މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި ދަތުރު ހިޔާ އިމާރާތެއް ހަދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި ދަތުރު ހިޔާ އިމާރާތެއް ހަދަނީ

ހދ ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުގައި ދަތުރު ހިޔާ އިމާރާތެއް، އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފި އެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން “ތިލަދުން” އަށް މަޢުލޫމާތުދެމުން ބުނީ ދަތުރު ހިޔާ އެޅުމަށް ނިންމާފައިވަނީ މިހާރުވެސް ދަތުރު ހިޔާ އަޅާފައިވާ ސަރަހައްދުގައި ކަމަށެވެ. ހދ. އަތޮޅު ކައުންސިލުން ޚަރަދުކޮށްގެން މީގެ ކުރިން އަޅާފައިވާ ދަތުރު ހިޔާ ބޭނުން ކުރުމުގައި ދަތުރުވެރިންނަށް ގޮ...

އިބްރާހިމް އަސްވާޤް
އެޗްޑީސީއިން ކުޅުދުއްފުށީ ކައުންސިލަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ 📍 ހދ. ކުޅުދުއްފުށި

އެޗްޑީސީއިން ކުޅުދުއްފުށީ ކައުންސިލަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ

ހދ. ކުޅުދުއްފުށީ ކައުންސިލަށް ފަންނީ އެހީތެރިކަން ދިނުމަށް ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކު ސޮއި ކޮށްފިއެވެ. މި މަސައްކަތުގެ މައިގަނޑު މައިގަނޑު އަމާޒަކީ، އެ ކައުންސިލުގައި ފަންނީ ތަޖުރިބާ ލިބިފައިވާ ފަރާތްތައް މަދުވުމާއި އެކު، ފަންނީ ތަޖުރިބާ ކާރުން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރުމެވެ. އަދި މުސްތަޤުބަލުގައި އެ ރަށުގެ ބިން، ބޭނުންތެރި ގޮތްގޮތަށް ބޭނުން ކުރުމަށް އެޗްޑީސީގެ ފަންނީ އެހީތެރިކަން ހޯދުމަށެވެ. އެޗްޑީސީއަކީ ހުޅުމާލެ ފެށުނީއްސުރެ ތަރައްޤީ ކުރުމުގައި އިސް ދައ...

މުޙައްމަދު މާއިލް ހަސަން
ބަންޑުން ޖަހާލި ދޯނި ކުރިނބީއަށް ގެންގޮސްފި 📍 ހދ. ކުރިނބީ

ބަންޑުން ޖަހާލި ދޯނި ކުރިނބީއަށް ގެންގޮސްފި

ހދ. ކުޅުދުއްފުށިން އެ އަތޮޅު ކުރިނބީއަށް ދަތުރުކުރަނިކޮށް ބަންޑުންޖަހާލި ދޯނި، ކުރިނބީއަށް ގެންގޮސްފިއެވެ. ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ މިހާރު އެދޯނި ކުރިނބީއަށް ގެނެސް ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާ އެއް ވެފައިނުވާކަމަށެވެ. ނަމަވެސް މިދޯންޏަށް ބަރުކޮށްފައިވާ ހުރިހާ މުދަލެއް ވަނީ ކަނޑުއަޑިއަށް ގޮސްފައި ކަމަށެވެ. މިދޯންޏަކީ ކުރިނބީގައި ދުއްވަމުން އަންނަ “ވިންދު” ނަމަކަށ...

މުޙައްމަދު މާއިލް ހަސަން
ކުރިނބީއަށް މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި 📍 ހދ. ކުރިނބީ

ކުރިނބީއަށް މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

ހދ ކުޅުދުއްފުށިން އެ އަތޮޅުގެ ކުރިނބީއަށް މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ. ބަންޑުން ޖަހާލާފައިވާ ދޯނި ދަތުރުކުރަމުން ދިޔައީ، ކުނބުރުދޫއާއި ކުރިނބީއާއި ދޭތެރެއިންނެވެ. އަދި ބަންޑުން ޖަހާލި އިރު ދޯނި އޮތީ ކުނބުރުދޫއާއި ކައިރީގައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، ބަންޑުން ޖަހާލާފައިވާ ދޯނިން ދަތުރު ކޮށްފައިވަނީ، 3 މީހެކެވެ. އަދި އެއީ2 ފިރިހެނުންނާއި، އަންހެނެކެވެ. އަދި ދޯނިން ދަތުރު ކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ކުރިނބީ ކައުންސިލްގެ ރައީސް އަފްރާހް ވަނީ ވިދާޅުވެފައެވެ....

މުޙައްމަދު މާއިލް ހަސަން
ކުޅުދުއްފުށިން އިތުރު 2 ފުލުހުން ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށިން އިތުރު 2 ފުލުހުން ޕޮޒިޓިވްވެއްޖެ

ހދ. ކުޅުދުއްފުށީ ސިޓީއިން ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިތުރު ދެފުލުހަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށި ސިޓީ އިން މިރޭ ކޯވިޑްއަށް ޕޮޒިޓިވްވެފައިވަނީ މިއަދު އެސިޓީ އިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އެކަހެރިކޮށް ނެގި 10 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލެކެވެ. ކުޅުދުއްފުށީ ސިޓީއިން އެކަހެރި ކުރި 10 މީހުންގެ ތެރޭގައި ހިމެނެނީ 6 ފުލުހަކާއި، ފުލުހުންގެ ލޯންޗްގައި މަސައްކަތްކުރާ ތިން މުވައްޒަފަކާއި، އާންމުންގެ މީހެކެވެ. މީގެ އިތުރުން ކުރިނބީއިން ނެގި 13 ސާމްޕަލްވަނީ ނެގެޓިވްވެފަ އެ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ޚިދުމަތްތައް އަލުން ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ޚިދުމަތްތައް އަލުން ފަށައިފި

ރައްކާތެރިކަމުގެ ގިނަ ފިޔަވަޅު ތަކަކާއިއެކު، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ޚިދުމަތްތައް އަލުން ފަށައިފިއެވެ. މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ބުނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެ ސްޓޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށްފަހު، ޚިދުމަތްތައް އަލުން ފަށާފައި ވާކަމަށެވެ. އެގޮތުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުލުސް އޮފިސަރާ ސީ...

ޔުމްނާ ޢަލީ
އުތުރުގެ ތިން ރަށެއް މޮނިޓަރިން ހާލަތުން ނަގައިފި 📍 ހއ. ބާރަށް

އުތުރުގެ ތިން ރަށެއް މޮނިޓަރިން ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މޮނިޓަރިން ހާލަތަށް ގެނައި އުތުރުގެ ތިން ރަށެއް މޮނިޓަރިން ހާލަތުން ނަގައިފިއެވެ. މި ރަށްތަކަކީ ހއ. ބާރަށް، ހޯރަފުށި، އަދި ހދ. ކުރިނބީ އެވެ. މިރަށްތައް މޮނިޓަރިން ހާލަތަށް ގެނައީ ކުޅުދުއްފުށި ސިޓީގެ ފުލުހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޭގައި އެވެ. އެޗްޕީއޭއިން ވަނީ ކުޅުދުއްފުށީ ސިޓީވެސް މޮނިޓަރިން ހާލަތުން ނަގާފައި އެވެ. އެ ސިޓީ މޮނިޓަރިން ހާލަތުންނެގީ މިއަދު […]

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި

ހދ. ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި އެވެ. މޮނިޓަރިންގ އުވާލިކަން އަންގާ ލިއުން ހިއްސާކުރަމުން ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ މިއަދު (06 އޮކްޓޮބަރ 2020) ގެ 17:08 ގައި ކުޅުދުއްފުށީ ގައި 05 އޮކްޓޯބަރ 2020ގައި އިޢުލާންކުރި މޮނިޓަރިން ވަނީ އުވާލާފައިކަމަށާއި އެހެންނަމަ ވެސް ހުރިހާ ފަރާތްތަކުން ވެސް ބަލިން ރައްކާތެރިވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅުއްވަން އިލްތިމާސްކުރާ ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށީ ކައުންސިލްއަށް ފޮނުވި ލިއުމުގައ...

ޔުމްނާ ޢަލީ
3 ފުލުހެއްގެ ފޮޓޯ އާންމުކޮށް މަރުގެ އިންޒާރުދިން މީހަކަށް 6 މަހުގެ ޖަލު ހުކުމެއް 📍 ހދ. ކުޅުދުއްފުށި

3 ފުލުހެއްގެ ފޮޓޯ އާންމުކޮށް މަރުގެ އިންޒާރުދިން މީހަކަށް 6 މަހުގެ ޖަލު ހުކުމެއް

3 ފުލުހެއްގެ ފޮޓޯ މީސް މީޑިއާގައި އާންމުކޮށް އެ 3 ފުލުހުން މަރަންވީކަމަށް ބުނި މީހަކު 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ 3 ފުލުހަކަށް އިންޒާރު ދިން މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން 2020 އޮކްޓޯބަރ 4 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި، މަންޒިލް، މުޙައްމަދު ވަޙީދު އިބްރާހީމް (20އ) ގެ މައްޗަށް ކަމަށެވެ. ދައުލަތުން މުޙައްމަދު ވަޙީދު އިބްރާހީމްގެ މައްޗަށް އިންޒާރުދީފައިވާ ކުށުގެ ދައު...

އަލީ އާދިލް
ބޮޑު ތިލަދުންމަތި މިކަމުން އަރައިގަންނާނީ އެކުގައި އެއްބައިވަންތަކަމާއެކު! 📍 ހދ. ކުޅުދުއްފުށި

ބޮޑު ތިލަދުންމަތި މިކަމުން އަރައިގަންނާނީ އެކުގައި އެއްބައިވަންތަކަމާއެކު!

ހދ. ކުޅުދުއްފުށި ސިޓީގެ ފުލުހަކު ޕޮޒިޓިވްވުމާ ގުޅިގެން ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ މިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. ބޮޑު ތިލަދުންމަތީގެ މައިބަދަތަށް މިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފަ އެވެ. އުތުރުގެ 3 އަތޮޅުގެ ވެރިކަންކުރާ 3 ރަށް މިވަނީ އަރާ ފޭބުން މަނާކޮށްފަ އެވެ. މިކަމުގެ ސަބަބުން އަތޮޅުގެ އެހެން ރަށްރަށަށް ބޮޑެތި ތަކުލީފުތަކެއް މިވަނީ އުފުލަން ޖެހިފަ އެވެ. ކޯވިޑް19 ގެ ރާޅު ރާއްޖެއަށް ބިންދާލުމާއި ހަމައިން […]

ހުސައިން ހަބީބް
ހަނިމާދޫ އެއާޕޯޓު ބޮޑު ކުރުމާއި މެދު ސުވާލު އުފައްދައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު ބޮޑު ކުރުމާއި މެދު ސުވާލު އުފައްދައިފި

700 މިލިއަން ޑޮލަރު ހޭދަކޮށްފައި ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫޢުއާއި މެދު ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ސުވާލު އުފަށްދަވައިފިއެވެ. ޝިޔާމް މިގޮތަށް ސުވާލު އުފެއްދެވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމ...

އަލީ އާދިލް
އުތުރުގެ 6 ރަށެއް މޮނީޓަރިންއަށް 📍 ހދ. ކުޅުދުއްފުށި

އުތުރުގެ 6 ރަށެއް މޮނީޓަރިންއަށް

ހދ. ކުޅުދުއްފުށި ސިޓީގެ ފުލުހަކު ޕޮޒިޓިވްވުމާ ގުޅިގެން ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ. މިހާރު ކުރިއަށްދާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ މިރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި ފުލުހުންގެ މީހާއަކީ ކުޅުދުއްފުށީގައި މަސައްކަތްކުރާ މީހެއްކަމަށެވެ. އެކި މަސައްކަތްތަކުގައި އޭނާވަނީ ކުޅުދ...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންއަށް، އަރާފޭބުން މަނާ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންއަށް، އަރާފޭބުން މަނާ

ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ކުޅުދުއްފުށި ކައުންސިލުން ބުނެފައިވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން ވަނީ މަނާ ކުރެވިފައިކަމަށެވެ. ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ 05 އޮކްޓޯބަރ 2020، 21:15 ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަޙ...

އިބްރާހިމް އަސްވާޤް
އަންނަ އަހަރު މަކުނުދޫ ދާއިރާއަށް ބަޖެޓުކުރާނެ ކަންކަމާމެދު މަޝްވަރާކޮށްފި 📍 ހދ. މަކުނުދޫ

އަންނަ އަހަރު މަކުނުދޫ ދާއިރާއަށް ބަޖެޓުކުރާނެ ކަންކަމާމެދު މަޝްވަރާކޮށްފި

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް އިން 2021 ވަނަ އަހަރު، މަކުނުދޫ ދާއިރާއަށް ބަޖެޓުކުރާނެ ކަންކަމާމެދު އެދާއިރާގެ މެންބަރު މުޙައްމަދު ރާއީ އާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ. މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސްގެ މިނިސްޓަރ އަހުމަދު މަހުލޫފް އަދި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ބައްދަލުކުރައްވައި، އެ ދާއިރާގެ ޒުވާނުންނަށާއި ކުޅިވަރާއި ބެހޭގޮތުން ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ މިއަދު ޔޫތު މިނިސްޓްރީގަ އެވެ. ޔޫތް މިނިސްޓްރީއިން ކުރެއްވ...

މުޙައްމަދު މާއިލް ހަސަން
ފިނޭގެ އައު އިންޖީނުގޭގެ މަސައްކަތް ނިމުމަކާއި ކައިރިއަށް 📍 ހދ. ފިނޭ

ފިނޭގެ އައު އިންޖީނުގޭގެ މަސައްކަތް ނިމުމަކާއި ކައިރިއަށް

ހދ. ފިނޭގައި އިމާރާތް ކުރަމުންދާ އައު އިންޖީނު ގޭގެ 96 އިންސައްތަ މަސައްކަތް ފުރިހަމަ ކުރެވިފައި ކަމަށް ފެނަކައިން ބުނެފިއެވެ. މިމަޝްރޫޢުގެ މަސައްކަތްކުރާ ކޮންޓެކްޓަރާއިއެކު ފެނަކައިން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހުއެވެ. ފިނޭ އިންޖީނުގޭގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ހަވާލު ކޮށްފައިވަނީ، އެލް.އެފް ކޮންސްޓްރަކްޝަންއާއި އެވެ. އަދި މި ޕްރޮޖެކްޓްގެ އަގުގެ ގޮތުގައި ބަޖެޓު ކޮށްފައިވަނީ، 5249479.62 ރުފިޔާއެވެ. މި މަސައްކަތް ނިންމުމަށް ދ...

މުޙައްމަދު މާއިލް ހަސަން