މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ކޮމަންޑޫ (197 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
197 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކޮމަންޑޫގެ އެންމެ ފަހުގެ ޚަބަރުތައް

197 ޚަބަރުގެ ތެރެއިން
އެމްޓީސީއިން ތަރައްޤީ ކުރަމުންދާ ކޮމަންޑޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް 📍 ށ. ކޮމަންޑޫ

އެމްޓީސީއިން ތަރައްޤީ ކުރަމުންދާ ކޮމަންޑޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް

ށ. ކޮމަންޑޫ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް، އެ މަޝްރޫޢާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމްޕެނީ (އެމްޓީސީސީ)އިން ހަލުވިކަމާއިއެކު ކުރަމުން އެބަދެއެވެ. މިމަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތްތައް މިހާރު ފަށާފައިވާއިރު، ބަނދަރުގެ އެއްގަމު ތޮށްޓަށް ބޭނުންވާ ކީ-ވޯލް ބްލޮކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެމަސައްކަތުގެ 47 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. ކޮމަނ...

ޔުމްނާ ޢަލީ
ކޮމަންޑޫ ބަނދަރު އެއްގަމު ޖެޓީގެ ކޮންކްރީޓް މަސައްކަތް ފަށައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ބަނދަރު އެއްގަމު ޖެޓީގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ށ. ކޮމަންޑޫ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެއްގަމު ތޮށި (އެއްގަމު ޖެޓީ) ގެ ކޮންކްރީޓް މަސައްކަތް، އެ މަޝްރޫޢާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ. ކޮމަންޑޫ ކައުންސިލުން ބުނީ އެރަށު ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެއްގަމު ޖެޓީގެ ކޮންކްރީޓް މަސައްކަތް މިއަދު ފެށިފައިވާ ކަމަށެވެ. ކޮމަންޑޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢު 12 މީޓަރުގެ ބޭރު ތޮށިޖެހުން 20 މީޓަރުގެ ރިވެޓްމެން...

ޝިއުނާ އާދަމް
ކޮމަންޑޫ ރައްޔިތުންގެ ހިތުގައި ނަރުދޫ ރައްޔިތުންނަށް އޮތް ލޯބި ދައްކާލައިފި 📍 ށ. ނަރުދޫ

ކޮމަންޑޫ ރައްޔިތުންގެ ހިތުގައި ނަރުދޫ ރައްޔިތުންނަށް އޮތް ލޯބި ދައްކާލައިފި

އުތުރުން ކޯވިޑް-19 އަށް މިހާތަނަށް 11 މީހަކު ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ނަރުދޫ ރައްޔިތުންނަށް ބޭނުންވާނޭ ގިނަ ޢަދަދެއްގެ ޒަރޫރީ ތަކެތި، އެ އަތޮޅު ކޮމަންޑޫ ރައްޔިތުންގެ ފަރާތުން މިއަދު ހަދިޔާ ކޮށްފިއެވެ. މިއަދު މެންދުރު ފަހު 14:30 ހާއިރު ކޮމަންޑޫގެ ކަންނެލި ދެދޯނީގައި ނަރުދޫ ރައްޔިތުންނަށް ވަނީ މިހާލަތުގައި އެ ރައްޔިތުން ބޭނުން ވާނޭ ގިނަ ޢަދަދެއްގެ ތަކެތި ގެންގޮސް ހަދިޔާކޮށްފައެވެ. ނަރުދޫ ކައުންސިލްގެ ރައީސް އަޙްމަދު އާރިފް ” […]

ޔުމްނާ ޢަލީ
ފޮޓޯއިން އެދުވަސް - ށ.ކޮމަންޑޫ ސްކޫލުގެ ހަނދާންތައް 📍 ށ. ކޮމަންޑޫ

ފޮޓޯއިން އެދުވަސް - ށ.ކޮމަންޑޫ ސްކޫލުގެ ހަނދާންތައް

މިފޮޓޯ ފެނުމުން ހަނދާންތައް އަހަރެން ގޮވައިގެން ދަތުރުކުރީ 1980 ވަނަ އަހަރާއި ހަމައަށެވެ. ފޮޓޯއިން ފެންނަން އެހުރި ކޮމަންޑޫ ސްކޫލަކީ އަހަރެންގެ ތަޢުލީމީ ބިންގާ އެޅުނު ފުރަތަމަ މަދަރުސާއެވެ. ލިޔަންކިޔަން ދަސްކޮށްދީ ހިސާބު އަދަދުތަކާއި ނަވަތަ ދަސްކޮށްދިނީ އެ މަދަރުސާގެ އެދުރުންނެވެ. ހަނދާނަށް އަންނަނީ ސްކޫލަށްދިޔަ ފުރަތަމަ ދުވަހެވެ. ބެލެނިވެރިޔާ ހައްވަދައިތަގެ އަތުގައި ހިފައިގެން ކޮމަންޑޫ ބޮޑުމަގަށް ނިކުތީ މުޅިން އައު ތަޖުރިބާއަކާއި ކުރިމަތިލާށެވެ. ތުނޑި ފިހާރައަށްވަދެ ފޮތަކާއި ފަންސުރެއް އަދި ފުހ...

އާދަމް ޝަރީފް
ކޮމަންޑޫ އެއްގަމު ޖެޓީގެ އަމަލީ މަސައްކަތް ފެށިއްޖެ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ އެއްގަމު ޖެޓީގެ އަމަލީ މަސައްކަތް ފެށިއްޖެ

ށ. ކޮމަންޑޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެއްގަމު ޖެޓީގެ އަމަލީ މަސައްކަތް ފެށިއްޖެއެވެ. އެކަން ހާމަކޮށްފައިވަނީ ކޮމަންޑޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައިއެވެ. https://www.facebook.com/309200189532246/posts/905488889903370/ ކޮމަންޑޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުއަކީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 29،...

ޝިއުނާ އާދަމް
ފޮޓޯއިން އެދުވަސް: ކޮމަންޑޫ މަސްޖިދުލް ޒިކުރާ 📍 ށ. ކޮމަންޑޫ

ފޮޓޯއިން އެދުވަސް: ކޮމަންޑޫ މަސްޖިދުލް ޒިކުރާ

ނޯޓް: މި ކޮލަމްގައި އަޅުގަނޑު އެކި ދުވަހު މި ހިމަނާލާ ފޮޓޯ އާއި އެ ފޮޓޯއާއި ގުޅޭ ލިޔުން ތަކަކީ އެއިން ތާރީޚީ ބައެއް މަޢުލޫމާތު ލިއްބައިދޭނެ އަދި މާޒީގައި ކަން ހިނގާފައިވާމަގު އެނގިގެންދާނެ ލިޔުން ތަކެކެވެ. މި ފޮޓޯފެނުމުން ހަނދާނުގެ ފަތްފުށްތައް އުކާލެވެނީ އޮންވިހިސަތޭކަ އައްޑިހައިގެ ކުރީކޮޅުގެ އަހަރު ތަކަށެވެ. އަހަރެން ކޮމަންޑޫގައި ކިޔަވަން އުޅުނުއިރު ފިރިހެނުން ނަމާދު ކުރަން ކުޑަމިސްކިތަކަށްވެސް އަދި ބޮޑު މިސްކިތަކަށްވެސް ހުންނާނީ މިމިސްކިތް އެކަންޏެވެ. މިސްކިތު މުދިމަކީ އިބްރާހިމްބެއެވެ. އަހަރ...

އާދަމް ޝަރީފް
ނޮޅިވަރަމާއި ކޮމަންޑޫއަށް ފެނަކައިން އައު ޖަނަރޭޓަރު ފޯރުކޮށްދީފި 📍 ށ. ކޮމަންޑޫ

ނޮޅިވަރަމާއި ކޮމަންޑޫއަށް ފެނަކައިން އައު ޖަނަރޭޓަރު ފޯރުކޮށްދީފި

ފެނަކައިން ހިންގާ ރާއްޖޭގެ ކަންކޮޅުތަކުގެ އިންޖީނުގެތަކުން ދެވޭ ކަރަންޓުގެ ޚިދުމަތް ފެންވަރު ރަނގަޅުކޮށް، ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅު ކޮށްދިނުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން އުތުރުގެ ދެ ރަށަކަށް އައު ޖަނެރޭޓަރު ސެޓު ފޯރުކޮށްދީފިއެވެ. އެގޮތުން ފެނަކައިން އައު ޖަނަރޭޓަރު ސެޓު ފޯރުކޮށްދިން އުތުރުގެ 2 ރަށަކި ހދ. ނޮޅިވަރަމާއި އަދި ށ. ކޮމަންޑޫއެވެ. Sh. Komandoo ge karantuge haalathu ithurah rangalhu kurumahtakai 400kW ge aa genset eh erashah gendhiumah […]

ޝިއުނާ އާދަމް
ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިމާދުއްދީން ސްކޫލަށް 📍 ށ. ކޮމަންޑޫ

ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިމާދުއްދީން ސްކޫލަށް

ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމްގައި ހުންނެވި ޢަލީ މަމްދޫޙު އިމާދުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމަށް ބަދަލުކޮށްފިއެވެ. ޢަލީ މަމްދޫހަކީ ށ. ކޮމަންޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ހިންގުންތެރި ބޭފުޅެކެވެ. މަމްދޫހްވަނީ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައެވެ. މާސްޓަރސް ފުރިހަމަކުރެއްވި ކޯހުން 1 ވަނަ ދަރިވަރުގެ ގޮތުގައި މަމްދޫހުވަނީ ސައިރަސް ކޮލެޖުގެ އޮގަރު ފާއިޒާ އެވޯޑު ހާސިލް ކުރައްވާފައެވެ. މަމްދޫހު މިހާރު ގެންދަވަނީ ޕީއެޗްޑީ ފުރިހަމަ ކުރައްވަމު...

ޔުމްނާ ޢަލީ
އުތުރުގެ ލޯންޗް ފެރީގެ ޚިދުމަތަށް ފްލައިން ފިޝް، 19 އަހަރުގެ ތަޖުރިބާއާއި އެކު 📍 ށ. ފޭދޫ

އުތުރުގެ ލޯންޗް ފެރީގެ ޚިދުމަތަށް ފްލައިން ފިޝް، 19 އަހަރުގެ ތަޖުރިބާއާއި އެކު

2000 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ށ. ކަނޑިތީމުގައި ސްޕީޑް ލޯންޗުގެ ޚިދުމަތްދޭން ފެށި ފްލައިންގް ފިޝް އަކީ މިއަދު ށ އަތޮޅުގައި އެންމެ ކާމިޔާބުކަމާއި ޔަޤީން ކަމާއިއެކު ސްޕީޑް ފެރީގެ ޚިދުމަތްދޭ ފަރާތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.   ސްޕީޑް ފެރީގެ ޚިދުމަތް މާލޭއާއި ރ، ށ އަދި ހދ އަތޮޅުގެ ރަށްތަކަށް ފްލައިން ފިޝްއިން އަންނަނީ ދެމުންނެވެ. އެގޮތުން ރ އަލިފުށި، ށ އަތޮޅުން ކަނޑިތީމު، ގޮއިދޫ، ބިލެއްފަހި، ފޭދޫ، މަރޮށި ކޮމަންޑޫ […]

އިބްރާހިމް އަސްވާޤް
ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް މަޢުުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި 📍 ށ. ކޮމަންޑޫ

ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް މަޢުުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން މާހައުލެއް ގާއިމުކުރުމާއި ބެލެނިވެރިން ހޭލުންތެރިކޮށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ށ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް  މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރާނެގޮތާއި މުޖްތަމައު ތެރޭގައިި އާންމުވެފައިވާ ކުށްތަކާއި އެ ކުށްތަކުން  ކުދިން ރައްކާތެރިކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއ...

އިބްރާހިމް އަސްވާޤް
ކޮމަންޑޫ ކައުންސިލަރުންނާއި ރައީސް ބައްދަލުކުރައްވައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކައުންސިލަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލަރުންނާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‎މިބައްދަލުކުރެއްވުމުގައި، ކައުންސިލަރުންވަނީ ކޮމަންޑޫގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށު ފެނާ ނަރުދަމާގެ މަޝްރޫޢުގެ އިތުރުން ރަށުގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދ...

އަލީ އާދިލް
ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި 📍 ށ. ކޮމަންޑޫ

ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ. ކުށްމަދު އަމާން މާހައުލެެއް ޤާއިމުކޮށް، ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10 ނިންމައި ދަސްވެނިވި ދަރިވަރުންނަށާއި، އެ ސްކޫލްގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން އެ ސްކޫލްގެ ބެލެނިވެރިންނަށް މަޢުލޫމާ...

އިބްރާހިމް އަސްވާޤް
📍 ށ. ކޮމަންޑޫ

ށ. އަތޮޅު ފަޅުރަށަށް ލެއްގީ މިސައިލެއްނޫން، އެއީ ލައިޓް ހައުސްގެ ބަޔެއް

ށ. އަތޮޅު ފަޅުރަށަށް ލެއްގީ މިސައިލެއްނޫންކަމަށާއި އެއީ ލައިޓް ހައުސްގެ ބަޔެއްކަމަށް ފުލުހުން ހާމަކޮށްފިއެވެ. ލައިޓް ހައުސްއެއްގެ ބައެއް ލައްގާފައިވަނީ ށ. ކޮމަންޑޫގައި ކައިރީގައި ގަލާދޫ ނަމަކަށްކިޔާ ފަޅު ރަށެއްގެ ފަރުމައްޗަށެވެ. މިއަދު ސޯޝަލް މީޑިއާގައި ލެއްގި އެތީގެ ފޮޓޯއާއެކު އެއީ މިސައިލެއްގެ ބައެއް ކަމަށް ބުނެ ވަނީ އެކި ޕްލެޓްފޯމްތަކުގައި ފޮޓޯ ދައުރުކޮށްފައެވެ. Mihaathanah belibelumun lafaa kureveny e’ee light house ehge baeh kamah. Mi etheege boduminugai gaaiygandakah 50 foot hunnaane. Mi m...

އިބްރާހިމް އަސްވާޤް
📍 ށ. ކޮމަންޑޫ

ތިލަދުންމަތިން މާލެ އަށް "އުފާ އެކްސްޕްރެސް" އިން ސްޕީޑް ލޯންޗު ދަތުރުތައް ފަށަނީ

ހއ، ހދ އަދި ށ އަތޮޅުގެ ބައެއް ރަށްތަކާއި މާލެ އާއި ދެމެދު ސްޕީޑް ލޯންޗު ފެރީގެ ހިދުމަތް ވަރަށް އަވަހަށް ފެށުމަށް “އުފާ އެކްސްޕްރެސް” ތައްޔާރު ވެއްޖެއެވެ. އުފާ އެކްސްޕްރެސް ލޯންޗު ހއ އަތޮޅުން ދާނެ ރަށްތަކަކީ ތުރާކުނު، އުލިގަން، މޮޅަދޫ، ހޯރަފުށި، އިހަވަންދޫ އަދި މާރަންދޫ އެވެ. ހދ އަތޮޅުން ދަތުރު ކުރާނެ ރަށް ތަކަކީ ނައިވާދޫ، ވައިކަރަދޫ އަދި މަކުނުދޫ އަށެވެ. ށ އަތޮޅުން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ކޮމަންޑޫ އަށް އެކަންޏެވެ. […]

އަޙްމަދު މުޖުތަބާ
އުތުރުގައި މަސްވެރިކަންކުރާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުނުވުމަށް އިލްތިމާސްކޮށްފި 📍 ށ. ކޮމަންޑޫ

އުތުރުގައި މަސްވެރިކަންކުރާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުނުވުމަށް އިލްތިމާސްކޮށްފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ދިވެހި މަސްވެރި އުޅަނދުފަހަރު ޙަރަކާތްތެރިވުމަކީ ޤާނޫނާއި، ގަވާއިދާ ޚިލާފު އަމަލެއް ކަމަށާއި އެކަމުގައި އިތުރަށް ސަމާލުވެލުވުމަށް ފިޝަރީޒް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ. ދިވެހިރާއްޖޭގެ މަސްވެރި އުޅަނދެއް އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ތެރެއިން މަލިކާއި ގާތްގަނޑަކަށް 3 މޭލު ކައިރިން ހިފަހައްޓާފައިވާކަމުގެ މަޢުލޫމާތު ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް ފިޝަރީޒް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، “ހައި...

އިބްރާހިމް އަސްވާޤް