މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ސެޕްޓެމްބަރަށް ނިންމާލެވޭނެ: މުއްތަލިބު 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ސެޕްޓެމްބަރަށް ނިންމާލެވޭނެ: މުއްތަލިބު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ދަނީ ތަވާލާ އެއްގޮތަށް ކަމަށެވެ. އެގޮތުން މުޅި މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އ...

އަޙްމަދު ވަހީދު
ކުޅުދުއްފުށީގައި އަޅާ 400 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ނުދާތީ އައު ކޮންޓްރެކްޓަރަކު ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އަޅާ 400 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ނުދާތީ އައު ކޮންޓްރެކްޓަރަކު ހޯދަނީ

ހދ.ކުޅުދުއްފުށީ ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތާއި ހަވާލުވި ފަރާތުން، އެ މަސައްކަތް ކުރިއަށް ނުގެންދާތީ އައު ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައި ވަނީ ދައުލަތުގެ މީޑިއާ ޕަބްލިސްކް ސާވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ އެ މަސައްކަތް ހުއްޓިފައި ވަނީ، މަސައްކ...

އިބްރާހިމް ޚަލީލް
މަކުނުދޫއިން ވިޔަފާރި ބޭނުމަށް 23 ބިމާއި، ތެޔޮ ގުދަންކޮށް ވިއްކުމަށް އިމާރާތެއް ކުއްޔަށް ދޫކުރަނީ 📍 ހދ. މަކުނުދޫ

މަކުނުދޫއިން ވިޔަފާރި ބޭނުމަށް 23 ބިމާއި، ތެޔޮ ގުދަންކޮށް ވިއްކުމަށް އިމާރާތެއް ކުއްޔަށް ދޫކުރަނީ

ހދ. މަކުނުދޫ އިން ވިޔަފާރި ބޭނުމަށް އެކި ބާވަތުގެ 23 ބިން ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން އާންމުކޮށް އިޢުލާން ކޮށްފިއެވެ. ކައުންސިލުން މިހާރު ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ ބިންތަކުގެ ތެރޭގައި، ލައިޓް އިންޑަސްޓްރިއަލް ބޭނުންތަކަށް ބިން ހިމެނެއެވެ. މީގެ ތެރޭގައި ގަރާޖު، ކާޕެންޓްރީ އަދި ވޯކްޝޮޕް ހިންގުމަށް ބިން ހިމެނެއެވެ. މީގެ އިތުރުން، ދަނޑުވެރިކަމަށް ބިން، ކޮމާޝިއަލް ބޭނުންތަކަށް ބިން، ކުއްޔަށް ދޭ ކޮޓަރި އަދި އެކަމަޑޭޝަން ވިޔަފާރިއަށް ބިން، ބޯޓްޔާޑް ހެދުމަށް އަދި ކުކުޅު […]

އަލީ އާދިލް
ކައުންސިލް އިންތިހާބަށް ފަހިކުރަން، ޕީއެންސީގެ ވަފުދެއް ހދ.އަތޮޅަށް 📍 ހދ. ހަނިމާދޫ

ކައުންސިލް އިންތިހާބަށް ފަހިކުރަން، ޕީއެންސީގެ ވަފުދެއް ހދ.އަތޮޅަށް

އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑަރޝިޕްގެ ބޭފުޅުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަން ފަށައިފި އެވެ. މި ގޮތުން ޕީއެންސީގެ ލީޑަރޝިޕްގެ ވަފުދެއް ވަނީ ހދ. އަތޮޅަށްވެސް ޒިޔާރަތްކޮށްފަ އެވެ. މިޓީމުގައި ޕީއެންސީގެ މަޖިލިސް މެންބަރުންނާއި މިނިސްޓްރީތަކުގެ އިސްވެރިން ހިމެނެއެވެ. ފުރަތަމަ ހދ. އަތޮޅުން ހަނިމާދޫއަށް ޒިޔާރަތްކޮށް، އެ ރަށުގައި ޕާޓީގެ ސްޓިއަރިންގް ކޮމިޓ...

އަލީ އާދިލް
އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އެންމެ ގިނަ މީޓް ރިކޯޑް ހެދީ އަހުނާ އާއި ނަޝީހް 📍 ހދ. ކުޅުދުއްފުށި

އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އެންމެ ގިނަ މީޓް ރިކޯޑް ހެދީ އަހުނާ އާއި ނަޝީހް

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝާން އާއި ގުޅިގެން ބޭއްވި އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި އެންމެ ގިނަ މީޓް ރިކޯޑް ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރާއި، މިލަންދޫ ސްކޫލްގެ އިބްރާޙިމް ނަޝީހް އަލީ ހޯދައިފިއެވެ. މި މަހު 21 އިން 26 އަށް ކުޅުދުއްފުށީގައި ކުރިއަށް ދިޔަ މި މުބާރާތުގައި އުތުރުގެ 19 ސްކޫލަކުން 725 އެތުލީޓުން ބައިވެރިވެފައިވާއިރު މި މުބާރާތުގެ ނިންމުމުުގެ ރަސްމިއްޔާތު ރޭ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ވަނީ ބާއްވާފައެވެ. އެގޮތުން […]

އައިޝަތު އައިނީ އާމިރު
ނޮޅިވަރަމުގައި މާޖަހާ ކޯހެއް ކުރިއަށް ގެންގޮސްފި

ނޮޅިވަރަމުގައި މާޖަހާ ކޯހެއް ކުރިއަށް ގެންގޮސްފި

ހދ. ނޮޅިވަރަމުގައި ފަހާފޮށި ބޭނުންކޮށްގެން މާ ޖަހަން ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ނޮޅިވަރަމް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންނާއި، ސަރަންގު ޖަރީ އާއި ގުޅިގެން ބޭއްވި ޕްރޮގްރާމެކެވެ. މި ޖޫން މަހު 15 އިން 26 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރަމުގައި މުޅި ޖުމްލަ 22 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. ބައިވެރިވި ފަރާތްތަކަށް ފަހާފޮށި ބޭނުންކޮށްގެން މާޖެހުމަށާއި އެކި ކަހަލަ އުކުޅުތައް ދަސްކޮށްދިނުމުގައި ހަރަކާތްތެރިވެފައިވަނީ ސަރަންގު ޖަރީގެ އިންސް...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށި އާންމު ކުތުބްޚާނާގެ ފޮތްފާހަގަ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އާންމު ކުތުބްޚާނާގެ ފޮތްފާހަގަ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު

ކުޅުދުއްފުށި ސިޓީގައި ބާއްވާ އާންމު ކުތުބްޚާނާގެ ފޮތްފާހަގަ ކުރެހުމުގެ މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެގޮތުން މި މުބާރާތަކީ ކުޅުދުއްފުށި އާންމު ކުތުބްޚާނާއިން އިންތިޒާމްކޮށްގެން 6 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން 5 ޖުލައި 2025 ވާ ހޮނިހިރު ދުވަހު ބާއްވާ މުބާރާތެކެވެ. މި މުބާރާތާއި ގުޅިގެން ކުޅުދުއްފުށި އާންމު ކުތުބްޚާނާއިން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ފޮތްފާހަގަ ހަދަންޖެހޭނީ ކަނޑައަޅާފައިވ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ސައިކަލުތަކެއްގައި ރޯކޮށްލި ބަޔަކު 126,000ރ. ގެ ބަދަލެއް ދޭން ޖެހިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ސައިކަލުތަކެއްގައި ރޯކޮށްލި ބަޔަކު 126,000ރ. ގެ ބަދަލެއް ދޭން ޖެހިއްޖެ

ހދ. ކުޅުދުއްފުށީގައި ސައިކަލުތަކެއްގައި ރޯކޮށްލި ބަޔަކު އެ ސައިކަލުތަކަށް ލިބުނު ގެއްލުމުގެ ބަދަލަށް 126,000ރ. ދައްކަން އެރަށު ކޯޓުން ހުކުމްކޮށްފި އެވެ. ޖޫން, 2021 ގައި ކުޅުދުއްފުށީ ގެއެއްގެ ފެންޑާގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ރޯކޮށްލުމުން އެ ސައިކަލާއި އެތަނުގައި ހުރި އިތުރު ސައިކަލާއި ބެޓްރި ސައިކަލެއްގައި ރޯވެފައިވެ އެވެ. އެ އަމަލު ހިންގި ދެ މީހުންގެ މައްޗަށް ދައުލަތުން ދައުވާކޮށް, އެ މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވެ އެވެ. ސައިކަލުތަކުގެ ވެރިފަރާތުން ދައުވާކުރީ ސައިކަލުތަކަށް ލިބ...

ހުސައިން ހަބީބް
ހަނިމާދޫ ކައުންސިލާއި އެމްއައިޓީއީ ކޮލަޖާ ދެމެދު އެއްބަސްވުމެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލާއި އެމްއައިޓީއީ ކޮލަޖާ ދެމެދު އެއްބަސްވުމެއް

ހދ. ހަނިމާދޫގައި އިޔާދަކުރަނިވި ހަކަތައާއި ގުޅުންހުރި ކޯސްތަކެއް ކުރިއަށް ގެންދިއުމަށް ހަނިމާދޫ ކައުންސިލުން އެމް.އައި.ޓީ. ކޮލެޖާއެކު ފަހުމުނުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ކޯސްތަކަކީ ހއ އަތޮޅާއި ހދ އަތޮޅަށް އަމާޒުކޮށްގެން ހަނިމާދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކެކެވެ. މި އެއްބަސްވުމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވިދާޅުވީ، އަމާޒަކީ މިހިސާބުގެ މިފަދަ ގިނަ ކޯސްތައް ހަނިމާދޫއަށް ގެންދިއުން ކަމަށެވެ. އެގޮތުން ހަނިމާދޫގައި ވާނީ މިފަދަ ހަރަކާތްތައް...

އައިޝަތު އައިނީ އާމިރު
އަންހެނުންގެ ކޮމިޓީން ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފި 📍 ހދ. ކުޅުދުއްފުށި

އަންހެނުންގެ ކޮމިޓީން ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފި

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްސލިއުޑީސީ) އިން އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފިއެވެ. ޑަބްލިއުޑީސީން ފޭސްބުކުގައި އާންމުކުރި ޕޯސްޓުގައި ބުނެފައިވަނީ، ކުޅުދުއްފުށި ސިޓީގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބެހެއްޓުމުގެ މަޤުސަދަކީ، ރަށުގެ ރައްޔިތުން އިށީނދެ ހިތްހަމަ ޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުންބަދަހި ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ޖޯލިފަތިތައް ބެހެއްޓިފައިވާ ސަރަހައްދުތަކުގެ ތެ...

އައިޝަތު އައިނީ އާމިރު
ކޭއާރުއެޗުގެ އެކްސްޓެންޝަން ޢިމާރާތް ޑިޒައިންކޮށް ކުރެހުންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުގެ އެކްސްޓެންޝަން ޢިމާރާތް ޑިޒައިންކޮށް ކުރެހުންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގެ އެކްސްޓެންޝަން ޢިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ހަދައިދޭނެ ފަރާތެއް ހޯދުމަށް އެ ހޮސްޕިޓަލުން އިޢުލާނުކޮށްފިއެވެ. ކޭއާރުއެޗުން މިއަދު އާންމު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 ޖޫން 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 02 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން tender@health.gov.mv އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމުށެވެ. އަދި މި...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ އެއާޕޯޓްގެ ހިދުމަތް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތް މާލަސްތަކެއް ނުވެ ފެށޭނެ: އަމީން 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އެއާޕޯޓްގެ ހިދުމަތް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތް މާލަސްތަކެއް ނުވެ ފެށޭނެ: އަމީން

ހދ.ކުޅުދުއްފުށީގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓްގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އަމަލީ މަސައްކަތް މާލަސްތަކެއްނުވެ ފެށިގެންދާނެ ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި އަހަރު ފެބްރުއަރީ ހަވަނަ ދުވަހު ރައްޔިތުންމަޖިލިސް ހުޅުއްވައިދެއްވައި ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ވެސް މި އަހަރު ކުޅުދުއްފުށި...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ބާއްވާ ޕަންޗް ނީޑްލިންގ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ ޕަންޗް ނީޑްލިންގ ކޯހުގައި ބައިވެރިވުމަށް ފުރުޞަތު

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެޓްމޮސްފިއަރ ފައުންޑޭޝަން އިން ގުޅިގެން ކުޅުދުއްފުށީގައި ހިންގާ ޕަންޗް ނީޑްލިންގ ދަސްކޮށްދިނުމުގެ ތަމްރީނު ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި ތަމްރީނު ކޯހުގެ މަޤުސަދަކީ، އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ ނުވަތަ ވަޒީފާ އަދާ ނުކުރާ ކުޅުދުއްފުށި ސޓީގެ ރައްޔިތުންނަށް، ހާއްސަ ކޮށް އަންހެނުންނަށް އާމްދަނީ ހޯދުމަށް މަގުތަނަވަސް ކޮށްދިނުމަށެވެ. މީގެ އިތުރުން މި ތަމްރީނު ޕްރޮގްރާމަކީ، އުފައްދާ އުފެއްދުންތައް އިތުރު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއ...

އައިޝަތު އައިނީ އާމިރު
ޤައުމީ ފެންވަރުގައި ބާއްވާ ސްކޫލްތަކުގެ އެތުލެޓިކްސް މީޓް މާދަމާ ކުޅުދުއްފުށީގައި ފަށަނީ 📍 ހދ. ކުޅުދުއްފުށި

ޤައުމީ ފެންވަރުގައި ބާއްވާ ސްކޫލްތަކުގެ އެތުލެޓިކްސް މީޓް މާދަމާ ކުޅުދުއްފުށީގައި ފަށަނީ

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ޤައުމީ ފެންވަރުގައި ބާއްވާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 މާދަމާ ކުޅުދުއްފުށި ސިޓީގައި ފެށުމަށް ހަމަޖެހިއްޖެއެވެ. މި ޖޫން މަހު 21 އިން 26 އަށް ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ބާއްވާ މި 6 ދުވަހުގެ މުބާރާތުގައި އުތުރުގެ ސަރަހައްދުގެ 19 ސްކޫލަކުން 18 އުމުރުފުރާއެއް 108 އިވެންޓުގައި ވާދަކުރާ ގޮތަށް 725 އެތުލީޓުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި އެންމެ ގިނައިން […]

އައިޝަތު އައިނީ އާމިރު
📍 ހދ. ނޭކުރެންދޫ

ގެއްލިގެން ހޯދި ލަމިޔާ ފެނިއްޖެ، ހާލު ރަނގަޅު

ގެއްލިގެން ހޯދަމުން ދިޔަ ނޭކުރެންދޫ އަންހެންކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ހދ. ނޭކުރެންދޫ އަށް ނިސްބަތްވާ 18 އަހަރުގެ ޢައިޝަތު ލަމިޔާއެވެ. ލަމްޔާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ލަމްޔާ ފެނުނީ މާލެއިންނެވެ. ލަމްޔާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ. ނޭކުރެންދޫ ކުއްޖަކު މާލެއިން ގެއްލިގެން ހޯދަނީ ނޭކުރެންދޫ ކުއްޖަކު މާލެއިން ގެއްލިގެން ހޯދަނީ ލަމިޔާ ގެއްލުނީ 16 ޖޫން 2025 ވަނަ ދުވަހުގެ ރޭ 8:30 ގައި ފިހާރައަކަށް […]

ޔުމްނާ ޢަލީ