📍 ހދ. މަކުނުދޫ
"އިމުގެ ތެރެއިން" އީދު ކުޅިވަރު ކުޅެ މަކުނުދޫއިން ނަމޫނާ ދައްކަނީ
އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން ތަފާތު ކުޅިވަރުތައް ކުޅުމަކީ މުޅި ރާއްޖޭގައި ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމެކެވެ. އޭގެތެރޭގައި މުސްލިމުންގެ ސަގާފަތާއި، ދިވެހީންގެ އާދަކާދައާއި ނުގުޅޭ، އަދި ދީނީގޮތުން ހުއްދަ ނޫން އެތައް ކުޅިވަރުތަކެއް ވެސް ހިމެނޭކަމީ އެންމެން ދަންނަ ހަގީގަތެކެވެ. ނަމަވެސް އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތް ކަމުގައިވާ އިސްލާމް ދީނުގެ ހުކުމްތަކާއި، އުސޫލްތަކާއި ފުށުނާރާގޮތަށް އީދު ކުޅިވަރުތައް ބޭއްވުމަށް، މަދުން ނަމަވެސް ރާއްޖޭގެ ބައެއް ރަށްރަށުން އަންނަނީ މަ...