📍 ހދ. ހަނިމާދޫ
ހަނިމާދޫ ޕޮލިސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލައިފި
ފާއިތުވި 2020 ވަނަ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓުން އަތުލައިގެންފައިވާ ބަނގުރާ ފުޅިތައް ފުލުހުން ނައްތާލައިފިއެވެ. ހަނިމާދޫ އެއާރޕޯޓަށް ފުރަން އަންނަ ފަތުރުވެރިންގެ އަތުން އަތުލައިގަނެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރާ ފުޅިތައް ނައްތާލާފައި ވަނީ މިއަދު ހަނިމާދޫ ޕޮލިސް ސްޓޭޝަން ގޯތިތެރޭގަ އެވެ. ފުލުހުން މިއަދު ހަނިމާދޫ ޕޮލިސްޓޭޝަންގެ ގޯތިތެރޭގައި 294 ފުޅި ބަނގުރާ ނައްތާލާފައިވާއިރު، މި ތަކެތި ނައްތާލުން އެ ސްޓޭޝަނުން ކުރިއަށް ގެންގޮސްފައ...