މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ނ. އަތޮޅު (މިލަދުންމަޑުލު ދެކުނުބުރި) (583 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
583 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނ. އަތޮޅުގެ ޚަބަރުތައް

583 ޚަބަރުގެ ތެރެއިން
މަނަދޫއަށް ފުޓްބޯޅަ ތަޢާރަފުވިގޮތް

މަނަދޫއަށް ފުޓްބޯޅަ ތަޢާރަފުވިގޮތް

މަނަދޫއަށް ފުޓްބޯޅަ ތަޢާރަފުވީ އަލްފާޟިލް ވެލިދޫގޭ މޫސާ ދީދީގެ އަތޮޅުވެރިކަމުގައެވެ. އެ ދުވަސްވަރަކީ ސުމުއްވުލްއަމީރު މުޙައްމަދު އަމީންގެ ވެރިކަމުގެ ދުވަސްވަރެވެ. އެ ދުވަސްވަރު މޫސާ ދީދީގެ އިތުރުން މާލޭގެ ކަމުވޮށިވެގެންވާ އެހެން ދެ ބޭފުޅަކު ވެސް މަނަދޫގައި އުޅުއްވިއެވެ. އެއީ ނ. އަތޮޅުގެ ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު ނ.ތ ޙަސަން ދީދީ އާއި މުޙައްމަދު އަމީން 1950 ވަނަ އަހަރު އުފެއްދެވި ކުޅިވަރު މުންތަޒިމްގެ ގަލޮޅު ކުލަބުގެ ވަކީލު އަލްފާޟިލް އަޙްމަދު ޢަލީ ދީދީ […]

ޢަބްދުﷲ ސަޢީދު
އާރުޑީސީއިން މިލަންދޫ މަގުތައް ހެދުމުގެ މަސައްކަތް ފަށައިފި 📍 ށ. މިލަންދޫ

އާރުޑީސީއިން މިލަންދޫ މަގުތައް ހެދުމުގެ މަސައްކަތް ފަށައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ޢަމަލީ މަސައްކަތް ނިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކާއި، މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މ...

ޔުމްނާ ޢަލީ
މާޅެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ އިން ފަށައިފި

މާޅެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ އިން ފަށައިފި

ނ. މާޅެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ ( އެމް.ޑަބްލިޔު.އެސް.ސީ.) އިން ފަށައިފި އެވެ. މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 11.7 ކިލޯ މީޓަރުގެ ފެން ހޮޅީގެ ނެޓްވޯކެއް ޤާއިމު ކުރުމަށާއި، 2 އާރު.އޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށް 250 ޓަނުގެ 3 ތާނގީ ބެހެއްޓުމުގެ އިތުރުން، މާޅެންދޫގެ ގޭބީސީތަކުގައި ފެންމީޓަރ ބެހެއްޓުމަށާއި ފެނުގެ ކަނެކްޝަން […]

ޔުމްނާ ޢަލީ
މަނަދޫން ފުރަން އުޅުނު ޑިންގީއެއް ހުއްޓުވައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި 📍 ނ. މަނަދޫ

މަނަދޫން ފުރަން އުޅުނު ޑިންގީއެއް ހުއްޓުވައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މަނަދޫން ފުރަން އުޅުނު ޑިންގީއެއް ހުއްޓުވައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ހާމަކޮށްފި އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނަކީ މާލެއިން ނ. އަތޮޅަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. ފުލުހުން ބުނެފައިވަނީ، މަނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ބޯޓުން...

ޔުމްނާ ޢަލީ
ހެނބަދޫ ''ޖޯޝް ޗެމްޕިއަންޝިޕް 2020'' ފުޓްބޯޅަ މުބާރާތް ފޯރިއާއިއެކު ކުރިއަށް

ހެނބަދޫ ''ޖޯޝް ޗެމްޕިއަންޝިޕް 2020'' ފުޓްބޯޅަ މުބާރާތް ފޯރިއާއިއެކު ކުރިއަށް

ނ. ހެނބަދޫގެ ”ޖޯޝް ޖަމްޢިއްޔާ”އިން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދާ ”ޖޯޝް ޗެމްޕިއަންޝިޕް2020” ފުޓްބޯޅަ މުބާރާތް ފޯރިއާއިއެކު ކުރިއަށް އެބަދެއެވެ. ހެނބަދޫގެ ތަރައްޤީއަށާއި، އިޖުތިމާޢީ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ ”ޖޯޝް ޖަމްޢިއްޔާ” އިން ކުރިއަށް ގެންދާ މި ފުޓްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށާފައިވާއިރު، މި މުބާރާތް ކުރިއަށް ދަނީ ހެނބަދޫ ފުޓްބޯޅަ ދަނޑުގައެވެ. މި މުބާރާތުގައި ހެނބަދޫގެ 5 ޓީމެއް ވާދަ ކުރަމުންދާއިރު، މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނީ ގްރޫޕް ސްޓޭޖް ނިމޭއިރު އެންމެ ގިނ...

އަޙްމަދު ވަހީދު
ގަވާއިދާ ޚިލާފަށް ރުއްގަސް ކެނޑުމުން މަނަދޫ ކައުންސިލް 20 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފި 📍 ނ. މަނަދޫ

ގަވާއިދާ ޚިލާފަށް ރުއްގަސް ކެނޑުމުން މަނަދޫ ކައުންސިލް 20 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފި

ނ. މަނަދޫ ކައުންސިލުން ގަވާއިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި ގުޅިގެން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީން (އީޕީއޭ) އިން އެ ކައުންސިލް ޖޫރިމަނާކޮށްފި އެވެ. އީޕީއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަނަދޫ ކައުންސިލް ޖޫރިމަނާކޮށްފައިވަނީ 20،000 (ވިހިހާސް ރުފިޔާ) އިން ކަމަށާއި އެ ކައުންސިލުން ޖޫރިމަނާކޮށްފައިވަނީ 6 ޑިސެމްބަރު 2020 (މިއަދު) ގައި ކަމަށެވެ. އަދި މި ކުރެވުނު ޖޫރިމަނާގެ ފައިސާ 1 މަސްދުވަހުން ދައްކާ ނިންމުމަށް ވާނީ އީޕީއޭ އިން އެކައުންސިލަށް އަންގާފަ ކަމަށެވެ. މީގެ […]

ޖަލްވާން ޖާދުﷲ
އެމްޓީސީސީން ހެނބަދޫ ބަނދަރު ތަރައްޤީކޮށް ނިންމާލައިފި

އެމްޓީސީސީން ހެނބަދޫ ބަނދަރު ތަރައްޤީކޮށް ނިންމާލައިފި

ނ. ހެނބަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިފައިވާ ކަމަށް، އެ މަޝްރޫޢުގެ މަސައްކަތް ކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. ހެނބަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލާފައި ވަނީ  21 ނޮވެމްބަރ 2020 ގައެވެ. އަދި މި މަޝްރޫއަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ހެނބަދޫ ބަނދަރުގެ މަޝްރޫޢުގެ މަސައްކަތް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނި ހައުސިންގ އެންޑް އިންފްރާ އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާއި […]

އަޙްމަދު ވަހީދު
މިލަންދޫ އާއި ކޮމަންޑޫއިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ އާއި ކޮމަންޑޫއިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި

ށ. މިލަންދޫ އާއި ށ. ކޮމަންޑޫއިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ށ. އަތޮޅުގެ ދެ ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ، މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް އާންމުފަރާތަކުން މިލަންދޫ ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިލަންދޫ ޕޮލި...

އިބްރާހިމް އަސްވާޤް
އުތުރުގެ އިތުރު 3 ރަށެއްގެ ފެނަކަ އައު އިންޖީނުގެތަކުގެ ބިންގާ އަޅައިފި 📍 ނ. މަނަދޫ

އުތުރުގެ އިތުރު 3 ރަށެއްގެ ފެނަކަ އައު އިންޖީނުގެތަކުގެ ބިންގާ އަޅައިފި

ފެނަކައިން، ށ. މާއުނގޫދޫއާއި، ނ. މަނަދޫއާއި އަދި ނ. ފޮއްދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެ ތަކުގެ ބިންގާ އަޅައިފިއެވެ. އެރަށްރަށުގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެތަކުގެ ބިންގާ އަޅުއްވައި ދެއްވީ އެކަމަށްޓަކައި އިއްޔެ އެރަށްތަކުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަޢީދު މުހައްމަދެވެ. މިގޮތުން ށ. މާއުނގޫދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެއާއި، އައު އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 280 ދުވަހުން ނިންމާ ގޮތަށް ޑުޕްލެކްސް ޕްރައިވެޓް ލިމިޓ...

އަޙްމަދު އަސްފާން
ފޭދޫ ސާމީއަށް އެހީވުމަށް މިލަންދޫގައި ވެސް ފަންޑުފޮށިތަކެއް 📍 ށ. ފޭދޫ

ފޭދޫ ސާމީއަށް އެހީވުމަށް މިލަންދޫގައި ވެސް ފަންޑުފޮށިތަކެއް

ށ.ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީވުމަށް ށ. މިލަންދޫ ކައުންސިލުން، އެރަށުގެ ދެ މިސްކިތެއްގައި ފަންޑު ފޮށި ބަހައްޓައިފިއެވެ. މިލަންދޫ ކައުންސިލުން ބުނީ މިލަންދޫ ރައްޔިތުންގެ ފަރާތުން ސާމީއަށް އެހީތެރިވުމުގެ ގޮތުން އެރަށުގެ ދެ މިސްކިތް ކަމަށްވާ، މަސްޖިދުލް އީމާން އަދި މަސްޖިދުލް އިކްރާމްގައި ފަންޑުފޮށި ބަހައްޓާފައި ވާކަމަށެވެ. މިލަންދޫ ރައްޔިތުންކުރެ، ކޮންމެ ރައްޔިތަކުވެސް ސާމީއަށް އެހީތެރިވުމުގެ ގޮތުން ފައިސާގެ ކޮންމެވެސް މިންވަރެއް ހަދިޔާ ކުރެއްވުމަކީ މިލަންދޫ ކ...

ޔުމްނާ ޢަލީ
ށ. ފުނަދޫއާއި މަގޫދޫގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް ހުޅުވައިފި 📍 ށ. ފުނަދޫ

ށ. ފުނަދޫއާއި މަގޫދޫގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް ހުޅުވައިފި

ށ.ފުނަދޫއާއި މަގޫދޫގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ހުޅުވައިދެއްވައިފިއެވެ. ސަރުކާރުގެ ބަޖެޓުން ޖުމްލަ 4.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފުނަދޫގައޖ އިމާރާތްކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެފަރާތުންނެވެ. މަސްޖިދުލް ރިޟްވާން ގެ ނަމުން ނަންދީފައިވާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ 17 ނޮވެމްބަރ 2019 ވަނަ...

އިބްރާހިމް އަސްވާޤް
މަސްތުވާތަކެއްޗާއިއެކު މިލަންދޫއިން 2 މީހަކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މަސްތުވާތަކެއްޗާއިއެކު މިލަންދޫއިން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މިލަންދޫއިން 2 މީހަކު ހައްޔަރުކޮށްފިއެވެ. މިލަންދޫއިން ހައްޔަރުކޮށްފައިވަނީ މާލެއިން މިލަންދުއަށްދާ ދެ މީހަކު އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އާންމުފަރާތަކުން މިލަންދޫ ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިކމަށް ފުލުހުންވަނ...

މުޙައްމަދު އިނާން
މިލަދޫ ކައުންސިލުން ނެޓުބޯޅަ މުބާރާތެއް ބާއްވަނީ 📍 ނ. މިލަދޫ

މިލަދޫ ކައުންސިލުން ނެޓުބޯޅަ މުބާރާތެއް ބާއްވަނީ

ނ. މިލަދޫގައި ޤާއިމުކޮށްފައިވާ ނެޓްބޯޅަ ކޯރޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެރަށު ކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި “ކައުންސިލް ނެޓްބޯލް ޗެލެންޖް-1” ގެ ނަމުގައި، އެރަށުގެ ކަނބަލުންނަށް ހާއްސަކޮށްގެން ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތަކީ އެރަށުގެ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ބޭނުމުގައި އެރަށު ކައުންސިލުން ބާއްވާ މުބާރާތެއް ކަމަށް މިލަދޫ ކައުންސިލުން ބުންޏެވެ. މ...

މުޙައްމަދު އިނާން
މިލަދޫ ބަނދަރުގެ 34 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ 📍 ނ. މިލަދޫ

މިލަދޫ ބަނދަރުގެ 34 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމުންދާ ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 34 ޕަސެންޓް ނިމިއްޖެ ކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ އެންމެފަހު މަޢުލޫމާތު ކޮންމެ ދުވަހު ހާމަ ކުރަށްވަމުން އަންނައިރު، ނ. މިލަދޫ ގައި އެކުންފުނިން ކުރަމުން ގެންދާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތު އެންމެ ފަހުގެ މަޢުލޫމާތު މިއަދު ވަނީ ހާމަކުރަށްވާފަ އެވެ. މިގ...

އަޙްމަދު ވަހީދު
އިހަވަންދޫ އަދި މަނަދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމަށް ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އަދި މަނަދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމަށް ހަވާލުކޮށްފި

ހއ. އިހަވަންދޫ އާއި ނ. މަނަދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ. އިއްޔެ މެންދުރުފަހު ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި ދެ ރަށުގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމަށް ހަވާލުކުރީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު އިބްރާހިމެވެ. އަދި އާރްކޭއެލް ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުޒައިމާ އާސިރެވެ. އ...

ޝިއުނާ އާދަމް