މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ މަށިކުޅީގެ ވިއުވިން ޕްލެޓްފޯމް ވަރަށް ހިތްގައިމު، ޔާސިރަށް ރޯޒޭގެ ޝުކުރު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަށިކުޅީގެ ވިއުވިން ޕްލެޓްފޯމް ވަރަށް ހިތްގައިމު، ޔާސިރަށް ރޯޒޭގެ ޝުކުރު

ކުޅުދުއްފުށި ސިޓީ މަށި ކުޅީގައި ތަރައްޤީކުރި ވިއުވިން ޕްލެޓްފޯމަކީ ވަރަށް ހިތްގައިމު ފުރުހަމަ މަސައްކަތެކެވެ. އެ ޕްލެޓްފޯމް އިއްުޔެ ރަސްމީކޮށް ހުޅުވިގެން ދިޔުމަކީ ސިޓީގެ ރައްޔިތުންނާއި، މަށިކުޅީގެ ވެށިން އުފަލާއި ހިތްހަމަޖެހިލުން ލިބިގަތުމަށް އެ ތަނަށް ޒިޔާރަތްކުރާ މީހުންނަށް މަށިކުޅީގެ ހިތްގައިމުކަން އޭގެ އެންމެ މަތީ ދަރަޖައަށް ހޯދުމަށް ސިޓީ ކައުންސިލުން ހުޅުވާލަދިން ފަހި ފުރުސަތެއްކަން ގައިމެވެ. އެތަން ފަރުމާކޮށްފައި ވަނީ މަށީގެ ވެށީގެ މުއްސަނދިކަން ފުރިހަމައަށް ބަލައިލެވޭނެ ގޮތަށެވެ. މި ވިއުވ...

އައިޝަތު އައިނީ އާމިރު
ތިލަދެކުނު ވޮލީ: ފިރިހެން ފައިނަލުގައި ހަނިމާދޫ އާއި ނޮޅިވަރަމު، އަންހެން ފައިނަލުގައި ހަނިމާދޫ އާއި ފިނޭ 📍 ހދ. ފިނޭ

ތިލަދެކުނު ވޮލީ: ފިރިހެން ފައިނަލުގައި ހަނިމާދޫ އާއި ނޮޅިވަރަމު، އަންހެން ފައިނަލުގައި ހަނިމާދޫ އާއި ފިނޭ

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ތިލަދެކުނު ވޮލީ މުބާރާތް 2025” ގެ ފައިނަލު މެޗުތައް މިއަދު ކުޅޭނެއެވެ. މި އަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ މެޗުތައް ވެސް ކުރިއަށް ދަނީ ނައިވާދޫގައެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މިއަދު ހަވީރުއެވެ. ހަވީރު 16:00 ގައި ފަށާ މި މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބާއި ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ […]

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު 100 ހައުސިން ޔުނިޓް އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތްތަކަށް ފަހު ފުރުސަތު 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު 100 ހައުސިން ޔުނިޓް އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތްތަކަށް ފަހު ފުރުސަތު

ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކުންކުރެ، އެ ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތުގައި ކުރިން ސޮއި ނުކުރާ ފަރާތްތަކާއެކު ހައުސިން ޔުނިޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފަރަސްޓްރަކްޗަރ އިން ހުޅުވާލައިފިއެވެ. މިފުރުސަތު ހުޅުވާލައި ހައުސިންގ މިނިސްޓްރީން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށް...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވެސް ސަރުކާރުގެ އައިނު ފިހާރައެއް ހުޅުވަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވެސް ސަރުކާރުގެ އައިނު ފިހާރައެއް ހުޅުވަނީ

ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކެއްގައި އައިނު ފިހާރަ ހުޅުވުމުގެ ގޮތުން މި ސަރުކާރުގެ މުހިންމު ސިޔާސަތުގެ ދަށުން ސަރުކާރުން މިހާރު ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗު) އާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ގައި އައިނު ފިހާރަ ހުޅުވުމުގެ މަސައްކަތް ކުރަމުންކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. މިކަން ހާމަކުރަށްވާފައި ވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ”ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ މަށި ކުޅީގައި ތަރައްޤީކުރި ވިއުވިންގ ޕްލެޓްފޯމް ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަށި ކުޅީގައި ތަރައްޤީކުރި ވިއުވިންގ ޕްލެޓްފޯމް ހުޅުވައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އާއި ގުޅިގެން ސިޓީގައި ތަރައްޤީކުރި ވިއުވިންގ ޕްލެޓްފޯމް ހުޅުވައިފިއެވެ. މިއަދު ހަވީރު މި ޕްލެޓްފޯމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، މި ޕްލެޓްފޯމް ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ، ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް ގެ ޗެއަރމަން ސައުދުالله ނަޢީމް އަދި ޔޫ.އެން.ޑީ.ޕީ ބެންކޮކް ރީޖަނަލް ގަވަރނަންސް އެޑްވައިޒަރ، މިސް ޑަޔާނާ ޓޯރެސް އެވެ. މިގޮތުން މި މަޝްރޫޢުގެ […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީން އަފީފުއްދީން ސްކޫލަށާއި ކޭއާރުއެޗަށް ފޮތް ހަދިޔާކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީން އަފީފުއްދީން ސްކޫލަށާއި ކޭއާރުއެޗަށް ފޮތް ހަދިޔާކޮށްފި

ކުޅުދުއްފުށި ސިޓީ ޕަބްލިކް ލައިބްރަރީން އެ ސިޓީގެ އަފީފުއްދީން ސްކޫލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގެ އެންޓިނޭޓަލް ކެއަރ ކްލިނިކަށް ފޮތް ހަދިޔާކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ޕްބަލިކް ލައިބްރަރީން ބުނެފައިވަނީ ތަޢުލީމަށް އެހީތެރިވެ، މުޖުތަމައުގައި އިލްމު ފެތުރުމުގެ މަޤްސަދުގައި، އިއްޔެ އަފީފުއްދީން ސްކޫލް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އެންޓިނޭޓަލް ކެއަރ ކްލިނިކަށް ގިނަ އަދަދެއްގެ ފޮތްތައް ހަދިޔާކޮށްފައިވާކަމަށެވެ.  އެގޮތުން މި ފޮތްތަކަކީ، އަފީފުއްދީން ސްކޫލްގެ ދަރިވަރު...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ސޯޝަލް އިނޮވޭޝަން ޕްލެޓްފޯރމް އެޕްރޯޗާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ސޯޝަލް އިނޮވޭޝަން ޕްލެޓްފޯރމް އެޕްރޯޗާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ކުޅުދުއްފުށި ސިޓީގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ 6 ޤައުމެއްގައި ބޭނުން ކުރަމުން އަންނަ ސޯޝަލް އިނޮވޭޝަން ޕްލެޓްފޯރމް އެޕްރޯޗާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ، ޔޫ.އެން.ޑީ.ޕީ ބެންކޮކް ރީޖަނަލް އޮފީހުގެ މަންދޫބުންގެ ތެރޭގައި ހިމެނޭ ރީޖަނަލް ގަވަރނަންސް އެޑްވައިޒަރ، މިސް ޑަޔާނާ ޓޯރެސް، އަދި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ޓީމްތަކާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަދި މިނިސްޓްރީ އޮފް ސިޓީޒް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ޓީމްތަކާއި ގުޅިގެން ކުރިއަށް...

އައިޝަތު އައިނީ އާމިރު
މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތަށް އިނާމް ހުށަހަޅަން ހުޅުވާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތަށް އިނާމް ހުށަހަޅަން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، އެ ކައުންސިލްގެ ޤުރުއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހުއެވެ. އިނާމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އިނާމަށް ހުށަހަޅުއްވާ ތަކެތި ކައުންސިލު އިދާރާއާއި ހަވާލުކޮށްދެއްވުމަށް އެ ކައުންސިލުން އެދެއެވެ. އިނާމުގެ ގޮތުގައި ފައިސާ ޓްރާންސްފާ ކުރަން ބޭނުންވާ ފަރާތްތަކުން، އެ […...

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު 100 ހައުސިން ޔުނިޓް ހިމެނޭ ސަރަހައްދުގައި މުހިންމު މަސައްކަތްތަކެއް ކުރަން ހަވާލުކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު 100 ހައުސިން ޔުނިޓް ހިމެނޭ ސަރަހައްދުގައި މުހިންމު މަސައްކަތްތަކެއް ކުރަން ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރު 1000 ހައުސިންގ ޔުނިޓުތައް ހިމެނޭހެން ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކުރަން އެރަށު އަލިރާ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް މިދިޔަ އޮގަސްޓް މަހު 23 ވަނަ ދުވަހު ނޮޅިވަރަންފަރު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ނޮޅިވަރަންފަރު ކައުންސިލުން ސޮއިކޮށްފައިވާއިރު އަލިރާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއިކުރެއްވީ އިސްހާގް އަޝްރަފް އެވެ. މި އެއްބަސްވުމުގެ ދަށުން، 100 ހައުސިން ޔުނިޓް ހިމެނޭ ސަރަޙ...

އައިޝަތު އައިނީ އާމިރު
ނެއްލައިދޫ ކައުންސިލުން ރަށުގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލުން ރަށުގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފި

ހދ. ނެއްލައިދޫ ކައުންސިލުން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ޖޯލިފަތި ބަހައްޓައިދީފިއެވެ. ނެއްލައިދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި ރަށުގައި ޖޯލިފަތި ބަހައްޓައދީފައިވަނީ ރައްޔިތުން އިށީނދެ ހިތްހަމަޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ މަޤުސަދުގައި ކަމަށެވެ. ކައުންސިލުގެ ފަރާތުން ރަށުގެ އެކި ސަރަހައްދުތަކުގައި ރައްޔިތުން އިށީނދެ ހިތްހަމަޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށާއި ދޭދޭފަރުދުންގެ މެދުގައި ގުޅުން ބަދަހިކުރު...

އައިޝަތު އައިނީ އާމިރު
ނޮޅިވަރަންފަރުގައި އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރު ކައުންސިލް އިދާރާގައި އިރުގެ ހަކަތަ އިން (ސޯލާ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމަށް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. އެގޮތުން ނޮޅިވަރަންފަރު ކައުންސިލް އިދާރާގައި އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމަށް ހަވާލުކުރީ އަލްޓްރާ އިންޖިނިއަރިން އެންޑް ޓްރޭޑިން އާއި އެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ 31 އޮގަސްޓް ވީ އާދީއްތަ ދުވަހު ނޮޅިވަރަންފަރު ކައުންސިލް އިދާރާގައެވެ. މި އެއްބ...

އައިޝަތު އައިނީ އާމިރު
"ކުޅުދުއްފުށީ ފައިވް ކޭ" މިހާތަނަށް އެ ސިޓީގައި ބޭއްވި އެންމެ ކާމިޔާބު ދުވުން 📍 ހދ. ކުޅުދުއްފުށި

"ކުޅުދުއްފުށީ ފައިވް ކޭ" މިހާތަނަށް އެ ސިޓީގައި ބޭއްވި އެންމެ ކާމިޔާބު ދުވުން

ކުޅުދުއްފުށީ ސިޓީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމަށްވާ “ކުޅުދުއްފުށީ ރަނާސް” އިން އިންތިޒާމް ކޮށްގެން، އެ ސިޓީގައި ބޭއްވި “ކުޅުދުއްފުށީ 5 ކޭ” ރޯޑް ރޭސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ރޭސް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު (5 ސެޕްޓެމްބަރ) ދުވަހުގެ ހެނދުނުއެވެ. މި ރޭހުގެ 5 ކިލޯ މީޓަރު ދުވުމުގެ ފިރިހެން ކެޓަގަރީން އެއްވަނަ ހޯދީ މުހައްމަދު މިރާސް އެވެ. ދެވަނައަށް މުހައްމަދު ފަސީލް ރޭސް ނިންމިއިރު ތިންވަނައަށް ރޭސް […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި މަސްބާނާ ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މަސްބާނާ ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

ކުޅުދުއްފުށި ސިޓީގައި މަސްބާނާ ޕްލެޓްފޯރމެއް ޤާއިމްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ ވަރަށް ގިނަ ޒުވާނުންނާއި އާންމުން ބޭނުންވާކަމަށް ވާތީ، މަސްބާނާ ޕްލެޓްފޯރމެއް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން ސިޓީ ކައުންސިލުން ވަނީ 3 ސެޕްޓެމްބަރ 2025 ގައި، މި މަސައްކަތުގެ އިންޖިނިއަރިންގ، އަރކިޓެކްޗަރަލް، ޕްލޭނިންގ އަދި ތިމާވެށީގެ ލަފާ ހޯދުމަށް ޝެރެޓް ސްޓޫޑިއޯ އާއި ހަވާލުކޮށްފައެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ޝެރެޓް ސްޓޫޑިއޯއާއި ވަނީ މަސްބާނާ ޕްލެޓ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ޔޫތު އެޑްވޮކަސީ ގައިޑް ވޯކްޝޮޕް ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ޔޫތު އެޑްވޮކަސީ ގައިޑް ވޯކްޝޮޕް ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ “ޔޫތް އެޑްވޮކަސީ ގައިޑް ވޯރކްޝޮޕް” ނިންމާލައިފިއެވެ. މި ސެޕްޓެމްބަރ މަހު 3 އިން 4 އަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޔުނިސެފް މޯލްޑިވްސް އާއި ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، ޖުމްލަ 15 ބައިވެރިން މި ވޯކްޝޮޕުގައި ބައިވެރިވެފައިވާއިރު، މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވާފައިވަނީ ނޭޕާލްގައި ޔޫތް އެޑްވޮކަސީ ޓްރެއިނިންގ ފުރިހަމަކުރައްވާފައިވާ، ޔޫތް އެޑްވޮކޭޓުން އަދި ޔުނިސ...

އައިޝަތު އައިނީ އާމިރު
ނައިވާދޫ ބަނދަރު މަރާމާތުގެ މަސައްކަތުގެ 39 އިންސައްތަ ނިމިއްޖެ 📍 ހދ. ނައިވާދޫ

ނައިވާދޫ ބަނދަރު މަރާމާތުގެ މަސައްކަތުގެ 39 އިންސައްތަ ނިމިއްޖެ

ހދ. ނައިވާދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫޢުގެ 39 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފިއެވެ. މި ވަގުތު ބަނދަރުގެ ސަރަހައްދުގައި ބަނދަރު ތޮށިލުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި ހަދަމުންދާ މި ބަނދަރުގެ މަސައްކަތުގެ ތެރޭގައި 72،257.88 ކިއުބިކް މީޓަރުގެ ފުންކުރުމާއި، ކޮނުމުގެ މަސައްކަތް ހިމެނެއެވެ. މ...

އަލީ އާދިލް