މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ލަންދޫ (287 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
287 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

287 ޚަބަރުގެ ތެރެއިން
މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފުރުން ފާހަގަކުރަން "ޓައިމް ކެޕްސޫލް" އެއް ވަޅުލަނީ

މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފުރުން ފާހަގަކުރަން "ޓައިމް ކެޕްސޫލް" އެއް ވަޅުލަނީ

ށ. މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ހަރަކާތްތަކުގެ ތެރެއިން “ޓައިމް ކެޕްސޫލް” އެއް ވަޅުލުމަށް މިލަންދޫ ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ. “އާބާދު 25 ކެޕްސޫލް” ގެ ނަމުން ނަންދީފައިވާ މި ކެޕްސޫލް އަކީ މިލަންދޫ ކައުންސިލުން އިިންތިޒާމްކޮށްގެން މީގެ 25 އަހަރު ފަހުން އެ ކެޕްސޫލް ވަޅުން ނަގާއިރު މިލަންދޫ އޮންނާނެ ގޮތުގެ ތަޞައްވުރު އަންދާޒާކޮށް ރައްޔިތުންނާއި އެއްބައިވެގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން މިލަންދޫ ކައުންސިލްގެ އެދުމާއި އެއްގޮތަށް ރައްޔިތ...

އައިޝަތު އައިނީ އާމިރު
ނިލަންދޫން ގެއްލުނު ކުއްޖާ ވަނީ ފެނިފައި، ހާލު ރަނގަޅު: ފުލުހުން

ނިލަންދޫން ގެއްލުނު ކުއްޖާ ވަނީ ފެނިފައި، ހާލު ރަނގަޅު: ފުލުހުން

ފ. ނިލަންދޫއިން ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެންކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެ ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 22:15 ހާއިރު އެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ހާމަކުރީ ރޭ 23:59 ހާއިރުއެވެ. މިއަދު ހެނދުނު 7:50 ހާއިރު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އެ ކުއްޖާ ރޭ 2:40 ހާއިރު ފެނިފައިވާކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް ބުންޏެވެ. އިތުރު ތަފްސީލެއް […]

ޔުމްނާ ޢަލީ
ނިލަންދޫން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ނިލަންދޫން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ފ. ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ރޭ ބުނެފިއެވެ. ރޭ 23:59 ހާއިރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ނިލަންދޫ 14 އަހަރުގެ އަންހެންކުއްޖަކު ގެއްލިފައިވާ މައްސަލަ ރޭ (14 ސެޕްޓެމްބަރު 2025) 22:15 ހާއިރު އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ކުއްޖާ އިއްޔެ ހަވީރު ގެއިން ނުކުތް ގޮތަށް ޚަބަރެއް ވެފައި ނުވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން […]

ޔުމްނާ ޢަލީ
މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފުރުން ފާހަގަ ކުރުމަށް މަސްރޭހެއް 📍 ށ. މިލަންދޫ

މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފުރުން ފާހަގަ ކުރުމަށް މަސްރޭހެއް

ށ. މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފާހަގަކުރުމަށް ބާއްވާ މަސްރޭހުގައި ބައިވެރިވުމަށް މިލަންދޫ ރައްޔިތުންނަށް ހުޅުވާލައިފިއެވެ. “އާބާދު 25 މަސްރޭސް” ގެ ނަމުން ކުރިއަށްގެންދާ މި މަސްރޭހުގައި ބައިވެރިވުމަށް ހުޅުވާލަމުން މިލަންދޫ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސްރޭހުގެ 1 ވަނަ ޓީމަށް 5000 (ފަސްހާސް ރުފިޔާ) އަދި 2 ވަނަ ޓީމަށް 3000 (ތިންހާސް ރުފިޔާ) އާއެކު 3 ވަން ޓީމަށް 1000 (އެއްހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން މި މަސްރޭހުގައި […]

އައިޝަތު އައިނީ އާމިރު
ލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިންމީހުން ހައްޔަރު

ލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިންމީހުން ހައްޔަރު

ނ. ލަންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ މި މަހުގެ 6 އަދި 8 ވަނަ ދުވަހުއެވެ. ލަންދޫ ޕޮލިސް ސްޓޭޝަނުން ސެޕްޓެންބަރު 8 ގައި ހިންގި އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނުކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ނ. މާޅެންދޫ / ހަވޭލި، ޙަސަން މުޙައްމަދު (33އ) އާއި ނ. މާޅެންދޫ […]

އަލީ އާދިލް
މިލަންދޫ ސްކޫލްގެ ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު ވެސް ހުޅުވާލައިފި 📍 ށ. މިލަންދޫ

މިލަންދޫ ސްކޫލްގެ ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު ވެސް ހުޅުވާލައިފި

ށ. މިލަންދޫ ސްކޫލުގައި އޭ ލެވެލް ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މިލަންދޫ ސްކޫލުގައި އޭ ލެވެލް ކިޔެވުމަށް ހުޅުވާލަމުން އެ ސްކޫލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 7 ސެޕްޓެމްބަރު 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިންކަމަށެވެ. އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެ ކަމަށާއި، އެ ސޮކޫލުން އަންމުކޮށްފައިވާ އިއުލާނުގައިވާ ފޯމު ޑައުންލޯޑ...

އައިޝަތު އައިނީ އާމިރު
މިލަންދޫ ކައުންސިލުން ސްކޫލަށް ގޮނޑި ހަދިޔާކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ ކައުންސިލުން ސްކޫލަށް ގޮނޑި ހަދިޔާކޮށްފި

ށ. މިލަންދޫ ކައުންސިލުން އެރަށު ސްކޫލަށް ގޮނޑި ހަދިޔާކޮށްފިއެވެ. މި ގޮނޑިތަކަކީ އެ ސްކޫލްގެ ހޯލްގައި ބޭނުންކުރުމަށް ހަދިޔާކޮށްފައިވާ ގޮނޑިތަކެކެވެ. މިލަންދޫ ކައުންސިލުން ވަނީ 500 ގޮނޑި ސްކޫލަށް ހަދިޔާކޮށްފައެވެ. މިލަންދޫ ސްކޫލުން ވަނީ މި އެހީތެރިކަމަށްޓަކައި މިލަންދޫ ސްކޫލަށް ޝުކުރު އަދާކޮށްފައެވެ. ”މި ފުރުޞަތުގައި މިލަންދޫ ސްކޫލާއިމެދު މިލަންދޫ ކައުންސިލުން ބާއްވާ ގާތްކަމާއި، މިލަންދޫ ސްކޫލުގެ ކުރިއެރުމަށް މިލަންދޫ ކައުންސިލްގެ ފަރާތުން ދެއްވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ވަރަށް އުފަލާއ...

ޔުމްނާ ޢަލީ
ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ފ.ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމުގައި އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ. ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ޙަވާލުކުރީ،66.6 މިލިއަން ރުފިޔާއަށެވެ. ނިލަންދޫ ބަނދަރުގެ މަސައްކަތުގެ ތެރެއިން މިހާރުވަނީ ކުއޭ ވޯލް އެޅުމާއި ޕޭވްމަންޓް...

އިބްރާހިމް ޚަލީލް
ށ.އަތޮޅު ޤުރުއާން މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް މިލަންދޫ ސްކޫލް 📍 ށ. މިލަންދޫ

ށ.އަތޮޅު ޤުރުއާން މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް މިލަންދޫ ސްކޫލް

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ށ. އަތޮޅު ޤުރުއާން މުބާރާތް 2025” ގެ ފަޚުރުވެރި އެއްވަނަ ސްކޫލަކަށް އެ އަތޮޅު މިލަންދޫ ސްކޫލް ހޮވިއްޖެއެވެ. މި އޮގަސްޓް މަހު 7 އިން 8 އަށް ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ށ އަތޮޅުން މުޅި ޖުމްލަ 124 ދަރިވަރުން ބައިވެރިވިއެވެ. މި މުބާރާތުގެ ނާތީޖާފާޅުކުރުމާއި އިނާމުދިނުމުގެ ރަސްމިއްޔާތު ވަނީ މިއަދު ބާއްވާފައެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ، ދިވެހި ބަހުގެ […]

އައިޝަތު އައިނީ އާމިރު
މިލަންދޫ ޕާކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. މިލަންދޫ

މިލަންދޫ ޕާކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. މިލަންދޫ ޕާކުގެ ދެވަނަ ފިޔަވަހި ތަރައްްީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިލަންދޫ ކައުންސިލުން ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީކުރުމަށް އެ ކައުންސިލުން ގެޒެޓް މެދުވެރިކޮށް ހިއްސާކޮށްފައިވާ ރަޖިސްޓްރީ ފޯމު ފުރުމަށްފަހު 14 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން esms@milandhoo.gov.mv އަށް މެއިލް ކުރުމުން ރަޖިސްޓްރީ ކުރެވޭނެކަމަށެވެ. އެގޮތުން ބިޑު ބަލައިގަތުން އަދި ހުޅުވުން އ...

އައިޝަތު އައިނީ އާމިރު
މަސްތުވާތަކެއްޗާއެކު މިލަންދޫ އިން ދެ މީހަކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މަސްތުވާތަކެއްޗާއެކު މިލަންދޫ އިން ދެ މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ށ. މިލަންދޫ އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުން ހުއްޓުވުމަށް މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެގޮތުން މި ޖުލައި މަހުގެ 27 ވަނަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ / ތަބުރުމާގެ، މުޙައްމަދު ނަޖާހު (29އ) އާއި ށ. މިލަންދޫ / ކުދިލުބޯގެ، އަޙްމަދު އ...

އައިޝަތު އައިނީ އާމިރު
މިލަންދޫ ވޮލީ ކޯޓުގެ މަސައްކަތް ނިންމާލައިފި 📍 ށ. މިލަންދޫ

މިލަންދޫ ވޮލީ ކޯޓުގެ މަސައްކަތް ނިންމާލައިފި

ށ. މިލަންދޫގައި ތަރައްޤީކުރި ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލައިފިއެވެ. އެގޮތުން މިލަންދޫގައި ތަރައްޤީކުރި މި ވޮލީބޯޅަ ކޯޓުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުން މި މަޝްރޫޢުއަށް ފަންޑުކޮށްގެން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކުއެވެ. މިލަންދޫ ކައުންސިލުގެ ރައީސް އަބްދުالله އާތިފް “ތިލަދުން” އަށް ވިދާޅުވީ، ރަށުގައި ތަރައްޤީކުރި މި ވޮލީބޯޅަ ކޯޓު ރައްޔިތުންނަށް ވަރަށް އަވަހަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޙާއްސަ ރަސްމިއްޔާތަކާއެކު ވޮލީބޯޅަ ކޯ...

އައިޝަތު އައިނީ އާމިރު
މިލަންދޫ ބައެއް ފުލުހުންގެ އެކައުންޓުތަކަށް ބޮޑު އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް 📍 ށ. މިލަންދޫ

މިލަންދޫ ބައެއް ފުލުހުންގެ އެކައުންޓުތަކަށް ބޮޑު އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް

ށ.މިލަންދޫ ޕޮލިހުގައި މަސައްކަތްކުރާ ބައެއް ފުލުހުންގެ ބޭންކް އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން މިރޭ ބުނީ މިލަންދޫ ޕޮލިހުގައި މަސައްކަތްކުރާ ބައެއް ފުލުހުންގެ ބޭންކް އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް އެ އިދާރާގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް (PSC) އިން އަންނަނީ ތަހްގީގުކުރަމުންނެވެ. މި މައްސަލަ ތަހްގީގުކުރުމަށް މިކަމުގައި ޝާމިލްވާ ފުލުހުން މިވަގުތު ތިބީ މާލެއަ...

ޔުމްނާ ޢަލީ
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މިލަންދޫގައި މަޢުލޫމާތު ދީފި 📍 ށ. މިލަންދޫ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މިލަންދޫގައި މަޢުލޫމާތު ދީފި

ށ. އަތޮޅުގައި މިހާރު ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވގެ ތެރެއިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ގޮތުން ށ. މިލަންދޫގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މި ހަރަކާތްތަކުގެ ތެރެއިން މި ހަފްތާ މިލަންދޫގެ ސަރުކާރު އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ވަކި ވަކިން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށް، އުޅަނދު ދުއްވާއިރު ސަމާލުކަންދޭން ޖެހޭކަ...

އައިޝަތު އައިނީ އާމިރު
ނިލަންދޫ އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް

ނިލަންދޫ އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް

ފ. ނިލަންދޫ އެއާޕޯޓުގެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމަާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގައި ހިމެނޭ، ސޭންޑް ބަންޑުލްވޯލު އެޅުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 58 ޕަސެންޓު މަސައްކަތް ވެސް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ. ނިލަންދޫ އެއާޕޯޓު ހެދުމަށް ބޭނުންވާ 42.6 ހެކްޓަރުގެ ބ...

އަޙްމަދު ވަހީދު