މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ހދ.ރައީސްގެ މަގާމު ހުސްވެފައިވާކަން އީސީއަށް އަންގައިފި

ހދ.ރައީސްގެ މަގާމު ހުސްވެފައިވާކަން އީސީއަށް އަންގައިފި

ތިލަދުންމަތީ ދެކުނުބުރީ (ހދ) އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ސިރާޖް އެ މަގާމުން ވަކިކުރުމަށް ކައުންސިލުން ފާސްކޮށްފައިވާތީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކަން އިލެކްޝަން ކޮމިޝަން (އީސީ) އަށް އަންގައިފިއެވެ. 22 އޯގަސްޓް 2024 ގައި ބޭއްވި އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި ރައީސްކަމުން ސިރާޖު ވަކިކުރަން ހުށަހެޅުއްވީ ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ. ރައީސް ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުވެފައިނުވާތީ އޭނާ މަގާމުން ވަކިވެއްޖެކަމަށް ކ...

ޔުމްނާ ޢަލީ
ނޮޅިވަރަމް ޓާފު ދަނޑު ރަސްމީކޮށް ހުޅުވައި ކައުންސިލްކަޕް ފަށައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ޓާފު ދަނޑު ރަސްމީކޮށް ހުޅުވައި ކައުންސިލްކަޕް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމްގައި ޓާފް އަޅައިގެން ތަރައްގީކުރި ބޮޑު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައި “ނޮޅިވަރަމް ކައުންސިލް ކަޕް 2024” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. އިއްޔެ ހަވީރު މި މުބާރާތް ފެށުމުގެ ރަސްމިއްޔާތާއި ރަސްމީކޮށް އެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، އެ ރަށަށް ވަޑައިގެން ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. ނޮޅިވަރަމްގައި އެ ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުއެވެ. އެ މަސައްކަތް […]

އިބްރާހިމް ޚަލީލް
ވަޤްފު މަޝްރޫޢުގެ ދަށުން ނެއްލައިދޫގައި 10 އައުޓްލެޓްގެ ޢިމާރާތެއް 📍 ހދ. ނެއްލައިދޫ

ވަޤްފު މަޝްރޫޢުގެ ދަށުން ނެއްލައިދޫގައި 10 އައުޓްލެޓްގެ ޢިމާރާތެއް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ވަޤްފު މަޝްރޫޢުގެ ދަށުން ހދ. ނެއްލައިދޫގައި 10 އައުޓްލެޓްގެ ޢިމާރާތެއް އެޅުމަށް، ވަޤްފު މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު އަލީފްއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ...

ޔުމްނާ ޢަލީ
މަސްވެރިންގެ ދުވަސް ފާހަގަ ކުރަން މަކުނުދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. މަކުނުދޫ

މަސްވެރިންގެ ދުވަސް ފާހަގަ ކުރަން މަކުނުދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަސްރޭސް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 21 ވަނަ ދުވަހުގެ 12:00 ގެ ކުރިން ސަބްމިޓް ކުރުމަށް އެ ކައުންސިލުން އެދެއެވެ. […]

އިބްރާހިމް ޚަލީލް
"15 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަނިމާދޫގައި ފިއުލް ޖެޓީއެއް ހެދުމުގެ ބޭނުމެއް ނެތް"

"15 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަނިމާދޫގައި ފިއުލް ޖެޓީއެއް ހެދުމުގެ ބޭނުމެއް ނެތް"

ހދ.ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން، 15 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެތަނުގައި ފިއުލް ޖެޓީއެއް އެޅުމަކީ ބޭކާރު ކަމެއްކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. ތެޔޮ ބޯޓު ކަނޑުގައި ބާއްވައިގެން އެ އެއާޕޯޓްގައި ތަރައްގީކުރާ ފިއުލް ފާމަށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންވާ ހޮޅިލައިން އެޅުމަށް އެ ރަށު ފަޅުގައި ފިއުލް ޖެޓީއެއް އެޅުމުގެ އަމަލީ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެއީ މިދިޔަ ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރ...

އިބްރާހިމް ޚަލީލް
އަންނަ އަހަރު މަކުނުދޫ އެއާޕޯޓުގެ ރަންވޭ މަސައްކަތް ފެށިގެންދާނެ: އާދަމް 📍 ހދ. މަކުނުދޫ

އަންނަ އަހަރު މަކުނުދޫ އެއާޕޯޓުގެ ރަންވޭ މަސައްކަތް ފެށިގެންދާނެ: އާދަމް

އަންނަ 2025 ވަނަ އަހަރު ހދ. މަކުނުދޫ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ފެށިގެންދާނެކަމަށް އެ ދާއިރާގެ މެންބަރު އާދަމް ޝަފީޤް މިއަދު ވިދާޅުވެއްޖެއެވެ. 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކާގައި މެންބަރު އާދަމް ޝަފީޤް ވަނީ އޭނާ ތަމްސީލްކުރަށްވާ މަކުނުދޫ ދާއިރާގެ މަކުނުދޫ، ކުމުންދޫ އަދި ނޭކުރެންދޫގައި ކުރިއަށް ދާ މަޝްރޫޢޫތަކާއި، އެރަށްރަށުގައި ކުރުމަށް މި ސަރުކާރުން ވައުދުވެފައިވާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަ...

ޔުމްނާ ޢަލީ
އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ނެއްލައިދޫގައި ޚާއްޞަ ހަވީރެއް 📍 ހދ. ނެއްލައިދޫ

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ނެއްލައިދޫގައި ޚާއްޞަ ހަވީރެއް

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ހދ. ނެއްލައިދޫގައި ޚާއްޞަ އިސްރަށްވެހިންގެ ހަވީރެއް ކުރިއަށް ގެންގޮސްފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މި ހަވީރަކީ، ކުޅުދުއްފުށި ސިޓީގައި ހުންނަ ހދ ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރާއި ދިވެހި ރެޑްކުރެންސެންޓް ނޯތު ރީޖަން އޮފީހާއި ފުލުހުން އަދި ނެއްލައިދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަވީރުގެ ތެރެއިން އުފާވެރިކަމާއި، ލޯތްބާއި ކުލުނުގެ މާހައުލެއްގައި އިސްރަށްވެހި...

ޔުމްނާ ޢަލީ
ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ، ހަނިމާދޫ އަދި މިލަންދޫ 📍 ހއ. އިހަވަންދޫ

ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ، ހަނިމާދޫ އަދި މިލަންދޫ

ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި ބޮޑުތިލަދުންމަތީގެ ތިން ރަށެއް ހިމެނިއްޖެއެވެ. މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްުޔާތެއްގައި ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި މަޝްރޫޢުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއ...

ޔުމްނާ ޢަލީ
"ސްކޫލް ހައިޑްރޮޕޯނިކްސް ޕްރޮގްރާމް" ހަނިމާދޫ ސްކޫލުގައި ކާމިޔާބުކަމާއިއެކު ކުރިއަށް 📍 ހދ. ހަނިމާދޫ

"ސްކޫލް ހައިޑްރޮޕޯނިކްސް ޕްރޮގްރާމް" ހަނިމާދޫ ސްކޫލުގައި ކާމިޔާބުކަމާއިއެކު ކުރިއަށް

މިއަހަރުގެ ދަނޑުވެރިންގެ ދުވަހު ހަނިމާދޫ ސްކޫލްގައި އިފްތިތާހްކުރި “ސްކޫލް ހައިޑްރޮޕޯނިކްސް ޕްރޮގްރާމް”ގެ ދަށުން ހައްދާފައިވާ ލެޓިއުސް ފުރަތަމަ ފަހަރަށް ކަނޑައިފި އެވެ. މި ޕްރޮގްރާމްގެ ދަށުން އެ ސްކޫލުގައި ހައްދާފައިވާ ލެޓިއުސް ކެނޑުމަށާއި ވިއްކުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ. މިރަސްމިއްޔާތުގައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރާއި ހަނިމާދޫ ސްކޫލްގެ އިސްވެރިންނާއި މުވައްޒަފުން އަދި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވ...

އިބްރާހިމް ޚަލީލް
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާހްކޮށްފި 📍 ހދ. ކުޅުދުއްފުށި

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާހްކޮށްފި

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ “ހަށިހެޔޮ ރާއްޖެ” ޕްރޮގްރާމު މިއަދު އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްފައި ވަނީ މިއަދު ހަވީރު އުތުރުން ހދ. ކުޅުދުއްފުށީ ސިޓީގައެވެ. އެކަމަށްޓަކައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުން ވޭތުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު...

ޔުމްނާ ޢަލީ
ނައިބު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންފި 📍 ހދ. ކުޅުދުއްފުށި

ނައިބު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންފި

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ކުޅުދުއްފުށި ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެ ސިޓީއަށް ވަޑައިގަންނަވައިފިއެވެ. ނައިބު ރައީސް ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންނެވުމުން އެއާޕޯޓުން މަރުޙަބާ ދެންނެވީ އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ. މީގެ އިތުރުން އެ ސިޓީގެ އެކި މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުންނާއި އަދި އާންމުން ވެސް ވަނީ ނައިބު ރައީސަށް މަރުޙަބާ ދެންނެވުމަށް އެއާޕޯޓަށް ގޮސްފައެވެ. ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ނައިބުގެ މި ދަތުރުފުޅުގައި “ހަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށި އިސްރަށްވެހިންނަށް ޕާކެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އިސްރަށްވެހިންނަށް ޕާކެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ

ކުޅުދުއްފުށި ސިޓީގައި އިސްރަށްވެހިންނަށް ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ލައިބްރަރީއަށް ޕޯޓުން 124 ފޮތް ހަދިޔާކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ލައިބްރަރީއަށް ޕޯޓުން 124 ފޮތް ހަދިޔާކޮށްފި

ހދ. ކުޅުދުއްފުށި ޕޯޓު ލިމިޓެޑުން، ކުޅުދުއްފުށި ސިޓީގައި މިފަހުން ހުޅުވި ޕަބްލިކް ލައިބްރަރީއަށް 124 ފޮތް ހަދިޔާކޮށްފި އެވެ. މިފޮތްތަކާއި ހަވާލުވެ ދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެވެ. މި ހަދިޔާއާއެކު ލައިބްރަރީގެ ފޮތްތަކުގެ އަދަދު އިތުރުވެގެންދާނެ ކަމަށާއި، މިއީ މުޖުތަމައުގެ ފަރުދުންނަށް އިތުރު މައުލޫމާތާއި އާ ތަޖުރިބާތައް ލިބިގަތުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެއްކަމަށް ލައިބްރަރީން ބުނެއެވެ. ޕޯޓުން ލައިބްރަރީއަށް ކޮށްދެއްވި މި އެހީއަކީ، އެ ކުންފުނިން މުޖުތަމައަށް އަދާކުރަމ...

އަލީ އާދިލް
އަހަރުތަކަކަށް ފަހު ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލެއް ހޯދަނީ 📍 ހދ. ހިރިމަރަދޫ

އަހަރުތަކަކަށް ފަހު ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލެއް ހޯދަނީ

ޕްރިންސިޕަލެއް ނެތި އަހަރުތަކެއްވެފައިވާ ހދ.ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލެއް ހޯދަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާން ކޮށްފިއެވެ. އެންމެ ފަހުން އެ ރަށު ސްކޫލުގައި ޕްރިންސިޕަލެއް ހުރީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެއީ ބިދޭސީ ޕްރިންސިޕަލެކެވެ. އޭނާއާއި މެދު ސްކޫލުގެ ބެލެނިވެރިން ހިތްހަމަނުޖެހިގެން އިހުތިޖާޖް ކުރުމުން މިނިސްޓްރީން އެ ޕްރިންސިޕަލް އެހެން ރަށަކަށް ބަދަލުކުރި ފަހުން ފާއިތުވި މުއްދަތުގައި އެ ރަށުގައި ޕްރިންސިޕަލެއް ނުހުރެއެވެ. ފާއިތުވި ހަތަރު އަހަރު އެ ސްކޫލް ހިންގުމުގައި އިސ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި އަންނަ އަހަރު އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހަދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އަންނަ އަހަރު އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހަދަނީ

ކުޅުދުއްފުށީގައި އަންނަ އަހަރު ތެރޭގައި އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހެދޭވަރުވާނެކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 41 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމުގެ ވަގުތުގައި ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވަނީ އައިޑީ ކާޑުގެ ޚިދުމަތަކީ ގިނަ ސަރުކާރުތަކަކުން ކުޅުދުއްފުށިން ސީދާ ޕްރިންޓުކޮށްގެން ޚިދުމަތްދޭނެ ކަމަށް ވަޢުދުވެފައިވާ ޚިދުމަތެއްކަން ފާހަގަކުރަށްވައި، އެކަން ކުޅުދުއްފުށީގައި ފެށޭނެ ދުވަހެއ...

ޔުމްނާ ޢަލީ