📍 ހދ. ކުރިނބީ
ކޮޅިގަނޑެއްގައި ޖެހުނު ކުރިނބީ ދޯންޏެއްގައި ތިބި 19 މީހުންނަށް އެމްއެންޑީއެފްއިން އެހީވެއްޖެ
ކޮޅިގަނޑެއްގައި ޖެހުނު ކުރިނބީ ދޯންޏެއްގައި ތިބި 19 މީހުންނަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ގަދަ ކޮޅިގަނޑެއްގައި ޖެހި ދަތުރު ނުކުރެވިގެން ސިފައިންގެ އެހީއަށް އެދުމުން ކޯސްޓްގާޑްގެ އެހީތެރިކަމާއި އެކު ދޯނީގައި ތިބި މީހުން ހދ.ކުރިނބިިއަށް ގެންގޮސްދީފި ކަމަށެވެ. މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ 19:27 ގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އެހީތެރިކަމަށް އެދިފައިވަނީ ހދ. ކުރިނބީ މަސްލަހަތު ނަމަކަށް ކިޔާ ދޯންޏެކެވެ. މިއަދު ހަވީރ...