މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށިން އިތުރު 3 މީހުން އަދި ހަނިމާދޫއިން އިތުރު 2 މީހުން ޕޮޒިޓިވްވެއްޖެ 📍 ހދ. ހަނިމާދޫ

ކުޅުދުއްފުށިން އިތުރު 3 މީހުން އަދި ހަނިމާދޫއިން އިތުރު 2 މީހުން ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށި ސިޓީއިން އިތުރު 3 މީހުން އަދި ހަނިމާދޫއިން އިތުރު 2 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިކޭސްތަކާއި ގުޅިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ 16 ޖޫން 2021 ވީ ބުދަ ދުވަހުގެ ހެނދުނު ނެގުނު 12 ސާމްޕަލުގެ ތެރެއިން 3 ސާމްޕްލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ކުޅުދުއްފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ އެ ރަށު ސީކުއީން ބޯޓުން ޕޮޒިޓިވް ވީ މީހުންނާއި ގުޅުންހުރި އަދި މި ބަލީގެ އަލާމާތް ހުރެގެން […]

އިބްރާހިމް ޚަލީލް
ހިރިމަރަދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީ ވެސް "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލާއި ދެކޮޅު 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީ ވެސް "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލާއި ދެކޮޅު

ހދ. ހިރިމަރަދޫ ކައުންސިލާއި އެ ރަށު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން “ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލު މިހާރު އޮތްގޮތަށް ފާސްކުރުމާއި ދެކޮޅުކަން ހާމަކޮށްފިއެވެ. މިގޮތުން ހިރިމަރަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ވަކީން ނެރެފައިވާ ދެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރަކީ ވެސް އިސްލާމްދީން ކަމަށާއި، ދިވެހިރާއްޖޭގައި އިސްލާމް...

އިބްރާހިމް ޚަލީލް
ހަނިމާދޫން ކޯވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 12 އަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫން ކޯވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 12 އަށް

ހދ. ހަނިމާދޫއިން އިތުރު ތިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެ އެކްޓިވް ކޭސް ތަކުގެ އަދަދު 12 އަށް އަރައިފިއެވެ. ހަނިމާދޫ މި މަހުގެ ނުވަވަނަ ދުވަހު އެޗްޕީއޭއިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެ ކޭސްތަކާއި ގުޅިގެން އިތުރަށް އެ ދުވަހު ނެގުނު 32 ސާމްޕަލްގެ ތެރެއިން 3 ސާމްޕަލެއް މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އެ ދުވަހު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި […]

އިބްރާހިމް ޚަލީލް
ހަނިމާދޫއިން ސިފައިންގެ ދެ މީހަކު ޖޫރިމަނާކޮށް ކަރަންޓީނަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން ސިފައިންގެ ދެ މީހަކު ޖޫރިމަނާކޮށް ކަރަންޓީނަށް

ހދ. ހަނިމާދޫގައި ކަރަންޓީން ކޮށްފައިވާ ގެއަކަށް ހުއްދަ ނުހޯދާ ސިފައިންގެ ދެ ބޭފުޅަކު ވަތް މައްސަލައެއް ފެންމަތިވެއްޖެއެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގައި މަސައްކަތް ކުރައްވާ ސިފައިންގެ މި ދެ ބޭފުޅުން ވަދެފައިވަނީ ހަނިމާދޫ، ނޫވިލު ކިއާ ގެއަކަށެވެ. އެ ގެއަކީ މި މަހުގެ ފަސްވަނަ ދުވަހު ހަނިމާދޫއިން ކޯވިޑަށް ޕޮޒިޓިވްވި، ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ޑރ. ވަހީދު ގެ ތިން ބޮޑީގާޑުން ކަރަންޓީން ކުރެވިފައިވާ ގެއެވެ. މިއަދުގެ ވަގުތެއްގައި މި މައްސަލަ ފެންމަތިވެފައިވާއިރު، […]

ޔުމްނާ ޢަލީ
"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލަށް ވޯޓުދޭން ނޮޅިވަރަމު ރައްޔިތުން ނޭދޭ: ކައުންސިލް

"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލަށް ވޯޓުދޭން ނޮޅިވަރަމު ރައްޔިތުން ނޭދޭ: ކައުންސިލް

ރައްޔިތުންގެ މަޖިލީހުގެ ބ.ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހިސާން ހުސައިން މިފަހުން ހުށަހަޅާފައި ވާ “ނަފުރަތުގެ އަމަލު” ބަޔާން ކޮއްދޭ ބިލާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށް އެ ބިލާ ދެކޮކަމަށް ، ހދ. ނޮޅިވަރަމް ކައުންސިލުން ބުނެފިއެވެ. ނޮޅިވަރަމު ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރ 7/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 120 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހެޅިފައިވާ އިސްލާހުތަކާ ގުޅޭ ބިލުގައި ނޮޅިވަރަމު ރައްޔިތުން ކަންބ...

އަޙްމަދު އަރުޝަމް
"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު އަނބުރާ ގެންދެވުމަށް ނެއްލައިދޫ ކައުންސިލުން ގޮވާލައިފި 📍 ހދ. ނެއްލައިދޫ

"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު އަނބުރާ ގެންދެވުމަށް ނެއްލައިދޫ ކައުންސިލުން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަަށް ހުށަހަޅާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކުރާ ބިލު އަނބުރާ ގެންދެވުމަށް ދިވެހި ސަރުކާރަށް ހދ. ނެއްލައިދޫ ކައުންސިލުން ގޮވާލައިފި އެވެ. އެކައުންސިލުން މިހެން ގޮވާލާފައިވަނީ އެކައުންސިލްގެ ހުރިހާ މެންބަރުން ސޮއިކުރައްވާ ނެރުއްވި ނޫސް ބަޔާނެއްގައެވެ. އެބަޔާނުގައި ވަނީ، ޤާނޫނު ނަންބަރު 9/2014 ( ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު)ގެ 120 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބ. ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހިސާ...

އަޙްމަދު އަރުޝަމް
ހަނިމާދޫ އެއާޕޯޓް ހިންގާނީ ސަރުކާރުން: ފައްޔާޒް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓް ހިންގާނީ ސަރުކާރުން: ފައްޔާޒް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ ލޯނެއްގެ ދަށުން ކަމަށްވިޔަސް، އެ އެއާޕޯޓް ހިންގާނީ ސަރުކާރުން ކަނޑައަޅާ ދިވެހި ކުންފުންޏަކުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމްބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2,460 މީޓަރުގެ އާ ރަންވޭއަކާއި 111,000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ޢިމާރާތް...

ތިލަދުން
ބިލު އޮތީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް: ނައިވާދޫ ކައުންސިލް 📍 ހދ. ނައިވާދޫ

ބިލު އޮތީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް: ނައިވާދޫ ކައުންސިލް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލުއޮތީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިތްވަރު ލިބޭގޮތަށް ކަމަށް ހދ. ނައިވާދޫ ކައުންސިލުން ބުނެފިއެވެ. ނައިވާދޫ ކައުންސިލުން މިހެން ބުނެފައި ވަނީ، އެކައުންސިލްގެ ނައިބު ރައީސް އަހްމަދު ފާއިޒު ފިޔަވާ އަނެއް 4 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ ނޫސް ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އަކު...

ޔުމްނާ ޢަލީ
ހަނިމާދޫން ރޭ ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް 📍 ހދ. ހަނިމާދޫ

ހަނިމާދޫން ރޭ ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް

ކޯވިޑްގެ ހާލަތުގެ ސަބަބުން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ހދ. ހަނިމާދޫން ރޭ ނެގި ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”އަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު އެރަށުން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން ރޭނެގި 31 ސާމްޕަލްގެ ނަތީޖާ މިރޭ ލިބިފައިވާ ކަމަށާއި، އެ ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވްވެފައިވާ ކަމަށެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި […]

ޔުމްނާ ޢަލީ
އަމާޒް ލަތީފްގެ ގަލަމުން: ކުރިނބީ ބޮޑު ރަނިކަގަސް 📍 ހދ. ކުރިނބީ

އަމާޒް ލަތީފްގެ ގަލަމުން: ކުރިނބީ ބޮޑު ރަނިކަގަސް

ހދ. ކުރިނބީ ބޮޑު ރަނިކަ ގަހަކީ އެތައްޒަމާނެއް ވަންދެން އެރަށުގައި، އެންމެ ބޮޑުގަހުގެ ގޮތުގައި، ގަސްކަރަ މަތިން ގުއްބެއް ގޮތަށް އުސްކޮށް ފެންނަން ހުރި ވަރަށް ބޮޑު ބިޔަ ގަހެކެވެ. ބުނެވޭ ގޮތުގައި މިގަހަކީ އެ އަތޮޅުގެ ރަށްރަށުގެ މަލަމަތިން ފެންނަ ގަސްތަކުގެ ތެރެއިންވެސް އެންމެ އުސްކޮށް ފެންނަން ހުންނަ އެއްގަހެވެ. އެގަހަށް ކުރިނބީ ބޮޑު ރަނިކަގަހޭ ކިޔެނީ ގަހުގެ ބޮޑުކަމުންނާއި ރަށުގެ މަލަމަތިން ރަށުގެ ހައިބަތު ދައްކުވައިދިން ގަހަކަށް ވީތީއެވެ. 100 ފޫޓަށް ވުރެ ދިގު […]

ތިލަދުން
ހަނިމާދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރާއެކު އިތުރު ދެމީހަކު ޕޮޒިޓިވްވެ ރަށަށް އިތުރު ހާސްކަން 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރާއެކު އިތުރު ދެމީހަކު ޕޮޒިޓިވްވެ ރަށަށް އިތުރު ހާސްކަން

ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަށްވާ ޑޮކްޓަރަކާއެކު އިތުރު ދެމީހަކު އެރަށުން ޕޮޒިޓިވްވެ، އެ ރަށަށް އިތުރު ހާސްކަން ކުރިމަތިވެއްޖެއެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް “ތިލަދުން”އަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު އެރަށުން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން 32 ސާމްޕަލެއް ނަގައި، ހަމަ އެދުވަހު ކުޅުދުއްފުށީ […]

ޔުމްނާ ޢަލީ
ކުމުންދޫގައި އިލެކްޓްރިޝަނުން ތަމްރީނު ކުރުމުގެ ޕުރޮގުރާމެއް ފަށަނީ 📍 ހދ. ކުމުންދޫ

ކުމުންދޫގައި އިލެކްޓްރިޝަނުން ތަމްރީނު ކުރުމުގެ ޕުރޮގުރާމެއް ފަށަނީ

ހދ. ކުމުންދޫގައި އިލެކްޓްރިޝަނުން ތަމްރީނު ކުރުމުގެ ޕުރޮގުރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ކުމުންދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ޔޫޓީ ކެރިއަރ ޓެކް އިންސްޓިޓިއުޓާއި (ޔޫ.ސީ.ޓީ.އައި) އާއި ކުމުންދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ “ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރިޝަން” ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފާވަނީ ކުމުންދޫގައެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމުން މިއަދު އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ހާމަކުރިގޮތުން ކޯހުގައި ބައިވެރިވެވޭނީ އަސާސީ ތަޢުލީމު (ގް...

އަޙްމަދު އަރުޝަމް
ކުޅުދުއްފުށީގަައި 27 ޑައިރެކްޓް ކޮންޓެކްޓް، 13 ގެ އެއް މޮނީޓަރިން އަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގަައި 27 ޑައިރެކްޓް ކޮންޓެކްޓް، 13 ގެ އެއް މޮނީޓަރިން އަށް

ހދ. ކުޅުދުއްފުށި ސިޓީ އިން އިއްޔެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން މިހާތަނަށް 27 ޑައިރެކްޓް ކޮންޓެކްޓުން ހޯދާ 13 ގެއެއް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ. އެ ސިޓީ އިން ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެ މެންދުރު ފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފުލޫ އޯޕީޑީއަށް ދެއްކި މާލެ ދަތުރު ކުރާ ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ 45 އަހަރުގެ ފިރިހިނެކެވެ. މި ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް […]

އަޙްމަދު އަރުޝަމް
ވަލުތެރޭގައްޔާއި މަގުމަގުގެ ކައިރީގައި ހުއްދަނެތި ގަސް އިންދުން ނޮޅިވަރަންފަރު ކައުންސިލުން މަނާކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ވަލުތެރޭގައްޔާއި މަގުމަގުގެ ކައިރީގައި ހުއްދަނެތި ގަސް އިންދުން ނޮޅިވަރަންފަރު ކައުންސިލުން މަނާކޮށްފި

ހދ. ނޮޅިވަރަންފަރު ވަލުތެރޭގައްޔާއި މަގުމަގުގެ ކައިރީގައި ހުއްދަނެތި ގަސް އިންދުން އެ ރަށު ކައުންސިލުން މަނާކޮށްފިއެވެ. އެ ރަށު ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަލުތެރޭގައިވާ ބޮޑެތި މިދިލަގަސްތަކާއި އެނޫންވެސް ގަސްގަހަށާއި ރުއްތަކުގައި އަލިފާންރޯކޮށް، ކެނޑުމަށްފަހު، ރަށުގެ ވަލުތެރޭގައްޔާއި މަގު މަގުގެ ކައިރީގައި، މަގަށް އަރާގޮތަށް ކެޔޮގަހާއި ބަބުކެޔޮ ގަސް އިންދުމަށް ވަޅުކޮނެ، މުޅިރަށުގެ ތިމާވެށި ހަލާކުވެފައިވާކަންވަނީ އެފަރާތުގެ ސަމާލުކަމަށް އައިސްކަމަށެވެ. މިކަމާ ގުޅިގެން ހ...

އަޙްމަދު އަރުޝަމް
ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތައް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތައް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހދ. ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ. އެސިޓީ މޮނިޓަރިން ހާލަތަށް ގެނައީ މިއަދު ފުލޫ ކުލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ. މިމީހާ އަކީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއްކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ބަލީގެ އަލާމަތްތައް ހުރެގެން އެމީހާ ވަނީ ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދައްކާފަ އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ،  އެސިޓީ މޮނީޓަރިންގެ ހާލ...

އަޙްމަދު އަރުޝަމް