މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ލަންދޫ (287 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
287 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

287 ޚަބަރުގެ ތެރެއިން
މިލަންދޫގައި ނަރުދަމާއާއި ފެން ނުގުޅި ހުރިހާ ތަނަކަށް ކަނެކްޝަން އެޅުމަށް ހަވާލުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫގައި ނަރުދަމާއާއި ފެން ނުގުޅި ހުރިހާ ތަނަކަށް ކަނެކްޝަން އެޅުމަށް ހަވާލުކޮށްފި

ށ. މިލަންދޫގައި ނަރުދަމާ އަދި ފެނުގެ ހިދުމަތް މިހާރު ނުދެވިހުރި ހުރިހާ ތަނަކަށް ހައުސް ކަނެކްޝަން އެޅުމަށް ކޮންޓުރެކްޓްގައި ސޮއިކޮށްފި އެވެ. މި މަސައްކަތުގެ ދަށުން 330 ގެ އަކަށް ނަރުދަމާ އެޅުމަށާއި 290 ގެއަކަށް ފެން ގުޅުމަށްވަނީ ހަމަޖެހިފަ އެވެ. މިއީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އިން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްގެން ހިންގާ ޕްރޮޖެކްޓް އެކެވެ. އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ އެއީ މިލަންދޫ ގެ […]

އިބްރާހިމް އަސްވާޤް
މިލަންދޫ އިރުމަތީ ފަރާތް އިންތިހާއަށް ގިރަމުންދާތީ އެކަން ހައްލުކުރުމަށް އެމްޓީސީސީއަށް 📍 ށ. މިލަންދޫ

މިލަންދޫ އިރުމަތީ ފަރާތް އިންތިހާއަށް ގިރަމުންދާތީ އެކަން ހައްލުކުރުމަށް އެމްޓީސީސީއަށް

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ. މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކު...

އަޙްމަދު ވަހީދު
ލަންދޫ ބަނދަރުގެ މަސައްކަތް ނިމެނީ 📍 ނ. ލަންދޫ

ލަންދޫ ބަނދަރުގެ މަސައްކަތް ނިމެނީ

ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މި މަހުގެ 25 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 227 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 1690 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، މޫރިންގް ރިންގް ސަޕްލައިކޮށް ހަރުކުރުމާއި […]

އަޙްމަދު ވަހީދު
މިލަންދޫ ފަޅުން ވެލިނެގުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތް ކުރަނީ 📍 ށ. މިލަންދޫ

މިލަންދޫ ފަޅުން ވެލިނެގުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތް ކުރަނީ

ށ. މިލަންދޫ ފަޅުން ވެލިނެގުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެރަށު ކައުންސިލުން މަސައްކަތް ފަށައިފި އެވެ. މިގޮތުން މިލަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 16 ވަނަ ޖަލްސާގެ ވަނީ މިކަމާގުޅޭ ދެ ނިންމުމެއް ނިންމާފައެވެ. މިގޮތުން މި މައްސަލައިގެ ވަގުތީ ހައްލެއްގެ ގޮތުގައި ގޮނޑުދޮށުން ފެށިގެން 30 ފޫޓު ބޭރުގައި ކޮއި ޖަހައި، އެއަށްވުރެ އަތްދޮށުން ވެލިނެގުން މަނާކޮށް، ރަށުގައި ތިބި ވެލިނަގާ ފަރާތްތަކާއި ބައްދަލުކޮށް އެ މަޢުލޫމާތު ޙިއްސާ ކުރުމަށް ވަނީ ނިންމާފައެވެ. […]

އަޙްމަދު އަރުޝަމް
ލަންދޫ ބަނދަރުގެ ބޮޑު ބައި ނިމިއްޖެ 📍 ނ. ލަންދޫ

ލަންދޫ ބަނދަރުގެ ބޮޑު ބައި ނިމިއްޖެ

ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 25,000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 256 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއި 401 މީޓަރުގ...

އަޙްމަދު ވަހީދު
މިލަންދޫ ޠޫލާ ހިމެނޭހެން 11 ޙާފިޡަކަަށް މެޑަލް ދީފި 📍 ށ. މިލަންދޫ

މިލަންދޫ ޠޫލާ ހިމެނޭހެން 11 ޙާފިޡަކަަށް މެޑަލް ދީފި

ކީރިތި ގުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި މިއަހަރު ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް މިރޭ 11 ފަރާތަކަށް ދެއްވައިފި އެވެ. މި 11 ފަރާތުގެ ތެރޭގައި އުމުރުން 19 އަހަރުގެ ށ. މިލަންދޫ، ހުވާސް، ޢާއިޝަތު ޠޫލާ އަންވަރު ހިމެނެއެވެ. ޠޫލާ ޤުރުއާން ހިތުދަސްކުރަން ފެއްޓެވީ 2018 ގައެވެ. އަދި ހިތުދަސްކޮށް ނިންމެވީ 2020 ވަނަ އަހަރު އެވެ. މި އިނާމްތައް ހަވާލުކޮށްދެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ […]

ޙުސައިން ޝަހުދީ
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ބޮޑު ތަފާތަކުން މިލަންދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ފާޒިރު 📍 ށ. މިލަންދޫ

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ބޮޑު ތަފާތަކުން މިލަންދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ފާޒިރު

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ށ. މިލަންދޫ ދާއިރާގެ ރައީސްކަން އަޙްމަދު ފާޒިރު ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި މިލަންދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ފާޒިރުގެ އިތުރުން ވާދަކުރެއްވީ އަހްމަދު ނިޔާޒު އެވެ. އަޙްމަދު ފާޒިރު އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ބޮޑު ތަފާތަކުންނެވެ. އެއީ 462 ވޯޓެވެ. އަހްމަދު ނިޔާޒުއަށް ލިބިފައިވަނީ 94 ވޯޓެވެ. ދާއިރާގެ ނައިބް ރައީސްކަމަށް [...

އަލީ އާދިލް
މިލަންދޫ ވެސް އާންމު ހާލަތަށް ގެނެސްފި 📍 ށ. މިލަންދޫ

މިލަންދޫ ވެސް އާންމު ހާލަތަށް ގެނެސްފި

ކޯވިޑް-19ގެ ސަބަބުން އަރާ ފޭބުން މަނާކޮށްފައި އޮތް ށ. މިލަންދޫ އާންމު ހާލަތަށް ގެނެސްފިއެވެ. މިލަންދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނައީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި މިވަގުތު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 50އަށް ވުރެ ދަށްވެފައިވާ ކަމަށާއި، އެއީ މުޅިންވެސް ކުރީގެ ކޭސްތަކާއި ގުޅުންހުރި މީހުންކަމަށް އޭނާ ވިދާޅުވިއެވެ. މިލަންދޫ މޮނިޓަރިން ހާލަތުން ވީއްލާފައި ވަނީ ރަށުގައި ބަލި ފެތުރިފައިވާ […...

ޙުސައިން ޝަހުދީ
ގެއްލުން ދޭތީ މިލަންދޫ މާކޯ ރުއްދަނޑަކީ ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިފި 📍 ށ. މިލަންދޫ

ގެއްލުން ދޭތީ މިލަންދޫ މާކޯ ރުއްދަނޑަކީ ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިފި

ށ. މިލަންދޫ މާކޯ ރައްދަނޑު އޮންނަ ސަރަހައްދަކީ ވަކި ސަރަހައްދެއްގެ ގޮތުގައި މިލަންދޫ ކައުންސިލުން ކަނޑައަޅައިފިއެވެ. މިކަން މިގޮތަށް ނިންމީ އެ ރުއްދަނޑަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާތީ އެކަން ހައްލު ކުރުމަށްޓަކައި އެރަށު ކައުންސިލްގެ 4 ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. އަދި އެ ނިންމުމުގައި ވާގޮތުން މާކޯ ރުއްދަނޑު ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ އިން ކަނޑައެޅުމަށް ފަހު ބިޑް އުސޫލުން ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް […]

އަޙްމަދު އަރުޝަމް
ހިރިލަންދޫ ސްކޫލްގެ ބެލެނިވެރިން އިހުތިޖާޖްތަކަށްފަހު ކުދިން ސްކޫލަށް ފޮނުވައިފި

ހިރިލަންދޫ ސްކޫލްގެ ބެލެނިވެރިން އިހުތިޖާޖްތަކަށްފަހު ކުދިން ސްކޫލަށް ފޮނުވައިފި

ތ. ހިރިލަންދޫ ސްކޫލްގެ ބެލެނިވެރިން އިހުތިޖާޖްތަކަށްފަހު ކުދިން ސްކޫލަށް ފޮނުވައިފިއެވެ. އިއްޔެ އިންޓަވަލްގެ ފަހުން ކުދިން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ނިންމާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލްގެ އިމާރާތަށް ބަދަލު ގެނައުމަށް އެއްބަސްވެ އެކަމާއި ބެހޭ ބަޖެޓް ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ހުށަހެޅިކަމަށް ބުނުމާއި ގުޅިގެންކަމަށް މައުލޫމާތު ލިބިފަވެއެވެ. ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ރަށު ކައުންސިލްއަށް ލިބިފައިވާކަމަށް ކައުންސިލްއިން ބެލެނިވެރިންނަށް މަޢ...

އަޒްފާ ރަޝީދު
މިލަންދޫގައި އަޅާފައިވާ ފިޔަވަޅުތައް ނަގަމުންދާ ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން ދެމިއޮންނާނެ 📍 ށ. މިލަންދޫ

މިލަންދޫގައި އަޅާފައިވާ ފިޔަވަޅުތައް ނަގަމުންދާ ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން ދެމިއޮންނާނެ

ކޯވިޑް-19ގެ ހާއްސަ ހާލަތާއި ގުޅިގެން ށ. މިލަންދޫގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް، އެރަށުން ނަގަމުންދާ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން ދެމިއޮންނާނެ ކަމަށް މިލަންދޫ ކައުންސިލުން ބުނެފިއެވެ. މިލަންދޫ ކައުންސިލުން ބުނީ ކޯވިޑްގެ ހާއްސަ ހާލަތާއި، ގުޅިގެން މިލަންދޫގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް މިހާރު ނަގަމުން ގެންދާ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ލިބުމާހަމައަށް ދެމިގެންދާނެ ކަމަށާއި، އެކަމަށް ރައްޔިތުން ސަމާލުވުމަށް އެދޭ ކަމަށެވެ. ރެންޑަމް ސާމްޕަލްގެ ނަތީޖާ އަށްފަހު ރައްޔިތުން އަމަލު...

ޔުމްނާ ޢަލީ
ހިރިލަންދޫ ސްކޫލް ބެލެނިވެރިން މިއަދުވެސް އަޑު އުފުލަނީ

ހިރިލަންދޫ ސްކޫލް ބެލެނިވެރިން މިއަދުވެސް އަޑު އުފުލަނީ

ތ. ހިރިލަންދޫގައި މިއަދުވެސް ދަރިވަރިން ސްކޫލަށް ނުފޮނުވާ ބެލެނިވެރިން ސްކޫލް ދޮށުގައި އިހުތިޖާޖްކުރަމުން އެބަދެއެވެ. ވިއްސާރަވާ ދުވަސްދުވަހު ސްކޫލްގެ ހާލަތު ހުންނަ ގޮތުން ކުދިންނަށް ކިޔަވަން ދަތިވާކަމަށްބުނެ، ނިމިގެންދިޔަ ހަފްތާގެ ބުދަ ދުވަހު ބެލެނިވެރިން ވަނީ ސްކޫލް ގޭޓްގައި ތަޅު އަޅުވާފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް އެ ސްކޫލްގެ ބެލެނިވެރިން ދަރިން ސްކޫލަށް ފޮނުވާފައެއް ނުވެއެވެ. ސްކޫލްގައި ޖާގައިގެ ދަތިކަން ހުރި އިރު، އެކަށީގެން މިންވަރެއްގައި މިކަންތައްތަކަށް ހައްލެއް ލިބިފައިނުވާކަމަށ...

އަޒްފާ ރަޝީދު
ހިރިލަންދޫ ސްކޫލަށް ކުދިން ނުފޮނުވާ ބެލެނިވެރިން މިއަދު ވެސް އިހުތިޖާޖުގައި

ހިރިލަންދޫ ސްކޫލަށް ކުދިން ނުފޮނުވާ ބެލެނިވެރިން މިއަދު ވެސް އިހުތިޖާޖުގައި

ތ. ހިރިލަންދޫގައި މިއަދުވެސް އެރަށު ސްކޫލް ބެލެނިވެރިން ނިކުމެ ސްކޫލް ދޮރުމަތީގައި މުޒާހަރާކުރަމުން އެބަދެއެވެ. ސްކޫލަށް ކުދިން ނުފޮނުވާ ބެލެނިވެރިން ނިކުމެ މުޒާހިރާކުރަމުން އަންނަނީ ވާރޭ ވެހޭ ދުވަސް ދުވަހު ސްކޫލްގެ ކްލާސް ރޫމްތަކަށް ފެން ވަދެ ނުކިޔެވޭވަރަށް ކްލާސްރޫމްގެ ހާލަތު ގޯސްވާ މައްސަލައާއި ގުޅިގެންނެވެ. ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް މިހާތަނަށް އެއްވެސް ހައްލެއް ސްކޫލުން ހޯދައިދެވިފައި ނުވާތީ މިއަދު ސްކޫލަށް އެއްވެސް ކުއްޖަކު ފޮނުވައިފައިނުވާކަން ބެލެނިވެރިން މަޢުލޫމާތުދީފައިވެއެވެ. އ...

އަޒްފާ ރަޝީދު
ހިރިލަންދޫ ސްކޫލް ބެލެނިވެރިން އިހްތިޖާޖު ކުރަނީ

ހިރިލަންދޫ ސްކޫލް ބެލެނިވެރިން އިހްތިޖާޖު ކުރަނީ

ތ. ހިރިލަންދޫގައި ބެލެނިވެރިން ނިކުމެ އެރަށުގެ ސްކޫލްގައި އަޅުއަޅުވައި، ސްކޫލް ދޮށުގައި އިޙްތިޖާޖް ކުރަމުންއެބަދެވެ. ބެލެނިވެރިން އިޙްތިޖާޖް ކުރަމުން ދަނީ ބޯކޮށް ވާރޭ ވެހި ސްކޫލްގައި ނުކިޔެވޭވަރަށް ކްލާސްރޫމްތަކަށް ފެން ވަދެފައިވާއިރުވެސް ސްކޫލްއިން ކިޔެވުން ކުރިއަށްގެންދިއުމާއި ގުޅިގެންނެވެ. ނަމަވެސް ބެލެނިވެރިންގެ އިޙްތިޖާޖާއި ގުޅިގެން އިންޓަވަލް ފަހު ދަންފަޅީގެ ކިޔެވުން ވަނީ މެދުކަނޑާލައި، ސްކޫލްގައި ތަޅު އަޅުވާފައެވެ. މިއީ ވިއްސާރަވާ ކޮންމެ ދުވަހަކު ހިރިލަންދޫ ސްކޫލްގެ ހާލުކަމަށާއި، ސްކޫލްގެ...

އަޒްފާ ރަޝީދު
މިލަންދޫގެ ކޯވިޑް ބަލީގެ ހާލަތު ދެނެގަތުމަށް ސާމްޕަލްނެގުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް 📍 ށ. މިލަންދޫ

މިލަންދޫގެ ކޯވިޑް ބަލީގެ ހާލަތު ދެނެގަތުމަށް ސާމްޕަލްނެގުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް

ށ.މިލަންދޫގައި ކޯވިޑް-19 ގެ ހާލަތު ދެނެގަތުމުގެ ގޮތުން، ކޯވިޑަށް ޓެސްޓް ކުރުމުގެ ޑޯޓްޑޯ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް އެ ރަށު ސިއްހީ މަރުކަޒު ނިންމައިފިއެވެ. މިކަމާއި ގުޅިގެން 05 ސެޕްޓެމްބަރ 2021 ގައި އެ ސިއްހީ މަރުކަރުން އާންމު ކޮށްފައިވާ ނޯޓުގައި ބުނެފައިވަނީ 06 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހު މިލަންދޫގައި ޑޯޓުޑޯ އިވެންޓަކުން އެ ރަށުގައި ރޯގާޖެހިފައި ތިބި ފަރާތްތަކުގެ ސާމްޕަލް ނަގައި ވަގުތުން ޓެސްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިގޮތަށް ޓެސްޓް […]

އިބްރާހިމް ޚަލީލް