މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ގެއްލިގެން ހޯދި ކުޅުދުއްފުށީ ޒުވާނާ ފެނިއްޖެ، ހާލު ރަނގަޅު 📍 ހދ. ކުޅުދުއްފުށި

ގެއްލިގެން ހޯދި ކުޅުދުއްފުށީ ޒުވާނާ ފެނިއްޖެ، ހާލު ރަނގަޅު

ކުޅުދުއްފުށި ސިޓީން މިއަދު ގެއްލިގެން ފުލުހުން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ހޯދަމުން ދިޔައީ ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ) އެވެ. މިޒުވާނާ ފެނިފައިވަނީ މާލެއިންނެވެ. ފުލުހުން ވަނީ  އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަބޫބަކުރު އިބްރާހީމްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔަ ރައްޓެއްސަކާއެކު މާލޭގައ...

އަޙްމަދު އަރުޝަމް
ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަނީ، އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަނީ، އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި

ކުޅުދުއްފުށި ސިޓިގެ ޒުވާނަކު ގެއްލިގެން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. ފުލުހުން ބުނީ، ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް (20އ) ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންކަމަށެވެ. އަބޫބަކުރު އިބްރާހީމްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދެއްވާފައިވާކަމަށް ހާމަކުރެއެވެ. އަބޫބަކުރު އިބްރާހީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބ...

އަލީ އާދިލް
"ނަފުރަތުގެ އަމަލު"ބަޔާންކުރާ ބިލާމެދު ޢާޠިފާ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރަށްވައިފި 📍 ހދ. ކުޅުދުއްފުށި

"ނަފުރަތުގެ އަމަލު"ބަޔާންކުރާ ބިލާމެދު ޢާޠިފާ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރަށްވައިފި

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިގުޅޭގޮތުން ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު، ޢާޠިފާ ޢަލީ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރަށްވައިފިއެވެ. ނަފްރަތުގެ ޢަމަލު ހިންގުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ސަރުކާރުގެ ފަރާތުން 25 މެއި 2021 ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤާނޫނުލް އުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފ...

ޝިއުނާ އާދަމް
ހަނިމާދޫން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 48 އަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 48 އަށް

ހދ. ހަނިމާދޫން އިތުރު ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 48 ކަށް އަރައިފިއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، އިއްޔެ އެރަށުން ނެގުނު 59 ސާމްޕަލްގެ ތެރެއިން، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގުނު 9 ސާމްޕަލް ވަނީ ބައްޔަށް ޕޮޒިޓިވްވެފައި ކަމަށެވެ. އެރަށުން އިއްޔެ ވެސް ވަނީ 9 މީހަކު ޕޮޒިޓިވްވެފައެވެ. މި މީހުންނަކީ ޖޫން 19 ވަނަ ދުވަހު ނެގި 59 ސާމްޕަލް ގެ ތެރެއިން ޕޮޒިޓިވްވި 09 މީހެކެވެ. […]

އަޙްމަދު އަރުޝަމް
ނަފުރަތުގެ ބިލު އަނބުރާ ނެންގެވުމަށް ގޮވާލާ ޕެޓިޝަންގައި ކުޅުދުއްފުށިން 600 އަށްވުރެގިނަ މީހުން ސޮއިކޮށްފި 📍 ހދ. ކުޅުދުއްފުށި

ނަފުރަތުގެ ބިލު އަނބުރާ ނެންގެވުމަށް ގޮވާލާ ޕެޓިޝަންގައި ކުޅުދުއްފުށިން 600 އަށްވުރެގިނަ މީހުން ސޮއިކޮށްފި

ނަފުރަތުގެ ބިލު އަނބުރާ ނެންގެވުމަށް 101 ޢިލްމުވެރިންގެ ފަރާތުން އިލްތިމާސްކޮށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙަށް އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި ކުޅުދުއްފުށި ސިޓީގެ 600 އަށްވުރެއްގިނަ މީހުން ސޮއިކޮށްފި އެވެ. މި ޕެޓިޝަންގައި ސޮއިކުރަން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ކޯވިޑް19ގެ ސަބަބުން މޮނީޓަރިންގެ ހާލަތުގައި އޮތް ކުޅުދުއްފުށީގައި ޕެޓީޝަންގައި ސޮއިކުރުމަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި އިސްކޮން ހަރަކާތްތެރިވެފަ...

ތިލަދުން
"ނަފުރަތުގެ އަމަލު" ބަޔާން ކުރާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ވައިކަރަދޫ ކައުންސިލުން ގޮވާލައިފި 📍 ހދ. ވައިކަރަދޫ

"ނަފުރަތުގެ އަމަލު" ބަޔާން ކުރާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ވައިކަރަދޫ ކައުންސިލުން ގޮވާލައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސޭން ހުށަހަޅާފައިވާ “ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ހދ. ވައިކަރަދޫ ކައުންސިލުން ގޮވައިލައިފިއެވެ. އެ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހެޅިފައިވާ އިސްލާހުގައި ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރިކަމަށް އެ ކައުންސިލުން ފާހަގަކުރާކަމަށެވެ. އެގޮތ...

އަޙްމަދު އަރުޝަމް
ބިލުގައި ރަނގަޅު ކަންކަން އެބަހުރި، އެކަމަކު ގޯހަށް ގޯހޭ ބުނަން ހުރަސްއެޅިދާނެތީ ނުތަނަވަސްވޭ: އާތިފް 📍 ހދ. ކުޅުދުއްފުށި

ބިލުގައި ރަނގަޅު ކަންކަން އެބަހުރި، އެކަމަކު ގޯހަށް ގޯހޭ ބުނަން ހުރަސްއެޅިދާނެތީ ނުތަނަވަސްވޭ: އާތިފް

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ރަނގަޅު ގިނަ ކަންތައްތަކެއް އެބަ ހުރި ކަމަށާއި، ނަމަވެސް ގޯސް ތީ ގޯހޭ ބުނުމަށް ހުރަސް އެޅިދާނެ ކަމުގެ ނުތަނަވަސްކަން އެބަ އޮތްކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާތިފް ވިދާޅުވެއްޖެ އެވެ. އެ ބިލާއިމެދު ރާއްޖޭގައި ހޫނު ބަހުސެއް ހިނގަމުންދާ މި ދަނޑިވަޅުގައި މޭޔަރު އާތިފް ވަނީ، އެ ބިލާއި މެދު އޭނާ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރަށްވާފައެވެ. މިގޮތުން އާތިފް...

ޔުމްނާ ޢަލީ
ހަނިމާދޫގެ ހާލަތު ގޯހުން ގޯހަށް، އިތުރު 9 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫގެ ހާލަތު ގޯހުން ގޯހަށް، އިތުރު 9 މީހަކު ޕޮޒިޓިވްވެއްޖެ

ހދ. ހަނިމާދޫއިން އިތުރު 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، 19 ޖޫން 2021 ގައި ނެގި 59 ސާމްޕަލް ގެ ތެރެއިން 09 ސާމްޕަލް ވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެފައި ކަމަށެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓްވީ 6 ފަރާތަކާއި ރޯގާގެ އަލާމާތް ހުރެގެން ޓެސްޓުކުރި ދެ ސާމްޕަލަކާއި ރެންޑަމް ސާމްޕަލް އެކެވެ. މިއަދު ޕޮޒިޓިވްވި އެންމެންނަކީ ވެސް ހަނިމާދޫ އަށް ނިސްބަތްވާ މީހުންނެވެ. އިތުރު 9 މީހަކު […]

ޔުމްނާ ޢަލީ
ފުނަދޫއާއި ކުޅުދުއްފުށިން މަސްތުވާތަކެއްޗާއިއެކު 2 މީހަކު ހައްޔަރުކޮށްފި

ފުނަދޫއާއި ކުޅުދުއްފުށިން މަސްތުވާތަކެއްޗާއިއެކު 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަން އަދި ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދައި 2 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީީ މަސްތުވާތަކެތި ހިފައިގެން މީހަކު ކުޅުދުއްފުށިން ފުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 19 ވަނަ ދުވަހުގެ 11:59 ހާއިރު ކުޅުދުއްފުށީ ބަނދަރު މަތިން 41 އަހަރުގެ މީހަކު ހައްޔަރުކޮށް...

ޖަލްވާން ޖާދުﷲ
މުށިމަހުން ވައިކަރަދޫއަށް އުފާވެރިކަން! 📍 ހދ. ވައިކަރަދޫ

މުށިމަހުން ވައިކަރަދޫއަށް އުފާވެރިކަން!

މަސްވެރިކަމަކީ ޒަމާނުއްސުރެއް އަހަރުމެން ދިވެހީން ކާންބޯން ކުރާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އެއްމަސައްކަތެވެ. މިއަދާހަމައަށް އާދެވުނުއިރު، ދިވެހިން އަންނަނީ ތަފާތު އެކި ވައްތަރުގެ މަސްވެރިކަން ކުރަމުންނެވެ. ބޮޑުކަންނެލީގެ މަސްވެރިކަމުން ފެށިގެން އެންމެ ކުދި ފާނާއިގެ މަސްވެރިކަން ހިމެނެއެވެ. މިގޮތަށް ކުރެވޭ މަސްވެރިކަމުގެ ތެރެއިން، ދިވެހިންގެ ތެރޭގައި މަޝްހޫރު އެއްކަމަކީ މުށިމަހުގެ މަސްވެރިކަމެވެ. މީސް މީޑިއާގެ ޖާދޫގައި ޖެހި ފޯނަށް ބަލަހައްޓައިން އިންވަގުތު އަޅުގަނޑުގެ ކަޅި ހުއްޓުނީ، ބަ...

އަޙްމަދު އަރުޝަމް
ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލުގައި އިސްލާމް ދީނުގެ އަސާސްތަކާއި ފުށުއަރާ ކަންތައްތަކެއް އެބަހުރި: ނޮޅިވަރަންފަރު ކައުންސިލް 📍 ހދ. ނޮޅިވަރަންފަރު

ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލުގައި އިސްލާމް ދީނުގެ އަސާސްތަކާއި ފުށުއަރާ ކަންތައްތަކެއް އެބަހުރި: ނޮޅިވަރަންފަރު ކައުންސިލް

ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި އިތުރު ކުރުމަށް ރައްޔިތުން މަޖިލީހަށް މިހާރު ބަލައިގަނެ ކޮމެޓީ މަރުހަލާގައިވާ ބިލުގައި އިސްލާމް ދީނުގެ ހަރުދަނާ އަސާސްތަކާއި ފުށުއަރާ ކަންތައްތަކެ ހުރުމާއިއެކު އެކަމާއި ކަންބޮޑުވާކަން ހދ.ނޮޅިވަރަންފަރު ކައުންސިލުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށް 20 ޖޫން 2021 ވީ އާދީއްތަ ދުވަހު އެ ކައުންސިލުން ބަޔާން ނެރެފައިވަނީ އެ ކައުންސިލުގެ ފަސް މެމްބަރުން ވެސް ސޮއި ކުރައްވާފައެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޤާނޫނު ނަންބ...

އިބްރާހިމް ޚަލީލް
ނަފުރަތުގެ އަމަލުގެ ބިލާއިމެދު ހަނިމާދޫގެ ދެ ޖަމްޢިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި

ނަފުރަތުގެ އަމަލުގެ ބިލާއިމެދު ހަނިމާދޫގެ ދެ ޖަމްޢިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި

ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި، މިހާރު ކޮމެޓީގެ މަރުހަލާގައި އޮތް އެ ބިލާއި މެދު ހަނިމާދޫގެ ދެ ޖަމްޢިއްޔާއަކުން ކަން ބޮޑުވުން ފާޅު ކޮށްފިއެވެ. މި ބިލު މިހާރު އޮތްގޮތަށް ފާސްވެ އެ ބިލަށް ޤާނޫނީ ބާރު ލިބިގެން ގޮސްފިނަމަ ސައްތައިންސައްތަ މުސްލިމުން ދިރިއުޅެމުން އަނަނަ މި މުޖުތަމަޢަށް ކޮށްފާނޭ ނޭދެވޭ އަސަރުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވަނީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއާއި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުންނެވެ. އެ ދެ ޖަމްޢިޢްޔާއިން...

އިބްރާހިމް ޚަލީލް
ހަނިމާދޫގެ އަދަދު މައްޗަށް، އިތުރު 5 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫގެ އަދަދު މައްޗަށް، އިތުރު 5 މީހަކު ޕޮޒިޓިވްވެއްޖެ

ހދ. ހަނިމާދޫއިން އިތުރު 5 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު އަނެއްކާވެސް މައްޗަށް އަރައިފިއެވެ. އެރަށުން އިތުރު 5 މީހަކު ޕޮޒިޓިވްވުމުން މިހާރު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 29 އެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، 17 ޖޫން 2021 ވަނަ ދުވަހު ނެގުނު 50 ސާމްޕަލްގެ ތެރެއިން 5 ސާމްޕަލް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ކަމަށެވެ. އެއީ އަލާމާތް ހުރެގެން ޓެސްޓުކުރި 3 ފަރާތަކާއި ކަރަންޓީން ކޮށްފައިހުރި […]

ޔުމްނާ ޢަލީ
ހަނިމާދޫއިން ކޯވިޑަށް އިތުރު 11 މީހުން ޕޮޒިޓިވްވެ، އެކްޓިވްކޭސް 24 އަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން ކޯވިޑަށް އިތުރު 11 މީހުން ޕޮޒިޓިވްވެ، އެކްޓިވްކޭސް 24 އަށް

ހދ. ހަނިމާދޫއިން އިތުރު 11 މީހަކު ކޯވިޑަ-19 އަށް ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 24 އަށް އަރައިފިއެވެ. ހަނިމާދޫއިން ސިއްހީ މަރުކަޒުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއަދު ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ނެގުނު 60 ސާމްޕަލްގެ ތެރެއިން މިއަދު ނަތީޖާ ލިބުނު 58 ސާމްޕަލުގެ ތެރެއިން 11 ސާމްޕަލެކެވެ. ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ މީގެކުރިން ހަނިމާދޫއިން މި ބައްޔަށް ޕޮޒިޓިވްވި ބިދޭސީންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ […]

އިބްރާހިމް ޚަލީލް
"ނަފުރަތުގެ އަމަލު"ގެ ބިލުން ރައްޔިތުންގެ ދެ އަތާއި، ދުލުގައި ކަސްތަޅު އެޅޭނެ: މަކުނުދޫ ކައުންސިލް 📍 ހދ. މަކުނުދޫ

"ނަފުރަތުގެ އަމަލު"ގެ ބިލުން ރައްޔިތުންގެ ދެ އަތާއި، ދުލުގައި ކަސްތަޅު އެޅޭނެ: މަކުނުދޫ ކައުންސިލް

“ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލުގެ ސަބަބުން އިސްލާމްދީން ދިފާޢުކުރުމަށް ކުރަންޖެހޭ ކަންކަން ނުކުރެވި ދިވެހިރައްޔިތުންގެ ދެއަތުގައާއި ދުލުގައި ކަސްތަޅު އެޅޭނެ ކަމަށް ހދ. މަކުނުދޫ ކައުންސިލުން ބުނެފިއެވެ. މަކުނުދޫ ކައުންސިލުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހަށް “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ގަރާރެއްގައެވެ. މަކުނުދޫ ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެގަރާރުގައި ބު...

ޔުމްނާ ޢަލީ