މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ނ. އަތޮޅު (މިލަދުންމަޑުލު ދެކުނުބުރި) (583 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
583 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނ. އަތޮޅުގެ ޚަބަރުތައް

583 ޚަބަރުގެ ތެރެއިން
މިލަންދޫ ގޮނޑުދޮށް ހިމާޔާކުރުން އެމްޓީސީސީއަށް, މަގު ހެދުން އާރުޑީސީއަށް 📍 ށ. މިލަންދޫ

މިލަންދޫ ގޮނޑުދޮށް ހިމާޔާކުރުން އެމްޓީސީސީއަށް, މަގު ހެދުން އާރުޑީސީއަށް

ށ.މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް، އެ ރަށު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިލަންދޫ އަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ. އެގޮތުން މިލަންދޫ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ...

އައިޝަތު އައިނީ އާމިރު
މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި 📍 ށ. މިލަންދޫ

މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި

ށ. މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. މިލަންދޫ އިސްލާމީ މަރުކަޒުގައި ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ. މިގޮތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ބިނާކުރާ މި އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒ...

އައިޝަތު އައިނީ އާމިރު
މިލަންދޫގައި އަޅާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި 📍 ށ. މިލަންދޫ

މިލަންދޫގައި އަޅާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

ށ.މިލަންދޫގައި އިމާރާތް ކުރާ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މިލަންދޫ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިލަންދޫއަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މިގޮތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، އޮނަރަބަލް މޫސާ ޒަމީ...

އައިޝަތު އައިނީ އާމިރު
ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކުރުމަށް އަނެއްކާ ވެސް ހުޅުވާލައިފި

ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކުރުމަށް އަނެއްކާ ވެސް ހުޅުވާލައިފި

ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އަނެއްކާވެސް ހުޅުވާލައިފިއެވެ. މިގޮތުން އެ ރަށުގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިކަމާ ގުޅޭގޮތުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބީލަން ފޮތް އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ […]

އަލީ އާދިލް
ށ.އަތޮޅު ކައުންސިލަށް ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ރަންވަނަތަކެއް 📍 ށ. މިލަންދޫ

ށ.އަތޮޅު ކައުންސިލަށް ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ރަންވަނަތަކެއް

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތަކެއް ށ.އަތޮޅު ކައުންސިލާއި، އެ ކައުންސިލުން ބައިވެރިކުރި ދަރިވަރުން ހޯދައިފިއެވެ. މިގޮތުން މި މުބާރާތުގައި ބައިވެރިވި މުއައްސަސާތަކުގެ ތެރެއިން ށ. އަތޮޅު ކައުންސިލުން ވަނީ މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ އާއި މުޅި މުބާރާތުން ފަޚްރުވެރި 2 ވަނަ ހޯދާފައެވެ. މި މުބާރާތުގެ މުޅި މުބާރާތުން ނުބަލާ ކިޔުމުގެ ގޮފިން ފަޚުރުވެރި 1 ވަނަ ހޯދާފައިވަނީ މިލަންދޫ ސްކޫލްގެ […]

ޙުސައިން ޝަހުދީ
ފ.މަގޫދޫ އެއާޕޯޓްގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަނީ 📍 ނ. މަގޫދޫ

ފ.މަގޫދޫ އެއާޕޯޓްގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަނީ

ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން ރައީސްޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. މިކަމުގެ ޔަގީންކަން ދެއްވާފައިވަނީ އެމަނިކުފާނު ހުކުރު ދުވަހު ހަތަރު އަތޮޅެއްގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި، އިއްޔެ ފ. މަގޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފ. މަގޫދޫ އިޖުތިމާޢީ މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކ...

ޔުމްނާ ޢަލީ
30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމަނީ

30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމަނީ

ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.   ރައީސް މިފަދައިން ވިދާޅުބީ ހަތަރު އަތޮޅެއްގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރިޔާސީ އިންތިޚާބުގައި ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދަކީ ވައިގެ ބަނދަރެއް ޤާއިމުކޮށްދެއްވުން ކަމަށް ފާހަގަކުރައްވަމުން، “އެއަރޕޯޓު މަސަ...

ޔުމްނާ ޢަލީ
މިލަންދޫގައި "އާބާދު 25 ރަސްމީ ޖަލްސާ" ބާއްވައިފި 📍 ށ. މިލަންދޫ

މިލަންދޫގައި "އާބާދު 25 ރަސްމީ ޖަލްސާ" ބާއްވައިފި

ށ. މާކަނޑޫދޫ މީހުން ށ. މިލަންދޫއަށް ބަދަލުވިތާ 25 އަހަރު ފުރުމާއި ގުޅިގެން އެ ރަށުގައި ރިހި ޔޫބިލް ފާހަގަކުރުމަށް “އާބާދު ރަސްމީ ޖަލްސާ” ގެ ނަމުގައި ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ. މިގޮތުން މި ޚާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައިވަނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އެވެ. އަދި މި ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލާއި، މިލަންދޫ ކައުންސިލްގެ ރައީސް ގެ އިތުރުން ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޖަލްސާގައި [...

އައިޝަތު އައިނީ އާމިރު
މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު: ކެޕްސޫލް ވަޅުލުމުގެ ހަރަކާތް ބާއްވައިފި

މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު: ކެޕްސޫލް ވަޅުލުމުގެ ހަރަކާތް ބާއްވައިފި

ށ. މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފާހަގަކުރުމުގެ ގޮތުން ވަޅުލަން ނިންމި “ޓައިމް ކެޕްސޫލް” މިއަދު ވަޅުލައިފިއެވެ. މިލަންދޫ ކައުންސިލުން މި ކެޕްސޫލަށް އެޅުމަށް ހުޅުވާލީ މީގެ 25 އަހަރު ފަހުން މިލަންދޫ އޮންނާނެގޮތުގެ ތަސައްވުރު ހިމެނޭ ލިޔުމާއި ފޮޓެވެ. މި މަހުގެ 14 އަދި 15 ވަނަ ދުވަހު މި ކެޕްސޫލަށް ލިޔުމާއި ފޮޓޯ އެޅުމަށް ފުރުސަތު ހުޅުވާލައި އެ ފުރުސަތު މިލަންދޫ ކައުންސިލުން ވަނީ ރޭ 10:00 އާއި ހަމައަށް ރައްޔިތުންނަށް ދީފައެވެ. އެއަށްފަހު […]

ޔުމްނާ ޢަލީ
މިލަންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ކައުންސިލުން އެކްސްކެވޭޓަރެއް ގެންނަނީ 📍 ށ. މިލަންދޫ

މިލަންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ކައުންސިލުން އެކްސްކެވޭޓަރެއް ގެންނަނީ

ށ. މިލަންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް އެކްސްކެވޭޓަރެއް ސަޕްލައިކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަސައްކަތައް މިލަންދޫ ކައުންސިލުން އެކްސްކެވޭޓަރ ސަޕްލައި ކޮށްދީފައިވަނީ ވެލާރޯ އިންވެސްޓްމަންޓް އާއެވެ. މިގޮތުން މި މަސައްކަތް ހަވާލުކުރުމަށް އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކޮށްފައިވާއިރު، ކުނި މެނޭޖްކުރުމަށް އެކްސްކެވޭޓަރ ސަޕްލައިކުރުމަށް ދީފައިވާ މުއްދަތަކީ 200 ދުވަހެވެ. މިލަންދޫ ކައުންސިލަށް އެކްސްކެވޭޓަރު ފޯރުކޮށްދިނުމުގެ ޖުމްލަ އަގަކީ 1،189،000 ރުފިޔާއެވެ. ކުނި...

އައިޝަތު އައިނީ އާމިރު
މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފުރުން ފާހަގަކުރަން "ޓައިމް ކެޕްސޫލް" އެއް ވަޅުލަނީ

މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފުރުން ފާހަގަކުރަން "ޓައިމް ކެޕްސޫލް" އެއް ވަޅުލަނީ

ށ. މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ހަރަކާތްތަކުގެ ތެރެއިން “ޓައިމް ކެޕްސޫލް” އެއް ވަޅުލުމަށް މިލަންދޫ ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ. “އާބާދު 25 ކެޕްސޫލް” ގެ ނަމުން ނަންދީފައިވާ މި ކެޕްސޫލް އަކީ މިލަންދޫ ކައުންސިލުން އިިންތިޒާމްކޮށްގެން މީގެ 25 އަހަރު ފަހުން އެ ކެޕްސޫލް ވަޅުން ނަގާއިރު މިލަންދޫ އޮންނާނެ ގޮތުގެ ތަޞައްވުރު އަންދާޒާކޮށް ރައްޔިތުންނާއި އެއްބައިވެގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން މިލަންދޫ ކައުންސިލްގެ އެދުމާއި އެއްގޮތަށް ރައްޔިތ...

އައިޝަތު އައިނީ އާމިރު
ނިލަންދޫން ގެއްލުނު ކުއްޖާ ވަނީ ފެނިފައި، ހާލު ރަނގަޅު: ފުލުހުން

ނިލަންދޫން ގެއްލުނު ކުއްޖާ ވަނީ ފެނިފައި، ހާލު ރަނގަޅު: ފުލުހުން

ފ. ނިލަންދޫއިން ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެންކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެ ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 22:15 ހާއިރު އެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ހާމަކުރީ ރޭ 23:59 ހާއިރުއެވެ. މިއަދު ހެނދުނު 7:50 ހާއިރު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އެ ކުއްޖާ ރޭ 2:40 ހާއިރު ފެނިފައިވާކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް ބުންޏެވެ. އިތުރު ތަފްސީލެއް […]

ޔުމްނާ ޢަލީ
ނިލަންދޫން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ނިލަންދޫން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ފ. ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ރޭ ބުނެފިއެވެ. ރޭ 23:59 ހާއިރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ނިލަންދޫ 14 އަހަރުގެ އަންހެންކުއްޖަކު ގެއްލިފައިވާ މައްސަލަ ރޭ (14 ސެޕްޓެމްބަރު 2025) 22:15 ހާއިރު އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ކުއްޖާ އިއްޔެ ހަވީރު ގެއިން ނުކުތް ގޮތަށް ޚަބަރެއް ވެފައި ނުވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން […]

ޔުމްނާ ޢަލީ
މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފުރުން ފާހަގަ ކުރުމަށް މަސްރޭހެއް 📍 ށ. މިލަންދޫ

މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފުރުން ފާހަގަ ކުރުމަށް މަސްރޭހެއް

ށ. މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފާހަގަކުރުމަށް ބާއްވާ މަސްރޭހުގައި ބައިވެރިވުމަށް މިލަންދޫ ރައްޔިތުންނަށް ހުޅުވާލައިފިއެވެ. “އާބާދު 25 މަސްރޭސް” ގެ ނަމުން ކުރިއަށްގެންދާ މި މަސްރޭހުގައި ބައިވެރިވުމަށް ހުޅުވާލަމުން މިލަންދޫ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސްރޭހުގެ 1 ވަނަ ޓީމަށް 5000 (ފަސްހާސް ރުފިޔާ) އަދި 2 ވަނަ ޓީމަށް 3000 (ތިންހާސް ރުފިޔާ) އާއެކު 3 ވަން ޓީމަށް 1000 (އެއްހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން މި މަސްރޭހުގައި […]

އައިޝަތު އައިނީ އާމިރު
ލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިންމީހުން ހައްޔަރު

ލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިންމީހުން ހައްޔަރު

ނ. ލަންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ މި މަހުގެ 6 އަދި 8 ވަނަ ދުވަހުއެވެ. ލަންދޫ ޕޮލިސް ސްޓޭޝަނުން ސެޕްޓެންބަރު 8 ގައި ހިންގި އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނުކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ނ. މާޅެންދޫ / ހަވޭލި، ޙަސަން މުޙައްމަދު (33އ) އާއި ނ. މާޅެންދޫ […]

އަލީ އާދިލް