📍 ހދ. ކުޅުދުއްފުށި
އުރީދޫން ކުޅުދުއްފުއްޓަށް އެޅި ޕީސް ކޭބަލް މެދުވެރިކޮށް ޚިދުމަތް ދޭން ފަށައިފި
ހދ. ކުޅުދުއްފުށްޓަށް މިއަހަރުގެ ފެބްރުއަރީ މަހު ގުޅާލި އިންޓަނޭޝަނަލް ޕީސް ކޭބަލް މެދުވެރިކޮށް އުރީދޫން މިހާރު ޚިދުމަތް ދޭން ފަށައިފިއެވެ. މި ކޭބަލް މިހާރުވަނީ ސިންގަޕޫރާއި ޔޫރަޕާ ގުޅާލެވި، ޚިދުމަތް ދޭން ފެށިފައެވެ. އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މަޢުލޫމާތު ހާމަކުރެއްވީ އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީއެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެއިން ބޭރު ރަށަކަށް މި ކޭބަލް ގުޅާލައި ޚިދުމަތް ދޭން ފެށުމަކީ އެ ކުންފުނިން ރާއްޖެއަށް […]