📍 ހދ. ނެއްލައިދޫ
ނެއްލައިދޫގެ ބަނދަރުގެ ހާލަތު ގޯސްވެ، އޮޑިވެރިން ނުނިދާ ރޭވެސް ދަމު ފޯރިއަށް!
އިރުވައި މޫސުމުގެ “ހަޅަ” ޖަހަމުންދާތީ މުޅި ރާއްޖެ އަށް ވެސް ވައިގަދަވެ އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރަމުންދާ މިދުވަސް ވަރުގައި ހދ ނެއްލައިދޫ ރައްޔިތުން ރޭވެސް ތިބެން ޖެހުނީ ނުނިދާ ފާރައަށެވެ. ނެއްލައިދޫ ބަނދަރަކީ ރާއްޖޭގެ އެހެން ރަށްރަށުގެ ބަނދަރުތަކާއި ހިލާފަށް ބަނދަރުތެރޭގައި ތުންޑިޔެއް ތިލަވެފައިވާ ބަނދަރެކެވެ. މިދިޔަ މަޖިލިސް އިންތިހާބަށް ބަނދަރުތެރޭ އުފެދިފައިވާ ވެލިގަނޑު ނަގާ އާންމު ހާލަތަށް ގެނެސްފައި ވީނަމަވެސް އަނެއްކާ އެވެލިގަނޑު ބަނދަރުތެރެއަށްވަދެ މިވަނީ ދަތިރަކ...