މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ކަނޑިތީމު (100 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
100 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކަނޑިތީމުގެ އެންމެ ފަހުގެ ޚަބަރުތައް

100 ޚަބަރުގެ ތެރެއިން
ޓީމްތަކުން ހޯދާ ކުރިއެރުމަށް ބޯނަސް ލިބޭ، ކަނޑިތީމު ކައުންސިލްގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ށ. ކަނޑިތީމު

ޓީމްތަކުން ހޯދާ ކުރިއެރުމަށް ބޯނަސް ލިބޭ، ކަނޑިތީމު ކައުންސިލްގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ށ. ކަނޑިތީމު ކައުންސިލްގެ ކުޅިވަރު ފެސްޓިވަލްގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ޖުމްލަ ބޯނަސްގެ ގޮތުގައި 35،000 ރުފިޔާ ދޭ ގޮތަށް ހަމަޖައްސައި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. ކަނޑިތީމު ކައުންސިލުން ވަނީ މި މުބާރާތުގައި ޓީމްތައް ހޯދާ ކުރިއެރުމުގެ މައްޗަށް ބޯނަސް ލިބޭނެ އުސޫލެއް ތަޢާރަފްކޮށްފައެވެ. މިގޮތުން ޗެމްޕިއަނުންނަށް ބޯނަސްގެ ގޮތުގައި ޖުމްލަ 35،000 ރުފިޔާ ލިބޭއިރު، ރަނަރަޕް ޓީމަށް 17500 ރުފިޔާގެ ބޯނަސް އާއި، ސެމީ ފައިނަލުން ބަލިވި ޓީމަށް […]

ފާތިމަތު ސަޙާ
ބީއެމްއެލްގެ ފަންޑުގެ އެހީ ދިއްދޫ ކުރިމަގާއި ފުނަދޫ ޔުނިޓީ ސްޕޯޓްސް އަދި ކަނޑިތީމު ބްލޫ ގިލްޑް އަށް 📍 ހއ. ދިއްދޫ

ބީއެމްއެލްގެ ފަންޑުގެ އެހީ ދިއްދޫ ކުރިމަގާއި ފުނަދޫ ޔުނިޓީ ސްޕޯޓްސް އަދި ކަނޑިތީމު ބްލޫ ގިލްޑް އަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑު މެދުވެރިކޮށް މި އަހަރު ހިލޭ އެހީ ލިބޭ ފަސް މަޝްރޫޢުގެ ތެރޭގައި ހއ. ދިއްދޫ ކުރިމަގު ޖަމްޢިއްޔާއާއި، ށ. ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީގެ އިތުރުން ށ. ކަނޑިތީމު ބްލޫ ގިލްޑް ފައުންޑޭޝަނުން ހުށަހެޅި މަޝްރޫޢުތައް ހިމެނިއްޖެއެވެ. ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ފަންޑުން މިއަހަރު އެހީ ލިބޭ މަޝްރޫޢުތައް ބުރާސްފަތި ދުވަހު އިޢުލާންކޮށްފައެވެ. ބީއެމްއެލް ފަންޑުގެ އެހީގައި ދިއްދޫ ކުރިމަގު ޖަމްޢިއްޔާއިން ހއ. ދިއްދޫގައި ‘ހައިވް’ […]

ޔުމްނާ ޢަލީ
ކަނޑިތީމުން ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރަން ހުޅުވާލައިފި 📍 ށ. ކަނޑިތީމު

ކަނޑިތީމުން ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ށ. ކަނޑިތީމުގައި ސިނާއީ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި ޢިއުލާންގައި ކަނޑިތީމު ކައުންސިލުން ބުނީ މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ކަނޑިތީމު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1750 އަކަފޫޓުގެ ދެ ބިމެކެވެ. އެއީ ބިން ނަންބަރު LT-026 އަދި LT-027 އެވެ. މި ބިންތަ...

ޔުމްނާ ޢަލީ
ދަތިވާތީ ކަނޑިތީމު އިރުމަތީ ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވާ ދޯނި ނެގުމަށް އަންގައިފި 📍 ށ. ކަނޑިތީމު

ދަތިވާތީ ކަނޑިތީމު އިރުމަތީ ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވާ ދޯނި ނެގުމަށް އަންގައިފި

ށ. ކަނޑިތީމު ފަޅު އިރުމަތީ ޖެޓީކައިރިއަށް އަޑިއަށް ގޮސްފައިވާ ދޯންޏެއްގެ ސަބަބުން ފަޅު ބޭނުންކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީ، އެ އުޅަނދު ނެގުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ. ކަނޑިތީމު ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށު ފަޅުތެރޭގައި އަޑިއަށް ގޮސްފައިވަނީ ރަޖިސްޓްރީ ނަންބަރު P6673A-04 ދޯނި ކަމަށެވެ. މި އުޅަނދު ގިނަ ދުވަސްތަކެއް ވަންދެން ފަޅުތެރޭގައި އޮތުމުގެ ސަބަބުން އޭގެ ބައިތައް ހަލާކުވެ، ފަޅުތެރެއަށް ފެތުރެމުންދާކަން ކައު...

ޔުމްނާ ޢަލީ
ގޯލްޑަން ފުޓްސަލް ށ. އަތޮޅު ތަށި ކަނޑިތީމަށް 📍 ށ. ފޯކައިދޫ

ގޯލްޑަން ފުޓްސަލް ށ. އަތޮޅު ތަށި ކަނޑިތީމަށް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ށ. އަތޮޅުގެ ޗެމްޕިއަންކަން އަނެއްކާވެސް ކަނޑިތީމުން ކާމިޔާބުކޮށްފިއެވެ. އިއްޔެ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ފޯކައިދޫއާ ބައްދަލުކޮށް ކަނޑިތީމުން ތަށި އުފުލާލީ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްގެންނެވެ. ރޭގެ ކާމިޔާބީއާއެކު އެޓީމުން ވަނީ މިހާތަނަށް ހަ ފަހަރު އަތޮޅު ތަށި އުފުލާލައިފައެވެ. ފައިނަލް މެޗުގައި ފޯކައިދޫގެ މައްޗަށް ކަނޑިތީމުން ކުރިހޯދީ 5-0 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ ކަނޑިތީމުގެ ރައުލް ނިޔާޒް އ...

ޔުމްނާ ޢަލީ
ބޮޑުތިލަދުންމަތީގެ ހަ ރަށެއް، 32 ރަށެއްގައި ޕާކް އަޅަން އެޗްޑީސީއަށް 📍 ހއ. ފިއްލަދޫ

ބޮޑުތިލަދުންމަތީގެ ހަ ރަށެއް، 32 ރަށެއްގައި ޕާކް އަޅަން އެޗްޑީސީއަށް

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން، 32 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އިއްޔެ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ޕާކުތައް ހެދުމުގެ މަސައްކަތް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ...

ޔުމްނާ ޢަލީ
ކަނޑިތީމުގެ ފުޓްސަލް ކާމިޔާބީގެ ދިގު ދަތުރު: އަހަރުތަކަކުން ފެންނަ ގަދަފަދަ ކުޅުމެއް 📍 ށ. ކަނޑިތީމު

ކަނޑިތީމުގެ ފުޓްސަލް ކާމިޔާބީގެ ދިގު ދަތުރު: އަހަރުތަކަކުން ފެންނަ ގަދަފަދަ ކުޅުމެއް

ފުޓްސަލް އަދި ފުޓްބޯޅަ މައިދާނުގައި ފާއިތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ށ. ކަނޑިތީމުން ހޯދާފައިވާ ކާމިޔާބީތަކަކީ އެހެން ރަށްތަކަށް ނަމޫނާއެކެވެ. 2015 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް، އެ ރަށުގެ ފުޓްސަލް ޓީމުތަކުން ވަނީ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށް، އެތައް ތަށިތަކެއް އެރަށަށް ގެނެސްފައެވެ. މި ކާމިޔާބީތަކަކީ އެ ރަށުގެ ކުޅުންތެރިންގެ ހިތްވަރާއި، ކޯޗުންގެ ހުނަރާއި، ސަޕޯޓަރުންގެ އެއްބާރުލުމުގެ ނަތީޖާކަން ޔަގީނެވެ. ކަނޑިތީމުގެ ފުޓްސަލްގެ ރަން ޒަމާނުގެ ފެށުމަކަށް ވެގެންދިޔައީ...

އައިޝަތު އައިނީ އާމިރު
ކަނޑިތީމު ކައުންސިލުގެ ރައީސް އަހްސަންގެ ހިފެހެއްޓުމެއްނެތް ޝުކުރު ރަށުގެ ރައްޔިތުންނަށް 📍 ށ. ކަނޑިތީމު

ކަނޑިތީމު ކައުންސިލުގެ ރައީސް އަހްސަންގެ ހިފެހެއްޓުމެއްނެތް ޝުކުރު ރަށުގެ ރައްޔިތުންނަށް

ށ. ކަނޑިތީމުގައި ކާމިޔާބުކަމާއެކު މިދިޔަ އޮކްޓޯބަރ މަހު ބޭއްވި ‘މިލައުތުރު ފުޓްސަލް ޗެލެންޖް 2025’ ނިމިގެންދިޔައިރު، ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހްސަން، މި މުބާރާތް ކާމިޔާބު ކުރުމުގައި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުގެ ފޮނި ބަސްތައް ބަންޑުން ކޮށްލައިފިއެވެ. މި މުނާސަބަތުގައި، ރައީސް އަހްސަން ވަނީ ރަށުގެ ރައްޔިތުންގެ މެހެމާންދާރީއާއި، ތަރައްގީގެ މަގުގައި ކުރާ މަސައްކަތް ފާހަގަކުރައްވައި، ކަނޑިތީމަކީ ނަމޫނާ ރަށެއްކަން ހާމަކުރައްވާފައެވެ. މިލައުތުރު ފުޓްސަލް މުބާރާތުގަ...

އައިޝަތު އައިނީ އާމިރު
މިލައުތުރު ފުޓްސަލް: މިލަންދޫ ބަލިކޮށް ކަނޑިތީމުން ތަށި އުފުލާލައިފި 📍 ށ. މިލަންދޫ

މިލައުތުރު ފުޓްސަލް: މިލަންދޫ ބަލިކޮށް ކަނޑިތީމުން ތަށި އުފުލާލައިފި

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބޭއްވި “މިލައުތުރު ފުޓްސަލް މުބާރާތް” ގެ ފައިނަލް މެޗުގައި، މިލަންދޫ ބަލިކޮށް ކަނޑިތީމުން ތަށި އުފުލާލައިފިއެވެ. ރޭ ކަނޑިތީމުގައި ކުރިއަށް ގެންދިޔަ ފައިނަލް މެޗުގައި، ކަނޑިތީމުން ތަށި އުފުލާލާފައިވަނީ 6-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިގޮތުން ރޭގެ ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން މިލަންދޫ ލީޑުގައި އޮވެއެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ މިލަންދޫ ޓީމުގެ ކުޅުންތެރިޔާ ޖަރޒީ […]

އައިޝަތު އައިނީ އާމިރު
މިލައުތުރު ފުޓްސަލް: ފައިނަލްގައި މިލަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުން މިރޭ 📍 ށ. މިލަންދޫ

މިލައުތުރު ފުޓްސަލް: ފައިނަލްގައި މިލަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުން މިރޭ

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. މި ފައިނަލްގައި ބައްދަލުކުރާނީ މިލަންދޫ އާއި ކަނޑިތީމެވެ. މިލަންދޫ ފައިނަލަށް ދަތުރުކުރީ މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 7-0 އިން ކޮމަންޑޫ ބަލިކޮށްގެންނެވެ. އަދި ކަނޑިތީމު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް ދެވަނަ މެޗުން މަރޮށްޓާއި ވާދަކޮށް 3-1 ގެ ތަފާތަކުން ކުރިހޯދައިގެންނެވެ. މިރޭގެ ފައިނަލް ކުޅޭއިރު މިލަންދޫގެ ސަޕޯޓަރުން ތިބުމަށް ހަމަޖައްސާފައ...

ޙުސައިން ޝަހުދީ
މިލައުތުރު ފުޓްސަލް: ފޯރިގަދަ ކުޅުމަކަށްފަހު މަރޮށި ބަލިކޮށް ކަނޑިތީމު ފައިނަލަށް 📍 ށ. ކަނޑިތީމު

މިލައުތުރު ފުޓްސަލް: ފޯރިގަދަ ކުޅުމަކަށްފަހު މަރޮށި ބަލިކޮށް ކަނޑިތީމު ފައިނަލަށް

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތް” ގެ ފައިނަލަށް ކަނޑިތީމު ދަތުރުކޮށްފިއެވެ. ކަނޑިތީމު ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުން މަރޮށީ ޓީމާއި ވާދަކޮށް 3-1 ގެ ތަފާތަކުން ކުރިހޯދައިގެންނެވެ. މިގޮތުން ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ އެންމެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ ކަނޑިތީމު ޓީމުގެ ރައުލް ނިޔާޒު އެވެ. އަދި 2-0 ގެ ލީޑެއްގައި އޮވެފައި ދެންވެސް ނަތީޖާ ބަދަލުކޮށްލީ […]

އައިޝަތު އައިނީ އާމިރު
މިލައުތުރު ފުޓްސަލް: ސެމީގައި މިލަންދޫ-ކޮމަންޑޫ، މަރޮށި-ކަނޑިތީމު 📍 ށ. ކަނޑިތީމު

މިލައުތުރު ފުޓްސަލް: ސެމީގައި މިލަންދޫ-ކޮމަންޑޫ، މަރޮށި-ކަނޑިތީމު

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މިއަދު ކުޅޭނެއެވެ. މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ މިލަންދޫ އާއި ކޮމަންޑޫ އެވެ. މި މެޗު ކުޅޭނީ މިއަދު ހަވީރު 16:30 ގައެވެ. މިރޭ 20:30 ގައި ސެމީގެ ދެވަނަ މެޗުގައި ކުޅޭނީ މަރޮއްޓާއި ކަނޑިތީމެވެ. ސެމީގެ މެޗުތައް ކުޅޭއިރު ކޮމަންޑޫ އާއި މަރޮށި ސަޕޯޓަރުން ތިބުމަށް  ހަމަޖައްސާފައި ވަނީ ދަނޑުގެ އުތުރު ފަރާތުގައެވެ. […]

ޔުމްނާ ޢަލީ
ކަނޑިތީމު ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ 📍 ށ. ކަނޑިތީމު

ކަނޑިތީމު ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

ށ. ކަނޑިތީމު ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ކަނޑިތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކަނޑިތީމަށް މިހާރު ތަރައްގީ ގެނައުމަށްޓަކައި، ކުޅިވަރުގެ ދާއިރާއިން ދަނޑަށް އިތުރު ކުރިއެރުން ގެނެސްދިނުމަކީ ސަރުކާރުން އިސްކަމެއްދެއްވާ ކަމެއް ކަމަށާއި، މިވަ...

ޔުމްނާ ޢަލީ
ށ.ގޮއިދޫ އާއި ކަނޑިތީމު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއަށް 📍 ށ. ގޮއިދޫ

ށ.ގޮއިދޫ އާއި ކަނޑިތީމު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ށ. ކަނޑިތީމު އަދި ށ. ގޮއިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އައި ހަވާލުކޮށްފިއެވެ. ސަރުކާރުން މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަނޑިތީމަށާއި ގޮއިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިގޮތުން އެ ދެ ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ސަރުކާރުގެ ފަރާ...

އައިޝަތު އައިނީ އާމިރު
ކަނޑިތީމު ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ސްކޫލް މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ގާތުން ބަލައި ހަލުވިކޮށް ކުރިއަށް ގެންގޮސްދޭނަން: ރައީސް 📍 ށ. ކަނޑިތީމު

ކަނޑިތީމު ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ސްކޫލް މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ގާތުން ބަލައި ހަލުވިކޮށް ކުރިއަށް ގެންގޮސްދޭނަން: ރައީސް

ށ. ކަނޑިތީމު ސިއްހީ މަރުކަޒުގެ ދެ ބުރީގެ އައު އިމާރާތާއި ސްކޫލް މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ގާތުން ބަލައި ހަލުވިކަމާއެކު ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ކަނޑިތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރަށުގެ ކުރިއެރުމަށް ވަރަށް ގިނަ ކަންކަން ބޭނުންވާކަމަށާއި، ފެށިފައި ހުރި ނަމަވެސް މާ ބާރު ސްޕީޑެއްގައި ނ...

ޔުމްނާ ޢަލީ