މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށި ކައުންސިލް އިދާރާގެ އަޑުގަދަކުރާ ބޭނުންކުރުމުގެ އުސޫލަށް ބަދަލުތަކެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ކައުންސިލް އިދާރާގެ އަޑުގަދަކުރާ ބޭނުންކުރުމުގެ އުސޫލަށް ބަދަލުތަކެއް

ހދ. ކުޅުދުއްފުށި ކައުންސިލް އިދާރާގެ އަޑުގަދަކުރާ ބޭނުންކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ. އެކަން ހާމަކޮށް ކުޅުދުއްފުށި ކައުންސިލުން ބުނީ އެކައުންސިލް އިދާރާގެ އަޑުގަދަކުރާ ބޭނުންކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މިގޮތުން 02 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން އެކައުންސިލްގެ އަޑުގަދަކުރާ ބޭނުންކުރެވޭނީ ގުދުރަތީ ކާރިސާތައް އަދި އެހެނިހެން ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ކައުންސިލުން ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ މުހިންމު މެސެޖުތައް ފޯރުކޮށްދިނުމަށް...

ޔުމްނާ ޢަލީ
ތިލަދުންމަތީ ހުނަރުވެރިން: "ދޮނާސް ބުރައިޑަލް ބުކޭ" މިހާރު ފަރިތަ ނަމެއް! 📍 ހދ. ކުމުންދޫ

ތިލަދުންމަތީ ހުނަރުވެރިން: "ދޮނާސް ބުރައިޑަލް ބުކޭ" މިހާރު ފަރިތަ ނަމެއް!

ރާއްޖޭގައި ކުރެވޭ ކައިވެނިތަކާއި އެ ކައިވެނިތަކާއި ގުޅިގެން ބޭއްވޭ ހަފްލާތަކަކީ މިހާރު ގިނަ ވިޔަފާރިތަކާއި ގުޅި ލާމެހިފައިވާ ހަފްލާތަކެކެވެ. ކައިވެނީގެ އުފަލުގައި ބާއްވާ ހަފްލާގެ ބެކްޑްރޮޕް ހެދުމާއި، އެ ހަފްލާތަކަށް ކޭކު އެޅުމާއި، އެ ހަފްލާތަކަށް ކައިވެނީގެ ހެދުން ފެހުމާއި، ކައިވެނީގެ ރަން ހެދުމާއި، މިފަދަ މަސައްކަތްތަކަކީ މިއަދު ވިޔަފާރީގެ ބާޒާރެކެވެ. މިގޮތުން ކައިވެނީގެ ހަފްލާތަކުން ފެނިގެންދާ ވެޑިންގ ޑްރެސްތަކާއި ގުޅުވައިގެން ތައްޔާރު ކޮށްފައި ހުންނަ ބުކޭ ހެދުމުގެ މަސައްކަތުގައި ހދ.ކުމުންދޫ ޒ...

އިބްރާހިމް ޚަލީލް
މަސްތުވާތަކެތީގެ ވިޔަފާރިއާއި ދެކޮޅަށް ނޮޅިވަރަމުގައި އަޑުއުފުލައިފި 📍 ހދ. ނޮޅިވަރަމް

މަސްތުވާތަކެތީގެ ވިޔަފާރިއާއި ދެކޮޅަށް ނޮޅިވަރަމުގައި އަޑުއުފުލައިފި

ހދ. ނޮޅިވަރަމުގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ފަރާތްތައް އިތުރުވަމުންދާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ހިނގާލުމެއް ބާއްވައިފިއެވެ. 30 އޮކްޓޯބަރ 2020 ވީ ހުކުރު ދުވަހު ހަވީރު 16:15 ގައި ފެށި މި ހިނގާލުމުގައި ސަތޭކައާއި ގާތްކުރާ އަދަދަކަށް މީހުންވަނީ ބައިވެރި ވެފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ވެސް ހިމެނެއެވެ. ނޮޅިވަރަމުގެ ޒުވާނުން އިސްނަގައިގެން ބޭއްވި މި ހިނގާލުމުގެ މައިގަނޑު މަޤުޞަދަކީ އެ ރަށުގައި މަސްތުވާތަކެތީގެ ވަބާ ފެތުރެމުންދާތީ އެކަމާއި ގުޅޭގޮތުން...

އިބްރާހިމް ޚަލީލް
ކަށިކޭލުގައި ތައްޔާރުކުރާ ''ދޮން ހަސަނު'' އިހުގެ ހަނދާންތަކާއި ގުޅިފައި 📍 ހދ. ފިނޭ

ކަށިކޭލުގައި ތައްޔާރުކުރާ ''ދޮން ހަސަނު'' އިހުގެ ހަނދާންތަކާއި ގުޅިފައި

ކަށިކޭލުގައި ތައްޔާރުކުރާ ”ދޮން ހަސަނު” އަކީ ކުރީއްސުރެ އުތުރުގެ ރަށްތަކުގައި ތައްޔާރުކޮށް އުޅޭ ކެއުމުގެ ބާވަތެކެވެ. އުތުރުގައި ނޫނަސް ”ދޮން ހަސަނު” ތައްޔާރުކޮށް އުޅުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ. ކޮންމެއަކަސް މިހަފުތާގައި މިއޮތީ އުތުރުގެ ހދ. ފިނޭ މީހުން ތައްޔާރުކުރާ ގޮތަށް ފިނޭ މީހުންގެ ރަހަތަކާއިއެކު ”ދޮން ހަސަނު” ތައްޔާރު ކުރާނެ ގޮތެވެ. މީގެ ކުރީން ވެސް ވަނީ ފިނޭ މީހުން ކައްކާ އުޅޭ ގޮތަށް އެ މީހުންގެ ޚާއްޞަ ބައެއް ކާނާގެ ބާވަތްތައް ގެނެސް […]

ޝިއުނާ އާދަމް
ހަނިމާދޫ އާއި ފުޅަދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އާއި ފުޅަދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 25 އިންސައްތަ އަދި ‏ބ. ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ބުނީ ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައި ވާކަމަށެވެ. މި މަޝްރޫޢު ފެށުމަށްޓަކައި ބޭނުންވާ ސާމާނު އެރަށަށް މޮބިލައިޒް ކުރެވި...

އަޙްމަދު ވަހީދު
ހަނިމާދޫގައި މާސްކު ބަހަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި މާސްކު ބަހަނީ

ހަނިމާދޫގައި ދިރިއުޅޭ މީހުން ކޯވިޑަށް ރައްކާތެރިކޮށް ދިނުމަށް އެހީތެރިވުމުގެ ގޮތުން ހަނިމާދޫ ކައުންސިލުން ފޭސް މާސްކު ބަހަން ފަށައިފިއެވެ. އިއްޔެ ހަނިމާދޫގައި މާސްކު ބަހަން ފަށާފައިވާއިރު، އިއްޔެ ވަނީ 700 ފޭސް މާސްކު ބަހާފައި ކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނީ މާސްކު ބަހަން ނިންމީ ގެސްޓް ހައުސްތައް ވެސް ހުޅުވުމާއިއެކު އެރަށަށް ފަތުރުވެރިން ވެސް އަންނަން ފަށާފައިވާތީއާއި ވެސް އެކުގައި ކަމަށެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސަލާމް ޢަލީ ”ތިލަދުން” އަށް ވިދާޅުވީ، […]

ޔުމްނާ ޢަލީ
ނޭކުރެންދޫ ސްކޫލުގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓަރ އާއި ބައްދަލުކުރައްވައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ސްކޫލުގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓަރ އާއި ބައްދަލުކުރައްވައިފި

ހދ. ނޭކުރެންދޫ ސްކޫލުގެ އިސް ވެރިން، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޢާއިޝަތު އަލީ އާއި ބައްދަލުކުރައްވައިފިއެވެ. ގޫގުލް މީޓް މެދުވެރިކޮށް ބޭއްވެވި މި ބައްދަލުވުމުގައި، ނޭކުރެންދޫ ސްކޫލުގެ އިސްވެރިންނާއި މިނިސްޓަރގެ އިތުރުން، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށް، ވާހަކަ ދެކެވިފައިވަނީ، ސްކޫލުގެ މެނޭޖްމެންޓްގެ ހުރި ހިތްހަމަ ނުޖެހުންތަކާއި، ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންގެ ޝަކުވާތައ...

މުޙައްމަދު މާއިލް ހަސަން
ކުޅުދުއްފުށިން އިތުރު 100 ސާމްޕަލް ނަގަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު 100 ސާމްޕަލް ނަގަނީ

ހދ. ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް އިތުރު 100 ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ. ނިގޮތުން މިއަދު 15:00 އިން ފެށިގެން ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުން ރޭންޑަމް ސާމްޕަލް ނަގަމުން ގެންދާނެ ކަމަށާއި މިކަމަށް އެންމެހާ ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް ކޭއާރުއެޗުން އިލްތިމާސްކުރެއެވެ. އަދި ބަލީގެ އެއްވެސް ކަހަލަ އަލާމާތެއް ހުރި ނަމަ ލޯކަލް މާރުކޭޓް އިމާރާތުގައި ޤާއިމު ކޮށްފައިވާ ފު...

ޖަލްވާން ޖާދުﷲ
ކުޅުދުއްފުށިން އިއްޔެ ނެގި ހުރިހާ ރެންޑަމް ސާމްޕަލްވެސް ނެގެޓިވް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިއްޔެ ނެގި ހުރިހާ ރެންޑަމް ސާމްޕަލްވެސް ނެގެޓިވް

ހދ.ކުޅުދުއްފުށިން ކޯވިޑް-19އަށް ޓެސްޓު ކުރުމަށް ދެވަނަ ބުރުގައި ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ) އިން ބުނެފިއެވެ. އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ އެޓޯލް ޕްރިޕެއާޑްނެސް ޓީމުގެ އަބްދުﷲ މައުރޫފް ވިދާޅުވީ ކުޅުދުއްފުށީގައި ޑޮކްޓަރަށް ދައްކަންދާ ފަރާތްތަކުގެ ތެރެއިން ސިމްޓަމްސް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގަމުން އަންނަ ކަމަށާއި އެގޮތުން 17 އޮކްޓޯބަރުން ފެށިގެން މިއަދާ ހަމައަށް ޑޮކްޓަރަށް ދައްކަން ދިޔަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ކަންކަން ބެލުމަށް ރައީސް އެކުލަވާލި ޓީމުން އެ ރަށުގައި މަސައްކަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ކަންކަން ބެލުމަށް ރައީސް އެކުލަވާލި ޓީމުން އެ ރަށުގައި މަސައްކަތް ފަށައިފި

ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރޭތީ އެރަށުގެ ހާލަތު ކައިރިންބަލައި، އެހީތެރިވުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެކުލަވާލި ޓީމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އާއި، އެރަށުގެ ޓާސްކު ފޯހާއި، ކައުންސިލާއި އަދި މިނޫންވެސް އެމަސައްކަތުގައި ޝާމިލްވާ ފަރާތްތަކާއި ބައްދަލުވުން ތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ބައްދަލުވުންތަކާއި ގުޅިގެން ކޭއާރުއެޗުން ބުނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރަން ޖެހޭ މަސައްކަތްތައް ހަރުދަނާކޮށް، އިތުރަށް ކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް އެޗްއީއ...

ޝިއުނާ އާދަމް
ހަނިމާދޫން 2 ވަނަ ކޯވިޑް ކޭސްއެއް، މިފަހަރު ބިދޭސީއެއް

ހަނިމާދޫން 2 ވަނަ ކޯވިޑް ކޭސްއެއް، މިފަހަރު ބިދޭސީއެއް

ހދ. ހަނިމާދޫގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ހަނިމާދޫގައި ހުރި ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ހާމަ ކުރެއްވި މަޢުލޫމާތުތަކުން ވަނީ ހާމަ ވެފައި އެވެ. އެޗްޕީއޭއިން ރޭ ހާމަކުރަށްވާފައިވާގޮތުން ހަނިމާދޫން ޕޮޒިޓިވް ވެފައިވަނީ ފުރަން އުޅުނު މީހެކެވެ. ހަނިމާދޫން އިތުރު ކޯވިޑް ކޭހެއް ފެނުމާއި ހަނިމާދޫ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ޕޮޒިޓިވްވީ ހަނިމާދޫގައި ހުންނަ ސިޓީ ހޮޓަލުގައި ހުރި މީހެއް ކަމަށެވެ. އޭނާއަކީ […]

ޔުމްނާ ޢަލީ
ނޭކުރެންދޫއިން މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫއިން މީހަކު ޕޮޒިޓިވް ވެއްޖެ

ހދ.ނޭކުރެންދޫ އިން ކޯވިޑް 19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ. އެ ރަށުން ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް އާލީ އާދަމް “ތިލަދުން”އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ނޭކުރެންދޫ އަށް އައި 05 މީހުންގެ ތެރެއިން އެކަކުގެ ނަތީޖާ ކަމަށާއި ދެން ތިބި 4 މީހުންގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.  “އެ ފަސް މީހުން ވެސް ރަށަށް […]

ޖަލްވާން ޖާދުﷲ
ހަނިމާދޫ ސްކޫލް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ހަނިމާދޫ ސްކޫލުން އިންތިޒާމް ކޮށްގެން އެ ސްކޫލްގެ ދަރިވަރުންގެ މެދުގައި ބޭއްވުނު “ހަނިމާދޫ ސްކޫލް އޮންލައިން ޤުރުއާން މުބާރާތް 2020 ” ގެ ނަތީޖާ ފާޅުކޮށްފިއެވެ. ދަރިވަރުންގެ ހިތުގައި ޤުރުއާނަށް ލޯބިޖައްސައި، ތަޖުވީދުގެ ހަމަތަކަށް ޤުރުއާން ކިޔެވުމަށް ބާރުއަޅައި، ދަރިވަރުންގެ މެދުގައި ޤުރުއާން ކިޔެވުމުގެ ރޫޙް އާލާކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މި މުބާރާތުގެ ޖުމްލަ 67 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ 22 އޮކްޓޯބަރ 2020 ވީ ބުރާސްފަތި ދުވަހުގެ ރޭ ޒޫމް […]

އިބްރާހިމް ޚަލީލް
އަންނަ އަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ކުޅުދުއްފުށީގައި ފާހަގަކުރުމަށް އެދިއްޖެ 📍 ހދ. ކުޅުދުއްފުށި

އަންނަ އަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ކުޅުދުއްފުށީގައި ފާހަގަކުރުމަށް އެދިއްޖެ

އަންނަ އަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ހދ. ކުޅުދުއްފުށި ސިޓީގައި ފާހަގަކުރުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރ ޔާސިރު ޢަބްދުއްލަޠީފް އެދިވަޑައިގެންފި އެވެ. ޔާސިރު ޢަބްދުއްލަޠީފް އެދިވަޑައިގަތީ މިއަދު ޒުވާނުންގެ ދުވަހުގެ ތަޙުނިޔާ އަރިސްކުރުމަށް ކުރެއްވި ޓުވީޓެއްގަ އެވެ. 2021 ވަނަ އަހަރުގެ މިދުވަސް ރަސްމީކޮށް ކުޅުދުއްފުށި ސިޓީގައި ފާހަގަ ކުރުމަކީ އަޅުގަނޑުމެންގެ ނުހަނުބޮޑު އެދުމެއްކަމުގައި ދަންނަވަން ޒުވާނުންގެ ދުވަހުގެ ތަޙުނިޔާ އަރިސްކުރަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ޓެގްރަ...

އަލީ އާދިލް
ނޭކުރެންދޫ ޖަލަކީ ޕްރިޒަން ރިފޯމްގެ އެޖެންޑާގެ ބޮޑު މަޝްރޫއެއް: އިމްރާން 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ޖަލަކީ ޕްރިޒަން ރިފޯމްގެ އެޖެންޑާގެ ބޮޑު މަޝްރޫއެއް: އިމްރާން

ހދ. ނޭކުރެންދޫގައި ގާއިމުކުރަން ނިންމަވާފައިވާ ޖަލަކީ ސަރުކާރުގެ ޕްރިޒަން ރިފޯމްގެ އެޖެންޑާގައި ހިމެނޭ ބޮޑު މަޝްރޫއެއް ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ނޭކުރެންދޫގައި އެޅުމަށް ނިންމާފައިވާ ޖަލުގެ ފުރަތަމަ ފޭސްގެ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުން ފިލުއްވުމަށް، ނޭކުރެންދޫ ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އިއްޔެ އޮތް މަޖިލިސްގެ، 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާޖަލްސާގައި ކުރެއް...

އަލީ އާދިލް