މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ނ. އަތޮޅު (މިލަދުންމަޑުލު ދެކުނުބުރި) (583 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
583 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނ. އަތޮޅުގެ ޚަބަރުތައް

583 ޚަބަރުގެ ތެރެއިން
އަސްލު ޙަޤީޤަތް ނޭނގޭ ލަންދޫ މާބުދުގެއާއި އާސާރީ ސަރަޙައްދު 📍 ނ. ލަންދޫ

އަސްލު ޙަޤީޤަތް ނޭނގޭ ލަންދޫ މާބުދުގެއާއި އާސާރީ ސަރަޙައްދު

ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން އެ ތަނެއްގެ އަސްލު ޙަޤީޤަތް ނޭނގޭ އެއް ތަނަކީ ލަންދޫ މާބުދުގެއާއި އެ މާބުދުގެ ހުރި އާސާރީ ސަރަޙައްދެވެ. އެތަން ދިރާސާކުރި ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި އެއީ ބުޑިސްޓް އެކުވެންޏެކެވެ. ފޯކުލޯރުތަކުންނާއި ދިރާސާވެރިންގެ ހޯދުންތަކާއި އެ ސަރަޙައްދުން ފެނިފައިވާ ޤަދީމީ އާސާރީ ތަކެތިން އެ ތަނުގެ ދޮށިކަން ތަސައްވުރު ކުރެވެއެވެ. ފޯކުލޯރުގައި ކިޔާ ވާހަކަގުޅެނީ ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި ކަމަށް ފޯކުލޯރުގައި ކިޔާއުޅޭ އެއް ބައެއް ކަމަށްވާ ރެދ...

ޢަބްދުﷲ ސަޢީދު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ ލޯގޯ ޑިޒައިން ކުރީ، ވެލިދޫ ޒުވާނެއް 📍 ނ. ވެލިދޫ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ ލޯގޯ ޑިޒައިން ކުރީ، ވެލިދޫ ޒުވާނެއް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އާ ލޯގޯ ޑިޒައިން ކުރުމަށް ހުޅުވާލި ފުރުޞަތުގައި ހުށައެޅި ހުޅައެޅުންތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމަކަށް ނ. ވެލިދޫ ޒުވާނެއްކަމުގައިވާ އަޙްމަދު ޙާލިދުގެ ހުށައެޅުން ހޮވިއްޖެ އެވެ. ކޭއާރުއެޗުން ބުނީ މިއީ ހޮސްޕިޓަލު އުފެއްދައި ބޭނުން ކުރަން ފެށި ލޯގޯ ބަދަލު ކުރި ފުރަތަމަ ފަހަރު ކަމަށާއި އާލޯ އެއް ފަރުމާކުރުމަށް ހުޅިވާލީ ހޮސްޕިޓަލަށް އަންނަމުންދާ ކުރިއެރުމާއި މުސްތަގުބަލަށް ވިސްނައިގެން ކަމަށެވެ. އާ ލޯގޯއިން ބުނެދޭ މެސެޖާއި އެއްގޮތަށް އިތުރު […...

އަލީ އާދިލް
ށ. މިލަންދޫއާއި ފޯކައިދޫގައި ކުނީގެ ޚިދުމަތަށް ނަގަމުންއަންނަ ފީ ރޯދަމަހު ނުނަގާނެ 📍 ށ. މިލަންދޫ

ށ. މިލަންދޫއާއި ފޯކައިދޫގައި ކުނީގެ ޚިދުމަތަށް ނަގަމުންއަންނަ ފީ ރޯދަމަހު ނުނަގާނެ

ށ. މިލަންދޫއާއި އެ އަތޮޅު ފޯކައިދޫއިން އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ ޚިދުމަތަށް ރައްޔިތުންގެ އަތުން ކޮންމެ މަހަކު ވެސް ނަގަމުން އަންނަ “ކުނި ފީ” ރަމަޞާން މަހު ނުނަގަން އެ ރަށު ކައުންސިލްތަކުން ނިންމައިފިއެވެ. މިގޮތުން މިލަންދޫ ކައުންސިލުން ވިދާޅުވެފައި ވަނީ އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ ޚިދުމަތަށް ނަގަމުން އަންނަ ކުނީގެ ފީ 1443 ވަނަ އަހަރުގެ ރަމަޟާން މަހު މިލަންދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ދޭ ހާއްސަ އިނާޔަތެއްގެ ގޮތުގައި […]

އިބްރާހިމް ޚަލީލް
ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް 📍 ށ. މިލަންދޫ

ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް

ހދ. ހަނިމާދޫ އާއި ށ. މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ފިނޭންސް އިން މިރޭ ކުރީ އިޢުލާނެއްގައި ބުނެފައިވަނީ، ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ސްޓްރެންތެނިންގ އޮފް ހެލްތް ސެކްޓަރ ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަތޮޅުތެރޭގެ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމާ އިޢުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ […...

އަލީ އާދިލް
މާފަރު މަގުތަކުން ބިޓުމަން ސާފުކޮށް ނިމެނީ 📍 ނ. މާފަރު

މާފަރު މަގުތަކުން ބިޓުމަން ސާފުކޮށް ނިމެނީ

ނ. މާފަރު މަގުތަކުން ބިޓުމަން ސާފުކުރުމުގެ މަސައްކަތް ނިމެން ކައިރިވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ އެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެދިވަޑައިގަތުމަކަށް އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ. ނ. މާފަރު ކައުންސިލުން މި މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އަރިހު އެދިވަޑައިގަތީ އެމަނިކުފާނު ޖެނުއަރީ 2022 ގައި ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައެވެ.

އަޙްމަދު ވަހީދު
މަނަދޫ އާ ނެރު ބޭރުތޮށި ލާން ބޭނުންވާ ގާ އެތެރެ ކުރަން ފަށައިފި 📍 ނ. މަނަދޫ

މަނަދޫ އާ ނެރު ބޭރުތޮށި ލާން ބޭނުންވާ ގާ އެތެރެ ކުރަން ފަށައިފި

ނ. މަނަދޫ އައު ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އެ ޝިޕްމަންޓް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި މިހާރު ކުރިއަށްދަނީ ޖެޓީގެ ފޫޓިންނާއި ކޮލަމް ކާސްޓިންގް މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 29،038 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ބޭރުތޮށި ލުމާއި، 188 […]

އަޙްމަދު ވަހީދު
އެވިޑް ކޮލެޖްގެ ފަރާތުން މިލަންދޫގައި ލީޑަރޝިޕް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް 📍 ށ. މިލަންދޫ

އެވިޑް ކޮލެޖްގެ ފަރާތުން މިލަންދޫގައި ލީޑަރޝިޕް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް

ށ. މިލަންދޫގެ މުއައްސަސާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރި ކުރުވުމުގެ ގޮތުން، ލީޑަރޝިޕް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އަމިއްލަ ކޮލެޖެއްކަމަށްވާ، އެވިޑް ކޮލެޖްއާއި މިލަންދޫ ކައުންސިލް ގުޅިގެންނެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ. އެގޮތުން މިޕްރޮގްރާމްގައި މިލަންދޫ ސްކޫ...

އައިޝަތު ނަސާޔާ
މިލަންދޫ ކައުންސިލުން ރިކްރިއޭޝަން ކްލަބެއް އުފައްދަން ނިންމައިފި 📍 ށ. މިލަންދޫ

މިލަންދޫ ކައުންސިލުން ރިކްރިއޭޝަން ކްލަބެއް އުފައްދަން ނިންމައިފި

ށ. މިލަންދޫ ކައުންސިލްއިން ރެކްރިއޭޝަން ކުލަބްއެއް އުފައްދަން ނިންމައިފިއެވެ. އެކައުންސިލުން މިގޮތަށް ނިންމާފައިވަނީ 09 މާރޗް 2022 ގައި ބޭއްވުނު އެކައުންސިލުގެ 04 ވަނަ ދައުރުގެ 40 ވަނަ ޢާއްމު ޖަލްސާގައެވެ. މި ގޮތަށް ހުށައަޅާފައިވަނީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޢާޠިފް އެވެ. އާޠިފްގެ މި ހުށަހެޅުން ފާސްކޮށްފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ތިން މެންބަރުންގެ ވޯޓުންނެވެ. އާތިފްގެ ހުށަހެޅުމުގައި ކައުންސިލުން އެފަދަ ކްލަބެއް އުފައްދަން ހުށަހަޅާ ބޭނުމެއްކަމަށް ވިދާޅުވެފައި ވަނީ، މިލަންދޫގަ...

އައިޝަތު ނަސާޔާ
ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން އަމުރުކޮށްފި

ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން އަމުރުކޮށްފި

ނ. ތޮޅެންދޫ ދަނޑުވެރިކަމުގެ ބޭނުމަށް 21 އަހަރަށް ކުއްޔަށް ދޭން ސަރުކާރުން ނިންމާފައިވާ ވަނިކޮށް އެކަން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. ސިންގަލް ޕާސަލް އުސޫލުން ތޮޅެންދޫގެ ވަސީލަތްތައް ދަނޑުވެރިކަމުގެ ބޭނުމަށް އެހެން ފަރާތަކަށް ކުއްޔަށް ދޭން ފިޝަރީޒް މިނިސްޓްރީން ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން އެގޮތަށް އަމުރު ނެރުނީ އެކަމާ ދެކޮޅަށް ނ. އަތޮޅު ކައުންސިލުން މައްސަލަ ހުށަހެޅުމުންނެވެ. އެރަށުގެ ވަސީލަތްތައް އެހެން އެއްވެސް ބަޔަކަށް ބޭނުން ނުކުރެވޭ ގޮތަށް ރަށް ކުއްޔަށް ދޭން […]

ހުސައިން ހަބީބް
އެމްޓީސީސީން ވެލިދޫގެ ދޯނި އެހެލާ ސަރަހައްދު ހަދަނީ

އެމްޓީސީސީން ވެލިދޫގެ ދޯނި އެހެލާ ސަރަހައްދު ހަދަނީ

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް،މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ހިއްކިފައިވާ ސަރަހައްދުގެ ބިން އެއްވަރު ކުރުމާއި ކޮންނަންޖެހޭ ސަރައްހައްދު ކޮނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ރިވެޓްމެންޓް ޖެހުމާއި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް...

އަޙްމަދު ވަހީދު
މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިލަދޫގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހެއް ހުއްޓުވުމުން، އެމީހާ ހުއްޓުވި ފުލުސް އޮފިސަރަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި ފުލުސް މީހާގެ ސައިކަލުގައި ރޭ ވަނީ އަލިފާން ރޯކޮށްލާފައި ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.  

ޔުމްނާ ޢަލީ
މާފަރު ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފި 📍 ހދ. ކުޅުދުއްފުށި

މާފަރު ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފި

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ޒޯން-1 ގެ ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ބްލޮކް-1 ގެ ޗެމްޕިއަން ކުޅުދުއްފުއްޓާއި ބްލޮކް-2 ގެ ޗެމްޕިއަން މާފަރެވެ. ފައިނަލް މެޗު މިއަދު ހަވީރު މާފަރު ފުޓްސަލް ދަނޑުގައި ކުޅުނުއިރު މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗު ކުޅުދުއްފުށިން ކާމިޔާބު ކޮށްފައި ވަނީ ނަތީޖާ […]

އިބްރާހިމް ޚަލީލް
މަނަދޫ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް 📍 ނ. މަނަދޫ

މަނަދޫ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ޑްރެޖިން މަސައްކަތްތަކާއި ޖެޓީ ހެދުމަށްޓަކައި ފޫޓިން ކާސްޓިންގް މަސައްކަތްތަކެވެ. މި މަޝްރޫޢުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 195 މީޓަރުގެ ބޭރުތޮއްޓެއް ލައި، 188 މީޓަރުގެ ރިވެޓްމެންޓް ޖަހާނެއެވެ. އަދި، ކޮންކްރީ...

އަޙްމަދު ވަހީދު
މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. މިލަންދޫ

މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާންކޮށްފިއެވެ. އެމިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ...

އައިޝަތު ނަސާޔާ
ކުޑަފަރީ ގޮނޑުދޮށުގެ މަސައްކަތްވެސް އެމްޓީސީސީއަށް 📍 ނ. ކުޑަފަރީ

ކުޑަފަރީ ގޮނޑުދޮށުގެ މަސައްކަތްވެސް އެމްޓީސީސީއަށް

ނ. ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. މި މަޝްރޫއުގެ ދަށުން، 718 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 15....

އަޙްމަދު ވަހީދު