މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
ވިއްސާރައިގައި 1338 ފަތްކެޔޮ ގަސް ވެއްޓިފައިވޭ: ވައިކަރަދޫން ކައުންސިލް 📍 ހދ. ވައިކަރަދޫ

ވިއްސާރައިގައި 1338 ފަތްކެޔޮ ގަސް ވެއްޓިފައިވޭ: ވައިކަރަދޫން ކައުންސިލް

މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ހދ. ވައިކަރަދޫން 1338 ފަތްކެޔޮ ގަސް ވެއްޓިފައިވާކަމަށް ހދ ވައިކަރަދޫ ކައުންސިލުން ބުނެފިއެވެ. ވައިކަރަދޫ ކައުންސިލުން ބުނެފައިވަނީ މިހާރު ކުރާމުން މިދާ ވިއްސާރައިގައި އެރަށު ރައްޔިތުންނަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މި މަހުގެ 21 އަދި 22 ވަނަ ދުވަހު އެކަނިވެސް ދަނޑުތަކުން 1338 ފަތްކެޔޮ ގަސް ވެއްޓިފައިވާ ކަމަށާއި އޭގެ ތެރޭގައި ފަތްކެޔޮ ގަހުން ކެޔޮގަނޑު އައިސްފައިވާ 439 ހިމެނޭ [...

ޖަލްވާން ޖާދުﷲ
ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު އާންމުކޮށްފި 📍 ހދ. ކުޅުދުއްފުށި

ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު އާންމުކޮށްފި

00ހދ. އަތޮޅުގެ ރައްޔިތުން އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އާންމުކޮށްފި އެވެ، އަތޮޅުތެރޭ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީގައި ހުރި އޭޓީއެމް ގެ ޚިދުމަތް ބޭނުންހިފުމަށް ކުރާދަތުރުތަކުގައި އަމަލުކުރާނެ އުސޫލު ހދ. އަތޮޅު ކައުންސިލް އިން އާންމުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މި އުސޫލަކީ ފުރަބަންދުގެ ހާލަތުގައި އަތޮޅުގައި އޭޓީއެމް ޤާއިމްކުރެވިފައި ނެތް ރަށްރަ ރައްޔިތުންނަށް، ބޭންކު އޮފް މޯލްޑިވްސްގެ ބޭނ...

އަލީ އާދިލް
ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއު އުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއު އުވާލައިފި

ހދ. ކުޅުދުއްފުށީ ކައުންސިލުން އެ ސިޓީގައި ހިންގާފައިވާ ކާފިއު އުވާލައިފި ކަމަށް އެކައުންސިލުން ބުނެފިއެވެ. މިރޭ އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާ ނެތް ރަށް ތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމަށް ނިންމުމާއި ގުޅިގެން ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު މިވަގުތަށް ނިމުމަކަށް ގެނައުމަށް ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން ނިންމާފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރާކަމަށެވެ. ޖަމާއަތަށް ދިއުމުގައި މި ދަނޑިވަޅުގައި ސިއްހީ މާހިރުންގެ ލަފަޔަށް ބޯލެބުމަށް އިލް...

ޔުމްނާ ޢަލީ
ކޮޅިގަނޑެއްގައި ނިކަ ގަހެއް ވެއްޓި ފިނޭ ރައްޔިތުންގެ ގެސްޓު ހައުސް ހަލާކުވެއްޖެ 📍 ހދ. ފިނޭ

ކޮޅިގަނޑެއްގައި ނިކަ ގަހެއް ވެއްޓި ފިނޭ ރައްޔިތުންގެ ގެސްޓު ހައުސް ހަލާކުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރޭ އައި ކޮޅިގަނޑެއްގެ ވައިގައި، ފިނޭ ރައްޔިތުންގެ ގެސްޓުހައުސް މައްޗަށް ނިކަ ގަހެއް ވެއްޓި، ގެސްޓު ހައުސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ. ފިނޭ ރައްޔިތުންގެ ގެސްޓުހައުސް މައްޗަށް ނިކަ ގަހެއް ވެއްޓި، ގެސްޓު ހައުސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި ކޮޅިގަނޑު އައީ ރޭ 10:30 ހާއިރުކަމަށް ފިނޭ ކައުންސިލްގެ ރައީސް ހަސަން ރަޝީދު ވިދާޅުވިއެވެ. ފިނޭ ރައްޔިތުންގެ ގެސްޓުހައުސްއަކީ ހަރަތު ކޮޓަރީގެ ގެސްޓު ހައުސްއެކެވެ. އެ ގެސްޓުހައުސް މިހާރު […]

ޔުމްނާ ޢަލީ
ވައިކަރަދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ވައިކަރަދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ހދ.ވައިކަރަދޫއަށް ރޭ  ގަދަ ވަޔާއިއެކު ކުރި ވިއްސާރައިގައި އެރަށު ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ވައިކަރަދޫ ކައުންސިލުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިކަރަދޫގެ ދަނޑުތަކަށް އެކި ވަރުގެ ގެއްލުންތައް ދަނީ ލިބެމުންކަމަށާއި ޚާއްޞަކޮށް ފަތްކެޔޮ ދަނޑުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށެވެ. https://www.facebook.com/837248249635520/posts/3506993355994316/?d=n އެ ރަށުން  ވާހަކަ ދެއްކި މީހަކު ބުނީ ރޭގެ ވަގުތެއްގައި އައި ގަދަ ވަޔާއިއެކު ރަށުގެ ބައެއް ދަނޑުތަކަށް ބޮޑެ...

ޖަލްވާން ޖާދުﷲ
ހެޕީމާކެޓުން ހަނިމާދޫއަށް އެހީތެރިކަން ފޯރުކޮށްދީފި 📍 ހދ. ހަނިމާދޫ

ހެޕީމާކެޓުން ހަނިމާދޫއަށް އެހީތެރިކަން ފޯރުކޮށްދީފި

ޮކޯވިޑް-19 ހާލަތުގައި ހދ. ހަނިމާދޫގެ ފްރޮންޓް ލައިނުގައި މަސައްކަތްކުރާ މީހުންބޭނުން ކުރުމަށް ހެޕީ މާކެޓްގެ ފަރާތުން ހަނިމާދޫއަށް ސެނިޓައިޒާ ހަދިޔާ ކޮށްފިއެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއް ސަލާމް ޢަލީ ވިދާޅުވީ، ކޯވިޑް-19 ގެ މިހާލަތުގައި ހަނިމާދޫގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން ބޭނުން ކުރުމަށް ހެޕީމާކެޓްގެ އެހީތެރިކަމުގައި ސެނިޓައިޒާ ލިބިފައި ވާކަމަށެވެ. ސަލާމް ވިދާޅުވީ ދަތުރު ފަތުރުގެ ތާށިކަމުގެ ސަބަބުން ހެޕީމާކެޓުން އެރަށަށް ފޯރުކޮށްދޭ އިތުރު ތަކެތި ލިބުން ލަސްވެފައި ވިޔަސް...

ޔުމްނާ ޢަލީ
ޚަލީލުގެ ގަލަމުން ހަނިމާދޫ ސްކޫލުގެ ހަނދާންތައް 📍 ހދ. ހަނިމާދޫ

ޚަލީލުގެ ގަލަމުން ހަނިމާދޫ ސްކޫލުގެ ހަނދާންތައް

19 މެއި 2020 މިއަދަކީ ހަނިމާދޫ ސްކޫލުގެ ފަންސާސް އެއްވަނަ އަހަރީ ދުވަހެވެ. އަޅުގަނޑުވެސް ތަޢުލީމު ހާސިލުކުރީ ހަނިމާދޫ ސްކޫލުންނެވެ. އުންގެނުމުގެ މަރުހަލާގެ އެތައް އަހަރެއް އެތަނުގައި ހޭދަކުރެވިފައި ވުމާއިއެކު، ހަނިމާދޫ ސްކޫލުގެ ނަންގަނެވުނު ކޮންމެ ވަގުތެއްގައި ނުވަތަ ކޮންމެ ތަނެއްގައި، އެ ދުވަސްވަރާއި ގުޅޭ ގިނަ ހަނދާންތަކެއް އާވެގެންދާނެކަމީ ދެބަސް ވެވެން ނެތް ހަޤީޤަތެވެ. މިފަދަ ހަނދާންތަށް ނުވަތަ މި ޚިޔާލުތަށް އެއްކޮށް ލިޔެ ހުއްސާކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ނަމަވެސް ކޮންމެވެސް މިންވަރެއ...

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު ސްކޫލް: ޚިދުމަތުގައި 51 އަހަރު 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ސްކޫލް: ޚިދުމަތުގައި 51 އަހަރު

ޕޯޗްގީޒުންގެ އަނީވެރި ވެރިކަން ދިވެހިރާއްޖެއިން ފޮހެލައި، ދިވެހިންގެ ގައުމު ދިވެހިންނަށް ހޯދަވައިދެއްވުމަށްފަހު މުޙައްމަދު ތަކުރުފާނު ރަސްކަމަށް އިސްވެ ފެއްޓިވި މަސައްކަތްޕުޅުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްމަސައްކަތަކީ ދީނީ ތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތްޕުޅެވެ. އެދުވަސްވަރު ދިވެހިރާއްޖޭގައި ތިއްބެވި މަދު އިލްމުވެރިންގެ ބޭނުންހިއްޕަވާ އެބޭފުޅުންގެ އެހީތެރިކަމާއި މަދަދާއިއެކު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިނީތައުލީމު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސެވިއެވެ. އެގޮތުން...

ތިލަދުން
ދިވެއްސަކު އަތުން ލިޔެ، އިހަވަންދޫ މާ މިސްކިތަށް ވަޤުފުކޮށްފައިވާ ޤުރުއާން ފޮތް ފޮށި 📍 ހއ. އިހަވަންދޫ

ދިވެއްސަކު އަތުން ލިޔެ، އިހަވަންދޫ މާ މިސްކިތަށް ވަޤުފުކޮށްފައިވާ ޤުރުއާން ފޮތް ފޮށި

މިއީ، މީގެ އެތައް ސަތޭކަ އަހަރެއް ކުރީން ދިވެއްސަކު އަތުން ލިޔެ ޖަމާކޮށްފައިވާ ޤުރުއާން ފޮތްފޮއްޓެކެވެ. 30 ޖުޒުއު ވަކީން 30 ފޮތުގައި ލިޔެ، ކޮންމެ ފޮތެއްގެ ފެށުމުގައި މުސްކުޅި ތާނައަކުރަކުން އެއް ޞަފްޙާގެ ތަޢާރަފެއް ލިޔެފައިވެއެވެ. މިޒަމާނު މީހަކަށް ދޭހަވާން އުނދަގޫ ގޮތްތަކެއް ހުރި ކަމުގައި ވިޔަސް، މި ލިޔެފައިވަނީ “އިހަވަންދޫ އިބްރާހީމް މުސްކުޅި ދޮންކަލޯ” ނަމަކަށް ކިޔާ ބޭކަލެއްކަން ދޭހަވެއެވެ. އަދި އިހަވަންދޫ މާ މިސްކިތަށް ފޮތްބައި ވަޤުފުކޮށް “ޢުޘްމާނު ކަލޯ” ނަމަކަށް ކިޔާ […]

ތިލަދުން
ކޯވިޑް-19: ނޮޅިވަރަންފަރު ސްކޫލުގެ އަހަރީ ހަދިޔާ ފްރޮންޓް ލައިނުގައި މަސައްކަތް ކުރާ މުއައްސަސާތަކަށް 📍 ހދ. ނޮޅިވަރަންފަރު

ކޯވިޑް-19: ނޮޅިވަރަންފަރު ސްކޫލުގެ އަހަރީ ހަދިޔާ ފްރޮންޓް ލައިނުގައި މަސައްކަތް ކުރާ މުއައްސަސާތަކަށް

ހދ. ނޮޅިވަރަންފަރު ސްކޫލްގެ 51 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން، ކޯވިޑް-19 އާއި ގުޅިގެން އެރަށުގެ ފްރޮންޓް ލައިންގައި އިސްކޮށް މަސައްކަތް ކުރާ މުއައްސަސާތަކަށް އެހީތެރިކަންދީ، އެފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި އެކުގައި ތިބިކަން ދައްކުވައި ދީފިއެވެ. މިގޮތުން ނޮޅިވަރަންފަރު ސްކޫލުން ވަނީ ކޯވިޑް-19 އާއި ގުޅިގެން އެރަށުގައި އިސްކޮށް މަސައްކަތްކުރާ 3 މުއައްސަސާއަކަށް، ނޮޅިވަރަންފަރު ސްކޫލަށް މިއަހަރު ފުރޭ 51 އަހަރާއި ގުޅުވައިގެން 51 ފޭސް ޝީލްޑް ހަދައި، ހަދިޔާކޮށްފައިއެވެ. ނޮޅިވަރަންފަރު ސްކޫލ...

ޔުމްނާ ޢަލީ
ޕްރެގާރސް އެމްވީގެ އެހީތެރިކަން ހަނިމާދޫއަށް 📍 ހދ. ހަނިމާދޫ

ޕްރެގާރސް އެމްވީގެ އެހީތެރިކަން ހަނިމާދޫއަށް

ކޯވިޑް-19 ގެ ހާލަތުގައި ހދ. ހަނިމާދޫއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ޕްރެގާރސް އެމްވީގެ ފަރާތުން 1000 އަންގި ހަނިމާދޫ ކައުންސިލަށް ހަދިޔާކޮށްފިއެވެ. ޕްރެގާރސް އެމްވީ ގެ ފަރާތުން ހަދިޔާކުރި އަންގި ހަނިމާދޫ ކައުންސިލަށް ހަވާލު ކޮށްދިނީ ހުސެން ޝާފިޢު އަލީ އެވެ. ހަނިމާދޫ ކައުންސިލް އެތަކެއްޗާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް އަބްދުލް ސަލާމް ޢަލީ އެވެ. މި ތަކެއްޗާއި ހަވާލުވެއްވުމަށްފަހު ދެއްކެވި ވާހަކާގައި ކައުންސިލްގެ ރައީސް ސަލާމް ވިދާޅުވީ މިފަދަ ދަޑިވަޅެއްގައި ޕްރެގާރސް އެމްވީ މިހަދީ...

ޔުމްނާ ޢަލީ
އައްޑޫ ކްލަބަކުން ހަނިމާދޫއަށް އެހީތެރި ވެދީފި 📍 ހދ. ހަނިމާދޫ

އައްޑޫ ކްލަބަކުން ހަނިމާދޫއަށް އެހީތެރި ވެދީފި

ކޯވިޑް-19 ހާލަތުގައި ބޭނުން ކުރެވޭނެ ބައެއް ތަކެތި، އައްޑު އަތޮޅުގެ ހިތަދޫއަށް ނިސްބަތްވާ ފުޓްބޯޅަ ކުލަބެއް ކަމުގައިވާ އެފްސީ ޒެފިއާ އިން ހދ. ހަނިމާދޫއަށް ހަދިޔާ ކޮށްފިއެވެ. މިގޮތުން މިއަދު ހަދިޔާ ކުރި މިތަކެތި އެފްސީ ޒެފިއާގެ ފަރާތުން ހަނިމާދޫ ކައުންސިލަށް ހަވާލު ކޮށްދެއްވީ އަޙުމަދު ނާފިޒްއެވެ. ހަނިމާދޫ ކައުންސިލްގެ ފަރާތުން އެތަކެއްޗާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް އަބްދުލް ސަލާމް ޢަލީ އެވެ. ” ރާއްޖޭގެ ދެ ބިތުގައި ތިބި ކަމުގައި ވިޔަސް ދިވެހިންނަކީ އެއްބައިވަންތަ އަހުވަންތަ ބައެއްކަން […]

ޝިއުނާ އާދަމް
ރައްކާތެރިވެލައްވާށެވެ. ގޭގައި މަޑުކޮށްދެއްވާށެވެ. : މަކުނުދޫ ކައުންސިލް 📍 ހދ. މަކުނުދޫ

ރައްކާތެރިވެލައްވާށެވެ. ގޭގައި މަޑުކޮށްދެއްވާށެވެ. : މަކުނުދޫ ކައުންސިލް

ކޯވިޑް-19 ފެތުރެމުން ދާ މި ދަނޑިވަޅުގައި ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ ނަންގަވައި، ރައްކާތެރިކަމަށް އިސްކަންދީ، ގޭގައި މަޑުކޮށްދިނުމަށް ހދ. މަކުނުދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މަކުނުދޫ ކައުންސިލުން އާންމުކޮށްފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ މިދުވަސްވަރު އެއްވެސް ބޭނުމެއްނެތި ގެއިން ބޭރަށް ނިކުތުމާއި، ސައިކަލުގައި ފިނިބުރުޖެހުމާއި، މައިޒާންތަކަށް އެއްވުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ” ކޯވިޑް -19 ރޯގާ އާއި ގުޅިގެން އާއްމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަ...

ޝިއުނާ އާދަމް
މަކުނުދޫގައި ޕީޕީއީ ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ދީފި 📍 ހދ. މަކުނުދޫ

މަކުނުދޫގައި ޕީޕީއީ ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ދީފި

ހދ. މަކުނުދޫގެ ސިއްހީ މަރުކަޒުގެ ރެޕިޑް ރެސްޕޯންޑް ޓީމަށް ކޯވިޑް-19 ކޭސްތަކާއި ގުޅިގެން މަސައްކަތް ކުރާ މީހުން ރައްކާތެރިވުމަށް ބޭނުން ކުރާ ޕީޕީއީ ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ދީފިއެވެ. އެ ސިއްހީ މަރުކަޒުން ހާމަކުރަށްވާފައިވާ ގޮތުގައި އެ މަރުކަޒުގެ ރެޕިޑް ރެސްޕޯންޑް ޓީމަށް ޕީޕީއީ ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ދީފައި ވަނީ 13 މެއި 2020 ވަނަ ދުވަހުއެވެ. https://www.facebook.com/113868523358014/posts/250099766401555/ މީގެ އިތުރުން އެ މަރުކަޒުން ވަނީ އެރަށުގެ ޖަމާއަތްތެރީން ނަށްވެސް ޕީޕީއީ ބޭނުން […...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގެ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސްް އިތުރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސްް އިތުރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގެ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް 10 ދުވަސް އިތުރުކޮށްފި އެވެ. ކުޅުދުއްފުށީގެ ލޮކްޑައުންގެ މުއްދަތު ހަމަވާނީ މި މަހުގެ 23 އެވެ. ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ލޮކްޑައުން އިޢުލާންކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ. ލޮކްޑައުން ލުއިކުރުމަށް ފަހު، ހެނދުނު 6:00 އިން މެންދުރު 3:30 އާ ހަމައަށް ޒަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް ނުކުމެއުޅެވޭނެ ގޮތް ހަމަޖެއްސީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. ކާފިއުގެ ވަގުތު، ކައުންސިލްގެ ހުއްދައާ ނުލައި […]

އަލީ އާދިލް