ހަނިމާދޫގައި ތިބި ނިއުގެ ސަޕޯޓަރުން ނިއުއަށް އެހީވުމުގެ ހަރަކާތެއް ހިންގައިފި
ހދ. ހަނިމާދޫގައި ތިބި ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ސަޕޯޓަރުން އެކްލަބަށް އެހީވުމަށް ފަންޑް ރެއިސް ކުރުމުގެ ހަރަކާތެއް ހަނިމާދޫގައި ހިންގައިފިއެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކްލަބް، ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ހަނިމާދޫގައި ތިބި ސަޕޯރޓަރުން، މިއަދު ހަވީރު 16:00 ގައި ހަނިމާދޫ ސްޓާރޓިންޕޮއިންޓް ފިހާރަ ދޮރުމަތީގައި ކުރިއަށް ގެންދިޔަ އެހަރަކާތުގައި، ނިއުގެ ޖާރޒީ ވިއްކުމާއިއެކު ފަންޑް ރެއިސްކުރުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އެރަށުގައި ހުންނަ ސްޓާރޓިންގ ޕޮއިންޓުގެ ވެރިފަރާތ...