަށް އޭނާ ވަނީ ބާރަ ވައުދެއް ވެވަޑައިގެންފައެވެ. ކޮމަންޑޫ ދާއިރާއަށާއި، ތިން ރަށަށް ވަކިން ވެސް ހަންނާނުގެ މެނ...

ޝިއުނާ އާދަމް
މަސައްކަތް މިކުރަނީ އަޅުވެތިކަމަށް ނޫނެކޭ ބުނާނެ، ތަފާތުދީންތައް ގެނައުމާ ދެކޮޅަށް ވަކާލާތުކުރާނެ މީހަކު ހޮވަން: އަދުރޭ 📍 ށ. ކޮމަންޑޫ

މަސައްކަތް މިކުރަނީ އަޅުވެތިކަމަށް ނޫނެކޭ ބުނާނެ، ތަފާތުދީންތައް ގެނައުމާ ދެކޮޅަށް ވަކާލާތުކުރާނެ މީހަކު ހޮވަން: އަދުރޭ

މަސައްކަތް ކުރަށްވަމުން ދަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ގޮނޑިއެއް ހޯދަން ނޫންކަމަށާއި، މަސައްކަތް ކުރަށްވަނީ އަޅުވެތިކަމަށް ނޫނެކޭ ބުނާނެ، ތަފާތުދީންތައް ގެނައުމާ ދެކޮޅަށް ވަކާލާތުކުރާނެ މީހަކު ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ހޮވަން ކަަމަށް ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދު ﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމަށް ތާއީދު ހޯދަން އ...

އަލީ އާދިލް
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަންނާނުގެ ކެމްޕޭން ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލައިފި 📍 ށ. ކޮމަންޑޫ

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަންނާނުގެ ކެމްޕޭން ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލައިފި

މިއަދު ހަވީރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ ކެމްޕޭން ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ހަންނާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ހަރަކާތުގައި އެމްއެންޕީގެ ލީޑަޝިޕްގެ ބޭފުޅުންގެ އިތުރުން ކެންޑިޑޭޓް ހަންނާން ވެސް ބައިވެރިވިއެވެ. މި ހަރަކާތް ފެށުނީ މިއަދު ހަވީރު 4:00 ގައި ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދު، އެޗް12 ކައިރި ބަސް ސްޓ...

ޝިއުނާ އާދަމް
ށ. އަތޮޅު ހޮސްޕިޓަލާއި، ކޮމަންޑޫ ސިއްޚީ މަރުކަޒު ގުޅިގެން ކޮމަންޑޫގައި އައުޓްރީޗް ޕްރޮގްރާމެއް 📍 ށ. ކޮމަންޑޫ

ށ. އަތޮޅު ހޮސްޕިޓަލާއި، ކޮމަންޑޫ ސިއްޚީ މަރުކަޒު ގުޅިގެން ކޮމަންޑޫގައި އައުޓްރީޗް ޕްރޮގްރާމެއް

ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާއި، އެ އަތޮޅު ކޮމަންޑޫ ސިއްޚީ މަރުކަޒު ގުޅިގެން  ކޮމަންޑޫގައި އައުޓްރީޗް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ކޮމަންޑޫ ސިއްޚީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބުދަ ދުވަހުއެވެ. އެގޮތުން ކޮމަންޑޫ ސިއްޚީ މަރުކަޒުން މިމަހުގެ 25 ވަނަ ދުވަހު ވަނީ މި ޕްރޮގްރާމްގެ ދަށުން ޑޮކްޓަރަށް ދައްކަވަން ބޭނުން ފުޅުވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުސަތުވެސް ހުޅުވާލަފައެވެ. ކޮންމެ ޑޮކްޓަރަކަށް ދެއްކުމަށް އެންމެ ގިނ...

އައިޝަތު ނަސާޔާ
ވޯޓު ދޭނެ ގޮތެއް ނުނިންމާ ތިބި ރައްޔިތުން ވެސް، އެންމެ ގާބިލު ކެންޑިޓަކީ ފަތުހީކަމަށް ނިންމައިފި: ހީނާ 📍 ށ. ކޮމަންޑޫ

ވޯޓު ދޭނެ ގޮތެއް ނުނިންމާ ތިބި ރައްޔިތުން ވެސް، އެންމެ ގާބިލު ކެންޑިޓަކީ ފަތުހީކަމަށް ނިންމައިފި: ހީނާ

ވޯޓު ދޭނެ ގޮތެއް ނުނިންމާ ތިބި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވެސް، ކޮމަންޑޫ ދާއިރާ ބަހުސްއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމްއަކީ އެންމެ ގާބިލު ކެންޑިޑޭޓްކަމަށް ނިންމައިފިކަމަށް އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލިދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓ...

ޔުމްނާ ޢަލީ
ރާޝިދުގެ ކެމްޕޭން މެކުހަށް 📍 ށ. ކޮމަންޑޫ

ރާޝިދުގެ ކެމްޕޭން މެކުހަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕޭން ބާރަށް ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ކުރިއަށްދާއިރު، މާލެ ސަރަހައްދުގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް އަމާޒުކޮށްގެން ގިނަ ކެމްޕޭން ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮމަންޑޫ ރައްޔިތުންނާ ގާތަށް، ދޮރުން ދޮރަށް ހިންގުމުގެ ހަރަކާތެއް ރާޝިދު ކުރިއަށް ގެންދަވާފައިވާއިރު، އިތުރު އެކި ކެމްޕޭން ހަރަކާތްތަށް...

އަލީ އާދިލް
ހަންނާނުގެ ކެމްޕޭން ހިނގާލުމެއް މިއަދު ހަވީރު ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި 📍 ށ. ކޮމަންޑޫ

ހަންނާނުގެ ކެމްޕޭން ހިނގާލުމެއް މިއަދު ހަވީރު ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ ކެމްޕޭން ހިނގާލުމެއް މިއަދު ހަވީރު ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ. އެމްއެންޕީން ބުނީ އެ ހިނގާލުން ފެށޭނީ މިއަދު ހަވީރު 4:00 ގައި ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދު، އެޗް12 ކައިރި ބަސް ސްޓޮޕް ކުރިމަތިން ކަމަށެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ހަންނާނަށް ތާއީދުކުރާ އެންމެހާ ފަރާތްތަކަށް އެމްއެންޕީގެ ފަރާތުން ވަނީ ދައުވ...

ޝިއުނާ އާދަމް
ދާއިރާގެ ރައްޔިތުން ފުދުންތެރި ދިރިއުޅުމެއް އުޅޭތަން ދެކެން ބޭނުން، މި ނުކުތީ އެކަންކޮށްދޭން: ހަންނާން 📍 ށ. ކޮމަންޑޫ

ދާއިރާގެ ރައްޔިތުން ފުދުންތެރި ދިރިއުޅުމެއް އުޅޭތަން ދެކެން ބޭނުން، މި ނުކުތީ އެކަންކޮށްދޭން: ހަންނާން

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ފުދުންތެރި ދިރިއުޅުމެއް އުޅޭތަން ދުށުމަކީ، އެންމެ ކުޑައިރުއްސުރެ ކުރަމުން އަންނަ އުންމީދެއްކަމަށާއި، އޭނާ ނުކުންނެވީ އެކަން ހާސިލްކޮށްދޭން މަސައްކަތް ކުރަންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ވަނީ ބަހުސެއް ކުރ...

ޝިއުނާ އާދަމް
އަޅުގަނޑު ވާނީ ދާއިރާގެ ރައްޔިތުންގެ ވަކީލަކަށް: ފަތުހީ 📍 ށ. ކޮމަންޑޫ

އަޅުގަނޑު ވާނީ ދާއިރާގެ ރައްޔިތުންގެ ވަކީލަކަށް: ފަތުހީ

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެ ދާއިރާގެ ރަށްޔިތުން އޭނާ ކޮށްފިނަމަ އޭނާ ވެވަޑައިގަންނަވާނީ ވަކި މީހެއްގެ، ބަޔެއްގެ ވަކީލަކަށް ނޫންކަމަށާއި، އޭނާ ވާނީ ރައްޔިތުންގެ ވަކީލަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ. ފަތުހީ މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން...

ޔުމްނާ ޢަލީ
ތަރައްގީގެ އެތައް މަޝްރޫޢުއެއް މިދަނީ ހިންގަމުން، ސަރުކާރު އޮތީ އަޅުގަނޑުގެ ފަހަތުގައި: ރާޝިދު 📍 ށ. ކޮމަންޑޫ

ތަރައްގީގެ އެތައް މަޝްރޫޢުއެއް މިދަނީ ހިންގަމުން، ސަރުކާރު އޮތީ އަޅުގަނޑުގެ ފަހަތުގައި: ރާޝިދު

ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި މިހާރުވެސް ތަރައްގީގެ އެތައް މަޝްރޫޢުއެއް ކުރިއަށްދާ ކަމަށާއި، ކުރިއަށްއޮތް ތަނުގައި އިތުރު މަޝްރޫޢުތައް އަންނާނެކަމަށާއި، އެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރު އޮތީ އޭނާގެ ފަހަތުގައިކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ...

އަލީ އާދިލް
ހަންނާނުގެ ވައުދުތައް ހިއްސާކޮށްފި، ސަޕޯޓަރުން ބުނަނީ ގޮނޑި ޔަގީންކަމަށް! 📍 ށ. ކޮމަންޑޫ

ހަންނާނުގެ ވައުދުތައް ހިއްސާކޮށްފި، ސަޕޯޓަރުން ބުނަނީ ގޮނޑި ޔަގީންކަމަށް!

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާކުރުމަށް ދާއިރާއަށް ކުރި ދަތުރު ނިންމާލައިފިއެވެ. މިދަތުރާއެކު ދާއިރާގެ ތާއީދު ހަންނާނަށް ބޮޑުތަނުން އިތުވެގެން ގޮސްފައިވާކަމަށާއި، ގޮނޑި ނަގާނީ ބޮޑު ތަފާތަކުންކަމަށް ހަންނާނުގެ ކެމްޕޭން ޓީމުން ވަނީ ބުނެފައެވެ. އެ ދާއިރާއިން ވާހަކަ ދެއްކި ހަންނާނުގެ ބައެއް ސަޕޯޓަރުން ބުނިގޮތުގައި ދާއިރާގ...

ޝިއުނާ އާދަމް
ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަންގައި މާލޭގައި ވޯޓު ފޮށި ބަހައްޓަނީ އިސްކަންދަރު ސްކޫލްގައި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަންގައި މާލޭގައި ވޯޓު ފޮށި ބަހައްޓަނީ އިސްކަންދަރު ސްކޫލްގައި

ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މާލޭގައި ބަހައްޓާ ވޯޓްފޮށި ބަހައްޓާނީ އިސްކަންދަރު ސްކޫލްގައި ކަމަށް އިލެކްޝަން ކޮމިޝަން (އީ.ސީ)އިން ބުނެފިއެވެ. އިސީން މިއަދު ކުރި އިއުލާނެއްގައި ކޮމަންޑޫ ދާއިރާގެ އިތުރުން ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި، ވޯޓްފޮށިތައް ބެހެއްޓިފައިވާ ސަރަހައްދުތައް ވަނީ އާންމުކޮށްފައެވެ. އެގޮތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓްލުމަށް ށ. ފޯކައިދޫ ސްކޫލްގައި 2 ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވާ...

އައިޝަތު ނަސާޔާ
ކޮމަންޑޫއަށް އައު އެންބިއުލާންސް ފޮނުވައިފި

ކޮމަންޑޫއަށް އައު އެންބިއުލާންސް ފޮނުވައިފި

އަތޮޅުތެރެއަށް ބޭނުންކުރުމަށް ގެނެސްފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން ށ. ކޮމަންޑޫއަށް ފޮނުވާ އެމްބިއުލާންސް ރޭގައި ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތަކުގެ ތެރެއިން މީގެކުރިން ށ. އަތޮޅުގެ ފޯކައިދޫ އަދި މަރޮށްޓަށް ވެސް ވަނީ އެމްބިއުލާންސް ފޮނުވާފައެވެ. އެ އެމްބިއުލާންސްތައް ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 30 ވަނަ ދުވަހުއެވެ. އެފަހަރު އެމްބިއުލާންސް ފޮނުވި ރަށް...

އައިޝަތު ނަސާޔާ