މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ނޭކުރެންދޫ ސިއްޙީ މަރުކަޒު އެކްސްޓަންޝަން އިމާރާތުގެ ބިންގާ އަޅައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ސިއްޙީ މަރުކަޒު އެކްސްޓަންޝަން އިމާރާތުގެ ބިންގާ އަޅައިފި

ހދ. ނޭކުރެންދޫ ޞިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ ބިންގާ އިއްޔެ އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ނޭކުރެންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނޭކުރެންދޫ ސިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމްއެވެ. މި...

ޔުމްނާ ޢަލީ
ވައިކަރަދޫ އާއި ނޭކުރެންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ އާއި ނޭކުރެންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ވައިކަރަދޫ އާއި ނޭކުރެންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ އެ ދެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ދެ ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. މި ދެރަށުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑި...

ޔުމްނާ ޢަލީ
ކުޅުދުއްފުށި އެއާޕޯޓުގެ ޕެސެންޖަރ ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އެއާޕޯޓުގެ ޕެސެންޖަރ ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލް އިތުރަށް ތަރައްޤީކޮށް އެއެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އައު އިމާރާތެއް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި އެއަރޕޯޓުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ކުޅުދުއްފުށީ ސިޓީ އަށް ކުރެއްވި ދަތުރުފުޅުގައެވެ. ކުޅުދުއްފުށީ ސިޓީ އެެއަރޕޯޓުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ...

އައިޝަތު އައިނީ އާމިރު
ވައިކަރަދޫގައި އަންނަ އަހަރު ކުރީކޮޅު ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި އަންނަ އަހަރު ކުރީކޮޅު ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރަނީ

ހދ. ވައިކަރަދޫގައި އަންނަ އަހަރުގެ ކުރީކޮޅު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ދެއްވައިފިއެވެ. އެމަނިކުފާނު މިޔަގީންކަން ދެއްވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވައިކަރަދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ވައިކަރަދޫގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދިނުމަކީ އެރަށު ކައުންސިލުންވެސް...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާއި ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާއި ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީގައި 2000 ހައުސިންގ ޔުނިޓު އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފިއެވެ. އެގޮތުން ރޭ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުއްޓިފައި ހުރި 400 ހައުސިންގ ޔުނިޓުގެ މަސައްކަތާއި އަލަށް ކުޅުދުއްފުށީގައި ތަރައްޤީކުރާ 2000 ހައުސިންގ ޔުނިޓުގެ މަސައްކަތްވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ...

އައިޝަތު އައިނީ އާމިރު
ޕްލޭނެއްގެ ދަށުން އަންނަ ނޮވެމްބަރު މަހު ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލެވޭނެ: ރައީސް 📍 ހދ. ކުޅުދުއްފުށި

ޕްލޭނެއްގެ ދަށުން އަންނަ ނޮވެމްބަރު މަހު ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލެވޭނެ: ރައީސް

ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން އަންނަ ނޮވެމްބަރު މަހު، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. ކުޅުދުއްފުށީގައި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ހޯދަމުންދިޔަކަން ފާހަގަކުރައްވ...

ޔުމްނާ ޢަލީ
އެއާޕޯޓް ވެގެންދާނީ މަކުނުދޫގެ އިޤްތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށް ހުޅުވޭ ދޮރާއްޓަކަށް: ރައީސް 📍 ހދ. މަކުނުދޫ

އެއާޕޯޓް ވެގެންދާނީ މަކުނުދޫގެ އިޤްތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށް ހުޅުވޭ ދޮރާއްޓަކަށް: ރައީސް

މަކުނުދޫ އެއާޕޯޓް ވެގެންދާނީ ރަށުގެ އިޤްތިސާދީ ކުރިއެރުން އެހެން ހަރުފަތަކަށް ގެންދިއުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މަކުނުދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގަައި ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން މަކުނުދޫގައި އެއާޕ...

ޔުމްނާ ޢަލީ
މަކުނުދޫ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކުރަން އެމްޓީސީސީއަށް، މަގުތައް ހަދަން އާރުޑީސީ އަށް 📍 ހދ. މަކުނުދޫ

މަކުނުދޫ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކުރަން އެމްޓީސީސީއަށް، މަގުތައް ހަދަން އާރުޑީސީ އަށް

ހދ. މަކުނުދޫ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް އަދި އެރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަބް އާރުޑީސީ އާއި މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މަކުނޫދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކަނޑިތީމު ހޯދައިފި 📍 ށ. ކަނޑިތީމު

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކަނޑިތީމު ހޯދައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2025” މުބާރާތުގެ ޗެމްޕިއަންކަން ކަނޑިތީމު ފުޓްބޯޅަ ޓީމު ހޯދައިފިއެވެ. ކަނޑިތީމު ފުޓްބޯޅަ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ މަގުލަސް ކްލަބާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 5-4 އިން ކުރި ހޯދައިގެންނެވެ.  އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމުުގައި ކުރިއަށް ގެންދިޔަ ފައިނަލް މެޗުގައި ވަރުގަދަ ކުޅުމެއް ދެ ޓީމުން ވެސް ދައްކައި، މެޗު ނިމުނީ ދެ ޓީމު އެއްވަރ...

އައިޝަތު އައިނީ އާމިރު
ބީއެމްއެލް އިން ކުޅުދުއްފުށި ސިޓީގައި އިތުރު ބްރާންޗެއްގެ ބިންގާ އަޅައިފި 📍 ހދ. ކުޅުދުއްފުށި

ބީއެމްއެލް އިން ކުޅުދުއްފުށި ސިޓީގައި އިތުރު ބްރާންޗެއްގެ ބިންގާ އަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޅުދުއްފުށި ސިޓީގައި އެ ބޭންކުގެ ދެވަނަ ބްރާންޗުގެ ބިންގާ އަޅައިފިއެވެ. މިއަދު ކުޅުދުއްފުށީގައި ކުރިއަށް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ކުޅުދުއްފުށި ސި...

އިބްރާހިމް އަސްވާޤް
ނޭކުރެންދޫގައި ފަތާ ޓްރެކެއް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ފަތާ ޓްރެކެއް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހދ. ނޭކުރެންދޫގައި ފަތާ ޓްރެކެއް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. މިއަދު އެރަށުގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ހަވާލުކުރެވުނު، މި މަޝްރޫއަކީ 8.72 ލައްކަ ރުފިޔާގެ އަގުގައި 120 ދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މަޝްރޫއެކެވެ. 1465 މީހުންގެ އާބާދީއެއް އުޅޭ ނޭކުރެންދޫއަކީ އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންގެ އާބާދީ ބޮޑު ރަށަކަށްވުމާއެކު، މި ފަތާ ޓްރެކް ތަރައްގީ ކުރުމުން ރަށުގެ ރައްޔިތުންނަށް ކަސްރަތު ކުރުމަށާއި މުނިފޫހިފިލުވުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެ...

އަލީ އާދިލް
ވައިކަރަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ވައިކަރަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މިއަދު ވައިކަރަދޫގައި ބޭއްވުނު ރަސްމިއްޔާތުގައި މި މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގ...

އަލީ އާދިލް
މަކުނުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި 📍 ހދ. މަކުނުދޫ

މަކުނުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި

ހދ. މަކުނުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފަށާފައި ވަނީ  ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު މަކުނުދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މަކުނުދޫގައި މި ޚިދުމަތް ފެށުމާއެކު، މިހާރު ހދ. އަތޮޅުގެ ދެ ރަށަކުން ޕާސްޕޯޓު ލިބޭނެއެވެ. ދެން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނީ ކުޅުދުއްފުށީ ސިޓީންނެވެ. ރާއްޖޭގެ މީހުން […...

ޔުމްނާ ޢަލީ
މަކުނުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ފިޓްނަސް ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ފިޓްނަސް ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ހދ. މަކުނުދޫގެ ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އަދި ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު މަކުނުދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ސިއްޙީ ވަޒީރު އަބްދުﷲ ނާޘިމް އިބްރާހިމެވެ. މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ހދ. ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި މިއަދު ހެނދުނުއެވެ. ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނޮޅިވަރަންފަރުގައި އަޅާ ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު...

ޔުމްނާ ޢަލީ