މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ހދ.އަތޮޅުގެ ރަށްތަކަށް މަސްދަޅު ބެހުމުގެ މަސައްކަތް ފަށައިފި 📍 ހދ. ނޮޅިވަރަންފަރު

ހދ.އަތޮޅުގެ ރަށްތަކަށް މަސްދަޅު ބެހުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް ނިންމާފައިވާ މަސްދަޅު ކޭސް، ހދ.އަތޮޅުގެ ރަށްތަކަށް ބެހުމުގެ މަސައްކަތް ފަށައިފިއެވެ. ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފްލާގައެވެ. ހދ. އަތޮޅުގެ ރަށްތަކަށް ރޯދަ ހަދިޔާ ބެހުމުގެ ކަންކަން...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ތިން ސްކޫލެއްގެ ދަރިވަރުންނަށް މަސްވެރިކަމުގެ ކެރިއަގައިޑެންސް ސެޝަނެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ތިން ސްކޫލެއްގެ ދަރިވަރުންނަށް މަސްވެރިކަމުގެ ކެރިއަގައިޑެންސް ސެޝަނެއް

ކުޅުދުއްފުށީގެ ތިން ސްކޫލެއްގެ ދަރިވަރިވަރުންނަށް މަސްވެރިކަމުގެ ދާއިރާއާއި ގުޅޭ ކެރިއަރ ގައިޑެންސް ސެޝަން ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި، ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލުގެ އިތުރުން އޭއީސީގެ ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ޖުމްލަ 56 ދަރިވަރަކު ބައިވެރިވެ ވަނީ ސެޝަން ފުރިހަމަ ކޮށްފައެވެ. މި މަހު ހަތަރުވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއި ގުޅޭ ތަމްރީނެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއި ގުޅޭ ތަމްރީނެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާއާއި ގުޅިގެން އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރީ ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުން 6 ވަނަ ދުވަހަށް، ޖުމްލަ ފަސް ދުވަހަށެވެ. ކުޅުދުއްފުށީ އެންއޯސީ އިމާރާތުގައި ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ މަސްވެރިކަމާއި ބެހޭ ވުޒާރާގެ ފަންނީ ތަޖުރިބާކާރު ބޭފުޅުންނެވެ. ވެ...

އިބްރާހިމް ޚަލީލް
ހިރިމަރަދޫ ހިމެނޭހެން ބައި-އިލެކްޝަންގެ ގިނަ ގޮނޑިތައް ޕީއެންސީއަށް 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ހިމެނޭހެން ބައި-އިލެކްޝަންގެ ގިނަ ގޮނޑިތައް ޕީއެންސީއަށް

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަން ތަކުގެ ތެރެއިން ގިނަ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. މިއަދު ޖުމްލަ 12 ރަށެއްގައި ބައި-އިލެކްޝަން ބާއްވާފައިވާއިރު، ޕީއެންސީން ވަނީ 8 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީ އަށް ދެ ގޮނޑި ލިބުނުއިރު، މިނިވަން ކެންޑިޑޭޓުން ވެސް ވަނީ ދެ ގޮނޑި ކާމިޔާބުކޮށްފައެވެ. މިއަދު ބައި އިލެކްޝަންގައި ހދ.މަކުނުދޫ ކައުންސިލް މެމްބަރެއް ހޮވުމަށް ވޯޓުލުން ބާއްވާފައިވާއިރު، ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރ...

ޔުމްނާ ޢަލީ
އިހަވަންދޫ ރޯދަ ބާޒާރަށް ބޮޑު ތަރުހީބެއް، އެންމެ ގިނަ މީހުން ޒިޔާރަތްކުރީ ކުޅުދުއްފުށިން 📍 ހއ. އިހަވަންދޫ

އިހަވަންދޫ ރޯދަ ބާޒާރަށް ބޮޑު ތަރުހީބެއް، އެންމެ ގިނަ މީހުން ޒިޔާރަތްކުރީ ކުޅުދުއްފުށިން

ރޯދައަށް ބޭނުންވާ މުދާގަތުމަށް އަތޮޅުގެ އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުމަކީ ރޯދަމަސް ކައިރިވެގެން އަންނައިރު ވަރަށް އާންމުކަމެކެވެ. ނަމަވެސް މާލެދަތުރުކުރާ ބޮޑެތި ބޯޓުފަހަރުގައި އެތައްސަތޭކަބަޔަކު، ވިޔަފާރިއަށް ރާއްޖެތެރޭ ރަށަކަށް ދިއުމަކީ އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. އިހަވަންދޫ ކައުންސިލާއި އިހަވަންދޫގެ ވިޔަފާރިވެރިން ގުޅިގެން މިއަދު އެ ރަށުގައި ހާއްސަ “ރޯދަ ބާޒާރެއް” އިންތިޒާމް ކޮށްފައިވާއިރު އެ ބާޒާރަށް ތިލަދުންމަތީގެ ރަށްތަކުން ގިނަ އަދަދެއްގެ މީހުން ވަނީ ގޮސްފައެވެ. މި ބާ...

އިބްރާހިމް ޚަލީލް
މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް 📍 ހދ. މަކުނުދޫ

މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް

ހދ. މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން މިއަދު ކުރިއަށް އެބަދެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 16:00 އާއި ހަމައަށެވެ. މިއަދު ބައި އިލެކްޝަންގައި މަކުނުދޫ ކައުންސިލް މެމްބަރެއް ހޮވުމަށް ވޯޓުލުން ކުރިއަށްދާއިރު، ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރަކު ހޮވުން ވެސް މީގެ ތެރޭ ހިމެނިގެން ކުރިއަށް އެބަދެއެވެ. މަކުނުދ...

ޔުމްނާ ޢަލީ
ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ 📍 ށ. ފުނަދޫ

ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ

ހދ. ކުޅުދުއްފުށި ސިޓީގައި އޮންނަ އެއާޕޯޓާއި، ށ. ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވިގޮތިގައި، ޖިއޮގްރެފިކަލީ ރާއްޖެ އުފެދިފައި އޮންނަ ގޮތުން، އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަކީ، ޒަރޫރީ ބޭނުމަކަށް ވެފައި އޮންނަކަމެކެވެ. އެހެންކަމުން އާންމު ރައްޔިތުންނަށް ވެސް ޒަމާނުއްސުރެ އޮތ...

ޔުމްނާ ޢަލީ
ދިއްދޫ، ކުޅުދުއްފުށި، ފުނަދޫ އަދި ކޮމަންޑޫ ހިމެނޭހެން 8 ރަށެއްގައި އައިސްޕްލާންޓް 📍 ހއ. ދިއްދޫ

ދިއްދޫ، ކުޅުދުއްފުށި، ފުނަދޫ އަދި ކޮމަންޑޫ ހިމެނޭހެން 8 ރަށެއްގައި އައިސްޕްލާންޓް

އަށް ރަށެއްގައި އައިސްޕްލާންޓް ގާއިމުކޮށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ދިވެހި މަސްވެރިކަމުގެ ސިނާއަތް ޒަމާނާ އެކަށޭނަހެން އަބަދުވެސް ކުރިއެރުވުމަކީ، އަޅުގަނޑުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. މިގޮތުން އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ 48 ގަޑި އިރު ތެރޭގައި މަސްވެރީންނަށ...

ޔުމްނާ ޢަލީ
''ހދ. އާއި ތ. އަތޮޅުގައި އިންވެސްޓްކުރުމަށް ލުއިދީ، ރިސޯޓު ހަދަން ފެށުމަކީ އަމާޒެއް''

''ހދ. އާއި ތ. އަތޮޅުގައި އިންވެސްޓްކުރުމަށް ލުއިދީ، ރިސޯޓު ހަދަން ފެށުމަކީ އަމާޒެއް''

މިހާތަނަށް ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް ހދ. އަތޮޅާއި އާއި ތ. އަތޮޅު ފަދަ އަތޮޅުތަކުގައި އިންވެސްޓްކުރުމަށް ލުއިތައްދީ، ރިސޯޓު ހަދަން ފެށުމަކީ އަމާޒެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން މިއަދު ދެއްވި ޚިޠާބުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރީ މި ދިޔަ 2024ވަނަ އަހަރުކަން ފާހަގަކުރަށްވާފައެވެ. އެ...

ޔުމްނާ ޢަލީ
ބޭންކެއް އަޅަން ހަނިމާދޫން ހިލޭ ބިން ދެނީ 📍 ހދ. ހަނިމާދޫ

ބޭންކެއް އަޅަން ހަނިމާދޫން ހިލޭ ބިން ދެނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ބޭންކެއްގެ ބްރާންޗެއް އަޅަން ބޭނުންވާ، ބޭންކަކަށް ހިލޭ ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި ކައުންސިލްގެ 166 ވަނަ އާންމު ބައްދަލުވުމުގައެވެ. ހަނިމާދޫގައި ބޭންކެއްގެ ބްރާންޗެއް ގާއިމްކުރަން ބޭނުންވާ ބޭންކަކަށް 3000 އަކަފޫޓުގެ ބިމެއް 50 އަހަރު ދުވަހުގެ މުއްދަތަށް ހިލޭ ދޫކުރުމަށް ކައުންސިލުގެ ޖަލްސާއިން ނިންމާފައިވަނީ ބައިވެރިވި 5 މެމްބަރުންގެ އިއްތިފާގުންނެވެ. މިކަމާއި ގުޅޭގޮތުން މި ނޫހަށް...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު މައްސަލައަށް ވަގުތީ ހައްލެއް ލިބިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު މައްސަލައަށް ވަގުތީ ހައްލެއް ލިބިއްޖެ

ކުޅުދުއްފުށި ސިޓީގެ ޖޫލިއެޓް ހިނގުމުގެ ހުޅަނގުކޮޅުގައިވާ ކަރަންޓު ކޭބަލަކަށް ލިބުނު ގެއްލުމުގެ ސަބަބުން ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު މައްސަލައަށް މިހާރު ވަނީ ވަގުތީ ހައްލެއް ގެނެވި، މުޅި ރަށަށް އަލުން ކަރަންޓު ދީފި އެވެ. ފެނަކަ ކޯޕަރޭޝަނުގެ ކުޅުދުއްފުށި ބްރާންޗުން މިއަދު ބުނެފައިވަނީ، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ކަރަންޓު ކެނޑޭނެ ސަރަހައްދުތަކުގެ މަޢުލޫމާ...

އިބްރާހިމް އަސްވާޤް
ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމުން އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ: އަތޮޅު ކައުންސިލް 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމުން އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ: އަތޮޅު ކައުންސިލް

ހދ.ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަކީ އަތޮޅު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނޭ ނިންމުމެއް ކަމުގައި އެ އަތޮޅު ކައުންސިލުން ބުނެފިއެވެ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ އިއްޔެ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ. ސަރުކާރުގެ މި ނިންމުމާއި ގުޅިގެން މިއަދު ހދ.އަތޮޅު ކައުންސިލުން ނ...

އަލީ އާދިލް
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަތްވަނަ ފަހަރަށް ނައިވާދޫއިން ކާމިޔާބުކޮށްފި 📍 ހދ. ނައިވާދޫ

ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަތްވަނަ ފަހަރަށް ނައިވާދޫއިން ކާމިޔާބުކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަތްވަނަ ފަހަރަށް ނައިވާދޫއިން ހޯދައިފިއެވެ. ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުން ނައިވާދޫ ވަނީ 3-0 ގެ ނަތީޖާއިން ނޭކުރެންދޫ ބަލިކޮށްފައެވެ. މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ނައިވާދޫއިން ވަނީ ފައިނަލް މެޗުގައި ވެސް އެ ޓީމްގެ މޮޅު ކުޅުން ތަކުރާރުކޮށްފައެވެ. އެ ޓީމަށް މެޗުގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ހަމީދު […]

އިބްރާހިމް ޚަލީލް
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި 📍 ހދ. ހަނިމާދޫ

ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “ހިރިމަރަދޫގެ ރައްޔިތުން އެދުނު ގޮތަށް” އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. ހިރިމަރަދޫގެ އާބާދީ ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދެމުން އަންނަތާ މިހާރު ވަނީ އެތައް އަހަރެއް ވެފައެވެ. އެކަމާ...

އިބްރާހިމް ޚަލީލް
ފަތުރުވެރިކަމުގެ ވިޔަފާރިއަށް އަނެއްކާވެސް ހަނިމާދޫއިން ބިން ދޫކުރަނީ 📍 ހދ. ހަނިމާދޫ

ފަތުރުވެރިކަމުގެ ވިޔަފާރިއަށް އަނެއްކާވެސް ހަނިމާދޫއިން ބިން ދޫކުރަނީ

ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހަނިމާދޫއިން ބިން ދޫކުރުމަށް ނިންމައި އެ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ފަރުތުވެރިކަމުގެ ވިޔަފާރިއަށް މިފަހަރު އެ ރަށުން ދޫކުރަން ނިންމާފައި ވަނީ 5000 އަކަފޫޓުގެ 9 ބިމެކެވެ. ބިންތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. އެ ބިންތަކުގެ ތެރެއިން ތިން ބިމެއް ދޫކުރަނީ އެ ރަށުގެ އުތުރުކޮޅުގައި ޓުއަރިޒަމް ޒޯންގެ ގޮތުގައި ލޭންޑްޔޫސް ޕްލޭންގައި ހިމަނާފައިވާ ސަރަހައްދުންނެވެ. ބާކީ ހަ ބިން ދޫކުރަން ނިންމާފައި...

އިބްރާހިމް ޚަލީލް