📍 ށ. ފޭދޫ
އެނގޭތަ؟ ހާޓުސީނުން ސީޒަން 1 ގަ ހިމެނެނީ ކޮން ރަށްތަކެއްކަން؟
ރަށު ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކާ 4 ޒުވާނެއް ރާއްޖޭގެ މީހުން ދިރިއުޅޭ 185 ރަށަކަށް ކުރަން ހަމަޖެހިފައިވާ “ހާޓުސީން” ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތިން ނެވެ. އެގޮތުން ހާޓުސީންގެ ސީޒަން ވަންގެ ގޮތުގައި ދަތުރުކުރަން ހަމަޖެހިފައިވަނީ ހއ ހދ އަދި ށ އަތޮޅުގެ ރަށްތަކަށެވެ. ދަތުރުތައް ރާވާފައިވަނީ ތިން ރަށުން ތިންރަށުން ބަހާލައިގެން ފަހަރަކު ރަށެއް ނިންމާ އަތޮޅުގެ ހުރިހާ ރަށެއް ކަވަރ ކުރާ ގޮތަށެވެ. ފެބުރުއަރީ 1 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި […...