މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ހަނިމާދޫ ޖަވާހިރުލް ޤުރުއާން މުބާރާތް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޖަވާހިރުލް ޤުރުއާން މުބާރާތް ފަށައިފި

ހދ.ހަނިމާދޫ ކައުންސިލްގެ “ޖަވާހިރުލް ޤުރުއާން މުބާރާތް 1445” ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން ފަށާފައި ވަނީ މި މަހު 27 ވަނަ ދުވަހު ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މި މަހުގެ 29 ވާ ހޮނިހިރު ދުވހަގެ ރެއެވެ. މި މުބާރާތުގައި 67 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގައި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމާއި، ޤުރުއާނަށް ދަރިވަރުންގެ ހިތުގައި ލޯބިޖެއްސުމުގެ އިތުރުން ޤުރުއާން ހިތުދަސްކުރަން […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފި

ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައި، ވެރިފަރާތާއި ހަވާލުކޮށްފިއެވެ. މި ކްލިނިކް ފަޅާލައި ވައްކަންކޮށްފައި ވަނީ މި ޖޫންމަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީގެ މި ކްލިކް ފަޅާލައި މޯބައިލް ފޯނާއި ބްލަޑް ޕްރެޝަރު ބަލާ މެޝިނާއި އަދި ޔޫޕީއެސް ފަދަ ތަކެތި ވަގަށް ނެގިކަމަށް ވެއެވެ. ފުލުހުން […]

ޔުމްނާ ޢަލީ
ޑީސެލައިންގެ ނަމުގައި ކުޅުދުއްފުށީގައި އިތުރު ފިއުލް ޝެޑެއް ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ޑީސެލައިންގެ ނަމުގައި ކުޅުދުއްފުށީގައި އިތުރު ފިއުލް ޝެޑެއް ހުޅުވައިފި

ޑީސެލައިންގެ ނަމުގައި ކުޅުދުއްފުށީގައި ފިއުލް ޝެޑެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ. އެކޯ އެންޓަޕްރައިސަސްގެ ފަރާތުން ކުޅުދުއްފުށީ އުތުރު ބަނދަރުގައި، ތެލުގެ ވިޔަފާރި ކުރުމަށް ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޒަމާނީ ފިއުލް ޝެޑް ހުޅުވައި ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިވަގުތު އެ ޝެޑުން ހިދުމަތް ދެމުން އަންނަނީ ހަމައެކަނި އެއްގަމު އުޅަނދުތަކަށެވެ. އެ ކުންފުނިން ބުނީ މިހާރު އޮއިލް ބައިޒަރެއް ގެނެސްފައިވާ ކަމަށާއި، ވަރަށް އަވަހަށް ބައުޒ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ޒުވާނުންގެ އެކުވެރިޔާ ޖަލީލު ނިޔާވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ އެކުވެރިޔާ ޖަލީލު ނިޔާވެއްޖެ

ހދ. ހަނިމާދޫ ޒުވާނުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ، އެރަށުގެ ކުޅިވަރަށް ޚިދުމަތް ކުރަމުން އަންނަ، އަހްމަދު ޖަލީލު (ޖައްލެ) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. މައުލޫމާތު ލިބޭގޮތުގައި ޖައްލެ މިއަދު ނިދާ ނުތެދުވެގެން ބެލިއިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެހެންވެ އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައީއެވެ. ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ޖައްލެ ނިޔާވެފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. ”ޖައްލެގެ ބޮޑު ބައްޔެއް ހުންނަކަން އިނގިފައެއްނެތް، ރޭގައި ބަނޑަށް ވައިގަނޑެއް އަރަ...

ޔުމްނާ ޢަލީ
ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އެއާޕޯޓުގެ މުޅި ރަންވޭ ހުޅުވާލަނީ 📍 ހދ. ހަނިމާދޫ

ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އެއާޕޯޓުގެ މުޅި ރަންވޭ ހުޅުވާލަނީ

ބޮޑު ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މުޅި ރަންވޭ ބޭނުންކުރަން ހުޅުވާލަން ނިންމާފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސް (އާރުސީއެލް) އިން ބުނެފިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން 2460 މީޓަރުގެ ރަންވޭ އެއް ތަރައްގީކޮށްފައިވާއިރު މިވަގުތު ބޭނުން ކުރަމުން އަންނަނީ އޭގެ ތެރެއިން 1200 މީޓަރެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އާރުސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވި...

ޔުމްނާ ޢަލީ
ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެ

ހދ. ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެރަށު ބަނދަރުން މީހަކު ސައިކަލާއެކު މޫދަށް ވެއްޓިގެން ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ރޭ 9:15 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވީ އުމުރުން 32 އަހަރުގެ ފިރިހެނަކަށެވެ. ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އެ މީހާ ނިޔާވެފައިވާ ކަމަށް ވެސް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފ...

މުޙައްމަދު
ކުޅުދުއްފުށީ މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއް: ވަޒީރު ޝިޔާމް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއް: ވަޒީރު ޝިޔާމް

މިއަހަރު ބޮޑު އީދުގައި ހދ. ކުޅުދުއްފުށި ސީޓިގައި އިއްޔެ ބޭއްވި މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއްކަމަށް  މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، އޮންލައިން ނޫހަކުން ގެނެސްދީފައިވާ މަށި މާލި ޕެރޭޑާއި ގުޅޭ ޚަބަރަކަށް އިޝާރާތް ކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އިއްޔެ ކުޅުދުއްފުށީ ސިޓީގައި އޮތް މި ޕެރޭޑްގައި ދައްކާލި ފުޅަނދުތަކުންނާއި، ޕެރޭޑްގެ ބައިވެރިން ދިން މެސެޖުތަކުގައި ސަރުކާރުގެ ވައުދު...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ އީދު ކުޅިވަރަށް މިއަހަރު ވެސް ބޮޑު ސަމާލުކަމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ އީދު ކުޅިވަރަށް މިއަހަރު ވެސް ބޮޑު ސަމާލުކަމެއް

ކުޅުދުއްފުށީ ސިޓީގައި ކުލަ ގަދަކޮށް މިއަހަރު ވެސް ބޮޑު އީދު ފާހަގަކޮށްފައިވާއިރު މި އަހަރުގެ ކުޅިވަރުތަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މިއަހަރުގެ ޢީދު ވެސް ކުލަގަދަކޮށް އެ ސިޓީގައި ފާހަގަކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. މިގޮތުން ގިނަ ކުޅިވަރުތަކެއް އެ ސިޓީގައި ވަނީ ބާއްވާފައެވެ. ބޮޑު ޢީދަށް އެ ސިޓީ ތައްޔާރުކޮށް ކުލަ ބޮކިތަކުން ދިއްލާލާފައިވާއިރު، އެ ސިޓީ ފެންނާން އޮތީ ވަރަށް ވެސް ހިތްގައިމުކޮށެވެ. މިގޮތުން މުޅި ސިޓީހެން ލައިޓްތަކާއި […]

ޔުމްނާ ޢަލީ
ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެ

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަލިފާން ރޯވެގެން އެކަމުގެ ރިޕޯޓު ރޭ ފަތިހު 5:24 ހާއިރު އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށާއި، މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާއި ގުޅިގެން ނޮޅިވަރަމް ކައުންސިލްގެ މީޑީއާ ކޯޑިނޭޓަރު، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ، މަންޒަރު ދުށް މީހުންނާ ހަވާލާދީ ”ތިލަދުން” އަށް ވިދ...

ޙުސައިން ޝަހުދީ
ޖިމްގައި ހުރި ތަކެއްޗަށް ކުޑަކުދިން އެރުމަކީ މަނާ ކަމެއް: ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީ 📍 ހދ. ނޮޅިވަރަންފަރު

ޖިމްގައި ހުރި ތަކެއްޗަށް ކުޑަކުދިން އެރުމަކީ މަނާ ކަމެއް: ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީ

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ޤާއިމުކޮށްފައިވާ ޖިމުގައި ހުރި ތަކެއްޗަށް ކުޑަކުދިން އެރުމަކީ މަނާކަމެއްކަމަށް އެ ކޮމެޓީން ބުނެފިއެވެ. މި ޖިމަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަަށް މަސައްކަތްކުރާ ކޮމެޓީން އެރަށުގައި ފުޅާދާއިރާއެއްގައި ހާޑްވެއާ ވިޔަފާރިކުރާ އަލިރާ ޕްރައިވެޓް ލިމިޓްގެ އެހީތެރިކަމާއެކު ގާއިމުކޮށްފައިވާ ޖިމެކެވެ. އެ ކޮމެޓީން މިއަދު ބުނީ އެ ކޮމެޓީގެ ފަރާތުން ގާއިމް ކޮށްފައިވާ ޖިމަށް މިހާރަކަށް އައިސް ކުޑަކުދިން ވަދެ އަދި އެތ...

ޔުމްނާ ޢަލީ
ވެމްކޯއިން ކުޅުދުއްފުށީގައި ހިދުމަތް ދޭން ފަށައިފި 📍 ހދ. ކުޅުދުއްފުށި

ވެމްކޯއިން ކުޅުދުއްފުށީގައި ހިދުމަތް ދޭން ފަށައިފި

ވެމްކޯއިން ކުޅުދުއްފުށި ސިޓީގައި ހިދުމަތް ދޭން ފަށައިފިއެވެ. އެ ކުންފުނިން އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކުގައި ހިދުމަތް ދިނުމުގެ މަސައްކަތް ފަށަމުންނެވެ. އެގޮތުން މި މަހު މާފުށީގައިވެސް ވެމްކޯގެ ހިދުމަތް ވަނީ ފަށާފައެވެ. ވެމްކޯއިން ވަނީ އެ ކުންފުނީގެ ހިދުމަތް ކުޅުދުއްފުއްޓަށް ދިނުމާއެކު އެ ހިދުމަތުގެ ބޭނުން ކުރުމަށް އެދިފައެވެ. ވެމްކޯއިން އަންނަނީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި ވޭސްޓް ކަ...

އަޙްމަދު ވަހީދު
ފެނަކައިން ކުޅުދުއްފުއްޓަށް ދެ ޖެނެރޭޓަރު، ހަނިމާދޫ އަށް ޖެނެރޭޓަރެއް ފޮނުވަނީ 📍 ހދ. ކުޅުދުއްފުށި

ފެނަކައިން ކުޅުދުއްފުއްޓަށް ދެ ޖެނެރޭޓަރު، ހަނިމާދޫ އަށް ޖެނެރޭޓަރެއް ފޮނުވަނީ

ރަށްތަކުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީ ސިޓީ އަށް ދެ ޖެނެރޭޓަރު އަދި ހަނިމާދޫ އަށް ޖެނެރޭޓަރެއް ފޮނުވަން ތައްޔާރު ވެއްޖެއެވެ. ފެނަކައިން ބުނީ، ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ޖެނެރޭޓަރުތައް ކަސްޓަމުން ކްލިޔާކޮށް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިގޮތުން ކުޅުދުއްފުށީ ސިޓީ އަށް ދެ ޖެނެރޭޓަރު އަދި ހަނިމާދޫ އަށް ޖެނެރޭޓަރެއް ފޮނުވުމަށް ތައް...

ޔުމްނާ ޢަލީ
ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 20 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 20 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 20 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ. މިއީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ އިދާރާއިން ބުނީ، ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. މި މަހު 8 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކުޅުދުއްފުށިން އޭނާ ހައްޔަރުކޮށް ބަލައިފާސ...

އަލީ އާދިލް
ކުޅުދުއްފުށީގައި އައިސްޕްލާންޓެއް ގާއިމުކޮށްދިނުމާއި ސްޕޯޓްސް ކަނދުފައްޗެއް އެޅުން އަވަސްކޮށްދިނުމަށް އެދިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އައިސްޕްލާންޓެއް ގާއިމުކޮށްދިނުމާއި ސްޕޯޓްސް ކަނދުފައްޗެއް އެޅުން އަވަސްކޮށްދިނުމަށް އެދިއްޖެ

ކުޅުދުއްފުށީ ސިޓީގައި އައިސްޕްލާންޓެއް ގާއިމުކޮށްދިނުމާއި، އެ ސަރަހައްދުގައި ސްޕޯޓްސް ކަނދުފައްޗެއް އެޅުން އަވަސްކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި އެދިއްޖެއެވެ. މިގޮތަށް އެދިފައި ވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަު މުޙައްމަދު އާތިފް،  މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމްއާ އިއްޔެ ކުރެއްވި ބައްދަލުކުރެއްވުމުގައެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، އިއްޔެ ހެނދުނު އ...

ޔުމްނާ ޢަލީ
ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ނޮޅިވަރަންފަރު ފުޓްސަލް ދަނޑު ބަންދުކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ނޮޅިވަރަންފަރު ފުޓްސަލް ދަނޑު ބަންދުކޮށްފި

ހަލާކުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ހދ. ނޮޅިވަރަންފަރު ފުޓްސަލް ދަނޑު ބަންދުކޮށްފިއެވެ. ނޮޅިވަރަންފަރު ފުޓްސަލް ދަނޑު ބަންދުކޮށްފައިވާކަން އަންގައި އެރަށު ކައުންސިލުން ބުރާސްފަތި ދުވަހު ވަނީ ދަނޑުގެ ގޭޓުގައި ނޯޓެއް ހަރުކޮށްފައެވެ. އެ ނޯޓުގައި ބުނެފައި ވަނީ ”ފުޓްސަލް ދަނޑު ހަލާކުވެފައިވާތީ ބަންދުކުރެވިފަ” ކަމަށެވެ. މިކަމާއިގުޅޭގޮތުން އެ ކައުންސިލްގެ ނައިބު ރައީސް އަބުދުލްކަރީމް ”ތިލަދުން” އަށް ވިދާޅުވީ، އެ ދަނޑު ބަންދުކުރީ ހަލާކުވެ، ގިނަ ދުވަސްތަކެއްފަހުން، އެއްގޮތަކަށް ވެސް އެތާގައި ނ...

ޔުމްނާ ޢަލީ