މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ވަރުގަދަ ނައިވާދޫ ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން އުތީމުން ހޯދައިފި 📍 ހއ. އުތީމު

ވަރުގަދަ ނައިވާދޫ ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން އުތީމުން ހޯދައިފި

ޒޯން-1 ގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ، އެންމެ ފަހުގެ ދެ އަހަރުގެ ވެސް ޗެމްޕިއަންކަން ހޯދި ވަރުގަދަ ނައިވާދޫ ބަލިކޮށް “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ގެ ޒޯން އެކެއްގެ ޗެމްޕިއަންކަން އުތީމުން ކާމިޔާބު ކޮށްފިއެވެ. އުތީމާއި ނައިވާދޫ ބައްދަލުކުރި ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އުތީމުން ނައިވާދޫގެ މައްޗަށް […]

އިބްރާހިމް ޚަލީލް
ގޯލްޑަން ފުޓްސަލް: ޒޯން އެކެއްގެ ފައިނަލުގައި ނައިވާދޫއާއި އުތީމް

ގޯލްޑަން ފުޓްސަލް: ޒޯން އެކެއްގެ ފައިނަލުގައި ނައިވާދޫއާއި އުތީމް

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ގެ ޒޯން އެކެއްގެ ފައިނަލުން ނައިވާދޫއާއި އުތީމް ޖާގަ ހޯދައިފިއެވެ. މި ޒޯންގެ ގްރޫޕް ސްޓޭޖް ފަހު މެޗުތައް ރޭ ކުޅެފައިވާއިރު ނައިވާދޫއިން ވަނީ ނޮޅިވަރަމްގެ މައްޗަށް 5-1 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.  އެ ޓީމް ގްރޫޕް ބުރު ނިންމާލީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހޯދި ނުވަ ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި އޮވެގެންނެވެ. މި ގްރޫޕްގައި ރޭ ދިއްދޫއާއި އުތީމް ބައްދަލުކުރި މެޗު 5-2 […]

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު ޑަބްލިއުޑީސީން ބާއްވާ މާސްޓަރ ޝެފް އިވެންޓުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ޑަބްލިއުޑީސީން ބާއްވާ މާސްޓަރ ޝެފް އިވެންޓުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ “މާސްޓަރ ޝެފް 2024” އިވެންޓްގައި ޓީމް ބައިވެރި ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކޮންމެ އަހަރެއްގެ މާޗް މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހާއި ގުޅިގެން ނޮޅިވަރަންފަރު ޑަބްލިއުޑީސީން ވަނީ މައިގަނޑު ދެ ހަރަކާތެއް ހިންގަން ނިންމާފައެވެ....

އިބްރާހިމް ޚަލީލް
ހިރިމަރަދޫ ނެރުމަގަށް ވެލިއަރައި، ވަދެނިކުތުން ނުރައްކަލަކަށް 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ނެރުމަގަށް ވެލިއަރައި، ވަދެނިކުތުން ނުރައްކަލަކަށް

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ނެރުމަގަށް ވެލިއަރައި ތިލަވުމުގެ ސަބަބުން އެތަނަށް ވަދެނުކުތުން ނުރައްކަލަކަށް ވެއްޖެއެވެ. ހިރިމަރަދޫ ނެރުމަގުގެ ހާލަތާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ބުނީ އެ ރަށު ބަނދަރުގެ ނެރުމަގަށް ވެލިއަރައި ތިލަވުމުގެ ސަބަބުން ވަދެ ނިކިތުމުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އެތަން ތިލަވުމުގެ ސަބަބުން ފާއިތުވި ދެ އަހަރެއްހާ ދުވަހު ހިތާމަވެރި ހާދިސާތައް ހިނގާފ...

އިބްރާހިމް ޚަލީލް
ހަނިމާދޫ އެއާޕޯޓުގެ އަައު އޭޕްރަން ބޭނުން ކުރަން ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގެ އަައު އޭޕްރަން ބޭނުން ކުރަން ފަށައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު އޭޕްރަން ބޭނުންކުރަން ފަށައިފިއެވެ. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން ބުނީ، އެ އެއާޕޯޓުގެ ކުރީގެ އޭޕްރަން ބަންދުކޮށް، އައު އޭޕްރަން ރަސްމީކޮށް ބޭނުންކުރަން ފެށީ އާދީއްތަ ދުވަހު ކަމަށެވެ. އަލަށް ހެދި އޭޕްރަންއަކީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނިފައިނުވާ ކަމެއް ނަމަވެސް ރައީސް ގެ އިރުޝާދުފުޅުގެ ދަށުން މިހާރުން މިހާރަށްވެސް ކުންފުންޏަށް އާމްދަނީ އިތުރުކުރެވޭނެ މަގެއް ހުޅުވުމުގެ ގޮތުން އައު އޭޕްރަންއެއް ހެދީ ކަމަށް އާރުއޭސީ...

އަޙްމަދު ވަހީދު
އުއްމީދަކީ ކުޅުދުއްފުށި ޑިޖިޓަލް މައި ހަބަކަށްވެ އިތުރު މަންފާ ލިބުން: މޭޔަރު އާތިފް 📍 ހދ. ކުޅުދުއްފުށި

އުއްމީދަކީ ކުޅުދުއްފުށި ޑިޖިޓަލް މައި ހަބަކަށްވެ އިތުރު މަންފާ ލިބުން: މޭޔަރު އާތިފް

އުއްމީދަކީ ކުޅުދުއްފުށި ސިޓީ ޑިޖިޓަލް މައި ހަބަކަށްވެ އެކަމުން އިތުރު މަންފާއާއި ކުރިއެރުން ލިބިގެން ދިޔުން ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އިއްޔެ ވިދާޅުވެއްޖެއެވެ. އާތިފް މިހެން ވިދާޅުވީ، އުރީދޫ މޯލްޑިވްސް އިން، ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި، ޕީސް ކޭބަލް ކުޅުދުއްފުށީގައި، ގާއިމު ކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާއި އިއްޔެ ގުޅާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ބައިނަލްއަގުވާމީ ޕީސް ކޭބަލް ކުޅުދުއްފުށީގައި ގާއިމު ކޮށްފަ...

ޔުމްނާ ޢަލީ
ޕީސް ކޭބަލް ކުޅިދުއްފުށީގައި ގާއިމުކޮށްފައިވާ ލޭންޑިން ސައިޓާ ގުޅާލައިފި 📍 ހދ. ކުޅުދުއްފުށި

ޕީސް ކޭބަލް ކުޅިދުއްފުށީގައި ގާއިމުކޮށްފައިވާ ލޭންޑިން ސައިޓާ ގުޅާލައިފި

އުރީދޫ މޯލްޑިވްސް އިން، ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި، ޕީސް ކޭބަލް ކުޅުދުއްފުށީގައި، ގާއިމު ކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާ ގުޅާލައިފިއެވެ. މިއީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލެއް ގުޅާލެވޭ ފުރަތަމަ ފަހަރެވެ. މިއަހަރުގެ 3 ވަނަ ކުއާޓަރުގައި މި ސިސްޓަމް މަސައްކަތް ކުރާނެކަމަށް ލަފާކުރެވޭކަމަށް އުރީދޫއިން ބުންޏެވެ. މި ކޭބަލް ލޭންޑިން ސައިޓާ ގުޅާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާ ބެހޭ، މިނިސްޓަރ...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ކަނބަލުންގެ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކަނބަލުންގެ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެ ސިޓީގައި ދިރިއުޅޭ އަންހެން ބޭފުޅުންނަށް ހާއްސަ ކޮށްގެން “ކަނބަލުންގެ މަސް ރޭސް 2024” ގެ ނަމުގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަސްރޭސް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ސިޓީގެ ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކޮށް އެއްބައިވަންތަކަން އުފެއްދުމެވެ. އަންނަ މާޗް މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ތާވަލު ކޮށްފައިވާ މި މަސްރޭހުން ފުރުސަތު ދިނުމަށް ހަމަޖެހިފައި...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ގްރީން ހައުސްގައި ގަސް އިންދައި ހައްދަން ދަސްކޮށްދޭ ޕްރޮގްރާމް ހިންގައިދިނުމަށް އެދިއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ގްރީން ހައުސްގައި ގަސް އިންދައި ހައްދަން ދަސްކޮށްދޭ ޕްރޮގްރާމް ހިންގައިދިނުމަށް އެދިއްޖެ

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ.އައިޝަތު ރަމީލާ ހަނިމާދޫގެ ދަނޑުވެރިންނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ހަނިމާދޫގައި އެގްރިކަލްޗަރ ސެންޓަރ ހުރުމުން، އެތަން މެދުވެރިކޮށް ދަނޑުވެރިކަމާއި ގުޅުންހުރި ރަނގަޅު މައުލޫމާތު ހޯދުމުގެ ފުރުސަތު ބޭނުން ފުރިހަމައަށް ހިފުމަށް ހަނިމާދޫގެ ދަނޑުވެރިންގެ ފަރާތުން އެދިލައްވާފައެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު...

އިބްރާހިމް ޚަލީލް
ދަނޑުވެރިކަމާއި ބެހޭ ވަޒީރު ހަނިމާދޫ ކައުންސިލާއި ބައްދަލު ކުރައްވައިފި 📍 ހދ. ހަނިމާދޫ

ދަނޑުވެރިކަމާއި ބެހޭ ވަޒީރު ހަނިމާދޫ ކައުންސިލާއި ބައްދަލު ކުރައްވައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ.އައިޝަތު ރަމީލާ ހަނިމާދޫ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ. ވަޒީރު ހަނިމާދޫ ކައުންސިލާއި ބައްދަލު ކުރައްވާފައި މިވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް އެ ރަށަށް އިއްޔެ ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ހަނިމާދޫ ކައުންސިލް އިދާރާގައެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހަނިމާ...

އިބްރާހިމް ޚަލީލް
ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް ހަނިމާދޫގަ އިފްތިތާހްކޮށްފި 📍 ހދ. ހަނިމާދޫ

ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް ހަނިމާދޫގަ އިފްތިތާހްކޮށްފި

ސަރުކާރުގެ “ހަފްތާ 14” ގެ ދަށުން ދިވެހިރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް، އެކަށީގެންވާ ގޮތަށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ޒަމާނީ ގޮތްތައް ތައާރަފް ކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް ހަނިމާދޫގައި ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ. މި ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ މިއަދު ހަވީރު ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއަޔާތެއްގައި ދަނޑުވެރިކަމާއި ދި...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ޒަކާތާއި ބެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޒަކާތާއި ބެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް

ހދ. ކުޅުދުއްފުށި ސިޓީގައި ޒަކާތާއި ބެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ބާއްވާ މި ޕްރޮގްރާމް ބާއްވަން ނިންމާފައި ވަނީ މާދަމާ (15 ފެބްރުއަރީ 2024)ގެ މެންދުރު 2:30ގައި އެ ސިޓީގެ އެން.އޯސީ ކޮންފަރެންސް ހޯލް (2 ވަނަ ފަންގިފިލާ) ގައެވެ. ”ޒަކާތު ހައުސް އެވެއާނަސް ޕްރޮގްރާމް” ނަމުގައި ގެންދާ މި ޕްރާގްރާމްގައި ބައިވެރިވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ހުރިހާ ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާފައެވެ. ދިވެހިރާއްޖޭ...

ޔުމްނާ ޢަލީ
ބޮޑުތިލަދުންމަތީގެ ޑަބްލިއުޑީސީތަކަށް ބޭއްވި މަހާސިންތާ ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ބޮޑުތިލަދުންމަތީގެ ޑަބްލިއުޑީސީތަކަށް ބޭއްވި މަހާސިންތާ ނިންމާލައިފި

ބޮޑުތިލަދުންމްތީގެ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އަމާޒުކުރެވިގެން ކުޅުދުއްފުށީގައި ބޭއްވި މަހާސިންތާ ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް މި މަހާސިންތާ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހަފްތާ ބަންދުގައެވެ. މި މަހާސިންތާގައި ހއ، ހދ، އަދި ށ އަތޮޅުގެ ޑަބްލިއުޑީސީތަކުން 39 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މިއީ ހޯޕް ފޮރ ވިމެން ޖަމްޢިއްޔާގެ ފަރާތުން، އެޝިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ އަންހެނު...

އިބްރާހިމް ޚަލީލް
ކުރިނބީ އާއި ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައިފި 📍 ހއ. ފިއްލަދޫ

ކުރިނބީ އާއި ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައިފި

ހދ. ކުރިނބީ އާއި ހއ. ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ. ކުރިނބީ ޕޮލިސް ޕޯސްޓް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ކުރިނބީ ކައުންސިލު ރައީސް ޢަބްދުﷲ އަސްލަމްއެވެ. ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ފިއްލަދޫ ކައުންސިލު […]

ޔުމްނާ ޢަލީ
މަކުނުދޫއިން ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫއިން ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމު ކޮށްފިއެވެ. ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހަޅަން މިހާރު ހުޅުވާލާފައިވާއިރު، އެކަމަށް ހާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށް މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް އެ ރަށު ކައުންސިލުން އެދެއެވެ. ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް (ތަފްޞީލް): https://shorturl.at/lmEKL ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް (ޚުލާސާ): https://sho...

އިބްރާހިމް ޚަލީލް