ކުޅުދުއްފުށި ސިޓީ ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެއްޖެ
ހދ. ކުޅުދުއްފުށި ސިޓީ ފުލޫ ކުލިނިކަށް ދެއްކި މީހަކާއި އެކު އިތުރު 3 މީހުން އެރަށުން ޕޮޒިޓިވް ވެއްޖެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއްވި ގޮތުގައި ފުލޫ ކުލިނިކުން ނެގުނު ސާންޕަލްއިން ޕޮޒިޓިވްވެފައިވަނީ 45 އަހަރުގެ ފިރިހެނެކެެވެ. މިމީހާ އަކީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއްކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ބަލީގެ އަލާމަތްތައް ހުރެގެން އެމީހާ ވަނީ ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދައްކާފަ އެވެ. މީގެ އިތުރުން އެރަށުން ޕޮޒިޓިވް ވެފައިވާ އިތުރު 3 މީހުންނަކީ ފުރަބަންދުގައި ތިބި […]