މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ނޫމަރާ (55 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
55 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޫމަރާގެ އެންމެ ފަހުގެ ޚަބަރުތައް

55 ޚަބަރުގެ ތެރެއިން
ނޫމަރާ ކައުންސިލުގެ ވޮލީ މުބާރާތް އަންނަމަހު، ބައިވެރިވާން ހުޅުވާލައިފި 📍 ށ. ނޫމަރާ

ނޫމަރާ ކައުންސިލުގެ ވޮލީ މުބާރާތް އަންނަމަހު، ބައިވެރިވާން ހުޅުވާލައިފި

ށ. ނޫމަރާ ކައުންސިލް އިދާރާ އިން ބާއްވާ ވޮލީ މުބާރާތް އަންނަ ނޮވެމްބަރު މަހު ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފި އެވެ. އެ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ފިރިހެން ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 15 ވާ އަންގާރަ ދުވަހު ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ރަސްމީ ވަގުތުތަކުގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ ޓީމް ލިސްޓްގައި ގިނަވެގެން ހިމެނޭނީ 9 ކުޅުންތެރިންނާއި […]

މުޙައްމަދު އަފްރާޙް
މިއަދުގެ މެޗުތައް މިލަންދޫއާއި ނޫމަރާ އަދި ނަރުދޫއިން ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު ގޮއިދޫއަށް ހަނި މޮޅެއް 📍 ށ. ނޫމަރާ

މިއަދުގެ މެޗުތައް މިލަންދޫއާއި ނޫމަރާ އަދި ނަރުދޫއިން ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު ގޮއިދޫއަށް ހަނި މޮޅެއް

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން މިލަންދޫއާއި ނަރުދޫ އަދި ނޫމަރާއިން ފަސޭހަ ކަމާއިއެކު މޮޅުވިއިރު ގޮއިދޫ ވެސް ފޭދޫއަތުން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ. މިއަދު ގްރޫޕް އޭގައި ނަރުދޫގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މިލަންދޫއާއި ފީވަކެވެ. މި މެޗު 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި […]

އިބްރާހިމް ޚަލީލް
ނޫމަރާ ކައުންސިލް އިދާރާގެ އާ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ށ. ނޫމަރާ

ނޫމަރާ ކައުންސިލް އިދާރާގެ އާ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަނީ

ށ. ނޫމަރާ ކައުންސިލް އިދާރާގެ އާ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަން އިޢުލާނު ކޮށްފިއެވެ. މިކަމަށްޓަކާ ނޫމަރާ ކައުންސިލުން ކުރެއްވި އިޢުލާނެއްގައިވަނީ ނޫމަރާ ކައުންސިލުގެ އާ ޢިމާރާތް އަޅަން ޖެހޭނީ އެ ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ޚަރަދުގައި ކަމަށެވެ. އެހެންކަމުން މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 1000.00ރ (އެއްހާސް ރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެ ކަމަށާއި، 15 ޖޫން 2022 ވާ ބުދަ ދުވ...

ސަނިއްޔާ އަބޫބަކުރު
ނޫމަރާ ކައުންސިލާއި ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ރައީސަށް ދަންނަވައިފި 📍 ށ. ނޫމަރާ

ނޫމަރާ ކައުންސިލާއި ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ރައީސަށް ދަންނަވައިފި

ށ. ނޫމަރާ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް އެރަށު ކައުންސިލުން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ނޫމަރާ ކައުންސިލާއި ބައްދަލު ކުރަށްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ނޫމަރާ ކައުންސިލުން ވަނީ އެ ކައުންސިލާއި، އެރަށު ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ރައީސްއަށް ދަންނަވައި، އެކަންކަމ...

މުޙައްމަދު ވަސީމް
ހަތަރު އަހަރުގެ އަންހެން ދަރިފުޅު މަރާލިކަން މަންމަގެ މައްޗަށް ސާބިތުވެއްޖެ 📍 ށ. ނޫމަރާ

ހަތަރު އަހަރުގެ އަންހެން ދަރިފުޅު މަރާލިކަން މަންމަގެ މައްޗަށް ސާބިތުވެއްޖެ

ށ. ނޫމަރާގައި ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މަންމަގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނޫމަރާގައި ދިނަށަ، އައިމިނަތު ޝާހިދާ އޭނާގެ ދަރިފުޅަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ އެ ކުއްޖާ ނިދާފައި އޮއްވަ އެވެ. މަރާލި ސަބަބެއް ފުލުހުންނަކަށް ވެސް ނޭނގުނެވެ. އޭރު އޭނާ ދިޔައީ ނަފްސާނީ ކަންކަމަށް ފަރުވާ ހޯދަމުންނެވެ. އެއީ މުޅި ރާއްޖެ އާއި […]

ހުސައިން ހަބީބް
ނޫމަރާ ސްކޫލުގައި 4 ކްލާސްރޫމް އަޅަން ހަވާލުކޮށްފި 📍 ށ. ނޫމަރާ

ނޫމަރާ ސްކޫލުގައި 4 ކްލާސްރޫމް އަޅަން ހަވާލުކޮށްފި

ށ. ނޫމަރާ ސްކޫލުގައި 4 ކްލާސްރޫމް އަޅަން ބަޔަކާއި އިއްޔެ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުޒްހިންއެވެ.  މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަހުމަދު ރިޔާޒްއެވެ. މި މަސައްކަތް ހަވާލުކޮށް ފައި ވަނީ 4،681،385.59 ރުފިޔާ އަށް، 109 ދުވަސް ތެރޭ […]

ޔުމްނާ ޢަލީ
ފެނަކައިން ފީވަކު ސިއްހީ މަރުކަޒަށާއި، ނޫމަރާ މިސްކިތަކަށާއި، ސްކޫލަށް އޭސީ ހަދިޔާކޮށްފި 📍 ށ. ނޫމަރާ

ފެނަކައިން ފީވަކު ސިއްހީ މަރުކަޒަށާއި، ނޫމަރާ މިސްކިތަކަށާއި، ސްކޫލަށް އޭސީ ހަދިޔާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ފީވަކު ސިއްހީ މަރުކަޒަށާއި، ނޫމަރާ މިސްކިތަކަށާއި، ސްކޫލަށް އޭސީ އަދި ޓީވީ ހަދިޔާކޮށްފިއެވެ. ފެނަކައިން އަންނަނީ އެ ކުންފުނީގެ ޚިދުމަތްދޭ ރަށްތަކުގެ ތަންތަނަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. މިގޮތުން ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ށ. ފީވަކު ސިއްހީ މަރުކަޒަށް ބޭނުންވާ ދެ އޭސީ އިއްޔެ ވަނީ ހަދިޔާކޮށްފައެވެ. މިއީ 18000 ބީޓީޔޫގެ އޭސީ އަކާއި އަދި 22000 ބީޓީޔޫގެ އޭސީކެވެ. މީގެ އިތުރުން ށ. […]

ޝިއުނާ އާދަމް
ނޫމަރާ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ނޫމަރާ

ނޫމަރާ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ނޫމަރާ ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން މިއަދު އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިންކުރެވުނު އިޢުލާނާއި ގުޅިގެން، މި މަސައްކަތަށް ޝަރުތު ހަމަވާ އެއްވެސް ފަރާތެއް ކުރިމަތިލާފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅ...

އިބްރާހިމް ޚަލީލް
ނޫމަރާގައި ފެންވަރު ރަނގަޅު ވޮލީ ކޯޓެއް ތަރައްޤީ ކުރަނީ 📍 ށ. ނޫމަރާ

ނޫމަރާގައި ފެންވަރު ރަނގަޅު ވޮލީ ކޯޓެއް ތަރައްޤީ ކުރަނީ

ށ. ނޫމަރާގައި ފެންވަރު ރަނގަޅު ވޮލީ ކޯޓެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މަޚްލޫފް ވަނީ އެރަށުގައި ކުރިއަށްދާ ޔޫތު މިނިސްޓަރީއާއި ގުޅުންހުރި މަޝްރޫޢުތައް ބައްލަވާލެއްވުމަށް މިމަހުގެ 27 ވަަނަ ދުވަހު އެރަށަށް ދަތުރެއް ކުރަށްވާފައެވެ. ނޫމަރާ ކައުންސިލުން ވިދާޅުވި ގޮތުގައި އެ ދަތުރުގައި މިނިސްޓަރު މަޚްލޫފް ވަނީ އެރަށުގައި ރަނގަޅުފެންވަރުގެ ވޮލީކޯޓެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެ...

އައިޝަތު ނަސާޔާ
ނޫމަރާގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ށ. ނޫމަރާ

ނޫމަރާގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ށ. ނޫމަރާގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ޢިއުލާން ކޮށްފިއެވެ. މި ފުރުސަތު އާންމުކޮށް ހުޅުވާލަމުން ނޫމަރާ ކައުންސިލުން ވިދާޅުވީ، އެ ކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެ ރަށު ފުޓްސަލް ދަނޑު އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ކަނޑައަޅާފައިވާ ދުވަސްތަކުގައި ނޫމަރާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ” ބީލަން ހުށައަޅާ ފޯމް” މެދުވެރިކޮށް ބ...

ޔުމްނާ ޢަލީ
ބާޖު ފަރަށް އެރުމުން ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތް ކުރުމަށް އެހީއަށް އެދިއްޖެ 📍 ށ. ނޫމަރާ

ބާޖު ފަރަށް އެރުމުން ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތް ކުރުމަށް އެހީއަށް އެދިއްޖެ

ށ. ނޫމަރާ ފަރަށް އެރި ބާޖުގެ ސަބަބުން ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތް ކުރުމަށް އެރަށު ކައުންސިލުން އެހީއަށް އެދިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނޫމަރާ ކައުންސިލްގެ ރައީސް އަލީ ރަބީއު ވިދާޅުވީ ބާޖު ފަރަށް އެރުމުން ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތްކުރުމަށް، މި މައްސަލާގައި ޖޫރިމަނާކޮށްފައިވާ ބާޖުގެ ރާއްޖޭގެ އެޖެންޓް، ރޮހޮފް ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަން ލިބޭނެ މަގެއް ހޯއްދަވައިދެއްވުން އެދި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ދަންނަވާފައިވާނެ...

އައިޝަތު ނަސާޔާ
"ޝަޓަލް ޓައިމް" ގެ ނަމުގައި، ނޫމަރާގައި ބެޑްމިންޓަން ތަޢާރަފްކުރުމުގެ ޕްރޮގްރާމެއް 📍 ށ. ނޫމަރާ

"ޝަޓަލް ޓައިމް" ގެ ނަމުގައި، ނޫމަރާގައި ބެޑްމިންޓަން ތަޢާރަފްކުރުމުގެ ޕްރޮގްރާމެއް

މިލަދުންމަޑުލު އުތުރުބުރީ ނޫމަރާގައި ބެޑްމިންޓަން ތަޢާރަފް ކުރުމުގެ ގޮތުން “ޝަޓަލް ޓައިމް” ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައި ނޫމަރާ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ ބެޑްމިންޓަނަކީ ރާއްޖޭގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރަކަށް ވުމާއެކު، އެ ކައުންސިލާއި ބެޑްމިންޓަން އެސޯސިއޭޝަނާއި ގުޅިގެން އުމުރުން 6 އަހަރާއި 50  އަހަރާއި ދެމެދުގެ ދެޖިންސުގެ މީހުންނަށް ވެސް ބައިވެ...

އިބްރާހިމް ޚަލީލް
ނޫމަރާ ފަރަށް ބާޖެއް އުރުމުގެ ހާދިސާ: ވެރިފަރާތް 61 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި 📍 ށ. ނޫމަރާ

ނޫމަރާ ފަރަށް ބާޖެއް އުރުމުގެ ހާދިސާ: ވެރިފަރާތް 61 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ށ. ނޫމަރާގެ ފަރަށް އުރުނުގެ ހާދިސާގައި، އެ ބާޖުގެ ވެރިފަރާތް 61,681,316.00 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ 26 އޮކްޓޫބަރު 2019 ގައި ށ. ނޫމަރާގެ ފަރަށް “މެރިން ޕަވަރ 2317” ނަމަކަށް ކިޔާ ބާޖު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް 61,681,316.00 (ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ...

ޔުމްނާ ޢަލީ
ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފި 📍 ށ. ނޫމަރާ

ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފި

ށ. ނޫމަރާ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައްދަލުކުރައްވައި ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނޫމަރާ ކައުންސިލަރުން ދެއްކެވި ވާހަކައިގައި، ނޫމަރާއަކީ އާބާދީގެ ގޮތުންވެސް ކުޑަ ރަށަކަށްވެފައި، ރަށުގެ ތަރައްޤީއަށް މީގެ ކުރީގެ ސަރުކާރުތަކުން ދިން ސަމާލުކަން ކުޑަކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކައުންސިލަރުން ވަނީ މި ސަރުކާރުން އެރ...

ޔުމްނާ ޢަލީ
ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ނޫމަރާ ނެރުމައްޗަށް އުރިއްޖެ 📍 ށ. ނޫމަރާ

ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ނޫމަރާ ނެރުމައްޗަށް އުރިއްޖެ

ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ށ. ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިއްޖެއެވެ. މިއީ އެފްއެސްއެމްގެ “މެކުނު” ނަމަކަށް ކިޔާ ތެޔޮ އުފުލާ ބާޖެވެ. މި ބާޖުގައި 5 ފަޅުވެރިން އެބަތިއްބެވެ. މި ބާޖު ފަރަށްއެރީ ށ. ފޯކައިދޫ އިން ފުރައިގެން ހދ. ނޭކުރެންދޫއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ގިނަ އަދަދެއްގެ ޕެޓްރޯލް އަދި ޑީސެލް ބަރުކޮށްގެން ދަތުރުކުރި މި ތެޔޮ ބާޖު ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިގެން […]

ޔުމްނާ ޢަލީ