📍 ށ. ނަރުދޫ
ނަރުދޫ ކައުންސިލް ކުރިމަތީ މުޒާހަރާކުރަނީ
ށ. ނަރުދޫ ކައުންސިލް ކުރިމައްޗަށް އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އެއްވެ މުޒާހަރާ ކުރަން ފަށައިފިއެވެ. ނަރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަރުސިދު ”ތިލަދުން” އަށް ވިދާޅުވީ، ކައުންސިލް އިދާރާ ދޮށަށް އެއްވެ އެރަށުގެ ބަޔަކު މުޒާހަރާ ކުރަމުންދަނީ ”މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022”ގެ ހޭންޑް ބޯލް މުބާރާތުގެ އެއް ވެސް މެޗެއް އެރަށުގައި ނުކުޅެން އަތޮޅު ކައުންސިލުން ނިންމުމުން އެކަމާ ހިތްހަމަނުޖެހިން ކަމަށެވެ. ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކ...