މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ފީނަން އުޅެނިކޮން ހާލު ދެރަވި މަކުނުދޫ ޒުވާނާގެ ހާލު ސްޓޭބަލް 📍 ހދ. މަކުނުދޫ

ފީނަން އުޅެނިކޮން ހާލު ދެރަވި މަކުނުދޫ ޒުވާނާގެ ހާލު ސްޓޭބަލް

ފީނަން އުޅެނިކޮން ހާލު ދެރަވެގެން ފަރުވާ ދެމުން އައި ހދ. މަކުނުދޫ ޒުވާނާގެ ހާލު ރަނގަޅުކަމަށް ބުނެފި އެވެ. ރ. އަލިފުށި ކައިރިއަށް ފީނަން ގޮސް އުޅެނިކޮން ހާލު ދެރަވި ޒުވާނާއާއިއެކު ފީނަން ދިޔަ އަޙްމަދު ޝިޔާމް “ތިލަދުން” އަށް މަޢުލޫމާތުދެމުން ބުނީ އެޒުވާނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. މިރޭ ހާދު ދެރަވެގެން ފަރުވާ ދެމުން އައިސްފައިވަނީ 33 އަހަރުގެ އަޙްމަދު އާސިފް އެވެ. ” އިރާދަ ކުރެއްވިއްޔާ އާސިފްގެ ހާލު މިހާރު އަންނަނީ […]

ޝިއުނާ އާދަމް
ކުޅުދުއްފުށި ޕޮލިސް ކުލަސްޓަރއިން 78 ސާމްޕަލްއާއި ރެންޑަމް 120 ސާމްޕަލް ނެގެޓިވް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ޕޮލިސް ކުލަސްޓަރއިން 78 ސާމްޕަލްއާއި ރެންޑަމް 120 ސާމްޕަލް ނެގެޓިވް

ހދ. ކުޅުދުއްފުށި ސިޓީއިން ޕޮލިސް ކުލަސްޓާއާއި ގުޅިގެން ނެގި 78 ސާމްޕަލާއި އެރަށުން ރެންޑަމްކޮށް ނެގި 120 ސާމްޕަލް ވެސް ނެގެޓިވްވެފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) އިން ބުނެފި އެވެ. އެޗްއީއޯސީގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުﷲ މައުރޫފް ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ކުޅުދުއްފުށިން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާއިރު އެމީހުންނާއި ކޮންޓެކްޓްވި 78 މީހަކާއި އަދި އެރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް ރެންޑަމްކޮށް 120 ސާމްޕަލެއް ނަގާފައިވާ...

އަލީ އާދިލް
''ގެމެން ޕޯޓަލް'' ކުޅުދުއްފުށީ ސިޓީގައި ބޭނުން ކުރަން ފަށައިފި 📍 ހދ. ކުޅުދުއްފުށި

''ގެމެން ޕޯޓަލް'' ކުޅުދުއްފުށީ ސިޓީގައި ބޭނުން ކުރަން ފަށައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ)ގެ ”ގެމެން ޕޯޓަލް” ބޭނުންކުރަން ފެށުމަށް ކުޅުދުއްފުށީ ސިޓީގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން ތަމްރީނުކޮށް، އެ ޕޯޓަލްގެ މެދުވެރިކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. އެލްޖީއޭގެ ގެމެން ޕޯޓަލްއަކީ ކައުންސިލްތަކުގެ ވިހާމަރުވާއާއި ގޯތިގެދޮރުގެ މައުލޫމާތާއި ވޯޓްލާމީހުންގެ ރަޖިސްޓަރީއާއި ވަގުތީ ގޮތުން ދިރިއުޅޭ މީހުންގެ ދަފްތަރު ފަދަ އާބާދީއާއި ގުޅޭ މައުލޫމާތު ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ތައްޔާރުކޮށް، ބޭނުންކުރަމުންދާ ޕޯޓަލް އެކެވެ. އެލްޖީއޭއިން ބުނީ ކުޅުދުއްފު...

ޔުމްނާ ޢަލީ
ކުޅުދުއްފުށިން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނަގަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނަގަނީ

ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރިފައި ވޭތޯ ބެލުމަށްޓަކައި މިރޭ އަދި މާދަމާ ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނަގާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލްހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ. ކޭއާރުއެޗް އިން ބުނީ އެރަށުގެ ހުރިހާ ރައްޔިތުން ވެސް މިކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވުން އެދޭ ކަމަށެވެ. ކޭއާރުއެޗް އިން ބުނީ އުތުރުގެ ޕޮލިސް ކްލަސްޓަރއާ ގުޅިގެން އެންމެ ފަހުން ނެގުނު 93 ސާމްޕަލް ވެސް ވަނީ ނެގެޓިވް ވެފައި ކަމަށެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވި […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ އާރޓިފިޝިއަލް ބީޗާއި އެއަރ ޕޯރޓް ބީޗް ހިތްފަސޭހަ މާހައުލަކަށް ހަދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އާރޓިފިޝިއަލް ބީޗާއި އެއަރ ޕޯރޓް ބީޗް ހިތްފަސޭހަ މާހައުލަކަށް ހަދަނީ

ހދ. ކުޅުދުއްފުށީ އާރޓިފިޝިއަލް ބީޗާއި އެއަރ ޕޯރޓް ސަރަހައްދުގެ ބީޗްގައި ގޮޑި އަދި ކުޑަ ޖަހާ ބީޗް ސަރަހައްދު ހިތްފަސޭހަ މާހައުލަކަށް ހެދުމަށް ބޭނުންވެގެން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ އިން އިޢުލާން ކޮށްފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން – 04 ނޮވެމްބަރ 2020 ވާ (ބުދަ) ދުވަހުގެ 13:00 ގައި އަދި އަންދާސީ […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ޓާސްކު ފޯހާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުން: އެޗްއީއޯސީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޓާސްކު ފޯހާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުން: އެޗްއީއޯސީ

އުތުރުގެ ޕޮލިސް ކްލަސްޓާއާއި ގުޅިގެން މިވަގުތު މޮނިޓަރިންގައި އޮތް ކުޅުދުއްފުށީގައި، ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ބެލެވޭތީއާއިއެކު އެރަށު ކޯވިޑް ޓާސްކް ފޯހާއި ގުޅިގެން މަސައްކަތް ކުރަށް ވަމުން ގެންދަވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ) އިން ބުނެފިއެވެ. ރޭ އެޗްއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދަށްކަވަމުން އެޗްއީއޯސީގެ ޢަބުދުﷲ މަޢުރޫފް ވިދާޅުވީ ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ބެލެވޭތީ، އެޗްޕީއޭގެ ގައިޑްލައިންތަކާ...

ޒިޔާން އަމްޖަދު
އުތުރުގެ ޕޮލިސް ކްލަސްޓާ: ތިން އަތޮޅުން ގިނަ ކޮންޓެކްޓުންތަކެއް 📍 ހދ. ކުޅުދުއްފުށި

އުތުރުގެ ޕޮލިސް ކްލަސްޓާ: ތިން އަތޮޅުން ގިނަ ކޮންޓެކްޓުންތަކެއް

އުތުރުގެ ޕޮލިސް ކްލަސްޓާ ފެށުންއައީ 24 ސެޕްޓެމްބަރު 2020 ގައި ތިލަދުންމަށްޗަށް ދަތުރު ކުރި 18 ފުލުހެއްގެ ދަތުރާއި ގުޅިގެން ކަމަށާއި، އެ ކްލަސްޓާގައި ގިނަ ރަށްތަކަކުން ގިނަ ޢަދަދެއްގެ ސީދާ ބައްދަލުވި މީހުން ދެނެގަނެވިފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ) އިން ބުނެފިއެވެ. ރޭ އެޗްއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރުގެ ޕޮލިސް ކްލަސްޓާއާއި ގުޅުން ހުރި މަޢުލޫމާތު ހާމަ ކުރަށްވަމުން އެޗްއީއޯސީގެ ކޮންޓެކްޓް ޓްރޭސިން ޓީމުގެ ފަރާތުން އިބްރާޙީމް ނާޒިމް ވިދާޅުވީ […]

ޝިއުނާ އާދަމް
ޚާއްޞަ ހުއްދަ ހިތި ބޭހަކަށްވެ، އުތުރުގެ "ހިތް" ހުއްޓިފައި 📍 ހދ. ކުޅުދުއްފުށި

ޚާއްޞަ ހުއްދަ ހިތި ބޭހަކަށްވެ، އުތުރުގެ "ހިތް" ހުއްޓިފައި

އުތުރުގެ 3 އަތޮޅުގެ ރައްޔިތުން އެ ރަށަކުން ގިނަ ޚިދުމަތްތަކެއް ލިބިގަންނަ ކުޅުދުއްފުށްޓަކީ އުތުރުގެ ”ހިތް” ކަމަށް ދެބަސްވާނެ އެއްވެސް ޖާގައެއް ނެތެވެ. އެ ”ހިތަށް” ޒަޚަމެއްވެއްޖެ ނަމަ އޭގެ އަސަރު ސީދާ އަދި ނުސީދާ ގޮތުން ވެސް ނުކުރާނެ ރައްޔިތަކު ހއ. ހދ. އަދި ށ އަތޮޅުގައި ނެތްކަމަށް ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ކުޅުދުއްފުށީގެ ރައްޔިތުންވެސް ހިމެނޭހެން މި އަތޮޅުތަކު ރަށްތަކުގެ ރައްޔިތުން ވެސް މިތިބީ ސިހި، އިނގިލީގައި ދައިގަނެގެންނެވެ. އެޗްޕީއޭގެ ޚާއްޞަ ހުއްދަ ތިލަދުންމަށްޗަށް […]

ޙުސައިން ޝަހުދީ
ޗާލު ނައިވާދޫގެ ''ނަލަނަލަ ރަސްތުނޑި'' މައިޒާން ހުޅުވައިފި 📍 ހދ. ނައިވާދޫ

ޗާލު ނައިވާދޫގެ ''ނަލަނަލަ ރަސްތުނޑި'' މައިޒާން ހުޅުވައިފި

ހދ. ނައިވާދޫ ޒުވާނުންގެ ހިތުގައި ނައިވާދޫއަށް އޮތް ލޯތްބާއި، އެ ޒުވާނުންގެ މެދުގައި އޮތް އެކުވެރިކަން މިފަހަރު ދައްކުވައި ދިނީ އެ ރަށުގެ ޗާލު ތުނޑީގައި ތައްޔާރުކުރި ”ނަލަނަލަ ރަސްތުނޑި” މައިޒާނުންނެވެ. ނައިވާދޫ ޒުވާނުންތަކެއް އިސްނަގައިގެން އެރަށުގެ އުތުރު ތުނޑީގައި ތަރައްޤީކުރު މި މައިޒާން، ރާއްޖޭގެ ޤައުމީ ދުވަހާއި ގުޅުވައިގެން އިއްޔެ ވަނީ ހުޅުވައި، ބޭނުން ކުރަން ފަށާފައިއެވެ. އިއްޔެ އެ މައިޒާން ބޭނުން ކުރަން ފެށިއިރު، އެ މައިޒާން ބޭނުން ކުރުމަށް ވަނީ ރަސްމިއްޔާތެއް ވެސް […]

ޙުސައިން ޝަހުދީ
ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވާ! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަނެއް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވާ!

ކުޅުދުއްފުށީގައި ކޯވިޑް-19ގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިކަމަށް ބެލެވޭކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފިއެވެ. އެޗްއީއޯސީން ބުނީ ކުޅުދުއްފުށިން މިމަހުގެ ފެނިފައިވާ ކޯވިޑް-19ގެ ކޭސްތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން އަދި ޓެސްޓިންގެ ތެރެއިން 4 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ރަށުގައި ބަލި ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އެ ރަށުގެ ޓާސްކްފޯހާއި އެޗްޕީއޭގެ ޓެކްނިކަލް ޓީމާއެކު އެރަށު...

ޔުމްނާ ޢަލީ
ނޮޅިވަރަމުގައި "ބޮޑު ވަކި" އާލާކޮށް މުޑުވަށް ކުރަނީ

ނޮޅިވަރަމުގައި "ބޮޑު ވަކި" އާލާކޮށް މުޑުވަށް ކުރަނީ

ނޮޅިވަރަމުގެ ކަނޑޫފާގައި ހެދިފައިވާ ކަނޑޫ އާއިލާގެ ގަސްތައް މަރުވަމުން ދިޔުމާއި ގުޅިގެން އެތަނުގެ ފެހިކަން ގެއްލެމުންދާތީ އެތަން އިތުރަށް ފެހިކޮށް ނެތެމުންދާ ބާވަތްތަކުގެ ގަސްތައް އާލާކުރުމުގެ ގޮތުން އެ ބާވަތްތަކުގެ ގަސް މުޑުވަށްކޮށް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް 18 އޮކްޓޯބަރ 2020 ވީ އާދީއްތަ ދުވަހު ފަށާފައިވާއިރު، ފުރަތަމަ ދުވަހު ވަނީ އެ ރަށުން ނެތިގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތެއް ކަމުގައިވާ ބޮނޑަވަކި ގަހުގެ 200 އަށްވުރެ ގިނަ ގަސް އިންދާފައެވެ. މި […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންއަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންއަށް

ހދ. ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ކުޅުދުއްފުށި ކައުންސިލުން ބުނެފައިވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން ވަނީ މަނާ ކުރެވިފައިކަމަށެވެ. ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ 17 އޮކްޓޯބަރ 2020، 22:35 ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށެވެ. މޮނިޓަރިންގއަށް ލާފައިވާކަން...

ޔުމްނާ ޢަލީ
ހދ. އަތޮޅުގެ ތިން ރަށެއްގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި 📍 ހދ. ވައިކަރަދޫ

ހދ. އަތޮޅުގެ ތިން ރަށެއްގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ފެނަކަ ކޯޕަރޭޝަން އިން ހދ. އަތޮޅު ކުމުންދޫ އާއި ވައިކަރަދޫ އަދި ނެއްލައިދޫގައި އަޅާ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. ތިން ރަށުގެ އިންޖީނުގެ އާއި އޮފީސް ބްލޮކްގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އަދި ރަށު ކައުންސިލުގެ ރައީސުންނެވެ. ކުމުންދޫގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ވަލީދު ކޮންސްޓްރަކްޝަންސްއާ ކަމަށްވާއިރު، 270 ދުވަހުގެ ތެރޭގައި މި މަސައްކަތް...

ޔުމްނާ ޢަލީ
ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމުގެ އިތުރުން މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކޮށް ނ...

އިބްރާހިމް ޚަލީލް
ހަނިމާދޫ އަދި ނަރުދޫ ހިމެނޭހެން 9 ރަށެއްގެ ގެސްޓް ހައުސްތައް މިއަދު ހުޅުވާލަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އަދި ނަރުދޫ ހިމެނޭހެން 9 ރަށެއްގެ ގެސްޓް ހައުސްތައް މިއަދު ހުޅުވާލަނީ

ކޯވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމާއިއެކު، ބަންދުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓް ހައުސްތައް މިއަދު އަލުން ހުޅުވާލާއިރު 9 ރަށެއްގެ 16 ގެސްޓް ހައުސްއެއް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. ކޯވިޑާއި ގުޅިގެން މިއަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓު ހައުސްތައް އަލުން ހުޅުވާލާއިރު ރަށު ފެންވަރުގައި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއްނެތްކަމަށް މިހާތަނަށް 9 ރަށަކުން ޓޫރިޒަމް މިނިސްޓްރީއަށް އަނ...

ޝިއުނާ އާދަމް