މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,880 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,880 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3880 ޚަބަރުގެ ތެރެއިން
މަކުނުދޫގައި ނުރައްކާތެރި އެކްސިޑެންޓެއް 📍 ހދ. މަކުނުދޫ

މަކުނުދޫގައި ނުރައްކާތެރި އެކްސިޑެންޓެއް

ހދ. މަކުނުދޫގައި ނުރައްކާތެރި އެކްސިޑެންޑެއް ހިނގައި، ދެ މީހަކަށް އަނިޔާ ވެއްޖެއެވެ. މަކުނުދޫ ކައުންސިލްގެ ރައީސް ހުސައިން ސާމީ ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގަން މެދުވެރިވި ސަބަބު ދަންނަވަން ނޭނގޭ ކަމަށެވެ. އަދި އެކްސިޑެންޓްވީ އެރަށުގެ ބޮޑުމަގުން ދުއްވާފައި ދިޔަ ސައިކަލެއް އެ މަގުން ހިނގާފައިދި މީހެއްގެ ގައިގާ ޖެހިގެން ކަމަށެވެ. ސާމީ ވިދާޅުވިގޮތުގައި އެ ހާދިސާގައި ސައިކަލް ދުއްވާފައި ދިޔައީ އެމަގުގެ ހުޅަނގުން އިރަށް ކަމަށާއި އަދި އަނިޔާވި، ހިނގާފައި ދ...

ޝިއުނާ އާދަމް
ވެމްކޯއިން ކުޅުދުއްފުށީގައި ގިނަވެފައި ހުރި ކުނިތައް ނަގަން ފަށައިފި 📍 ހދ. ކުޅުދުއްފުށި

ވެމްކޯއިން ކުޅުދުއްފުށީގައި ގިނަވެފައި ހުރި ކުނިތައް ނަގަން ފަށައިފި

ޒަމާންތަކެއްވަންދެން ކުޅުދުއްފުށި ސިޓީގައި ގިނަވެފައި ހުރި ކުނިތައް ވެމްކޯއިން މިއަދު ނަގަން ފަށައިފިއެވެ. މިއީ ރައީސް އޮފީހުގެ އިސް ނެގުމުގެ މަތިން ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ފެށި މަސައްކަތެކެވެ. މީގެ ސަބަބުން ދެމެއްހެޓެނިވިގޮތެއްގައި އެ ސިޓީގައި ކުނި މެނޭޖު ކުރެވޭނެ ކަމަށް ވެމްކޯއިން ބުނެއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތް ނިމޭއިރު ގާތްގަނޑަކަށް 92،000 ޓަނުގެ ކުނި އެ ސިޓީން ސާފު ކޮށްލެވޭނެ އެވެ. We are excited to […]

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީން ދެ މީހަކު އަދި މަކުނުދޫން އެކަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހދ. މަކުނުދޫ

ކުޅުދުއްފުށީ ސިޓީން ދެ މީހަކު އަދި މަކުނުދޫން އެކަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށީ ސިޓީން ދެ މީހަކު އަދި ހދ. މަކުނުދޫން އެކަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ ކުޅުދުއްފުށީ ސިޓީން ޕޮޒިޓިވްވި ދެ މީހުންނަކީ ނިމުނު ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މާލެއިން އެ ސިޓީއަށް ދިޔަ ދެމީހުން ކަމަށެވެ. އެ ދެމީހުން ކޯވިޑް ޓެސްޓްކުރީ މާލެއިން ޕޮޒިޓިވްވި ބަޔަކާ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނުމުން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެ އެވެ. އަދި އެ ދެމީހުންގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ […]

ޔުމްނާ ޢަލީ
ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދުވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މިރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހަ...

ޔުމްނާ ޢަލީ
"ވައި ރޮދިން" އިސްނަގައިގެން ވައިކަރަދޫ އަތިރިމަތި ސާފުކޮށްފި 📍 ހދ. ވައިކަރަދޫ

"ވައި ރޮދިން" އިސްނަގައިގެން ވައިކަރަދޫ އަތިރިމަތި ސާފުކޮށްފި

ހދ. ވައިކަރަދޫގައި މޫދު ކުޅިވަރުގެ ހަރަކާތްތައް ހިންގާ (ވައި ރޮދިން) ޓީމު ގެ އިސްނެގުމާއެކު އެރަށުގެ އުތުރު ފަރާތު ގޮނޑުދޮށް އަދި އަތިރިމަތި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ. މި ހަރަކާތާއި  ބޭހޭ އިތުރު މައުލޫމާތު ދެމުން މިހަރަކާތުގައިި އިސްކޮށް ހަރަކަތްތެރިވި ފަރާތެއްކަމުގައިވާ މުޙައްމަދު އަޒީމް ބުނެފައިވަނީ މި ހަރަކާތަކީ ރަށުގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތް ކުރިއަށް ގެން ގޮސްފައިވަނީ ރަށުގެ ކުދި ބޮޑު އެންމެނަށް ވެސް ހުޅުވާލައިގެންކަމަ...

ޖަލްވާން ޖާދުﷲ
ހަނިމާދޫއަށް ހިތްފަސޭހަކަން، ޒަމާންވީ ބޮޑެތި ނިކަގަސްތަކުން! 📍 ހދ. ހަނިމާދޫ

ހަނިމާދޫއަށް ހިތްފަސޭހަކަން، ޒަމާންވީ ބޮޑެތި ނިކަގަސްތަކުން!

ހަނިމާދޫއަކީ ނިކަގަހުގެ އާބާދީ ބޮޑު ރަށެކެވެ. އަތިރިމަތީ ސަރަހައްދާއި، ވަލުތެރެއާއި، އެއާރޕޯޓް ސަރަހައްދުގެ އިތުރުން މީހުން ދިރިއުޅޭ ސަރަހައްދު ތަކުގައި ގިނަ އަދަދެއްގެ ބޮޑެތި ނިކަގަސްތައް ހެދިފައި ހުރެއެވެ. އެގަސްތަކަކީ ހަނިމާދޫގެ ގިނަ ބަޔަކަށް ހިތްފަސޭހަކަން ގެނުވާ ގަސްތަކެކެވެ. މި ނިކަގަސްތައް ނުހުންނަ ހަނދާނެއް އަޅުގަނޑު ނުވެއެވެ. ވުމާއިއެކު މި ގަސްތަކުގެ އުމުރު އަންދާޒާ ކޮށްލުމަށް ދުވަސްވީ ބައެއް މީހުންނާއި ސުވާލުކޮށްލީމެވެ. “މި ބިޔަ ބޮޑެތި ނިކަގަސްތައް ނުހުންނަ ހަނދާނެއް އަޅުގަނޑު ނުވޭ، މި...

އިބްރާހިމް ޚަލީލް
ކުމުންދޫ "ކިނާރާ ފަންނު" ގައި ރޯކޮށްލައި ގެއްލުން ދީފި 📍 ހދ. ކުމުންދޫ

ކުމުންދޫ "ކިނާރާ ފަންނު" ގައި ރޯކޮށްލައި ގެއްލުން ދީފި

ހދ. ކުމުންދޫގަައި އެންމެފަހުން ތަރައްޤީކުރި “ކިނާރާ ފަންނު” ގައި ރޯކޮށްލައި ގެއްލުން ދީފި އެވެ. ކުމުންދޫ ކައުންސިލުން މިކަމާއި ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ހެދިފައިވާ މައިޒާންތަކަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ހެދިފައިވާ ތަންތަންކަމަށާއި މިތަންތަނަށް ލިބޭ ގެއްލުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުމެއްކަމަށެވެ. ރޭގައި ކިނާރާ ފަންނު އަށް ބަޔަކު ދީފައިވާ ގެއްލުމަކީ ވަރަށް ނާތަހުޒީބު އަމަލެއް، މިފަދަ އަމަލު ތަކުން އަޅުގަނޑުމެން ރައްޔިތުން ދުރުވާންޖެހޭ ގެއްލުންދީފައިވާ މަންޒަރުތައް ފެން...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި ހޮނިހިރު ދުވަހު ކްރޭން ބޭނުން ނުކުރެވޭނެ ވަގުތެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި ހޮނިހިރު ދުވަހު ކްރޭން ބޭނުން ނުކުރެވޭނެ ވަގުތެއް

ކުޅުދުއްފުށި ސިޓީގެ ލޯކަލް ބަނދަރުގައި ހޮނިހިރު ދުވަހު އެލޯންގްސައިޑް ކޮށްގެން ކްރޭން ބޭނުން ކޮށްގެން މުދާ ނުބޭލޭނެ ވަގުތެއް ކަނޑައަޅައިފިއެވެ. މިގޮތުން ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި އެލޯންގްސައިޑްކޮށްގެން އަދި ކްރޭން ބޭނުންކޮށްގެން، މުދާ ބޭލުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:00 އިން މެންދުރު ފަހު 14:30 އަށް ވަނީ މަނާކޮށްފައެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ނެރެފައިވާ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ ކުޅުދުއްފުށި ލޯކަލް ބަނދަރަކީ އަބަދުވެސް ކާރުބާރު ބޮޑު ބަނދަރަކަށްވެފައި، ކޮވިޑް-...

އިބްރާހިމް ޚަލީލް
މަކުނުދޫއާއި ބިލެތްފަހި ހިމެނޭހެން ހަތަރު ރަށެއްގައި އެއާޕޯޓް އަޅާނެ ބަޔަކު ހޯދަނީ 📍 ހދ. މަކުނުދޫ

މަކުނުދޫއާއި ބިލެތްފަހި ހިމެނޭހެން ހަތަރު ރަށެއްގައި އެއާޕޯޓް އަޅާނެ ބަޔަކު ހޯދަނީ

ިހަތަރު ރަށެއްގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ސަރުކާރުން ޢިއުލާންކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި ޢިއުލާނުގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ހަތަރު ރަށެއްގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވާ ކަމަށެވެ. ސަރުކާރުން އަލަށް އެއާޕޯޓް ތަރައްގީކުރަން ހުޅުވާލާފައިވާ ރަށްތަކަކީ އުތުރުން ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ އަ...

ޙުސައިން ޝަހުދީ
ކުޅުދުއްފުއްޓާއި، ހަނިމާދޫގައި ނުނިމި ހުރި ހައުސިން ޔުނިޓްތައް ނިންމާނެ ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުއްޓާއި، ހަނިމާދޫގައި ނުނިމި ހުރި ހައުސިން ޔުނިޓްތައް ނިންމާނެ ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި

ކުޅުދުއްފުށީ ސިޓީއާއި، ހދ. ހަނިމާދޫގައި އިމާރާތް ކުރަންފަށާފައިވާ ހައުސިން ޔުނިޓްތައް ނިންމާނެ ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފިއެވެ. އެ ދެރަށުގައި އިމާރާތް ކުރަންފަށާފައިވާ ހައުސިން ޔުނިޓްތައް ނިންމާނެ ބަޔަކު ހޯދަން ކުރިން ކޮށްފައިވާ ޢިއުލާން ބާތިލްކޮށް އަލުން އެ މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ފިނޭންސްއިން ޢިއުލާން ކުރީ އިއްޔެއެވެ. މިގޮތުން އެ މިނިސްޓްރީއިން ބުނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް ހައުސިންގ އިންފްރާސްޓަރަކްޗަރގެ އެދިލެއްވުމުގެ މަތިން އެ ދެރަށުގައި...

ޔުމްނާ ޢަލީ
ނެއްލައިދޫ ކޮމިޔުނިޓީ ޕާކް ސަރަހައްދުގައި ރެސްޓޯރެންޓެއް ތަރައްޤީ ކުރަނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކޮމިޔުނިޓީ ޕާކް ސަރަހައްދުގައި ރެސްޓޯރެންޓެއް ތަރައްޤީ ކުރަނީ

ހދ.ނެއްލައިދޫ ކޮމިއުނިޓީ ޕާކް ސަރަހައްދުގައި ވިޔަފާރި އުސޫލުން ރެސްޓޯރެންޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު  ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވަނީ އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 03 ފެބްރުއަރީ 2021  ވާ ބުދަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް އެ ކައުންސިލަށް ވަޑައިގެން ރެޖިސްޓަރީ ކުރައްވަމުން ގެންދިއުމަށެވެ. ރަޖިސްޓަރ...

އިބްރާހިމް ޚަލީލް
ހަނިމާދޫއަށް ދަތުރުކުރި ސަފާރީއެއްގައި ރޯވެއްޖެ

ހަނިމާދޫއަށް ދަތުރުކުރި ސަފާރީއެއްގައި ރޯވެއްޖެ

ހުޅުމާލެއިން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފި އެވެ. އެމްއެންޑީއެފްއިން ނޫސްތަކަށް މަޢުލޫމާތު ދެމުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ކ. ކާށިދޫގެ ހުޅަނގުން 13 ނޯޓިކަލް މޭލުން ކަމަށެވެ. މިސަފާރީ އަކީ “ނައުޓިލަސް ވަން” ނަމަކަށް ކިޔާ ސަފާރީއެއް ކަމަށްވެސް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ. އެމްއެންޑީއެފްއިން އިތުރަށް ވިދާޅުވީ މި ސަފާރީގައި ތިބީ 5 ދިވެހިންނާއި ބިދޭސީއެއް ކަމަށެވެ. މިމީހުންނަކީ އެސަފާ...

އަލީ އާދިލް
ނެއްލައިދޫން ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫން ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހދ. ނެއްލައިދޫގައި ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. ނެއްލައިދޫ ކައުންސިލުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ ފަސް މީހުންނަކީ ވެސް އެއް ޢާއިލާއަކަށް ނިސްބަތްވާ ފަސް މީހުން ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ. އެމީހުން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެމީހުންގެ ހޯމް ކަރަންޓީނު މުއްދަތު 14 ދުވަސް އިތުރު ކުރެވިފައިވާ ކަމަށް ވެސް އެ […]

ޔުމްނާ ޢަލީ
ކުމުންދޫ ރައްޔިތުންގެ ފުރިހަމަ އިތުބާރު އެމްޑަބްލިއުއެސްސީއަށް 📍 ހދ. ކުމުންދޫ

ކުމުންދޫ ރައްޔިތުންގެ ފުރިހަމަ އިތުބާރު އެމްޑަބްލިއުއެސްސީއަށް

ހދ. ކުމުންދޫގައި ސަރުކާރުން ގާއިމުކުރާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)އިން، އެ މަޝްރޫޢުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމާލާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރަށުގެ ރައްޔިތުންގެ އެބައޮތް ކަމަށް ކުމުންދޫ ކައުންސިލުން ބުނެފިއެވެ. އެރަށުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށާއި، އެ މަޝްރޫޢުއިގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖ...

ޝިއުނާ އާދަމް
މިއަހަރުތެރޭގައި ކުމުންދޫގައި ޕޮލިސް ޕޯސްޓެއް އަޅަނީ 📍 ހދ. ކުމުންދޫ

މިއަހަރުތެރޭގައި ކުމުންދޫގައި ޕޮލިސް ޕޯސްޓެއް އަޅަނީ

މިއަހަރުތެރޭގައި ކުމުންދޫގައި ޕޮލިސް ޕޯސްޓްއެއް ގާއިމްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް ހދ. ކުމުންދޫ ކައުންސިލުން ބުނެފި އެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު ހޯމްމިނިސްޓްރީއަށް އެރަށުގައި ޕޮލިސް ޕޯސްޓްއެއް ގާއިމް ކުރުމަށް އެދިފައިވާނެކަމަށާއި އެގޮތުން ކައުންސިލުން ވެދެވެންހުރި އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށެވެ. އެއާއިއެކު މިއަހަރު ޕޮލިސް ޕޯސްޓް އަޅަން ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ކުމުންދޫ ހިމެނިފައިވާކަމަށް...

ޔުމްނާ ޢަލީ