މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ނަރުދޫ (148 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
148 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނަރުދޫގެ އެންމެ ފަހުގެ ޚަބަރުތައް

148 ޚަބަރުގެ ތެރެއިން
ނަރުދޫ އަށް ތާރީޚީ ސިޔާސީ ބަދަލެއް، މެޖޯރިޓީ ޕީއެންސީއަށް 📍 ށ. ނަރުދޫ

ނަރުދޫ އަށް ތާރީޚީ ސިޔާސީ ބަދަލެއް، މެޖޯރިޓީ ޕީއެންސީއަށް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގައި ށ. ނަރުދޫ ކައުންސިލްގެ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން ނަރުދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް، މިހާރުގެ ވެސް ރައީސް މުހައްމަދު މުޝްތަރުސިދު އެވެ. އޭނާ 67 އިންސައްތަ (272 ވޯޓު) ހޯދާފައިވާއިރު، ދެން އެ މަގާމަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން ޝުހަ...

ޝިއުނާ އާދަމް
ނަރުދޫ ރަމްޒު އެކަޑަމީން ތަރައްގީކުރި ''ބަނޑަހަމަގު ބީޗް'' ބޭނުންކުރަން ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫ ރަމްޒު އެކަޑަމީން ތަރައްގީކުރި ''ބަނޑަހަމަގު ބީޗް'' ބޭނުންކުރަން ފަށައިފި

ށ. ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީގެ އިޖުތިމާއީ ސިޔާސަތުގެ ދަށުން އެ ރަށުގައި ތަރައްގީކުރި ”ބަނޑަހަމަގު ބީޗް” ގެ މަސައްކަތް ނިންމައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފިއެވެ. ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީން ބުނީ މި ބީޗަކީ ނަރުދޫ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ހިތްހަމަޖެހުމަށްޓަކައި ތަރައްގީކުރި ތަނެއް ކަމަށެވެ. މި މަޝްރޫއު ނިމި، މިހާރު އެ ސަރަހައްދުގެ ބޭނުން ރައްޔިތުން ދަނީ ކުރަމުންނެވެ. މި މަޝްރޫއަކީ ށ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ޖަމިއްޔާތަކަށް […]

ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބާރަށުން ދެމީހަކާއި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި 📍 ހއ. ބާރަށް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބާރަށުން ދެމީހަކާއި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހއ. ބާރަށުން ދެމީހަކާއި ށ. ފުނަދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ޕާޓްރާ، ޢަލީ ތަސްލީމް (39އ) އާއި ހއ. ބާރަށް / ކުށްޅަވައްގެ، ޝަރަފުއްދީން (45އ) ގެ އިތުރުން ށ. ފުނަދޫ / ނީލު ވިލާ، އާދަމް ފަތުޙީ (30އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ބާރަށުން ދެމީހަކު ހައްޔަރުކޮށްފައިވަނީ، ހަށިގަނޑުގައި ރައްކާކޮށްގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ […]

އަލީ އާދިލް
ނަރުދޫން ގޯތި ދޫކުރުމަށް ހުޅުވާލައިފި

ނަރުދޫން ގޯތި ދޫކުރުމަށް ހުޅުވާލައިފި

ށ. ނަރުދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ. ނަރުދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2500 އަކަފޫޓުގެ 25 ގޯއްޗެވެ. މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތަކުންނެވެ. ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ 2026 ޖަނަވަރީ 11 އިން ފެށިގެން 2026 ޖަނަވަރީ 29 […]

ޔުމްނާ ޢަލީ
ނަރުދޫގައި 'އަސާސީ ދަނޑު' މިހާރު އޮތް ފަރާތްތަކަށް އިތުރު ފުރުސަތެއް 📍 ށ. ނަރުދޫ

ނަރުދޫގައި 'އަސާސީ ދަނޑު' މިހާރު އޮތް ފަރާތްތަކަށް އިތުރު ފުރުސަތެއް

ށ. ނަރުދޫ ކައުންސިލުން އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ “އަސާސީ ދަނޑު” ތަކުގެ ތެރެއިން، މިހާރު ދަނޑު އޮވެ ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް އެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ. މިއީ 2024 ވަނަ އަހަރު ހުޅުވާލި ފުރުސަތުގައި އެކި ސަބަބުތަކާ ހުރެ ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް ދިން ފުރުސަތެކެވެ. ނަރުދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، 5 ނޮވެންބަރު 2024 ގައި އާންމުކޮށްފައިވާ “ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުސޫލު” ގެ 5 […]

ޔުމްނާ ޢަލީ
ރަމަޟާން މަހަށް ކަރާ ހެއްދުމަށް ނަރުދޫން ދަނޑުދޫކުރަން ހުޅުވާލައިފި 📍 ށ. ނަރުދޫ

ރަމަޟާން މަހަށް ކަރާ ހެއްދުމަށް ނަރުދޫން ދަނޑުދޫކުރަން ހުޅުވާލައިފި

1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ކަރާ އަދި ކިޔުކަންބާ ފަދަ ބާވަތްތައް ހެއްދުމަށް ނަރުދޫން ދަނޑު ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ އިން ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ރޯދަ މަހަށް ބޭނުންވާ ތަކެތި ހައްދައި، ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ. ނަރުދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި އަހަރުވެސް ދަނޑު ދިނުމަށް ހަމަޖެހިފައިވަނީ “ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުޞޫލު...

އިބްރާހިމް އަސްވާޤް
ނަރުދޫ އިޖްތިމާޢީ ސަރަޙައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ހަވާލުކޮށްފި 📍 ށ. ނަރުދޫ

ނަރުދޫ އިޖްތިމާޢީ ސަރަޙައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ހަވާލުކޮށްފި

ށ. ނަރުދޫ އިޖްތިމާޢީ ސަރަހައްދުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ނަރުދޫ ކައުންސިލުން ހަވާލުކޮށްފައިވަނީ އެލިސްޓަރ އިންވެސްޓްމަންޓް އާއެވެ. 18 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ނަރުދޫ ކައުންސިލުން އެލިސްޓަރ އިންވެސްޓްމަންޓް އާއި ހަވާލުކުރި މި މަސައްކަތުގެ މަގުސަދަކީ، ނަރުދޫ ރައްޔިތުން އާންމުކޮށް އެއްވެ އުޅޭ، އިޖްތިމާޢީ ސަރަހައްދުތައް އަލިކުރުމެވެ. އެގޮތުން މި މަސައްކަތުގެ ޖުމްލަ އަގަކީ 137،905 (އެއްލައްކަ ތިރީސް ހަތްހާސް ނުވަސަތޭކަ...

އައިޝަތު އައިނީ އާމިރު
ނަރުދޫ ނަރުދަމާގެ މަސައްކަތް ނޮވެމްބަރުގައި ބާރަށް ހިނގައިގަންނާނެ، ހަދާނީ ސޭފް ބަނދަރެއް: ރައީސް 📍 ށ. ނަރުދޫ

ނަރުދޫ ނަރުދަމާގެ މަސައްކަތް ނޮވެމްބަރުގައި ބާރަށް ހިނގައިގަންނާނެ، ހަދާނީ ސޭފް ބަނދަރެއް: ރައީސް

ނަރުދޫގައި ނަރުދަމާ އެޅުމުގެ މަޝްރޫޢު ނޮވެމްބަރުގައި ބާރަށް ކުރިއަށް ގެންދެވޭނެކަމަށާއި، އެރަށުގައި ހަދާ ބަނދަރު ފުޅާކޮށްދީ އެތަން ތަރައްގީކޮށްދޭނީ ސޭފް ބަނދަރެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ނަރުދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެންމެ ބޮޑު ދެ މައްސަލައެއްގެ ގޮތުގައި ނަރުދޫ ރައްޔިތުންނަށް ކުރިމަތިވެފައިވަނީ ނަރުދަމާގެ މައްސަލައާއި، ބަނދަރުގެ މައްސަލަ ކަމަށެވެ....

ޔުމްނާ ޢަލީ
ށ.ނަރުދޫ ފުލުހުންގެ މަރުކަޒާއި ކުނި މެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ފަށައިފި 📍 ށ. ނަރުދޫ

ށ.ނަރުދޫ ފުލުހުންގެ މަރުކަޒާއި ކުނި މެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ފަށައިފި

ށ. ނަރުދޫ ފުލުހުންގެ މަރުކަޒާއި ކުނި މެނޭޖުކުރާ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނަރުދޫއަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުތަކުގެ ތެރެއިންނެވެ. އެގޮތުން ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ހަވާލުކޮށްގެން ނަރުދޫގައި ފުލުހުންގެ މަރުކަޒެއް ތަރައްޤީކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ މަރުކަޒުގެ ޢަމަލީ މަސަ...

އައިޝަތު އައިނީ އާމިރު
ނަރުދޫ ގޮނޑުދޮށް ހިމާޔާތްކުރުމަށް އެމްޓީސީސީއަށް، ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން އާރުޑީސީއަށް 📍 ށ. ނަރުދޫ

ނަރުދޫ ގޮނޑުދޮށް ހިމާޔާތްކުރުމަށް އެމްޓީސީސީއަށް، ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން އާރުޑީސީއަށް

ށ.ނަރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް، އެ ރަށު ޞިއްޙީ މަރުކަޒުގައި އައު އިމާރާތެއް ތަރައްޤީކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނަރުދޫ އަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ. އެގޮތުން ނަރުދޫ ގޮނޑުދޮށް ހިމާ...

އައިޝަތު އައިނީ އާމިރު
ނަރުދޫ މަގުތަކާއި ގޯޅިތަކުގެ ނަންބޯޑު ހެދުމަށް ހަވާލުކޮށްފި 📍 ށ. ނަރުދޫ

ނަރުދޫ މަގުތަކާއި ގޯޅިތަކުގެ ނަންބޯޑު ހެދުމަށް ހަވާލުކޮށްފި

ށ. ނަރުދޫ މަގުތަކާއި ގޯޅިތަކުގެ ނަންބޯޑު ހެދުމުގެ މަސައްކަތް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ. އެގޮތުން އެ ރަށުގެ މަގުތަކުގައާއި ގޯޅިތައް ވަކިވާނެހެން ނަންބޯޑު ހަރުކުރުމަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ށ. ފުނަދޫ، ކޮމްބައިން ޕްރިންޓަރސް އަށެވެ. މި މަސައްކަތް ހަވާލުކުރުމުގެ ގޮތުން ނަރުދޫ ކައުންސިލުގެ ފަރާތުން ވަނީ ކޮމްބައިން ޕްރިންޓަރސް އާއި ބައްދަލުކޮށް މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، 20 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި...

އައިޝަތު އައިނީ އާމިރު
އަގުބޮޑު އިނާމުތަކާއިއެކު، ނަރުދޫ ބްރީޒް ވިއު ކެފޭގެ އަހަރީ ޕްރޮމޯޝަން ފެށެނީ 📍 ށ. ނަރުދޫ

އަގުބޮޑު އިނާމުތަކާއިއެކު، ނަރުދޫ ބްރީޒް ވިއު ކެފޭގެ އަހަރީ ޕްރޮމޯޝަން ފެށެނީ

ށ. ނަރުދޫގައި ހިންގަމުން އަންނަ އެންމެ ސަޅި ކެފޭ ކަމުގައިވާ ބްރީޒް ވިއުގެ އަހަރީ ޕްރޮމޯޝަން، އަގުބޮޑު އިނާމުތަކާއިއެކު ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިމަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއްވަނަ އިނާމަކަށް 43 އިންޗީގެ ބޮޑު ސްމާޓު ޓީވީއެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ އަށް ދިނުމަށް ހަމަޖެހިފައިވަނީ ޑައިނަމިކް ސުޕަރޖެނެރަލް ބްރޭންޑުގެ 7 ކިލޯގެ އޮޓޯ ދޮންނަ މެޝިނެކެވެ. […]

އަލީ އާދިލް
ށ. އަތޮޅު ކައުންސިލްގެ ''އތމ ކޮމިޓީ ގްރާންޓް'' ލިބޭ ޑަބްލިއުޑީސީތަކާއިއެކު ސޮއިކޮށްފި 📍 ށ. ފޯކައިދޫ

ށ. އަތޮޅު ކައުންސިލްގެ ''އތމ ކޮމިޓީ ގްރާންޓް'' ލިބޭ ޑަބްލިއުޑީސީތަކާއިއެކު ސޮއިކޮށްފި

ށ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާއީ ހަރަކާތް ހިންގަން ފަންޑް ދިނުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ހުށަހެޅުން ހުށަހެޅި އެ އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ ކޮމެޓީ ނުވަތަ ޑަބްލިއުޑީސީ) ތަކާއެކު ފައިސާ ދިނުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލާއި އެ ފަރާތްތަކާއި ދެމެދުސޮއިކޮށްފިއެވެ. މި އަހަރު އަތޮޅު ކައުންސިލުން ފަންޑް ދިނުމަށް ހޮވާފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ތަކަކީ ފޯކ...

ޔުމްނާ ޢަލީ
ށ.އަތޮޅު ކައުންސިލުން މި އަހަރު މާލީ އެހީދޭ ޖަމިއްޔާތަކާއިއެކު ސޮއިކޮށްފި 📍 ށ. ފޯކައިދޫ

ށ.އަތޮޅު ކައުންސިލުން މި އަހަރު މާލީ އެހީދޭ ޖަމިއްޔާތަކާއިއެކު ސޮއިކޮށްފި

ށ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާއީ ހަރަކާތް ހިންގަން ފަންޑް ދިނުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި ދެ ޖަމިއްޔާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލާއި އެ ޖަމިއްޔާތަކާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އަހަރު ހޮވާފައިވާ ދެ ޖަމިއްޔާއަކީ ފޯކައިދޫ ބްލަޑް ބްރަދާސް އާއި ނަރުދޫ ރަމްޒު ޖަމިއްޔާއެވެ. މިކަމަށް ހުޅުވާލި ފުރުސަތުގައި ނަރުދޫ ރަމްޒް ޖަމިއްޔާއިން ޕްރޮޕޯސަލް ކާމިޔާބުކ...

އިބްރާހިމް ޚަލީލް
ނަރުދޫގައި ގްރީން ހައުސް ފަންނީ ތަމްރީންތަކެއް 📍 ށ. ނަރުދޫ

ނަރުދޫގައި ގްރީން ހައުސް ފަންނީ ތަމްރީންތަކެއް

މޯލްޑިވްސް އެގްރިބިޒްނެސް ޕްރޮގްރާމް (މެފް) އިން ށ. ނަރުދޫގައި ގްރީން ހައުސް ފަންނީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފިއެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މެޕް އިން ހިންގާ މި ތަމްރީނު ޕްރޮގްރާމުތަކަކީ ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ސިލްސިލާ ތަމްރީނުތަކެކެވެ. ނަރުދޫގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި މިރުސް އިންދުމުގެ އަމަލީ މަސައްކަތާއި ތިއަރީ (ނަޒަރިއްޔާތު) ގެ ކްލާސްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ރާއްޖޭގެ ދަނ...

އައިޝަތު އައިނީ އާމިރު