މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ޢަޞްރު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ކުމުންދޫ ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި އެމްޑަބްލިއުއެސްސީ އާއި ފެނަކަ 📍 ހދ. ކުމުންދޫ

ކުމުންދޫ ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި އެމްޑަބްލިއުއެސްސީ އާއި ފެނަކަ

ހދ.ކުމުންދޫ ކައުންސިލާއި އެރަށު ބީޗްސިޓީ ސްޕޯޓްސް ކުލަބް ގުޅިގެން “ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖް 2021” ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގެ ފައިނަލަށް އެމްޑަބްލިއުއެސްސީ އަދި ކުމުންދޫ ފެނަކަ ކޯޕަރޭޝަން ދަތުރު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލަށް އެމްޑަބުލިއުއެސްސީގެ ޓީމް ދަތުރު ކޮށްފައިވަނީ އެ ޓީމް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ޖުމަލް 12 ޕޮއިންޓް ހޯދައިގެން ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. އެމްޑަބްލިއުއެސްސީ ގްރޫޕް ސްޓޭޖުގައި […]

އިބްރާހިމް ޚަލީލް
ވައިކަރަދޫ ވީކޭޕީކަރސް: މިފަހަރު ގެނެސްދޭ "އެގްނޯސިސް" ގެ ޓްރެއިލާ ވަރަށް ފުރިހަމަ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ވީކޭޕީކަރސް: މިފަހަރު ގެނެސްދޭ "އެގްނޯސިސް" ގެ ޓްރެއިލާ ވަރަށް ފުރިހަމަ

ހދ. ވައިކަރަދޫ ވީކޭޕީކަރސްއިން މިފަހަރު ގެނެސްދެނީ “އެގްނޯސިސް” ނަމަކަށް ކިޔާ ކުރު ފިލްމެކެވެ. މި ކުރު ފިލްމުގެ ޓްރެއިލާ ބެލުންތެރިންނާއި ހަމައަށް ދޫކޮށްލައިފައިވާއިރު ޓްރެއިލާ ވަރަށް ތަފާތުވެފައި ފުރިހަމައެވެ. ވައިކަރަދޫގެ ހުނަވެރި ވީކޭ ޕީކާސް މިހާރު ތައްޔާރުވަމުން އެދަނީ ސުޕަރ ނެޗުރަލް ކަންތައްތަކެއް ދައްކުވައިދޭ ކުރު ފިލްމެއް  އާންމުންނަށް ހަމައަށް ގެނެސްދިނުމުގެ މަސައްކަތެވެ. ހަމައެކަނި ޓްރެއިލަރ ބަލަައިލުމުންވެސް މި ފިލްމު ފުރިހަމަ ވާނެ ކަމުގެ އިހްސާސް ކޮށްލެވެއެވެ. މި ގޮތުން ދިވެހިންގެ ތެރ...

ހުސައިން އަޤީލް
2 ހަފްތާ ފަހުން ކުޅުދުއްފުށި ސިޓީ މޮނީޓަރިންއިން ނަގައިފި 📍 ހދ. ކުޅުދުއްފުށި

2 ހަފްތާ ފަހުން ކުޅުދުއްފުށި ސިޓީ މޮނީޓަރިންއިން ނަގައިފި

2 ހަފްތާ ފަހުން ހދ. ކުޅުދުއްފުށި ސިޓީ މޮނީޓަރިންއިން ނަގައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ކުޅުދުއްފުށީ ސިޓީކައުންސިލަށް އެޑްރެސްކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެސީޓިގެ މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ 00:06 ގައި ކަމަށެވެ. ކުޅުދުއްފުށި ސިޓީކައުންސިލުން ވިދާޅުވީ، 11 މެއި 2021 ގައި ކުޅުދުއްފުށީގައި އިޢުލާންކޮށްފައިވާ މޮނިޓަރިންގ ހާލަތު މިހާރު  އުވާލެވިފައިވާކަމަށެވެ. އެކައުންސިލުން ވިދާޅުވީ، މޮނިޓަރިންގެ ހާލަތު އުވާލިކަމުގައިވީނަމަވެސް...

އިބްރާހިމް އަސްވާޤް
ހަނިމާދޫން ޕޮޒިޓިވްވި މީހެއް ކަރަންޓީނުގެ އުސޫލާއި ހިލާފްވިކަމުގެ ކަންބޮޑުވުމާއެކު ރަށަށް ހާސްކަން! 📍 ހދ. ހަނިމާދޫ

ހަނިމާދޫން ޕޮޒިޓިވްވި މީހެއް ކަރަންޓީނުގެ އުސޫލާއި ހިލާފްވިކަމުގެ ކަންބޮޑުވުމާއެކު ރަށަށް ހާސްކަން!

ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް މިރޭ ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭނާއާއި ރަށުތެރެއިން މިހުންނާއި ބައްދަލުވެފައިވާކަމަށް ބެލެވޭތީ އެރަށަށް ހާސްކަން ކުރިމަތިވެއްޖެއެވެ. ހަނިމާދޫ ކައުންސިލްގެ ވަގުތީ ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ “ތިލަދުން”އަށް ވިދާޅުވީ، މިރޭ ޕޮޒިޓިވް މީހާއަކީ ހޯމް ކަރަންޓީނުގައި ހުއްޓާ ބަލީގެ އަލާމާތް ފެނިގެން ޓެސްޓް ކުރި މީހެއް ކަމަށެވެ. އޭނާގެ ސާމްޕަލް ނެގީ ރޭގައެވެ. މިއަދު ނަތީޖާ ލިބުނުއިރު އޭނާ ޕޮޒިޓިވެވެ. “އޭނާ ޕޮޒިޓިވްވުމުން ބައެއް މީހުން އެބަބުނޭ އ...

ޔުމްނާ ޢަލީ
ހަނިމާދޫގެ ކޯވިޑް ހާލަތާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް "ރަށުހާލު"

ހަނިމާދޫގެ ކޯވިޑް ހާލަތާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް "ރަށުހާލު"

ހަނިމާދޫގެ ކޯވިޑްގެ ހާލަތާއިގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ފަސޭހަކަމާއި އެކު އެންމެހާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް “ރަށުހާލު” ގެ ނަމުގައި ވެބްސައިޓެއް ލޯންޗުކޮށްފިއެވެ. ހަނިމާދޫ ކެތިއަރާ ޖަމްޢިއްޔާގެ ފަރާތުން ހަނިމާދޫ ސިއްހީ މަރުކަޒާއި ގުޅިގެން ތައްޔާރު ކޮށްފައިވާ މި ވެބްސައިޓް ލޯންޗު ކޮށްފައިވަނީ 24 މެއި 2021 ވީ ހޯމަ ދުވަހު ހަވީރު މިކަމަށްޓަކައި ހަނިމާދޫ ސިއްހީ މަރުކަޒުގައި ބޭއްވި ކުޑަކުޑަ ހަފްލާއެއްގައެވެ. މި ވެބްސައިޓުން ލިބެން ހުންނަ މަޢުލޫމާތުތަކުގެ ތެރޭގައި އެ ވަގުތެއްގެ ހަނިމާދޫގައި ކޯވިޑ...

އިބްރާހިމް ޚަލީލް
ވައިކަރަދޫން ބިދޭސީއެއް ޕޮޒިޓިވް ވެއްޖެ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫން ބިދޭސީއެއް ޕޮޒިޓިވް ވެއްޖެ

ހދ. ވައިކަރަދޫގައި ހޯމް ކަރަންޓީނުގައިި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ވައިކަރަދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ބަންގްލަދޭސްގެ ރައްޔިތެކެވެ. އަދި އެމީހާ ރަށަށް އައިސްފައިވަނީ މި ހިނގާ މޭމަހުގެ 9 ވަނަ ދުވަހު ކަމަށާއި ޕޮޒިޓިވް ވެފައިވަނީ މިއަދުު ނެގުނު ރިލީޒް ސާމްޕަލް އިން ކަމަށް އެކައުންސިލުން މަޢުލޫމާތުދެއްވަ އެވެ. އެމީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށްވެ...

ޖަލްވާން ޖާދުﷲ
އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކާއިއެކު 5 މީހެއް ނޭކުރެންދޫން ޕޮޒިޓިވްވެއްޖެ 📍 ހދ. ނޭކުރެންދޫ

އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކާއިއެކު 5 މީހެއް ނޭކުރެންދޫން ޕޮޒިޓިވްވެއްޖެ

ހދ .ނޭކުރެންދޫން 6 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ނޭކުރެންދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ މައުލޫމާތު އެނގޭގޮތުގައި، ހޯމްކަރަންޓީނުގައި ތިބި 5 ފަރާތެއްގެ ކިބައިން ކޯވިޑަށް ޝައްކުކުރެވޭ އަލާމަތްތައް ފެނުމާ ގުޅިގެން ނެގި ސާމްޕަލްވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެެވެ. މި 5 ފަރާތް ޕޮޒިޓިވް ވުމާ ގުޅިގެން އިތުރު 14 ދުވަހުގެ މުއްދަތަށް މިފަރާތްތައް ތިބި 2 ގެއެއްވަނީ ކަރަންޓީނުކުރެވިފައެވެ. މީގެ އިތުރުން، ކޯވިޑުގެ އަލާމަތްްތައް ފެނިގެން ޑޮކްޓަރަށް ދެއްކި ފަރާތެއްގެ ސާމްޕަލްވަނީ އެރަށުން ޕ...

އައިޝަތު އިލްމާ އަދުނާން
މަކުނުދޫން 4 މީހަކު، ފީވަކުން އެކަކު ޕޮޒިޓިވްވެއްޖެ 📍 ހދ. މަކުނުދޫ

މަކުނުދޫން 4 މީހަކު، ފީވަކުން އެކަކު ޕޮޒިޓިވްވެއްޖެ

ހދ. މަކުނުދޫން 4 މީހަކު އަދި ށ. ފީވަކުން އެކަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މަކުނުދޫ ސިއްހީ މަރުކަޒުން ހާމަކުރި ކޯވިޑާގުޅޭ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އެރަށުން ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 10 އަކަށް އަަރައިފައެވެ. އެރަށުން ޖުމްލަ 587 ސާމްޕަލް އެއް ނެގިފައިވާއިރު، 571 ސާމްޕަލްވަނީ ނެގަޓިވްވެފައެވެ. މަކުނުދޫން ޖުމްލަ 14 ފަރާތެއް ފޮޒިޓިވްވެފައިވާއިރު، 4 ފަރާތެއް ވަނީ މިބަލިނ...

އައިޝަތު އިލްމާ އަދުނާން
ކުޅުދުއްފުށިން އިތުރު 4 މީހަކު ޕޮޒިޓިވް، އެކްޓިވް ކޭސްތަކުގެ އަަދަދު 17ގައި! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު 4 މީހަކު ޕޮޒިޓިވް، އެކްޓިވް ކޭސްތަކުގެ އަަދަދު 17ގައި!

ކުޅުދުއްފުށި ސިޓީއިން ކޯވިޑް-19 އަށް އިތުރު 4 މީހުން ޕޮޒިޓިވްވެ، އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 17 އަށް އަަރައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ މިމަހުގެ 22 ދުވަހާއި އަދި 23 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ނެގިފައިވާ 116 ސާމްޕަލްގެ ތެރެއިން 4 ސާމްޕަލް ކަމަށެވެ. ޕޮޒިޓިވްވެފައިވަނީ ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ނެގުނު 4 ސާމްޕަލް ކަމަށް ވެސް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. […]

ޙުސައިން ޝަހުދީ
ހަނިމާދޫން އިތުރު 4 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫން އިތުރު 4 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ތިބި 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، ހަނިމާދޫ ގައި ހޯމް ކަރަންޓީން ގައި ތިބި 4 މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރިއިރު އެ މީހުން ކޯވިޑް ޕޮޒިޓިވްވެފަ ވާކަމަށެވެ. މިއާއެކު މިވަގުތު އެރަށުގަ އެކްޓިވް ކޭސްތަކުގެ އަދަދު 6 އަށް އަރާފަވާ ކަމަށް ސިއްހީ މަރުކަޒުން ވަނީ ވިދާޅުވެފަ އެވެ. ހަނިމާދޫން އިތުރު ބަޔަކު ޕޮޒިޓިވްވިއިރު، ރާއްޖޭގެ މީހުން އުޅޭ 70 […]

ޔުމްނާ ޢަލީ
ހަނިމާދޫ ސްކޫލަށް 52 އަހަރު! އުންމީދުތައް ފުރިހަމަކުރުމަށް ހައްލުކުރަންޖެހޭ އެތައްކަމެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލަށް 52 އަހަރު! އުންމީދުތައް ފުރިހަމަކުރުމަށް ހައްލުކުރަންޖެހޭ އެތައްކަމެއް

ހދ ހަނިމާދޫގައި، އެކިސިފަސިފާގައި ތަޢުލީމް ފޯރުކޮށްދެމުން އަންނަތާ މިހިގާ 2021 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހަށް 52 އަހަރު ފުރުނީއެވެ. ހަނިމާދޫގައި ފުރަތަމަ ތަޢުލީމް ފޯރުކޮށް ދިނުމަށްޓަކައި ޢިމާރާތެއް ކުރެވިފައިވަނީ، އައްޑިހައިގެ އަހަރު ތަކުގެ ފަހުކޮޅުއެވެ. “ފީރޯޒްވިލާ” ކިޔާ ބިމުގައެވެ. “ހަނިމާދޫ މަކްތަބް”ގެ ނަމުން ނަންދެވުނު އެ މަދަރުސާގައި 1993 ވަނަ އަހަރާ ހިސާބަށް ތަޢުލީމް ފޯރުކޮށްދީފައި ވެއެވެ. ހަނިމާދޫ ރައްޔިތުން، ހަނިމާދޫ ހަނދުވަރީމަގާ ދިމާ އަތިރިމަތީގައި މަދަރުސާއެއް ބިނާކޮށް، އެ...

އިބްރާހިމް ޚަލީލް
ކުމުންދޫ ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެމްޑަބްލިއުއެސްސީއަށް 📍 ހދ. ކުމުންދޫ

ކުމުންދޫ ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެމްޑަބްލިއުއެސްސީއަށް

ހދ.ކުމުންދޫ ކައުންސިލާއި އެރަށު ބީޗްސިޓީ ސްޕޯޓްސް ކުލަބް ގުޅިގެން “ބީސީއެސްސީ އޮފީސް ފުޓްސަލް ޗެލެންޖް 2021” ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެމްޑަބްލިއުއެސްސީ ޓިމް ކަށަވަރު ކޮށްފިއެވެ. މި މުބާރާތުގައި ކުމުންދޫގައި ހުރި ސަރުކާރުގެ ފަސް މުއައްސަސާއަކުން ބައިވެރި ވެފައިވާއިރު، މި މުބާރާތް ރާވާލެވިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށެވެ. މިގޮތުން އެމްޑަބްލިއުއެސްސީން ވަނީ އެ [...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށިން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ

ކުޅުދުއްފުށި ސިޓީއިން ކޯވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މިއާއިއެކު އެސިޓީ އިން މިހާރު ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިވަނީ 13 އަށް އަރާފަ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނުނީ ޕޮޒިޓިވްވެފައިވަނީ މިމަހުގެ 21 އިން 22 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ނެގިފައިވާ 64 ސާމްޕަލްގެ ތެރެއިން 1 ސާމްޕަލް ކަމަށެވެ. ޕޮޒިޓިވްވެފަިވަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ސާމްޕަލް ނެގި ފަރާތެއް ކަމަށް […]

އައިޝަތު އިލްމާ އަދުނާން
ފަލަސްތީނަށް އެހީވާން ފައިސާ އެއްކުރުމުގެ ހަރަކާތެއް ނޮޅިވަރަންފަރުގައި ފަށައިފި 📍 ހދ. ނޮޅިވަރަންފަރު

ފަލަސްތީނަށް އެހީވާން ފައިސާ އެއްކުރުމުގެ ހަރަކާތެއް ނޮޅިވަރަންފަރުގައި ފަށައިފި

އިޒްރޭލްގެ ރަޙްމެއްނެތް އުދުވާނުގެ ވޭން ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ އެއްކުރުމުގެ ހަރަކާތެއް ހދ. ނޮޅިވަރަންފަރުގައި ފަށައިފިއެވެ. މި ހަރަކާތަކީ ނޮޅިވަރަންފަރު ޒުވާނުން އިސްނަގައިގެން، އެރަށުގެ ކައުންސިލާއި ގުޅިގެން އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ)ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް މިއަދު އެރަށުގައި ފެށީ ނޮޅިވަރަންފަރު ރައްޔިތުން ފަލަސްތީނާއެކު ތިބިކަން އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދި...

ޙުސައިން ޝަހުދީ
ގެއްލިގެން ހޯދަމުންދާ ނޮޅިވަރަންފަރު ޒުވާނާ ރާއްޖެއަކުނެތް! 📍 ހދ. ނޮޅިވަރަންފަރު

ގެއްލިގެން ހޯދަމުންދާ ނޮޅިވަރަންފަރު ޒުވާނާ ރާއްޖެއަކުނެތް!

ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިންގ ސަން، އުމުރުން 25 އަހަރުގެ މިސްބާޙް މުޙައްމަދު ރާއްޖޭގައި ނެތްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް “ތިލަދުން”އަށް ވިދާޅުވީ، އެ ޒުވާނާއާއިބެހޭ ޚަބަރެއް ލިބިފައިވޭތޯ ކައުންސިލްގެ ފަރާތުން އެރަށުގެ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ހޯއްދެވިކަމަށެވެ. “އަޅުގަނޑުމެން މިދިޔަ ހަފްތާގައި ވާނީ ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަންގެ ފުލުހުންނާ ބައްދަލުވުމެއް ބާއްވާފައި، އެއީ...

ތިލަދުން