މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ޖަޕާނަށް M5.7 ގެ ބިންހެލުމެއް އަތުވެއްޖެ - 24 މިނިޓު ކުރިން
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ޤާއިމްކޮށް މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ޤާއިމްކޮށް މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއަށް

ހދ. ނެއްލައިދޫ ބަނދަރުގައި ޖެޓީއެއް ހެދުމާއި، އެރަށު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. މިމަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ހދ އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގައި، ނެއްލައިދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. އެމްޓީސީސީ އާއި ހަވާލުކުރެވުނު މި އެއްބަސްވުމުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމ...

އައިޝަތު އައިނީ އާމިރު
ނެއްލައިދޫ އާއި ނޮޅިވަރަމްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ އާއި ނޮޅިވަރަމްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ނެއްލައިދޫ އާއި އެ އަތޮޅު ނޮޅިވަރަމްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އެ ދެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ދެ ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. މި ދެރަށުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަ...

އައިޝަތު އައިނީ އާމިރު
ނެއްލައިދޫ އައު މިސްކިތާއި ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ އައު މިސްކިތާއި ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ނެއްލައިދޫ އައު މިސްކިތާއި ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނެއްލައިދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މި ތަންތަނުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނެއްލައިދޫ އައު މިސްކިތް ނެއްލައިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައް...

ޔުމްނާ ޢަލީ
ނައިވާދޫއަށް ފުރިހަމަ ފުޓްބޯޅަ ދަނޑެއް، މަގު ހަދައިދީ ކަރަންޓްގެ މައްސަލަ ވެސް ހައްލުކޮށްދޭނެ 📍 ހދ. ނައިވާދޫ

ނައިވާދޫއަށް ފުރިހަމަ ފުޓްބޯޅަ ދަނޑެއް، މަގު ހަދައިދީ ކަރަންޓްގެ މައްސަލަ ވެސް ހައްލުކޮށްދޭނެ

ހދ. ނައިވާދޫގެ ރައްޔިތުންނަށް ވަޞީލަތް ފުރިހަމަ ފުޓްބޯޅަ ދަނޑެއް އަޅައިދީ، ރަށުގެ މަގުތައް ހަދައި، ކަރަންޓްގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ. ރަށުގެ ތަރައްޤީއަށް ކުރައްވާނެ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ތަރައްޤީކުރުން ހިމެނޭއިރު، ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނީ ރައ...

ޔުމްނާ ޢަލީ
ނައިވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި 📍 ހދ. ނައިވާދޫ

ނައިވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ނައިވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނައިވާދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ނައިވާދޫ ކައުންސިލްގެ ރައީސް ޢަލީ ރަޝީދެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެ...

ޔުމްނާ ޢަލީ
ނާގޯށީގެ މަސައްކަތް ފެށުމަށް މަގުފަހިކޮށްދީ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން: ރައީސް

ނާގޯށީގެ މަސައްކަތް ފެށުމަށް މަގުފަހިކޮށްދީ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން: ރައީސް

ހދ. ނާގޯށީގެ މަސައްކަތް ފެށުމަށް އެމް.ޓީ.ޑީ.ސީ އަށް މަގުފަހިކޮށްދީ، އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ފާހަގަކުރެއްވީ ހދ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ހދ. އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު ނާގޯށީގެ މަސައްކަތް ފެށު...

ޔުމްނާ ޢަލީ
ނައިވާދޫ ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި 📍 ހދ. ނައިވާދޫ

ނައިވާދޫ ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ހދ. ނައިވާދޫ ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ތަންތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނައިވާދީޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. ނައިވާދޫ އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދްމް ޝަރީފު ޢުމަރެވެ. ނައިވާދޫ ކައުންސިލް އިދާރާގެ އިމާރާތް އަޅަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަ...

ޔުމްނާ ޢަލީ
ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި 📍 ހދ. ނައިވާދޫ

ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި

ހދ. ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ...

ޔުމްނާ ޢަލީ
ނައިވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހދ. ނައިވާދޫ

ނައިވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ނައިވާދޫގައި އޭޓީއެމްގެ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މިހައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ނައިވާދޫގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއި...

ޔުމްނާ ޢަލީ
ހަނިމާދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ހދ. ހަނިމާދޫގައި ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ހަނިމާދޫއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިންނެވެ. މި ކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޢިއްޒުއެވެ. ހަނިމާދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. މި ފުލ...

ޔުމްނާ ޢަލީ
ހަނިމާދޫގައި އަޅާ ހޮސްޕިޓަލްގެ ބިންގާ އަޅައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އަޅާ ހޮސްޕިޓަލްގެ ބިންގާ އަޅައިފި

ހދ. ހަނިމާދޫގައި ސަރުކާރުން ތަރައްގީކުރާ ހޮސްޕިޓަލްގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ހަނިމާދޫއަށް ކުރައްވާ ޒިޔާރަތުގައެވެ. ހަނިމާދޫގައި ސަރުކާރުން ތަރައްގީކުރާ ހޮސްޕިޓަލްގެ ބިންގާ އަޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ  ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. މި ހޮސްޕިޓަލް...

ޔުމްނާ ޢަލީ
ހަނިމާދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ހަނިމާދޫގެ އަވަށު ތެރޭގައި ބެހެއްޓި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. ހަނިމާދޫއިން އޭޓީއެމްގެ ޚިދުމަތް ލިބެމުން އަންނަތާ ދުވަސްތަކެއް ވެފައިވީނަމަވެސް، އެ އޭޓީއެމް ބަހައްޓާފައި ހުންނަނީ އެއާޕޯޓް ސަރަހައްދުގައެވެ. ހަނިމާދޫގެ އަވަށު ތެރޭގައި ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މިހައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ...

ޔުމްނާ ޢަލީ
ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ހަނިމާދޫއަށް ކުރައްވާ ޒިޔާރަތުގައެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސަތާރު ހަސަނެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑ...

ޔުމްނާ ޢަލީ
ހަނިމާދޫ ސްކޫލްގެ ކުރީގެ އިމާރާތް މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ބަދަލުކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލްގެ ކުރީގެ އިމާރާތް މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ބަދަލުކުރަނީ

ހދ. ހަނިމާދޫ ސްކޫލްގެ ކުރީގެ އިމާރާތް މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ބަދަލުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތިން ވަނަ މަންޒިލްގެ ގޮތުގައި ރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. 1993 ވަނަ އަހަރުން ފެށިގެން 2016 އާއި ހަމައަށް ހަނިމާދޫގައި ތައުލީމް ފޯރުކޮށްދިން ސްކޫލް މިހާރު […]

ޔުމްނާ ޢަލީ
ހަނިމާދޫ ސިއްހީ މަރުކަޒުގައި މިއަހަރު ޑަޔަލިސިސްގެ ޚިދުމަތް ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސިއްހީ މަރުކަޒުގައި މިއަހަރު ޑަޔަލިސިސްގެ ޚިދުމަތް ފަށަނީ

ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މިއަހަރު ނިމުމުގެ ކުރިން ޑަޔަލިސިސްގެ ޚިދުމަތް ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ހަނިމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ހަނިމާދޫގައި އަޅަން ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށޭނެކަން ފާހަގަކުރަށްވ...

ޔުމްނާ ޢަލީ