މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
އުތުރުގެ ދަނޑުވެރިންނަށް ދިމާވާ މައްސަލައަކީ މާކެޓްނެތުން: ކުމުންދޫ ކައުންސިލްގެ ރައީސް 📍 ހދ. ކުމުންދޫ

އުތުރުގެ ދަނޑުވެރިންނަށް ދިމާވާ މައްސަލައަކީ މާކެޓްނެތުން: ކުމުންދޫ ކައުންސިލްގެ ރައީސް

މިވަގުތު އުތުރުގެ ރަށްތަކުގެ ދަނޑުވެރިން ނަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ މާކެޓް ނެތުން ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް ކުރި ޓުވީޓެއްގައި ބުނެފިއެވެ. ކުމުންދޫ ކައުންސިލުގެ ރައީސް މިހެން ބުނެފައިވަނީ އިއްޔެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ ބޮޑު މަސްރޫޢެއް ފަށަން ތައްޔަރުވެފައިވާ ކަމަށް މިނިސްޓަރ ޒަހާ ވަހީދު އިޢުލާން ކޮށްފައިވަނިކޮށެވެ. ރާއްޖޭގެ ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދ...

ފާތިމަތު ސިނާޒާ
ވައިކަރަދޫގައި ކުޑަކުދިންގެ ޕާކް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފު ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ކުޑަކުދިންގެ ޕާކް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފު ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ވައިކަރަދޫ ކުޑަކުދިންގެ ޕާކް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފު ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފިއެވެ. އެރަށު ކައުންސިލް އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެސަރަޙައްދުގައި މިހާރު ހުރި ރުއްގަސް ބުޑާއެކުނަގާ ބިންސާފު ކުރުމުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ އަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 30 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:00 އަންދާސީހިސާބު ހުށަހެޅުވުމ...

ފާތިމަތު ސިނާޒާ
އެމްޑީއެން ގެ ރިޕޯޓް ހިރިމަރަދޫ އަދި ނެކުރެންދޫ ކައުންސިލުން ކުށްވެރިކޮށްފި 📍 ހދ. ނޭކުރެންދޫ

އެމްޑީއެން ގެ ރިޕޯޓް ހިރިމަރަދޫ އަދި ނެކުރެންދޫ ކައުންސިލުން ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އިސްލާމްދީނަށް ފުރައްސާރަ ކޮށްފާވާތީ އެޢަމަލު ހިރިމަރަދޫ އަދި ނޭކުރެންދޫ ކައުންސިލުން ކުއްވެރިކޮށްފިއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުތަކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ރިޕޯޓުގައި ކީރިތި ގުރުއާނުގައި ބަޔާންވެގެންވާ ކަންކަމަށް ފާޅުގައި ދެކޮޅުހަދާ މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ އަބުރުފުޅާއި ކަރާމާތައް އިހާނެތިކޮށް...

ފާތިމަތު ސިނާޒާ
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ އާ އިމާރާތެއް ހަދަނީ

ބޭންކް އޮފް މޯލްޑިވްސް ގެ ހދ. ކުޅުދުއްފުށި ބްރާންޗްގެ އައު އިމާރާތް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ. މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 އޮކްޓޫބަރ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ސެޝަންގައި ބައިވެރިވާން ބޭނުންފުޅުވާކަން ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ބޭންކަށް އަންގަވަން ޖެހިލައްވާނެއެވެ. މައުލޫމާތު ސާފުކުރުން އޮންނާނީ 2019 އޮކްޓޫބަރ 21 ވަނަ ދުވަހު މެންދުރު 14:00 ގައި ބޭންކް އޮފް މޯލްޑިވްސް...

އަޙްމަދު މުޖުތަބާ
އެމްޑީއެންގެ ރިޕޯޓް ކުރިނބީ ކައުންސިލުންވެސް ކުށްވެރިކޮށްފި 📍 ހދ. ކުރިނބީ

އެމްޑީއެންގެ ރިޕޯޓް ކުރިނބީ ކައުންސިލުންވެސް ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރަށްސާރަކޮށް ނެރުނު ރިޕޯޓު ހދ ކުރިނބީ ކައުންސިލުންވެސް ކުއްވެރިކޮށް ނޫސް ބަޔާނެއް ނެރެފިއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން ކުރިނބީ ކައުންސިލުގެ 3 ކައުންސިލަރުން ސޮއިކޮށް ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ އެމް.ޑީ.އެން އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމް ދީނާއި މާތް ނަބިއްޔާ މުޙައްމ...

އަޙްމަދު މުޖުތަބާ
އަދާލަތު ޕާޓީން މަކުނުދޫ ދާއިރާގެ ތަރައްޤީއަށް ހުރަސްއަޅާކަމަށް ރާއީ ތުހުމަތު ކުރައްވައިފި 📍 ހދ. މަކުނުދޫ

އަދާލަތު ޕާޓީން މަކުނުދޫ ދާއިރާގެ ތަރައްޤީއަށް ހުރަސްއަޅާކަމަށް ރާއީ ތުހުމަތު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވަނީ އަދާލަތު ޕާޓީން މަކުނުދޫ ދާއިރާ އަދި ވައިކަރަދޫ ދާއިރާގެ ތަރައްޤީއަށް ހުރަސް އަޅާ ކަމުގެ ތުހުމަތު ކުރައްވައިފައެވެ. މިއަދުގެ މަޖިލިސް ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ރާއީ ވިދާޅުވީ މަކުނުދޫ ދާއިރާގެ ގޮނޑި ވަދެފަ އާޔަތެއް ކިޔާފަ، ނިންމާފަ އާޔަތެއް ކިޔާފަދާ ޕާޓީގެ މެމްބަރަކަށް ލިބިގެނެއް ދާއިރާ ކުރިއެއް ނާރާނެކަމަށެވެ. ރާއީ ދެން ވިދާޅުވީ އަޅުގަނޑު ހަރުއަޑުން ކުއްވެރިކުރަން އަދާލަ...

އަޙްމަދު މުޖުތަބާ
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި - ކޮޗިން ފެރީ: އިމިގްރޭޝަންގެ ކަންބޮޑުވުން

ހދ ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ކަނޑު މަގުން ފަށަން އުޅޭ ފެރީ ދަތުރުގެ ޚިދުމަތާ މެދު ކަންބޮޑުވުންތައްކެއް ހުރި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. އިމިގްރޭޝަން އިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ މިއަދު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު ކުރެއްވުމުން ދެއްވި ޖަވާބުގައެވެ. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު ކުރެއްވީ ކޮޗިން އަދި ކުޅުދުއްފުއްޓާ ދެމެދު ފެރީ ދަތުރު ފަށައިގެން، އޭގެއިން ދަތުރުކުރާ މީހުންގެ ރެކޯޑްސްތައް […]

ޔުމްނާ ޢަލީ
މޯލްޑިވިއަންއިން ހެޔޮ އަގެއްގައި ހަނިމާދޫއިން ކޮޗިންއަށް 📍 ހދ. ހަނިމާދޫ

މޯލްޑިވިއަންއިން ހެޔޮ އަގެއްގައި ހަނިމާދޫއިން ކޮޗިންއަށް

ގައުމީ އެއަރލައިން މޯލްޑިވިއަން އިން ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ އަގުތައް ކަނޑައަޅައިފިއެވެ. އެގޮތުން ހަނިމާދޫއިން ކޮޗިންއަށް އަދި ކޮޗިން އިން ހަނިމާދޫއަށް ދެކޮޅު ޓިކެޓްގެ އަގަކީ 10556 އިންޑިއާ ރުޕީސްއެވެ. މިއީ ގާތްގަނޑަކަށް 2290 ރުޕީޔާއެވެ. މާލެއިން ކޮޗިންއަށް އަދި ކޮޗިންއިން މާލެއަށް ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 9397 އިންޑިއާ ރުޕީސްއަށް އުޅޭއިރު އެއީ ގާތްގަނޑަކަށް 2038 ދިވެހި ރުފިޔާއެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބައިލްއަޤްވާމީ 9 މަންޒިލަކަށް ދަތު...

ފާތިމަތު ސިނާޒާ
ރާއްޖޭގެ ފުރަތަމަ ބީޗް ސްޕޯޓްސް ފެސްޓިވަލް ކުޅުދުއްފުށީގައި ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ރާއްޖޭގެ ފުރަތަމަ ބީޗް ސްޕޯޓްސް ފެސްޓިވަލް ކުޅުދުއްފުށީގައި ބާއްވަނީ

ޑަބުލިއު ސްޕޯޓްސް އެކަޑަމީ (ޑަބުލިއުއެސްއޭ) އިން އިންތިޒާމު ކޮށްގެން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާއި ކުޅުދުއްފުށީ ކައުންސިލާއި ގުޅިގެން ކުޅުދުއްފުށީގައި ބީޗް ގޭމްސް ފެސްޓިވަލެއް ބާއްވަން އިއުލާންކޮށްފިއެވެ. ނޮވެމްބަރ 13 ން 16 އަށް ކުޅުދުއްފުށީ ހިއްކި ބިން ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި ސްޕޯޓްސް ފެސްޓިވަލްގައި ޖުމްލަ 5 ކުޅިވަރެއް ހިމެނޭއިރު އެ ކުޅި...

އަޙްމަދު މުޖުތަބާ
📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކައުންސިލުން ވެސް އެމް.ޑީ.އެން ގެ ރިޕޯޓް ކުށްވެރިކޮށްފި

ހދ.ނޮޅިވަރަމް ކައުންސިލުން “ޕްރިލިމިނަރީ، އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީ.އެން) ނެރުނު ރިޕޯޓް ކުށްވެރިކޮއްފިއެވެ. މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީ.އެން) “ޕްރިލިމިނަރީ، އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓްގައި، މާތްވެގެންވާ އިސްލާމްދީނާއި މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަ ކޮށްފައިވާތީ، އެރަށުގެ ރައްޔިތުންނާއި ކައުންސިލުން އެޢަމަލު އެންމެ ހަރުކަށި ޢިބާ...

ފާތިމަތު ސިނާޒާ
ހަނިމާދޫ ސްކޫލްގެ ދެމަސައްކަތެއް ކުރާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް ޢިއުލާން ކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލްގެ ދެމަސައްކަތެއް ކުރާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް ޢިއުލާން ކޮށްފި

ހަނިމާދޫ ސްކޫލްގައި ސެން ކްލާސް ރޫމު ހެދުމުގެ މަސައްކަތާއި، ޕްލޭ ސްކޫލް ދަރިވަރުންނަށް ޕްލޭ އޭރިއާއަށް ހަދައިދޭނެ ބަޔަކު ހޯދަން ކުރި ޢިއުލާނުތަކަށް އެއްވެސް ބަޔަކު ކުރިމަތިލާފައި ނުވާތި އެދެމަސައްކަތް އަލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާނު ކޮށްފިއެވެ. ސެން ކްލާސް ރޫމު ހެދުމުގެ މަސައްކަތާއި، ގުޅޭގޮތުން ކޮށްފައިވާ ޢިއުލާނުގައިވަނީ  އެމަސައްކަތުގެ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 އޮކްޓޯބަރު 15 އިން 2019 އޮކްޓޯބަރު 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް، ހަނިމާދޫ [...

ޔުމްނާ ޢަލީ
އެމް.ޑީ.އެން ގެ ރިޕޯޓް ކުޅުދުއްފުށި ކައުންސިލުން ވެސް ކުށްވެރިކޮށްފި 📍 ހދ. ކުޅުދުއްފުށި

އެމް.ޑީ.އެން ގެ ރިޕޯޓް ކުޅުދުއްފުށި ކައުންސިލުން ވެސް ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އިސްލާމްދީނަށް ފުރައްސާރަ ކޮށްފާވާތީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ކައުންސިލުން އެ ޢަމަލު ކުއްވެރިކޮއްފިއެވެ.ް އެމް.ޑީ.އެން އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި ނެރުނު ރިޕޯޓްގައި އިސްލާމްދީނަށާއި މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ނިސްބަތްކޮށް ވަރަށް ހުތުރު ގޮތަކަށް ފުރައްސާރަ ކޮށްފައިވާތީ އެކަން އެރަށުގެ ރައްޔިތުންނާއި އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ އަމަލަކީ އެ ޖަމިއްޔާއިން...

ފާތިމަތު ސިނާޒާ
ނޭކުރެންދޫ ކުޑަކުދިންގެ ޕާކު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކުޑަކުދިންގެ ޕާކު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފި

ހދ ނޭކުރެންދޫ ކުޑަ ކުދިންގެ ޕާކު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފިއެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް މައޫޒު އިބްރާހިމް ވިދާޅުވީ މިއީ ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ އެހީތެރިކަމާއިއެކު ކުރި މަސައްކަތެއް ކަމަށެވެ. މައޫޒު އިތުރަށް ވިދާޅުވީ ކައުންސިލްގެ ބޭނުމަކީ މި ޕާކުގެ ސަބުބުން ތުއްތު ކުދިން މައިންބަފައިންނާއެކު ގޮސް އުފާވެރި ހިތްގައިމު މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލާ ކުޅެލާ ހެދުންކަމަށެވެ. މިފަދަ ޕ...

އަޙްމަދު މުޖުތަބާ
ގޯލްޑެން ފުޓްސަލް ޗެލެންޖް: ޕެނަލްޓީ ޖަހައިގެން އޭދަފުށިން ނައިވާދޫ ބަލިކޮށްފި 📍 ހދ. ނައިވާދޫ

ގޯލްޑެން ފުޓްސަލް ޗެލެންޖް: ޕެނަލްޓީ ޖަހައިގެން އޭދަފުށިން ނައިވާދޫ ބަލިކޮށްފި

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިހާރު ހުޅުމާލޭގައި ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ދެ ވަނަ ބުރުގައި ހދ. ނައިވާދޫއާ ބ. އޭދަފުށި ވާދަކުރިމެޗް ފުރިހަމަ ވަގުތުކުޅެ އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ނައިވާދޫ ބަލިވެއްޖެއެވެ. ޕެނަލްޓީޖަހައިގެން އޭދަފުށި މެޗް ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ޕެނަލްޓީ އޭދަފުއްޓަށް ވަނީ ނާކާމިޔާބުވެފައެވެ. ނައިވާދޫގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރެވިފައިވީނަމަވެސް ފަހުން ޖެހި ދެޕެނަލްޓީވެސްވަނީ ނާކާމިޔާބުވެފައެވެ. ހދ. ނައިވާދޫއާ...

ހުސައިން ހަބީބް
ކުރިނބީ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ސޮއިކޮށްފި 📍 ހދ. ކުރިނބީ

ކުރިނބީ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ސޮއިކޮށްފި

ހދ. ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ސޮއިކޮށްފިއެވެ. އަފްރާޙް އެމްޑީޕީއަށް ސޮއިކޮށްފައިވަނީ، މިރޭ އެމްޑީޕީގެ އައު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. އަފުރާހުއަކީ ވޭތުވެދިޔަ ތިން ދައުރުގައިވެސް ކުރިނބީ ކައުންސިލްގެ އިންތިޚާބު ކާމިޔާކޮށްފައިވާ، ފަރާތެކެވެ. ފުރަތަމަ ދައުރުގައި އަފްރާޙް ޑީއާރުޕީއިން އިންތިޚާބުވެ، ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާއިރު، ދެވަނަ ދައުރުގައި ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބުކޮށް ކައުންސިލްގެ މެމްބަރުކަ...

ޔުމްނާ ޢަލީ