މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގައި ފެންބޮޑުވުމާ ގުޅިގެން ވަގުތީ ހޮޓްލައިނެއް ޤާއިމްކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ފެންބޮޑުވުމާ ގުޅިގެން ވަގުތީ ހޮޓްލައިނެއް ޤާއިމްކޮށްފި

ކުޅުދުއްފުށި ސިޓީއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަގުތީ ހޮޓްލައިނެއް ޤާއިމްކޮށްފި އެވެ. މިގޮތުން ފެންބޮޑުވެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 6527120 ނަންބަރަށް ގުޅުމަށް ކައުންސިލުން އަންގާފައިވެއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން މިރޭ 8:15 އިން ފެށިގެން ދަންވަރު 1:00 އާ ހަމައަށް ރާއްޖޭގެ އުތުރު އަތޮޅުތަކަށް ރީންދޫ ސަމާލުކަމުގެ އިންޒާރެއް ނެރެފައިވެއެވެ. މި އިންޒާރުގައި އުތުރުގެ އަތޮޅުތަކަށް ބ...

އަލީ އާދިލް
ކުޅުދުއްފުށި ޗެމްޕިއަންޝިޕް: ސެމީގައި ހަނިމާދޫއާއި ކޮރަލްސް އަދި ހިރިމަރަދޫއާއި ޒިގްޒެގް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ޗެމްޕިއަންޝިޕް: ސެމީގައި ހަނިމާދޫއާއި ކޮރަލްސް އަދި ހިރިމަރަދޫއާއި ޒިގްޒެގް

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ކުޅުދުއްފުށީ ކްލަބް ކޮރަލް އަދި ހިރިމަރަދޫ ޑޮމިނޭޓާސްއާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ވާދަކުރަން ޖެހިއްޖެއެވެ. މިއަދު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ޒިގްޒެގް ބައްދަލުކުރި މެޗާއިއެކު ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ވަނީ ކުޅެ ނިމިފައެވެ. މިއަދުގެ މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައި ވަނީ ހަނިމާދޫއިންނެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ތިން ލަނޑުޖަހައި...

އިބްރާހިމް ޚަލީލް
މަކުނުދޫ ކުނިގޮނޑުގައި އުޅޭ 200 ބިދޭސީން: ބަދުއަޚްލާޤީ މައްސަލަތަކެއް ފެންމަތިވުމުން ރަށުން ފައިބަން އަންގައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ކުނިގޮނޑުގައި އުޅޭ 200 ބިދޭސީން: ބަދުއަޚްލާޤީ މައްސަލަތަކެއް ފެންމަތިވުމުން ރަށުން ފައިބަން އަންގައިފި

ހދ. މަކުނުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު (ކުނިގޮނޑު) ގައި އުޅޭ ބިދޭސީންގެ ފަރާތުން ބަދުއަޚްލާޤީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ، އެފަރާތްތަކުން އެ ސަރަހައްދު ހުސްކޮށް 24 ގަޑިއިރުގެ ތެރޭ ރަށުން ފޭބުމަށް މަކުނުދޫ ކައުންސިލުން އަންގައިފިއެވެ. މަކުނުދޫ ކައުންސިލުން ވަނީ މިގޮތައް ނިންމާ އާންމު އެންގުމެއް ރޭގެ ވަގުތެއްގައި ނެރެފަ އެވެ. އެރަށުން ވާހަކަ ދެއްކި މީހަކު “ތިލަދުން“ އަށް މަޢުލޫމާތު ދެއްވިގޮތުގައި، މި ބިދޭސީންނަކީ ރިސޯޓް މަސައްކަތަށް އައިސް އުޅުނު މީހުންނެވެ. ރިސޯޓް ހުޅުވުނު ދުވަސް ޖެހުމުނ...

އަލީ އާދިލް
ހދ.އަތޮޅު ކައުންސިލުގެ ނައިބް ރައީސް މަގާމުން ވަކިކޮށްފި 📍 ހދ. ހަނިމާދޫ

ހދ.އަތޮޅު ކައުންސިލުގެ ނައިބް ރައީސް މަގާމުން ވަކިކޮށްފި

ހދ.އަތޮޅު ކައުންސިލުގެ ނައިބް ރައީސް އަބްދުއްސައްތާރު ހަސަން އެ މަގާމުން ވަކޮކޮށްފިއެވެ. ސައްތާރު ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އޭނާއާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ. ނައިބް ރައީސް، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑުތަނުން އިހުމާލުވެ އަތޮޅު ކައުންސިލަށާއި އަތޮޅުގެ ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވަމުންދާ ކަމަށްބުނެ އެ ބައްދަލުވުމުގައި މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ހިރިމަރަދ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަނީ

ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން އޭނާ ހޯދުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަަމަށް އެދިއްޖެއެވެ. ފުލުހުން ބުނީ، ހދ. ކުޅުދުއްފުށި / ކިނާރާގެ، އަޙްމަދު އަނިލް މުޙައްމަދު (23އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ، އަޙްމަދު އަނިލް މުޙައްމަދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް ޢާއިލާއިން މައުލޫމާތު ދީފައިވާ ކ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ބޯޓުޔާޑަކާއި ޑޮކްޔާޑެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބޯޓުޔާޑަކާއި ޑޮކްޔާޑެއް

އުތުރުގެ ވިޔަފާރީގެ މައި ހަބު، ކުޅުދުއްފުށީ ސިޓީގައި ބޯޓުޔާޑެއް ގާއިމުކުރުމުގެ މަސައްކަތްފަށާފައިވާ ކަމަށާއި، އަދި އެ ސިޓީގައި ޑޮކްޔާޑެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯޯ މުހައްމަދު ވަޖީހު އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާގެ ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު” ޕްރޮގްރާމުގައި، ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ، ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުން ރައްޔިތުންނަށް މަންފާ ލިބޭ ގޮތް ހެދުމަށް ރައީސް ޑރ. މުޙައްމަދު...

ޔުމްނާ ޢަލީ
ކޭއާރުއެޗުގައި ޕްލާސްޓިކް ސާޖަރީގެ ޚިދުމަތް ފަށައި ތާރީޚްގެ ތެރެއަށް 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުގައި ޕްލާސްޓިކް ސާޖަރީގެ ޚިދުމަތް ފަށައި ތާރީޚްގެ ތެރެއަށް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގައި ޕްލާސްޓިކް ސާޖަރީގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގެ ހޮސްޕިޓަލެއްގައި މި ޚިދުމަތްފެށި ފުރަތަމަ ފަހަރެވެ. ކޭއާރުއެޗުން ބުނިގޮތުގައި އެ ހޮސްޕިޓަލްގެ ފުނަ ވިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް އިއްޔެ ފައްޓަވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބުދުއްރައްޒާޤް ޙަލީމް އާއި އެ ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ ޢަލީ ކަމަށެވެ. މި ރަސްމިއްޔާތުގައި ކޭއާރުއެޗުއާއި އައިޖީއެމްއެޗްގެ އިސްވެރިން ވެސ...

ޔުމްނާ ޢަލީ
ކޮރަލްސް އާއި ސެނޮން މެޗުން ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފަށައިފި 📍 ހދ. ނޭކުރެންދޫ

ކޮރަލްސް އާއި ސެނޮން މެޗުން ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފަށައިފި

ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ނޭކުރެންދޫ ކްލަބް ސެނޮން ބައްދަލުކުރި މެޗުން ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތް އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް އޭގައި ހިމެނޭ ކޮރަލްސްއާއި ސެނޮން އެވެ. މި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ސެނޮން އިންނެވެ. […]

އިބްރާހިމް ޚަލީލް
ކުޑަހުވަދޫގައި ބޭއްވި ބީޗު ހޭންޑްބޯޅަ މުބާރާތުގެ ތަށި ކުޅުދުއްފުއްޓަށް 📍 ހދ. ކުޅުދުއްފުށި

ކުޑަހުވަދޫގައި ބޭއްވި ބީޗު ހޭންޑްބޯޅަ މުބާރާތުގެ ތަށި ކުޅުދުއްފުއްޓަށް

ދ.ކުޑަހުވަދޫގައި ބޭއްވި “ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024” ގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ފެމެލީ ބޭކާސް ޓީމުން ހޯދައިފިއެވެ. މި މުބާރާތަކީ ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޑަހުވަދޫގައި ބާއްވާފައިވާ މުބާރާތެކެވެ. ދެ ޖިންސަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ފިރިހެން 5 ޓީމް އަދި އަންހެން 4 ޓީމް ވަނީ ބައިވެރިވެފައެވެ. ކުޅުދުއްފުށި ފެމެލީ ބޭކާސް ޓީމަކީ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ރަށުން ބޭރުން ބައިވެރިވި […]

އިބްރާހިމް ޚަލީލް
ހަނިމާދޫ އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީއެއްގެ ބަންދަށް 15 ދުވަސް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީއެއްގެ ބަންދަށް 15 ދުވަސް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ބިދޭސީ އެއް މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 15 ދުވަސް ދީފައިވާ ކަމަށެވެ. 2 އޯގަސްޓް 2024 ވަނަ ދުވަހުގެ ރޭ އަށެއް ޖަހާކަށްހާއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީއެއް ހިނގާފައި ވަނީ އެތަން ތަރައްގީކުރުމުގެ މަޝްރޫޢުގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފުންގެ ދެމެދުގައެވެ. މި މާރާމާރީ ހިންގާފައިވައި ވަނީ ހަތިޔާރެއް ބޭނުން...

ޔުމްނާ ޢަލީ
ނައިވާދޫ ކައުންސިލް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޑިކްސީއާއި ބާކީ ސްޕޯޓްސް ކްލަބަށް 📍 ހދ. ނައިވާދޫ

ނައިވާދޫ ކައުންސިލް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޑިކްސީއާއި ބާކީ ސްޕޯޓްސް ކްލަބަށް

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ނައިވާދޫ ކައުންސިލް މިނިވަން ވޮލީބޯލް ޓޯނަމަންޓް 2024” ގެ މެންސް ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ޑިކްސީ، އަދި ވިމެންސް ޑިވިޝަންގެ ޗެމްޕިއަންކަން ބާކީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފައި ވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. ވިމެންސް ޑިވިޝަންގެ ފައިންލަ މެޗު އެ ދުވަހު ހަވީރު ކުޅުނުއިރު، މެންސް ޑިވިޝަންގެ ފައިނަލް މެޗު ކުޅެފައި ވަނީ އެ ރެއެވެ. މެން ޑިވިޝަންގެ […]

އިބްރާހިމް ޚަލީލް
ހަނިމާދޫ އެއާޕޯޓުގައި ދެ ބިދޭސީން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގައި ދެ ބިދޭސީން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފުން ހަތިޔާރު ބޭނުންކޮށްގެން މިރޭ މާރާމާރީ ހިންގައިފި އެވެ. ފުލުހުން ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފުން ހަތިޔާރު ބޭނުންކޮށްގެން މިރޭ މާރާމާރީ ހިންގާފައިވާ މައްސަަލައެއް އެ އިދާރާއެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިކަން ހިނގާފައި ވަނީ މިރޭ އަށެއް ޖަހާކަށް ހާއިރުއެވެ. މި ހާދިސާގައި އެކަކަށް އަނިޔާވެ އޭނާ އަށް އަންނަނީ ހަނިމާދޫ ސިއް...

ޔުމްނާ ޢަލީ
ވޮލެޓެއް ފޭރިގަތް މައްސަލައެއްގައި ކުޅުދުއްފުށިން އަންހެނަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ވޮލެޓެއް ފޭރިގަތް މައްސަލައެއްގައި ކުޅުދުއްފުށިން އަންހެނަކު ހައްޔަރުކޮށްފި

ވޮލެޓެއް ފޭރިގަތް މައްސަލައެއްގައި ކުޅުދުއްފުށިން އަންހެނަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާއި ގުޅޭ ދެ ވީޑިއޯއެއް މިހާރު ސޯސަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ފެންނަނީ މަގުމަތިން ބިދޭސީ ފިރިހެނަކު އަންހެނެއް ދިޔަނުދީ ހިފަހައްޓާ މަންޒަރެވެ. އަންހެން މީހާ އޭނާ އަތްދަށުން ސަލާމަތްވާން މަސައްކަތްކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ދިވެހި އަންހެނަކު ވޮލެޓެއް ފޭރިގަތް މައްސަލައެއް މިއަދު ހަވީރު ރިޕޯޓް ކޮށ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ގުރުއަތުލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ގުރުއަތުލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލައިފިއެވެ. މި މުބާރާތު ގުރުއަތުލުން ބާއްވާފައިވަނީ އޮގަސްޓް އެއްވަނަ ދުވަހު ސިޓީ ކައުންސިލްގައެވެ. ގުރު ނަންގަވައިދެއްވީ ކުޅުދުއްފުށީ ފުޓްބޯޅަ ދެ ލެޖެންޑްކަމުގައިވާ ސަމީރު ޔޫސުފާއި އަހުމަދު މޫސާއެވެ. މި އަހަރުގެ މުބާރާތުގައި އަށް ޓީމެއް ވާދަކުރެއެވެ. އެ ޓީމްތަކުގެ ތެރޭގައި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި، އެންމެ ފަހުގެ ރަނަރަޕް...

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރުން 100 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުން 100 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފި

ހދ. ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާއިން އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށްފިއެވެ. މި ލިސްޓަކީ 27 މާރޗް 2023 ގައި ކުރެވުނު އިޢުލާނާ ގުޅިގެން ކެޓަގަރީ A އަދި B އަށް ފޯމު ހުށަހެޅި ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓްގެ ވަގުތީ ނަތީޖާއެވެ. މި 100 ހައުންސިން ޔުނިޓުން 75 ޔުނިޓް (ކެޓަގަރީ A) ދިނުމަށް ނިންމާފައިވަނީ އެރަށުގެ ރައްޔިތުންނަށެވެ. އަނެއް 25 ޔުނިޓް (ކެޓަގަރީ B) ދިނުމަށް ނިންމާފައިވަނީ އެރަށަސް […]

އިބްރާހިމް އަސްވާޤް