މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށި ސިޓީގައި ކޯވިޑް ޓެސްޓު ކުރެވޭނީ 2 ހަފްތާ ފަހުން: ދާއޫދު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ކޯވިޑް ޓެސްޓު ކުރެވޭނީ 2 ހަފްތާ ފަހުން: ދާއޫދު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރއެޗް) ގައި ކޯވިޑް ޓެސްޓު ކުރެވޭނީ 2 ހަފްތާ ފަހުންކަމަށް ކޭއާރުއެޗްގެ މެނޭޖަރ ހެލްތު ސަރވިސަސް އަހްމަދު ދާއޫދު ބުނެފިއެވެ. ދާއޫދު މިހެން ބުނެފައިވަނީ ކޭއާރއެޗްގައި ކޯވިޑް ޓެސްޓު ކުރެވޭނީ ކޮންދުވަހަކުންތޯ ޒުވާނަކު އެހި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އައްޑޫގައި ތަރައްގީކޮށްފައިވާ އާ ޓާޝަރީ ހޮސްޕިޓަލް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކޯވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު އިއްޔެ ހަމަޖައްސައިފި ކަމަށް އެހޮސްޕިޓަލުން ބުނުމާއިގުޅިގެން ތިލަދުން...

ޔުމްނާ ޢަލީ
ނައިވާދޫ ޒުވާނުންގެ އިތުރު ހަދިޔާއެއް، ރަށު ބަނދަރުގައި ފަސޭހައިން މަސްކެނޑޭނެ ގޮތް ހަދައިދީފި 📍 ހދ. ނައިވާދޫ

ނައިވާދޫ ޒުވާނުންގެ އިތުރު ހަދިޔާއެއް، ރަށު ބަނދަރުގައި ފަސޭހައިން މަސްކެނޑޭނެ ގޮތް ހަދައިދީފި

ހދ. ނައިވާދޫ ޒުވާނުންގެ ހިތުގައި ނައިވާދޫއަށް އޮތް ލޯތްބާއި، އެ ޒުވާނުންގެ މެދުގައި އޮތް އެކުވެރިކަން ދައްކައްކައި ދިނުމުގެ ސިލްސިލާއަށް މިފަހަރު އިތުރުވި ބޮޅަކީ ރަށުގެ ބަނދަރުގައި ތިބެގެން ފަސޭހަ ކަމާއިއެކު މަސްކެނޑޭނެ ގޮތް ރައްޔިތުންނަށް ފަހިކޮށްދިނުމެވެ. ނައިވާދޫ ޒުވާނުން ވަނީ އެރަށުގެ ބަނދަރު އުތުރު ކަނުގައި މަސްކަނޑާ އަށްޓެއްހަދައި، މިރޭން ފެށިގެން އެ އަށި ރައްޔިތުންނަށް ބޭނުން ކުރެވޭނެ މަގު ތަނަވަސްކޮށްދީފައެވެ. ނައިވާދޫ ބަނދަރަށް މަސްވިއްކަން އަންނަ ދޯނިފަހަރުން މަސްގަނެގެން މިހާރު ފަސޭހަ...

ޝިއުނާ އާދަމް
ކާށިހޮވަން ގޮސްތިއްބައި ހާލުގައި ޖެހުނު ކުމުންދޫ މީހުން ކުޅުދުއްފުށި ސިޓީ އަށް ގެންގޮސްދީފި 📍 ހދ. ކުމުންދޫ

ކާށިހޮވަން ގޮސްތިއްބައި ހާލުގައި ޖެހުނު ކުމުންދޫ މީހުން ކުޅުދުއްފުށި ސިޓީ އަށް ގެންގޮސްދީފި

ހދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާވައިދޫއަށް ކާށިހޮވަން ގޮސްތިއްބައި މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު އެއަތޮޅު ކުމުންދޫ މީހުން، އެމްއެންޑީއެފުގެ އެހީތެރިކަމާއިއެކު ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްދީފިއެވެ. އެމްއެންޑީއެފުން ބުނީ މާވައިދޫއަށް ކާށި ހޮވަން ގޮސްތިއްބައި މޫސުން ގޯސްވުމުގެ ސަބަބުން އަނބުރައި، ކުމުންދޫއަށް ނުދެވިފައި ތިބި މީހުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަމާއި އެކު ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްދީފައި ވާކަމަށެވެ. އެމީހުން ކުޅުދުއްފުށީ ސިޓީއ...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީއިން މަސްތުވާތަކެއްޗާއިއެކު 24 އަހަރުގެ މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީއިން މަސްތުވާތަކެއްޗާއިއެކު 24 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށިން މަސްތުވާތަކެއްޗާއިއެކު 24 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަކަމަށް ފުލުހުން ބުނެފިއެވެ. ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 19:10 ހާއިރު ހިންގި މި އޮޕަ...

ޖަލްވާން ޖާދުﷲ
ފެނަކައިން ކުމުންދޫއަށް ޖަނަނޭޓަރ ސެޓެއް ފޮނުވައިފި 📍 ހދ. ކުމުންދޫ

ފެނަކައިން ކުމުންދޫއަށް ޖަނަނޭޓަރ ސެޓެއް ފޮނުވައިފި

ހދ. ކުމުންދޫ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކައިން މިއަދު ޖަނަނޭޓަރ ސެޓެއް އެރަށަށް ފޮނުވައިފިއެވެ. ފެނަކައިން އެ ރަށަށް ޖަނަނޭޓަރ ސެޓެއް ފޮނުވާފައިވާކަން ހާމަކުރަށްވައި، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް އެރަށަށް ފެނަކައިން ޖަނަނޭޓަރ ސެޓެއް ފޮނުވާފައި ވާކަމަށެވެ. އަމީން ވިދާޅުވީ ފެނަކައިން މިއަދު އެރަށަށް ފޮނުވާފައިވަނީ 400 ކިލޯ ވޯޓުގެ ޖަނަނޭޓަރ ސެޓެއް ކަމަށެވެ. އެކަމަށްޓަކައި އަމީންވަނީ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ އަށާއި، ރައ...

ޔުމްނާ ޢަލީ
ކުލަބު ރެފިޔުޖީގެ ފަރާތުން ނެއްލައިދޫ ކައުންސިލަށް އެހީއެއް 📍 ހދ. ނެއްލައިދޫ

ކުލަބު ރެފިޔުޖީގެ ފަރާތުން ނެއްލައިދޫ ކައުންސިލަށް އެހީއެއް

ހދ. ނެއްލައިދޫ ކުލަބު ރެފިޔުޖީގެ ފަރާތުން 100 މާސްކް ނެއްލައިދޫ ކައުންސިލާއި ހަވާލު ކޮށްފި އެވެ. 100 މާސްކު ނެއްލައިދޫ ކައުންސިލް އާއި ހަވާލުކޮށްދެއްވީ ރޭ އެކައުންސިލްގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ. ކުލަބުގެ ފަރާތުން ނެއްލައިދޫ ކައުންސިލްގެ ރައީސް އާއި މިތަކެތި ހަވާލުކޮށްދެއްވީ މުޙައްމަދު ހުސައިންއެވެ. މިތަކެތި ހަވާލުކޮށްދެއްވުމަށްފަހު އެކުލަބުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނި ކުރިމަތިވެފައިވާ ކޯވިޑް19 އިން ސަލާމަތްވުމަށް ނެއްލައިދޫގައި އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުލަބު ރެ...

އިބްރާހިމް އަސްވާޤް
ޕާނަކަށް މަސްތުވާ ތަކެތި ލައިގެން ފިނޭއަށް އެތެރެކުރަން އުޅުނު 3 މީހަކު ހައްޔަރުކޮށްފި 📍 ހދ. ފިނޭ

ޕާނަކަށް މަސްތުވާ ތަކެތި ލައިގެން ފިނޭއަށް އެތެރެކުރަން އުޅުނު 3 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. އަތޮޅުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހދ. ފިނޭއިން 3 މީހަކު ހައްޔަރުކޮށްފި އެވެ. މި އޮޕަރޭޝަންއާއި ބެހޭ މަޢުލޫމާތުދެމުން ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 24 އަހަރުގެ 2 މީހުންކަމަށެވެ. އަދި މި 3 މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އިއްޔެ އިރު އޮއްސުނު ވަގުތު ކުޅުދުއްފުށި ސިޓީއިން ފިނޭއަށް ދިޔަ މުދާ އުފުލާ ފެރީއަކުން ފިނޭއަށް މަސްތުވާތަކ...

އަލީ އާދިލް
ވައިކަރަދޫގެ ކަރާ ދަނޑަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

ވައިކަރަދޫގެ ކަރާ ދަނޑަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

ހދ. ވައިކަރަދޫގެ ކަރާ ދަނޑުތަކަށް ގެއްލުން ތަކެއް ދީފިއެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ގެއްލުންތަށް ދީފައިވަނީ ވައިކަރަދޫގެ ފުރަތަމަ ކައުންސިލަރ އަޙަމަދު ހާޝިމް އަދި މިދައުރުގެ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރު ގެ ބައްޕަގެ ދަނޑަށެވެ. އެތައް ދުވަހެއްގެ މަސައްކަތް، އަނެއްކާވެސް އެއްރެއިން ކޮށާ ކުދިކުދި ކޮށްލައިފި ކޮށާ ކުދިކޮށްފައިވާ ކަރާތަކުގެ ފޮޓޯތައް ހިމަނުއްވާ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވާފިރުގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވެއެވެ. މިކަމާއި ގުޅިގެން ވައިކަރަދޫ ކައުނ...

ޖަލްވާން ޖާދުﷲ
ނާއިފާ ދޫކޮށްލި ފޮޓޯ ތަކުން ވައިކަރަދޫގެ ހިތްގައިމުކަން 

ނާއިފާ ދޫކޮށްލި ފޮޓޯ ތަކުން ވައިކަރަދޫގެ ހިތްގައިމުކަން 

ހދ. ވައިކަރަދޫއަކީ ގުދުރަތީ ގޮތުން ބޮޑު ރީތި ހިތްގައިމު ރަށެކެވެ. ރީތިކަނޑޫފަލެއްވެސް އޮންނަ މިރަށުގެ ރީތިކަން މިފަހަރު އާންމުންނަށް ފެނިގެން މިދިޔައީ އެރަށުގެ ޒުވާނެއްކަމަށްވާ ނާއިފާ މީސްމީޑީޔާއަށް ދޫކޮށްލި ފޮޓޯތަކުންނެވެ. ނާއިފާ ފޭސްބުކްގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކުން އެ ރަށުގެ އަންހެން ކަބަލުންގެ މުރާލިކަމާއި މަސައްކަތް ތެރިކަން ފެނިގެންދެއެވެ. އެގޮތުން ރޯނުވެށުމަށް ތައްޔާރު ވުމަށްޓަކައި ބޮނބި ފާކުރުމަށް ބަހައްޓާ މަންޒަރު ފެންނަ ފޮޓޯއަކީ ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ. ރޯނު، ރޯނަށް ވުމު...

އަޙްމަދު ވަހީދު
ކުޅުދުއްފުށި ސިޓީގައި ޤަވާއިދާ ހިލާފަށް 300 ބިދޭސީން އުޅޭ، ފޮނުވާލެވުނީ 13 މީހުން 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ޤަވާއިދާ ހިލާފަށް 300 ބިދޭސީން އުޅޭ، ފޮނުވާލެވުނީ 13 މީހުން

ކުޅުދުއްފުށި ސިޓީގައި ގަވައިދާ ހިލާފަށް 300 ބިދޭސީން އުޅޭކަމަށާއި މީގެތެރެއިން، ފޮނުވާލަން ޖާގަލިބުނީ 13 މީހުންކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ. ގަވައިދާ ހިލާފަށް ކުޅުދުއްފުށި ސިޓީގައި ދިރިއުޅެމުންދިޔަ ބިދޭސީން ފޮނުވާލާފައިވަނީ މިއަދުގެ ވަގުތެއްގަި ބަހާދަރު ބޯޓުންނެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ބުނެފައިވަނީ މިއަދު 13 މީހަކު ރަށުން ފޮނުވާލެވުނު ކަމަށާއި ކުރިއަށް އޮތްތަނުގައި ޖާގަ ލިބުން ވަރަކުން އިތުރު މީހުން ފޮނުވާލެވ...

އިބްރާހިމް އަސްވާޤް
ހަނިމާދޫ ސްކޫލުގެ ސްޓާފް ރެކްރިއޭޝަން ކުލަބުގެ ފަރާތުން މާސްކު ހަދިޔާކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލުގެ ސްޓާފް ރެކްރިއޭޝަން ކުލަބުގެ ފަރާތުން މާސްކު ހަދިޔާކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ހދ. ހަނިމާދޫގައި ފުރަންޓް ލައިނުގައި މަސައްކަތްކުރާ މީހުންނަށް ހަނިމާދޫ ސްކޫލުގެ ސްޓާފް ރެކްރިއޭޝަން ކުލަބުގެ ފަރާތުން ފޮތި ފޭސް މާސްކު ހަދިޔާކޮށްފިއެވެ. މިގޮތުން ހަނިމާދޫ ސްކޫލުގެ ސްޓާފް ރެކްރިއޭޝަން ކުލަބުގެ ފަރާތުން ވަނީ 100 ފޮތި ފޭސް މާސްކު ފަހައި، ހަނިމާދޫ ކައުންސިލާއި މިއަދު ހަވާލުކޮށްފައެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއް ސަލާމް ޢަލީ ވިދާޅުވީ، ކޯވިޑް-19 ގެ މިހާލަތުގައި ހަނިމާދޫގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން ބޭނުން ކުރުމަށް ހަނިމާދޫ ސްކޫލުގެ […]

ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދޫފުއްޓާއި ހަނިމާދޫއިން ބަޔަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދޫފުއްޓާއި ހަނިމާދޫއިން ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. އަތޮޅުގައި މަސްތުވާތަކެތީގެ ތިން އޮޕަރޭޝަނެއް ހިންގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދޫފުއްޓާއި ހަނިމާދޫއިން ބަޔަކު ހައްޔަރުކޮށްފިއެވެ. އެ ތިން އޮޕަރޭޝަންއާއި ބެހޭ މަޢުލޫމާތުދެމުން ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި 57 އަހަރުގެ މީހެއްގެ އިތުރުން 38 އަހަރުގެ މީހުންކަމަށާއި މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށެވެ. އެ ތިން މީހުންގެ ތެރެއިން 33 އަހަރުގެ މީހާއާއި 57 އަހަރުގެ މީހާ ހައްޔަރު...

ޔުމްނާ ޢަލީ
ހދ. އިންނަފުށި: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް 📍 ހދ. މަކުނުދޫ

ހދ. އިންނަފުށި: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގަ...

ޙުސައިން ޘަޤީފް
ހަސަނާ މީގެ ޖޯލި ފައްޗެއް ހަދާބަލަ 📍 ހދ. ކުޅުދުއްފުށި

ހަސަނާ މީގެ ޖޯލި ފައްޗެއް ހަދާބަލަ

މަޑުމަޑުން ފަރި ހިނގުމެއްގައި އަންނަ ފިރިހެނެއް ހަމަޖެހިލާފައި ފާރުގައި ހަރު ކޮށްފައި ހުރި އެއްޗެއް ތިރިކޮށްލަ މަންޒަރު ވީޑިއޯއިން ފެނެއެވެ. ތިރިކޮށްލި އިރު ފަށްޖެހޭގޮތަކަށް ހުރި ނަލަ ޖޯލި ފައްޗެކެވެ. އެގޮތަށް ފާރުގައި ހަރުކޮށްފައި ޖޯލިފަތި ވަރަށް ނުދެކެމެވެ. ކޮސްވެގެން މިއުޅެނީ އެހެންވެގެނެއެވެ. ގިނަ ރަށްރަށުގައި ޖޯލިފަތި ހުންނަނީ ބިންމަތީގައި ބަހައްޓާ ގޮތަށް ފަރުމާ ކޮށްފައެވެ. ވީޑިއޯއިން ފެންނަ ޖޯލިފަތި ވެސް ހުރީ އިށީންނަން ވީމަ ބިންމަތީގައި ބެހެއްޓޭ ގޮތަށެއެވެ. އެހެން ޖޯލިފަތިތަކަށް ބަލާއިރު...

އަލީ އިބްރާހިމް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކާމިޔާބުކަމާއިއެކު ބޮޑު ސިސްޓްއެއް ނަގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކާމިޔާބުކަމާއިއެކު ބޮޑު ސިސްޓްއެއް ނަގައިފި

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނެއްގައި ކާމިޔާބުކަމާއިއެކު ބޮޑު ސިސްޓްއެއް ނަގައިފިކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހްމަދު ދާއޫދު “ތިލަދުން” އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއީ މިހާތަނަށް އެހޮސްޕިޓަލުން ނެނި އެންމެ ބޮޑު ސިސްޓުކަމަށެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ އެހޮސްޕިޓަލުގެ ގައިނީ ޑޮކްޓަރުން ހިމެނޭހެން ޖުމްލަ 8 މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. 2 ގަޑި އިރުގެ މި އޮޕަރޭޝަންގައި 2 އޯވޭރި...

އިބްރާހިމް އަސްވާޤް