📍 ހދ. މަކުނުދޫ
މަކުނުދޫ ދާއިރާގެ ތިން ރަށަށް ނަރުދަމާގެ އުފާވެރިކަން
ދިވެހިރައްޔިތުންނަށް މުހުތާދު ޖެހިފައިވާ އަސާސީ ބޭނުންތަކުގެ ތެރެއިން ފެނާއި، ނަރުދަމާގެ ޚިދުމަތަކީ ވަރަށް މުހިންމު އަސާސީ ޚިދުމަތެކެވެ. ރާއްޖެއަކީ ވަކި ރަށްތަކަކަށް ބެހިގެންވާ ޤައުމަކަށްވީ ހިނދު، އަތޮޅުތަކުގެ ގިނަ ރަށްތަކުގެ ރަށްޔިތުން ވަނީ ސާފު ފެނާއި، އެކަށޭނަ ނަރުދަމާގެ ޚިދުމަތުން މަރުހޫމްވެފަ އެވެ. އެ ރަށްޔިތުންގެ އުންމީދަށް ލިބިފައިވާ އެންމެބޮޑުއެއް ތަސައްލީއަކީ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހްގެ ފެނާ، ނަރުދަމާގެ ރިޔާސީ ވަޢުދު ފުޅެވެ. އެމަނިކުފާނު ވަނީ މިއަދައުރު...