މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
ނޮޅިވަރަންފަރުން 5 ގަސް ބަބުކެޔޮ ކުއްޔަށް ދޫކުރަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުން 5 ގަސް ބަބުކެޔޮ ކުއްޔަށް ދޫކުރަނީ

5 ގަސް ބަބުކެޔޮ ކުއްޔަށް ދޫކުރަން ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ އިން މިއަދު އިޢުލާންކޮށްފިއެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ (50/A,B) ހުސްބިމިގައި ހުރި ރައްޔިތުންގެ 05 ގަސް ބަބުކެޔޮ މީލާދީ 1 އަހަރުދުވަހުގެ މުއްދަތަށް (އެސަރަހައްދު ކޮންމެ ހަފްތާ އަކު 3 ދުވަހު ކުނިކާ ސާފުކުރުމަށް ޝަރުތުކޮށް) ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ. އެކައުންސިލުން ކުރި އިޢު...

އިބްރާހިމް އަސްވާޤް
ނޮޅިވަރަމުން ގޯތި ލިބޭ 75 މީހުންގެ ލިސްޓު އާންމުކޮށްފި

ނޮޅިވަރަމުން ގޯތި ލިބޭ 75 މީހުންގެ ލިސްޓު އާންމުކޮށްފި

ހދ. ނޮޅިވަރަމުން ދިރިއުޅުމަށް ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓް ނޮޅިވަރަމު ކައުންސިލުން އާންމު ކޮށްފިއެވެ. ނޮޅިވަރަމުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 75 ބަންޑާރަ ގޯތި ދޫކުރުމަށް މިދިޔަ އަހަރުގެ ފެބުރުއަރީ 14 ވަނަ ދުވަހު ކުރި އިއުލާނާއި ގުޅިގެން ގޯތި ހޯދުމަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ގޯތި ލިބޭ 75 މީހުންގެ ލިސްޓު އެރަށު ކައުންސިލުން އިއުލާނު ކުރީ މިއަދު އެވެ. އެރަށު ކައުންސިލުން މިއަދު ކުރި […]

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފި

ހދ. ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ އެސިއްޚީމަރުކަޒަށް އައު އޮފީސް އިމާރާތެއް އިތުރު ކުރުމުގެ މަސައްކަތެވެ. އެރަށު ސިއްޚީ މަރުކަޒަށް އެއައު އޮފީސް އިމާރާތް އިތުރުވުމާއިއެކު ކުރީގެ އޮފީސް އިމާރާތުގެ ތެރޭގައި ލެބޯޓަރީއަށް އެކަށޭނަ ޖާގަ ލިބިގެންދާނެ ކަމަށް ނޮޅިވަރަންފަރު ކައުންސިލް ނައިބު ރައީސް އަހުމަދު ވަހީދު ބުންޏެވެ. އަހުމަދު ވަހީދު އިތުރަށް ބުނީ އިތުރ...

ޝިއުނާ އާދަމް
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފި

އުތުރުގެ ވައިގެ ދޮރާށި، ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާރ ޕޯރޓުގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފިއެވެ. އޮބްޒާވްކުރުމަށް ސިވިލް އޭވިއޭޝަނުން ބޭފުޅުން ބައިވެރިވި، މިފަހަރުގެ އެކްސަސައިޒް ބާއްވާފައިވަނީ އިއްޔެ ހަވީރު 16:30 އިން ރޭގަނޑު 19:00 އަށެވެ. މި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް ބާއްވާފައިވަނީ މި ހަރަކާތާއި ގުޅުންހުރި ހަނިމާދޫގައި ހުރި މުއަސްސަސާތައް ގުޅިގެންނެވެ. އެގޮތުން އެމްއެންޑީއެފް، ޕޮލިސް، ހަނިމާދޫ ސިއްހީ މަރުކަޒު، ކަސްޓަމްސް، އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ...

ޝިއުނާ އާދަމް
ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތަކެއް ކައުންސިލްތަކާއި ހަވާލުކޮށްފި 📍 ހދ. ފިނޭ

ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތަކެއް ކައުންސިލްތަކާއި ހަވާލުކޮށްފި

ހދ. ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތައް ކައުންސިލްތަކާއި މިއަދު ހަވާލުކޮށްފިއެވެ. އެރަށްތަކުގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތައް ކައުންސިލްތަކާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސ...

ޝިއުނާ އާދަމް
ހދ. ފިނޭ ތިލަ: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް 📍 ހދ. ފިނޭ

ހދ. ފިނޭ ތިލަ: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގަ...

ޙުސައިން ޘަޤީފް
ހަނިމާދޫގައި ބޭއްވި ވަރކްޝޮޕް ދިފާއުކޮށް އެމްޑީޕީން ބަޔާނެއް ނެރެފި

ހަނިމާދޫގައި ބޭއްވި ވަރކްޝޮޕް ދިފާއުކޮށް އެމްޑީޕީން ބަޔާނެއް ނެރެފި

ހދ. ހަނިމާދޫގައި ބޭއްވި ވަރކްޝޮޕް ދިފާއުކޮށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބަޔާނެއް ނެރެފިއެވެ. ފަރުދުންގެ މެދުގައި ދީނީ ގޮތުން ޚިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަ ތަކެއްކަމަށާއި އެކަންކުރުމުގައި އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާކަން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އެމްޑީޕީއިން ދެމިސާލެއްވަނީ ފާހަ...

އަލީ އާދިލް
މަކުނުދޫ އަދި ކުމުންދޫއަށް ފެނަކަ އެމްޑީ ޒިޔާރަތް ކުރައްވައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ އަދި ކުމުންދޫއަށް ފެނަކަ އެމްޑީ ޒިޔާރަތް ކުރައްވައިފި

މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީގެ ދަޢުވަތަކަށް ހދ. މަކުނުދޫ އަދި ހދ ކުމުންދޫއަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ޒިޔާރަތް ކުރައްވައިފިއެވެ. އިއްޔެ ހެނދުނު ހދ. މަކުނުދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ފެނަކައިގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި ސައީދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަން އިން ދެމުން ގެންދާ ހުރިހާ ހިދުމަތެއް އެއްވެސް ތަފާތު ކުރުމެއްނެތި ދެމުން ގެންދާނެ ކަމަށެވެ. އަދި ފެނަކައިންދޭ އެއްވެސް ހިދުމަތެއް އެއްވެސް ތަފާތު ކުރުމެއ...

ޝިއުނާ އާދަމް
ނެއްލައިދޫ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮއްސި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮއްސި

ހދ ނެއްލައިދޫ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮއްސި އެވެ. ނެއްލައިދޫކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ އެރަށުގެ ބަނދަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނާއި މީހުން މިއަދު އެރަށް ގޮސްފައިވާ ކަމަށެވެ. މިއަދު އެމްޓީސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނިން ޕްރޮޖެކްޓުތައް ކުރިއަށްގެންދާ ރަށްރަށުގައި މަސައްކަތްކުރާނެ ސްކިލްޑް އަދި އަން ސްކިލްޑް މުވައްޒަފުން...

އިބްރާހިމް އަސްވާޤް
ލޯން ސްކީމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލަވުމެއް ކުޅުދުއްފުށީ ސިޓީގައި ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ލޯން ސްކީމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލަވުމެއް ކުޅުދުއްފުށީ ސިޓީގައި ބާއްވަނީ

މަތީ ތައުލީމު އުނގެނުމަށް ބޭނުންވާ ދަރިވަރުންނަށް ސަރުކާރުގެ ފަރާތުން ދެމުންދާ ލޯން ސްކީމާއި، ފުރަތަމަ ޑިގްރީ ސްކީމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލަވުމެއް ކުޅުދުއްފުށީ ސިޓީގައި ބާއްވަން ހަމަޖެހިއްޖެއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި، ކުޅުދުއްފުށީ ކައުންސިލާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 2030 ގައި ހދ. ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައިއެވެ. All are invited to the Information Session […]

ޔުމްނާ ޢަލީ
ޖޫނިއަރ ހޭންޑްބޯލް ރެފްރީ ކޯހެއް ހދ އަތޮޅުގެ ޒުވާނުންނަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ޖޫނިއަރ ހޭންޑްބޯލް ރެފްރީ ކޯހެއް ހދ އަތޮޅުގެ ޒުވާނުންނަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ބާއްވަނީ

ކުޅުދުއްފުށީ ސިޓީގައި ޖޫނިއަރ ހޭންޑްބޯލް ރެފްރީ ކޯހެއް ހިންގަން ނިންމައި އެކޯހުގައި ބައިވެެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ހދ. އަތޮޅުގެ ޒުވާނުންނަށް ހުޅުވާލައިގެން ކުޅުދުއްފުށީ ސިޓީގައި ހިންގަން ނިންމާފައިވާ ޖޫނިއަރ ހޭންޑްބޯލް ރެފްރީ ކޯސް ހިންގަނީ “ހޭންޑްބޯލް މޯލްޑިވްސް” އެސޯސިއޭޝަނާއި ކުޅުދުއްފުށި ކައުންސިލް ގުޅިގެންނެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 16 އަހަރުން މަތީގެ ފަރާތްތަކަށެވެ. ކޯސް ހިންގަން ހަމަޖައްސާފައިވަނީ މިފެށޭ މާރިޗް މާރޗް 2 އިން 6 އަށެވެ. މިކޯ...

ޝިއުނާ އާދަމް
ހދ އަތޮޅު ޤުރުއާން މުބާރާތް މިއަހަރު ނޮޅިވަރަމުގައި ބާއްވަން ނިންމައިފި

ހދ އަތޮޅު ޤުރުއާން މުބާރާތް މިއަހަރު ނޮޅިވަރަމުގައި ބާއްވަން ނިންމައިފި

ހދ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތް މިއަހަރު ނޮޅިވަރަމުގައި ބާއްވަން ހދ އަތޮޅު ކައުންސިލުން ނިންމައިފި އެވެ. ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ހޯދުމަށް ކައުންސިލުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު އެކަމަށް ޝައުގުވެރިކަންފާޅުކޮށްފައި އޮތީ ނޮޅިވަރަމުން އެކަންޏެވެ. އަތޮޅު ޤުރުއާން މުބާރާތަކީ އަތޮޅުގެ ރަށު ކައުންސިލްތަކުގެ މެދުގައި ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު ބައިވެރިވާ މުބާރާތެވެ. މިއަހަރުގެ އޭޕްރީލް 16 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހދ އަތޮޅުގެ ގިނަ ރަށްރަށު...

ޔުމްނާ ޢަލީ
މަކުނުދޫއަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމުގެ ވައުދު ނުފުއްދާތީ ރާއީގެ ސުވާލު މިނިސްޓަރ އަމީންއަށް 📍 ހދ. މަކުނުދޫ

މަކުނުދޫއަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމުގެ ވައުދު ނުފުއްދާތީ ރާއީގެ ސުވާލު މިނިސްޓަރ އަމީންއަށް

ހދ. މަކުނުދޫއަށް އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމުގެ ވައުދުފުޅު، ވެރިކަމަށް 1 އަހަރު ފުރިގެން ދިޔައިރުވެސް ތަންފީޒުކުރެވިފައި ނުވާތީ އެއީ ކީތްވެގެންތޯ އާއި އަދި އެކިއެކި ތާރީޚްތައް ދެއްވައި އަދިވެސް އެކަން ނުވެ ވަނީ ކީތްވެގެންތޯ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ، މިއަދު ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާއި ސުވާލު ކުރައްވައިފިއެވެ. މަކުނުދޫގެ ޞިއްޙީ ނިޒާމުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން، މިނިސްޓަރާއި ރާއީ ސުވާލުކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލ...

ޔުމްނާ ޢަލީ
ހދ.ކުޅުދުއްފުށީ އިސްރަށްވެހިންނަށް މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި 📍 ހދ. ކުޅުދުއްފުށި

ހދ.ކުޅުދުއްފުށީ އިސްރަށްވެހިންނަށް މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހދ.ކުޅުދުއްފުށީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން “އިސްރަށްވެހިންގެ މައިޒާން” ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޕަބްލިކް އެފެއަރޒް އެންޑް ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓްގެ ފަރާތުން ހިންގާ އަމާންވެށި ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކުޅުދުއްފުށީ އިސްރަށްވެހިންނަށް ތަފާތު ގިނަ މައުލޫމާތުތަކެއް ވަނ...

ޔުމްނާ ޢަލީ
އަމީރު އަމީން ޕްރީ ސްކޫލުގެ ބެލެނިވެރިންނާއި މުދައްރިސުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި 📍 ހދ. ކުޅުދުއްފުށި

އަމީރު އަމީން ޕްރީ ސްކޫލުގެ ބެލެނިވެރިންނާއި މުދައްރިސުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހދ. ކުޅުދުއްފުށި އަމީރު އަމީން ޕްރީ ސްކޫލުގެ ބެލެނިވެރިންނާއި މުދައްރިސުންނަށް މަޢުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި، ސައިބަރ ކްރައިމް އިންވެސްޓިގޭޝަން ޔުނިޓް ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ އެ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ދަރިންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަނ...

އިބްރާހިމް އަސްވާޤް