މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީއިން ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީއިން ފަށައިފި

ހދ. ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ. އެމްޓީސީސީ އިން ބުނީ ހަނިމާދޫ ބަނދަރުގެ ބޮޑުކުރުމުގެ މަސައްކަތުގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް އެޕްރޫވް ވުމާއެކު، ބަނދަރުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން ޖޫން އެއްވަނަ ދުވަހުން ފެށިގެން އެކްސްކެވޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެމްޓީސީއިން ބުނެފައިވަނީ މި މަސައްކަތުގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް އެޕްރޫވް ވެފައި ވަނީ މިމަ...

ޔުމްނާ ޢަލީ
ނޭކުރެންދޫ ކަނޑޫފާ ހަލާކުވާން ފެށީ ބޭނުން ކުރުން ހުއްޓާލެވުނު ފަހުން: ޓިންޓިން 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކަނޑޫފާ ހަލާކުވާން ފެށީ ބޭނުން ކުރުން ހުއްޓާލެވުނު ފަހުން: ޓިންޓިން

ހދ. ނޭކުރަންދޫ ކަނޑޫފަލުގެ ހެކްޓަރަކަށް ވުރެ ބޮޑު ސަރަހައްދަކުން ކަނޑޫ ގަސްތައް އެއްކޮށް މަރުވެފައިވާއިރު، މިފަދައިން ނޭކުރަންދޫ ކަނޑޫފާ ހަލާކުވާންފެށީ އެތަން ހިމާޔަތް ކޮށް، އާދަކާދައިގެމަތިން އެތަނުގެ ބޭނުން ކުރުން ހުއްޓާލެވުނު ފަހުން ކަމަށް ކަލްޗްރަލް ހެރިޓޭޖްގެ މެނޭޖަރު އަދި ހދ. ވައިކަރަދޫ ކައުންސިލްއަށް އައްޔަންކުރި ކައުންސިލަރު އަހުމަދު ހާޝިމް (ޓިންޓިން) ވިދާޅުވެއްޖެއެވެ. އޭޝިއާގައި އޮތް ތިންވަނައަށް އެންމެ ބޮޑު ކަނޑޫފާ ކަމަށްވާ ނޭކުރެންދޫ ކަނޑޫފަލުގެ ފޮޓޯތައް ހިމަނުއްވާ ޓިންޓިން ކުރެއްވި ޓ...

އަޙްމަދު ވަހީދު
ނޭކުރެންދޫ ކަނޑޫފާ ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކަނޑޫފާ ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައި

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި އޮންނަ ކަނޑޫ ފަލަކީ ރާއްޖޭގައި އޮތް އެންމެ ބިޔަ އެއް ކަނޑޫފަލެވެ. ދުނިޔޭގެ ތިމާވެށި ދުވަސް އަޅުގަނޑުމެންނާއި ބައްދަލުކުރިއިރު މިވަނީ ޤުދުރަތީ މި ބޮޑު ހަދިޔާ އަޅުގަނޑުމެން އަތުން ބީވެދާނެ ކަމުގެ ބިރު ހީވެފައެވެ. ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޒާހިރު “ތިލަދުން” އަށް ވިދާޅުވީ، އެރަށުގެ ކަނޑޫފަލުން ހެކްޓަރަކަށް ވުރެ ބޮޑު ސަރަޙައްދަކުން ކަނޑޫ ގަސްތައް އެއްކޮށް މަރުވެފައިވާ ކަމަށެވެ. މިސަރަހައްދުން ވަނީ ކުދި ގަސްތަކުން ފެށިގެން ބޮޑެތި ގަސްތަކާއި...

ޙުސައިން ޝަހުދީ
ކުރުކުރާއި ހިއްތަލަ ކޮނުމަށް އަދި ކަނޑޫ ހޮވަން ނޮޅިރަމް ކައުންސިލުން ދީފައިވާ ހުއްދަ ބާތިލުކޮށްފި 📍 ހދ. ނޮޅިވަރަމް

ކުރުކުރާއި ހިއްތަލަ ކޮނުމަށް އަދި ކަނޑޫ ހޮވަން ނޮޅިރަމް ކައުންސިލުން ދީފައިވާ ހުއްދަ ބާތިލުކޮށްފި

ހދ. ނޮޅިވަރަމް ވަލުން ކުރުކުރާއި، ހިއްތަލަ ކޮނުމަށް އަދި ކަނޑޫފަލުން ކަނޑޫ ހޮވަން އެރަށުގެ ރައްޔިތުންނަށް ނޮޅިވަރަމް ކައުންސިލުން ދީފައިވާ ހުއްދަ އެ ކައުންސިލުން ބާތިލުކޮށްފިއެވެ. ނޮޅިވަރަމްގައި ކުރުކުރާއި، ހިއްތަލަ ކޮންނަނަމުން އަންނަނީ އަދި ކަނޑޫ ހޮޮވަމުން އަންނަނީ އެރަށުގެ ކައުންސިލުން ހުއްދަދޭ މުއްދަތެއްގެ ތެރޭގައެވެ. ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބްރާޙީމް ރަޝީދު “ތިލަދުން” އަށް ވިދާޅުވީ މިފަހަރު ހުއްދަ ދީފައި އޮންނަތާ މަހެއް ވަރު ވެއްޖެ ކަމަށެވެ. ނަމަވެސް މީގެ ކުރިން އެ ހުއްދަ ދެނީ އެންމ...

ޝިއުނާ އާދަމް
ކޭއާރުއެޗްއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗްއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، ކޯވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީއަށް ދިމާވާދަތިތަކާއި، އެ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން އެސިޓީގެ ރައްޔިތުން މަޖިލީހުގެ 2 މެންބަރުންނާއި، އެ ސިޓީގެ ކައުންސިލް މެންބަރުންނާއި، ހޮސްޕިޓަލުގެ އިސްވެރިން ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން ޞިއްޙީ ދާއިރާގެ މަޢުލޫމާތު ދެއްވުމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމ...

ޔުމްނާ ޢަލީ
ކޯވިޑް-19: އައިސޮލޭޝަނުގައި ހުރި ވައިކަރަދޫ މީހަކު ނިޔާ ވެއްޖެ 📍 ހދ. ވައިކަރަދޫ

ކޯވިޑް-19: އައިސޮލޭޝަނުގައި ހުރި ވައިކަރަދޫ މީހަކު ނިޔާ ވެއްޖެ

ކޯވިޑް-19 އަށް ޕޮޒިޓިވްވެގެން ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައި ހުރި އުމުރުން 89 އަހަރުގެ ހދ. ވައިކަރަދޫ އަންހެނަކު ނިޔާ ވެއްޖެއެވެ. ނިޔާވެފައި ވަނީ ވައިކަރަދޫ ކަށިމާގޭ ރުގިއްޔާ އަލީ އެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 6:20 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ކޯވިޑް ބަލީގެ އިތުރު މީހަކު ނިޔާ ވުމާއިއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު ވަނީ 7 އަރާފައެވެ. ކުރިން މިބަލީގައި ވަނީ 3 ދިވެހިންނާއި، ބަންގްލަދޭޝް 3 މީހުން […]

ޝިއުނާ އާދަމް
ހަނިމާދޫ މިސްކިތު ފެންތާނގީތައް ސާފުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ މިސްކިތު ފެންތާނގީތައް ސާފުކޮށްފި

ހދ. ހަނިމާދޫ އަންހެން ކަނބަލުންގެ އެދުމުގެ މަތިން ހަނިމާދޫ ދެކުނުއަވަށަށް ނިސްބަތްވާ ރޫޙް ޓީމުން އިސްނަގައިގެން އެރަށު އަންހެން ނަމާދު ކުރަމުން އައި މިސްކިތު ގޯތިތެރޭގައި ހުރި ފެންތާނގިތައް ސާފު ކޮށްފިއެވެ. މިކަމާއި ގުޅިގެން މައުލޫމާތު ޙިއްސާ ކުރަމުން ރޫޙްޓީމް ގެ ހަސަން މޫސާ ވިދާޅުވީ ގިނަދުވަސްތަކެއް ވަންދެން ތާނގިތައް ސާފުނުކޮށް ހުރުމުގެ ސަބަބުން ތާނގިތައްވަނީ ވަރަށްބޮޑަށް ހަނޑިވެފައި ކަމަށެވެ. އެހެން ކަމުން މަޤުސަދަކީ ރަށުގެ ރައްއިތުންނަށް ސާފު އަދި ރައްކާތެރި ފެން މި ތާނގިތަކުން ފޯރުކޮށް ދިނު...

ޔުމްނާ ޢަލީ
ފިނޭގައި ފެން ބޮޑުވުމުން އެމްއެންޑީއެފުން އެހީތެރި ވެއްޖެ 📍 ހދ. ފިނޭ

ފިނޭގައި ފެން ބޮޑުވުމުން އެމްއެންޑީއެފުން އެހީތެރި ވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހދ. ފިނޭއަށް ބޯކޮށް ވާރޭ ވެހި، އެރަށުގެ ބައެއް ސަރަޙައްދު ތަކުގައި ބޮޑުވެފައިވާ ފެން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކޮށްފިއެވެ. އެމްއެންޑީއެފް ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހދ. ފިނޭއަށް ބޯކޮށް ވާރޭ ވެހި އެރަށުގެ ބައެއް ސަރަޙައްދު ތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ނޯތު އޭރިއާގެ ސިފައިން ރޭގައި ކޮށްފައި ވާކަމަށެވެ. Mihaaru raajje ah […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެއްޖެ

ކުޅުދުއްފުށީ ސިޓީއަށް ކުރި ވިއްސާރައިގައި އެސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ މީހުން ދިރިއުޅޭ ގެތަކަށް ފެން ވަނުމުގެ ސަބަބުން ކައުންސިލްގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ރިޕޯޓް ކޮށްފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން ބުނީ އެސިޓީގެ 02 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ކުރެވިފައި ވާކަމަށެވެ. އަދި ތިން ވަނަ ސަރަހައްދެއްގައި ކޯރު ކޮނެ ފެން ބޮޑުވެފައިވާ ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އެ ކައުންސިލުން...

ޔުމްނާ ޢަލީ
ހަނިމާދޫއަށް 21 ގަޑިއިރު ތެރޭ 153މމ ވާރޭ ވެހިއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫއަށް 21 ގަޑިއިރު ތެރޭ 153މމ ވާރޭ ވެހިއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރޭ މެންދަމު ބާރައިން ފެށިގެން މިރޭ 21:00 ނިޔަލަށް، ހދ. ހަނިމާދޫއަށް 153 މިލިމީޓަރުގެ ވާރޭ ވެހިއްޖެއެވެ. ހަނިމާދުއަށް ބޯކޮށް ވެހެމުންއައި ވާރޭގެސަބަބުން އެރަށުގެ ބައެއް ސަރައްހައްދުތަކަށް ފެންބޮޑުވެ އަދި ބައެއް ގޯތި ތެރެއަށްވަނީ ފެންގަޑު ވަދެފައެވެ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ހާމަކޮށްފައިވާ ގޮތުގައި 12 ގެއަކަށް ފެންވަނުމާއި ގުޅިގެން މިހާތަނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.   ހަނިމާދޫ ޕޮލިސް ސްޓޭޝަންގެއިތުރުން ހަނިމާދޫ ކައުންސިލާއި، އެމްޓީސީސީ އަދި އ...

ޔުމްނާ ޢަލީ
ބޯކޮށް ވާރޭވެހި، ތިލަދުންމަތީގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ 📍 ހދ. ހަނިމާދޫ

ބޯކޮށް ވާރޭވެހި، ތިލަދުންމަތީގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ތިލަދުންމަތީގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށުގައި ފެން ބޮޑުވެއްޖެ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެދާނެކަމަށް ލަފާކޮށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ނ އަތޮޅުގެ ރަށްތަކަށް ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ އޮރެންޖް އެލާރޓްވެސް ނެރެފައެވެ. އޮރެންޖު އެލާޓް ނެރެފައިވަނީ މިރޭ 08:00 އާއި ހަމައަށެވެ. ނަމަވެސް ދެންމެ މެޓް އޮފީހުންވަނީ އެލާޓް ލެވެލް ދަށްކޮށް ވައިޓް […]

ޔުމްނާ ޢަލީ
ހަނިމާދޫ އެއަރޕޯޓްގައި ހުންނަ ބީއެމްއެލް އޭޓީއެމްގެ ސީލިން ވެއްޓިއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއަރޕޯޓްގައި ހުންނަ ބީއެމްއެލް އޭޓީއެމްގެ ސީލިން ވެއްޓިއްޖެ

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ސީލިން ވެއްޓިއްޖެއެވެ. މި އޭޓީއެމްގެ ސީލިން ވެއްޓިފައި މިވަނީ މިހާރު ކުރަމުންދާ ވިއްސާރައިގައ ހަނިމާދޫއަށް މިއަދު ބޯކޮށް ވާރޭ ވެހި ގަދަ ވިއްސާރަ ކުރަމުން ދަނިކޮށެވެ. ވިއްސާރަވެހޭ ދުވަސްވަރު މި އޭޓީއެމް ބަހައްޓާފައި ހުންނަ ތަނުން ކަރަންޓު ކެނޑުމަކީ އާންމުކޮށް ދިމާވާ ކަމެއްކަމަށް އެ ސަރަޙައްދުގައި މަސައްކަތްކުރާ ބައެއް މީހުން ވަނީ މަޢުލޫމާތު ދީފައެވެ. https://www.facebook.com/417690552025385/posts/9270...

ޝިއުނާ އާދަމް
ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ "ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމެއް" މިޕްރޮގުރާމް ނިންމާލައިފި

ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ "ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމެއް" މިޕްރޮގުރާމް ނިންމާލައިފި

ނޮޅިވަރަމްގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމެއް” މި ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމް އިންތިޒާމް ކޮށްގެން ކުރިއަށް ގެންގޮސްފައި ވަނީ އެރަށު އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ރިސާލާ އިންނެވެ. މި ޕްރޮގްރާމް އާއި ބެހޭ މައުލޫމާތު ދެއްވަމުން ޖަމިއްޔާގެ ރައީސް މުހައްމަދު ޒިޔާދު ވިދާޅުވީ މި ޕްރޮގްރާމް އިންތިޒާމް ކޮށްގެން ބާއްވާ ނިންމި މައިގަނޑު މަގުސަދަކީ ޖަމާއަތަށް ނަމާދަށް އަރާ ކުދިންގެ އަދަދު އިތުރު ކުރުމާއި ކުދިންގެ ހިތ...

ޖަލްވާން ޖާދުﷲ
މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަމާއި ނޮޅިވަރަންފަރުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަމާއި ނޮޅިވަރަންފަރުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެއްކަމަށެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި ދެ މީހުންގެ ތެރެއިން 33 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ނޮޅިވަރަމުގައި މީހަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެން...

ޔުމްނާ ޢަލީ
ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް ކުރިނބީ ކައުންސިލުން އެދިއްޖެ 📍 ހދ. ކުރިނބީ

ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް ކުރިނބީ ކައުންސިލުން އެދިއްޖެ

ހދ. ކުރިނބީގެ އާންމު މަސްލަހަތު ގެއްލުވާލުމަށް ފުލުހަކު މަސައްކަތް ކޮށްފައިވާތީ އެކަން ބަލައިދިނުމަށް ކުރިނބީ ކައުންސިލުން އެދިއްޖެ އެވެ. ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފުލުހެއްގެ ފަރާތުން ރަށުގެ އާންމު މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށާއި އަދި މި މައްސަލަ ބައްލަވައިދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މިވަގުތު ވާނީ ހުށަހެޅިފައިކަމަށެވެ. އެކައުންސިލުން ނެރުނު ބަޔާނުގަ...

ޔުމްނާ ޢަލީ