މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ކޮމަންޑޫ (197 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
197 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކޮމަންޑޫގެ އެންމެ ފަހުގެ ޚަބަރުތައް

197 ޚަބަރުގެ ތެރެއިން
ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ހުޅުވާލައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން، 2022 ފެބުރުވަރީ  05 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާ ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ހުޅުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ މަތީން  ރައްޔިތުންގެ މަޖިލީހުގެ ކޮމަން...

އަލީ އާދިލް
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފެބްރުއަރީ ފަހެއްގައި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފެބްރުއަރީ ފަހެއްގައި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން 2022 ވަނަ އަހަރު ފެބްރުއަރީގެ ފަސް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު ވިދާޅުވެއްޖެއެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެއްޖެ ކަމަށް މަޖިލީހުން މިއަދު އީސީއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެ ދާއިރާގެ ބައި އިލެކްޝަން މިފެށޭ 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން […]

ޝިއުނާ އާދަމް
"ހުސެން އަކީ ދާއިރާގެ ތަރައްގީގެ މޭސްތިރި، ފޯކައިދޫގެ ތަރައްޤީގެ ބާނީ" 📍 ށ. ފޯކައިދޫ

"ހުސެން އަކީ ދާއިރާގެ ތަރައްގީގެ މޭސްތިރި، ފޯކައިދޫގެ ތަރައްޤީގެ ބާނީ"

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު، އަލްމަރުހޫމް ޙުސައިން ވަޙީދަކީ، ދާއިރާގެ ތަރައްގީގެ މޭސްތިރިކަމަށާއި، އަދި ފޯކައިދޫ ގެ ތަރައްޤީގެ ބާނީކަމަށް ފޯކައިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ހުސެން ނިސްބަތްވެ ވަޑައިގަންނަވަނީ ފޯކައިދޫއަށެވެ. މެންބަރު ޙުސައިން ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ހޯމަ ދުވަހުގެ ރޭ 1:24 ހާއިރު އަވަހާރަވެފައެވެ. އޭނާގެ ހާލުކޮޅު ގޯސްވެގެން އޭޑީކޭގައި ފަރުވާ ހޯއްދަތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވެ އެވެ. އޭގެކުރިން ގިނަ ދު...

ޙުސައިން ޝަހުދީ
މެންބަރު ޙުސައިންގެ ޖަނާޒާ ބާއްވައިފި 📍 ށ. ފޯކައިދޫ

މެންބަރު ޙުސައިންގެ ޖަނާޒާ ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު، ޙުސައިން ވަޙީދު ޖަނާޒާ ބާއްވައިފިއެވެ. ޙުސައިންގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިއަދު މެންދު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އެއަށްފަހު ޖަނާޒާ ކުރިއަށް ގެންގޮސްފައި ވަނީ އާސަހާރާގައެވެ. ޙުސައިންގެ މައްޗަށް ކުރެވުނު ކަށުނަމާދުގައި ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު، ޖަނާޒާގައި ވެސް ވަނީ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެފައެވެ. ހުސައިންގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރަ...

ޙުސައިން ޝަހުދީ
މެންބަރު ޙުސައިންގެ ކަށުނަމާދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި 📍 ށ. ފޯކައިދޫ

މެންބަރު ޙުސައިންގެ ކަށުނަމާދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު، ޙުސައިން ވަޙީދު މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބާއްވާން ހަމަޖެހިއްޖެއެވެ. މެންބަރު ހުސައިންގެ މައްޗަށް ކުރެވޭ ކަށުނަމާދު ފުރަތަމަ ބާއްވަން ނިންމީ އާސަހަރާ މިސްކިތުގައެވެ. ޙުސައިން އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. ޙުސައިންގެ ވަރަށް ގާތް ރަހްމަތްތެރިއަކު އޭޑީކޭގައި ހުރެ ރޭ “ތިލަދުން”އަށް މަޢުލޫމާތު ދީފައިވާގޮތުގައި ހުސައިން އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި...

ޙުސައިން ޝަހުދީ
ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރު، ޙުސައިން ވަޙީދު އަވަހާރަވެއްޖެ 📍 ށ. ފޯކައިދޫ

ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރު، ޙުސައިން ވަޙީދު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު، ޙުސައިން ވަޙީދު އަވަހާރަވެއްޖެ އެވެ. ޙުސައިން ވަޙީދު އަވަހާރަވީ މިރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮންނެވެ. އޭޑިކޭގައި މިވަގުތު ހުރި ޙުސައިން ވަޙީދުގެ ވަރަށް ގާތް ރަހްމަތްތެރިއަކު މިނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވީ ހުސައިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިރޭ 1:24 ހާއިރު ކަމަށެވެ. ހާލުކޮޅު ގޯސްވެގެން އޭޑީކޭގައި ފަރުވާ ހޯއްދަތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވެ އެވެ....

އިބްރާހިމް އަސްވާޤް
ކޮމަންޑޫއިން ނެގި ދެ ރެންޑަމް ސާމްޕަލް ޕޮޒިޓިވްވެއްޖެ 📍 ށ. ކޮމަންޑޫ

ކޮމަންޑޫއިން ނެގި ދެ ރެންޑަމް ސާމްޕަލް ޕޮޒިޓިވްވެއްޖެ

ށ. ކޮމަންޑޫއިން 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ކޮމަންޑޫ ސިއްޙީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި މި ދެމީހުން ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އިއްޔެ އެރަށުގައި މުޖުތަމަޢުގެ ތެރެއިން ނެގި ރޭންޑަމް 2 ސާމްޕަލް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެގޮތުން މިކޭސް އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި ކޮންޓްރެކްޓް ރޭސިންގްގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެ މަރުކަޒުން ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ހުރިހާ ރައްޔިތުން ވެސް އެޗްޕީއޭ […]

އައިޝަތު ނަސާޔާ
ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެންސީޑީ ކްލިނިކްގެ ހިދުމަތް އަލުން ފަށައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެންސީޑީ ކްލިނިކްގެ ހިދުމަތް އަލުން ފަށައިފި

ށ. ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެންސީޑީ ކްލިނިކްގެ ހިދުމަތް މެދު ކެނޑުމަށްފަހު އަލުން ފަށައިފިއެވެ. ކޮމަންޑޫ ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވާގޮތުގައި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހާއްސަކޮށް ޚިދުމަތް ދެމުންދާ މި ކްލިނިކްގެ ހުޅުވިފައިވައި ހުންނާނީ ކޮންމެ މަހެއްގެ 5 ވަނަ ދުވަހު ހެނދުނު 09:00 އިން 11:00 އަށެވެ. އަދި 5 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހަކާއި ދިމާވާނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު ޚިދުމަތް ލިބިގެންދާނެ ކަމަށް އެކްލިނިކް ވަނީ […]

އައިޝަތު ނަސާޔާ
ކޮމަންޑޫ ކައުންސިލުން، ފިޝަރީޒް މިނިސްޓަރާއި ބައްދަލުކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކައުންސިލުން، ފިޝަރީޒް މިނިސްޓަރާއި ބައްދަލުކޮށްފި

ކޮމަންޑޫ ކައުންސިލުން، މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު އިއްޔެ ބައްދަލު ކޮށްފިއެވެ. މި ބައްދަލުވުމަކީ ފިޝަރިޒް އެން އެގްރިކަލްޗަރ ދާއިރާއިން އެރަށަށް މިވަގުތު ބޭނުންވެފައިވާ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް، މިނިސްޓަރުގެ ސަމާލުކަމަށް އެކަންކަން ގެނައުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު 3 ކަމަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. މިގޮތުން ކޮމަންޑޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސ...

ޝިއުނާ އާދަމް
ކޮމަންޑޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ށ. ކޮމަންޑޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. “ކަޅުއޮށްފުންމި” ކަސްރަތު ޕްރޮގްރާމް ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކޮމަންޑޫ ކައުންސިލާއި، އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ކަސްރަތު ޕްރޮގްރާމްގެ ކުރިއަށް ގެން ގޮސްފައި ވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 14 އިން ފެށިގެން 22 ގެ ނިޔަލަށެވެ. ކޮމަންޑޫ ކައުންސިލުން މައުލޫމާތު ހާމަކުރައްވާފައިވާ ގޮތުގައި މި ޕްރޮގްރާމްގައި އެރަށުގެ ރައްޔިތުންނާއި ރަށުގެ މު...

ޙުސައިން ޝަހުދީ
ކޮމަންޑޫ ވަށައިގެން 10000 މަގޫގަސް އިންދާ ފެހިކުރުމުގެ ޕްރޮގްރާމެއް 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ވަށައިގެން 10000 މަގޫގަސް އިންދާ ފެހިކުރުމުގެ ޕްރޮގްރާމެއް

ށ. ކޮމަންޑޫ ވަށައިގެން 10000 މަގޫގަސް އިންދާ ފެހިކުރުމުގެ ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމްގެ ދަށުން އިންދުމަށް 3000 މަގޫ ގަސް އެރަށަށް ގެންގޮސްފިއެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވާ ގޮތުގައި އެރަށް ވަށައިގެން 10000 މަގޫގަސް އިންދާ ފެހިކުރުމަށް އެކައުންސިލުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން މަގޫ ގަސް އިންދުމަށް، މަގޫ ގަސް ހޯދުމުގެ ދަތުރެއް އިއްޔެ ވަނީ އެ އަތޮޅުގެ މަރޮށްޓަށް ކޮށްފައެވެ. މިގޮތުން މި ދަތުރުގައި 3000 މަގޫ ގަސް ގެނެވިފައިވާކަމަށް އެ ކައުންސިލުން ވަނީ […]

ޙުސައިން ޝަހުދީ
ށ. އަތޮޅު ތައުލީމީ މަރުކަޒަށް، އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް އިންތިހާބުވި ރައީސްގެ ދީލަތި އެހީއެއް 📍 ށ. ކޮމަންޑޫ

ށ. އަތޮޅު ތައުލީމީ މަރުކަޒަށް، އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް އިންތިހާބުވި ރައީސްގެ ދީލަތި އެހީއެއް

ށ. އަތޮޅު ތައުލީމީ މަރުކަޒަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ށ. ކޮމަންޑޫ ދާއިރާއަށް އިންތިހާބުވި ރައީސްގެ ދީލަތި އެހީއެއް ފޯރުކޮށްދީފި އެވެ. ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 10 ގެ ދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ސްޓަޑީ ކޭމްޕްތެކެއް ހިންގުމަށް -/62860 ވަނީ ހަދިޔާކޮށްފަ އެވެ. މި އެހީ މިހާރުވަނީ އެދަރިވަރުންގެ ބެލެނިވެރިންނާއި ހަވާލުކޮށްފަ އެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ފައިސާ ހަަރަދުކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ ރަސްމީ ތަޢ...

އަލީ އާދިލް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ހޯރަފުށީ ދާއިރާ އާއި ކޮމަންޑޫ ދާއިރާގެ ވޯޓެއް ނެތް! 📍 ހއ. ހޯރަފުށި

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ހޯރަފުށީ ދާއިރާ އާއި ކޮމަންޑޫ ދާއިރާގެ ވޯޓެއް ނެތް!

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ހޯރަފުށީ ދާއިރާ އާއި ށ. ކޮމަންޑޫ ދާއިރާގައި ވޯޓުލާކަށް ނުޖެހުނެވެ. މިދެދާއިރާގައި ވޯޓުލާން ޖެހިފައިނުވަނީ މަގާމްތަކަށް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓަކަށް ވުމުންނެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ހޯރަފުށީ ދާއިރާގެ ރައީސްކަމަށް ހޮވިފައިވަނީ އަރުޝަދު އަޝްރަފް އެވެ. ދާއިރާގެ ނައިބު ރައީސްކަމަށް ހުސައިން ޝާފިއު އަދި ސެކްރެޓަރީ އަކަށް އިބްރާހިމް ފަލާހް...

އަލީ އާދިލް
ކޮމަންޑޫ ސިއްހީ މަރުކަޒުން ގޭގެ އަށް ގޮސް ދާނުގައި ތިބޭ ބަލި މީހުންނަށް ޚިދުމަތްދޭތާ 7 އަހަރު 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ސިއްހީ މަރުކަޒުން ގޭގެ އަށް ގޮސް ދާނުގައި ތިބޭ ބަލި މީހުންނަށް ޚިދުމަތްދޭތާ 7 އަހަރު

ށ. ކޮމަންޑޫ ސިއްޙީ މަރުކަޒުން ގޭގެއަށް ގޮސް ދާންމަތިވެފާއި ތިބޭ ބަލިމީހުންނަށް ޚިދުމަތް ދޭތާ 7 އަހަރު ވެއްޖެ އެވެ. މިގޮތުން ވޭތުވި ހަތްއަހަރު ވެސް، މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބުތަކާއި ހެދި ހިނގާބިނގާވެ އުޅެން އުނދަގޫ ބަލި މީހުންގެ ގާތަށް ކޮމަންޑޫ ސިއްހީ މަރުކަޒުގެ ޓީމެއް ޒިޔާރަތް ކޮށް ފަރުވާދެމުން ގެންދެއެވެ. ކޮމަންޑޫ ސިއްހީ މަރުކަޒާ އަލަށް ގުޅިވަޑައިގައިން ސީނިއާރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު މުފީދު ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަލި މީހުން […]

އަޙްމަދު އަރުޝަމް
ދިއްދޫއާއި ކޮމަންޑޫ ހިމެނޭހެން ފަސް ރަށަކަށް އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫއާއި ކޮމަންޑޫ ހިމެނޭހެން ފަސް ރަށަކަށް އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ދިއްދޫއާއި ށ. ކޮމަންޑޫ ހިމެނޭހެން ފަސް ރަށަކަށް 25 ޓަނުގެ އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް، ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގަމުންދާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން އައިސްޕްލާންޓް އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ.ދިއްދޫ، ށ.ކޮމަންޑޫ، އއ.ރަސްދޫ، ދ.މީދޫގެ އިތުރުން ލ.މާމ...

އިބްރާހިމް ޚަލީލް