📍 ހދ. ވައިކަރަދޫ
އިޒްރޭލުން ހިންގާ ޢުދުވާނީ ޖަރީމާތައް ހުޓާލުމަށް، ދިވެހި ދައުލަތުން އަޑުއުފުލަދީ: ވައިކަރަދޫ ކައުންސިލް
އިޒްރޭލުން ހިންގާ ޢުދުވާނީ ޖަރީމާތައް ހުޓާލުމަށް، ދިވެހި ރައްޔިތުންގެ ނަމުގައި އަޑުއުފުލާދިނުމަށް ދިވެހި ދައުލަތަށް ހދ. ވައިކަރަދޫ ކައުންސިލުން ގޮވާލައިފި އެވެ. އެކައުންސިލުން މިހެން ގޮވާލާފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލްގެ ދައުލަތުން ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް ވައިކަރަދޫ ކައުންސިލުން ނެރުނު ބަޔާނެއްގަ އެވެ. އެބަޔާނުގައި ބުނެފައިވަނީ، ރަމަޟާންމަހާ ދިމާކޮށް އިޒްރޭލްގެ ހަމަލާތައް ވަރުގަދަކުރުމުގެ ސަބަބުން ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުވ...