މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ފަރި ރީތި ފިހާރަތަކުގެ "ފަރި ޕްރޮމޯޝަން": ޖޫން މަހުގެ ނަސީބުވެރިޔާ ހޮވައިފި 📍 ހދ. ކުޅުދުއްފުށި

ފަރި ރީތި ފިހާރަތަކުގެ "ފަރި ޕްރޮމޯޝަން": ޖޫން މަހުގެ ނަސީބުވެރިޔާ ހޮވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ފަރި ރީތި ފިހާރަތަކުގެ ކަސްޓަމަރުންނަށް ފަށާފައިވާ “ފަރި ޕްރޮމޯޝަން” ގެ މިދިޔަ މަހުގެ ނަސީބުވެރިޔާ ހޮވައިފި އެވެ. މަސް ނިމޭއިރު އެންމެ ގިނައިން ފައިސާ ދައްކާ ކަސްޓަމަރަށް ހާއްސަ އިނާމެއް ހުށައަޅާފައިވާ މި ޕްރޮމޯޝަންގެ މިދިޔަ މަހުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ހއ. ހޯރަފުށި ވޯޓަރލޫ، މުޙައްމަދު ނިޒާމު އެވެ. “ފަރި ޕްރޮމޯޝަން 2021” ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އެ ފިހާރައިން ވިޔަފާރިކުރުމަށްފަހު […]

އަލީ އާދިލް
ލާމަރުކަޒީއޭ ކިޔަސް ކަންކަން ކުރުމުގެ ބާރު އޮތީ އަމިއްލަ އިޚްތިޔާރަކުނޫން: ސިރާޖް

ލާމަރުކަޒީއޭ ކިޔަސް ކަންކަން ކުރުމުގެ ބާރު އޮތީ އަމިއްލަ އިޚްތިޔާރަކުނޫން: ސިރާޖް

ލާމަރުކަޒީއޭ ކިޔަސް ކަންކަން ކުރުމުގެ ބާރުއޮތީ އަމިއްލަ އިޚްތިޔާރަކުނޫން ކަމަށް ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖް ވިދާޅުވެއްޖެއެވެ. ހދ. އަތޮޅަށް ނިސްބަތްވާ ފަރާތްތަކަކުން އިސްނަގައިގެން ކްލަބް ހައުސް އެޕްލިކޭޝަން މެދުވެރިކޮށް ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ބައްދަލުވުމުގެ މައުލޫކަމަށްވާ “ސަރަހައްދީ ބާރުވެރިކަން”އަށް އިޝާރާތް ކުރައްވައި ސިރާޖް ވިދާޅުވީ، ބާރުވެރި ނުވެގެން މިއުޅެނީ ކޮންކަމަކުން ކޮންގޮތަކުންތޯ އޭނާ ހިތަށް އަރާ ވަޑައި ގަންނަވާ ކަމަށެވެ. “...

އަލީ އާދިލް
ނޮޅިވަރަންފަރު ބަނދަރަށް ވަދެނުކުތުމުގައި ސަމާލުވުމަށް ކައުންސިލުން އެދިއްޖެ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ބަނދަރަށް ވަދެނުކުތުމުގައި ސަމާލުވުމަށް ކައުންސިލުން އެދިއްޖެ

ނޮޅިވަރަންފަރު ބަނދަރަށް ވަދެނުކުތުމުގައި ސަމާލުވުމަށް ކައުންސިލުން އެދިއްޖެ ހދ. ނޮޅިވަރަންފަރު ބަނދަރަށް އުޅަނދުފަހަރު ވަދެ ނުކުތުމުގައި ސަމާލުވުމަށް އެ ރަށު ކައުންސިލުން އެދިއްޖެއެވެ. މިގޮތަށް އެކައުންސިލުން އެދުނީ ރޭ އެރަށު ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އުރުމާއި ގުޅިގެން،  އެ ދޯނި ފުންކުރުމުގެ މަސައްކަތް ކުރިއަށްދާތީ ރައްކާތެރިވުމުގެ ގޮތުންނެވެ. އެއީ “އަލިސާފު” ނަމަކަށް ކިޔާ، 90 ފޫޓްގެ މުދާ އުފުލާ ދޯންޏެކެވެ. އެދޯނި އުރިފައި ވަނީ ނޮޅިވަރަންފަރު ކަނޑިންމައިން އެރަށު ބަނދަރަށް ވަންނަން އުޅު...

އަޙްމަދު އަރުޝަމް
ނޮޅިވަރަންފަރު ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އުރިއްޖެ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އުރިއްޖެ

ހދ. ނޮޅިވަރަންފަރު ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އުރިއްޖެއެވެ. އެ ދޯނި އުރުމުގެ ސަބަބުން މިހާރު ސިފައިން އަންނަނީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. ސިފައިން ވިދާޅުވި ގޮތުގައި އެ ދޯނި އުރުނުކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ރޭ 20:51 ހާއިރުއެވެ. އެއީ “އަލިސާފު” ނަމަކަށް ކިޔާ، 90 ފޫޓްގެ މުދާ އުފުލާ ދޯންޏެކެވެ. އެ ދޯނީގައި 3 ފަޅުވެރިން އެބަތިއްބެވެ. އެއީ ދިވެއްސަކާއި، ދެ ބިދޭސީންނެވެ. އެ ދޯނި ފުންކުރުމަށް ދޯނީގެ ވެރިފަރާތުން […]

ޔުމްނާ ޢަލީ
ޔޫރޯ ފޯރީގައި ތިއްބާ ހަނިމާދޫ ޒުވާނުންނަށް ރައީސް ވެވަޑައިގެންނެވި ވަޢުދު ފުއްދައިފި – މަޚްލޫފް 📍 ހދ. ހަނިމާދޫ

ޔޫރޯ ފޯރީގައި ތިއްބާ ހަނިމާދޫ ޒުވާނުންނަށް ރައީސް ވެވަޑައިގެންނެވި ވަޢުދު ފުއްދައިފި – މަޚްލޫފް

އެންމެން ފުޓްބޯޅަ ފޯރީގައި ޔޫރޯ ބަލަން ތިއްބައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް އެ ރަށުގެ ޒުވާނުންނަށް ވެ ވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް އެ ރަށު ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައި ނިންމައިފި ކަމުގައި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައި ނިންމާލެވިފައިވާ ކަން ހާމަކޮށް ޔޫތު މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އެންމެން ފުޓްބޯޅަ ފޯރީގައި ޔޫރޯ ބަލަންތިއްބައި ހދ.ހަނިމާދޫގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް […]

އިބްރާހިމް ޚަލީލް
ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލާއި ދެކޮޅަށް ނޮޅިވަރަމްގައި ހިނގާލުމެއް 📍 ހދ. ނޮޅިވަރަމް

ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލާއި ދެކޮޅަށް ނޮޅިވަރަމްގައި ހިނގާލުމެއް

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ހދ. ނޮޅިވަރަމްގައި އިއްޔެ ހިނގާލުމެއް ބާއްވައިފިއެވެ. “ސެކިއުލަރ ބިލާ ދެކޮޅަށް ނޮޅިވަރަން ހިނގައިލުން” ނަމުގައި އިއްޔެ ހަވީރު ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ބައިވެރިވި އެރަށުގެ ރަށްޔަތުން ވަނީ އެ ބިލުގައި ހުރިކަންބޮޑުވުންތައް ހާމަކޮށް އެ ރައްޔިތުންގެ ޝުއޫރު ފާޅުކޮށްފައެވެ. އެ ހިނގާލުމުގެ ބައިވެރިން އެ ބިލާއި ދެކޮޅުކަން އަންގައިދޭ އި...

ޔުމްނާ ޢަލީ
އިންޑިޔާ ސިފައިން ޖާގަ ނުދީގެން މޯލްޑިވިއަން އަށް ހަނިމާދޫއަށް ނުޖެއްސުނުކަމަށް ބުނާވާހަކަ ދޮގުކޮށްފި 📍 ހދ. ހަނިމާދޫ

އިންޑިޔާ ސިފައިން ޖާގަ ނުދީގެން މޯލްޑިވިއަން އަށް ހަނިމާދޫއަށް ނުޖެއްސުނުކަމަށް ބުނާވާހަކަ ދޮގުކޮށްފި

އިންޑިޔާ ސިފައިން ޖާގަ ނުދީގެން ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓަކަށް ނުޖެއްސުނު ކަމަށް ބުނާވާހަކަ ދޮގުކޮށްފި އެވެ. މޯލްޑިވިއަންއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހަނިމާދުއަށް ޖައްސަން ދިޔަ ބޯޓަކަށް އިންޑިޔާ ސިފައިން ޖާގަ ނުދީގެން ނުޖެއްސުނު ކަމަށް ޗެނަލް13 އިން ރިޕޯޓްކޮށްފައިވަނީ ދޮގު ޚަބަރެއްކަމަށެވެ. “އެދުވަހު މޯލްޑިވިއަންގެ ބޯޓުތައްވަނީ ޝެޑިއުލާއެއްގޮތަށް އޮޕަރޭޓްކޮށްފައި.” މޯލްޑިވިއަންއިން މިއަދު ކުރި ޓުވީޓުގައި ބުނެފައިވެއެވެ. މޯލްޑިވިއ...

އަލީ އާދިލް
ސިޓީ ކައުންސިލުން އެދުނު ކަންކަމަށް ރައީސް ދެއްވީ އުންމީދީ ޖަވާބުތަކެއް: އާތިފް 📍 ހދ. ކުޅުދުއްފުށި

ސިޓީ ކައުންސިލުން އެދުނު ކަންކަމަށް ރައީސް ދެއްވީ އުންމީދީ ޖަވާބުތަކެއް: އާތިފް

ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއިއެކު އިއްޔެ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުކުރެއްވުމުގައި މައިގަނޑު 8 ކަމެއް ރައީސަށް ހުށަހެޅުއްވިކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. އޮންލައިންކޮން އިއްޔެ ކުރިއަށްދިޔަ މިބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ އަށް ދިމާވެފައިވާ މައްސަލަތައް ހަލު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އެ ބައްދަލުވުމުގައި ރައީސް ޞާލިޙަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުށަހެޅު މައުގަނޑު ކަންކަމުގެ ގޮތުގައި މޭޔަ...

ޔުމްނާ ޢަލީ
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އެރަށު ސްކޫލު ލައިބްރަރީ އިތުރަށް ތަރައްޤީ ކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އެރަށު ސްކޫލު ލައިބްރަރީ އިތުރަށް ތަރައްޤީ ކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ “އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑް” ގެ ދަށުން މި ހިނގާ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓާއަށް ހޮވި މަޝްރޫޢުތަކުގެ ތެރޭގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ހަނިމާދޫ ސްކޫލްގެ ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް ހުށަހަޅާފައިވާ މަޝްރޫޢު ހިމެނިއްޖެއެވެ. ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމްޢިއްޔާ ޖަމާއަތްތަކުން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގ...

އިބްރާހިމް ޚަލީލް
ރައީސް ކުޅުދުއްފުށީ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި 📍 ހދ. ކުޅުދުއްފުށި

ރައީސް ކުޅުދުއްފުށީ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރ މުޙައްމަދު އާޠިފް އާއި މެންބަރުން ވަނީ ބައިވެރިވެފަ އެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮންނެވެ. މިބައްދަލުވުމުގައި އެސިޓީ އަށް ދިމާވެފައިވާ މައްސަލަތައް ހަލު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އެގޮތުން އެސިޓީގައި ގިނަދުވަސްވެ ޖަމާވެފައިވާ ކުނިފުނިތައް ސަރުކާރުގެ އެހީތެރިކަމާއެކު ނަގައި ކުނީގެ މައ...

އިބްރާހިމް އަސްވާޤް
ހދ. އަތޮޅު ނައިބު ރައީސްއަކަށް ކުމުންދޫ ރައީސް އަމީން 📍 ހދ. މަކުނުދޫ

ހދ. އަތޮޅު ނައިބު ރައީސްއަކަށް ކުމުންދޫ ރައީސް އަމީން

ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ހޮވިއްޖެއެވެ. ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުން އޮތީ މިއަދުއެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކުމުންދޫ ރައީސް އަމީންއާއި މި އިންތިޚާބުގައި ވާދަކުރެއްވީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ކުރިނބީ ކައުންސިލް ރައީސް ޢަބުދުﷲ އަސްލަމެވެ. ހދ. ނައިބު ރައީސް ހޮވުމަށް މިއަދު ނެގި ވޯޓުގައި ކުމުންދޫ ރައީސް އަމީންއަށް 8 ވޯޓު ލިބިވަޑައިގެންނެވިއިރު، ކުރިނބީ ރައީސް އަސްލަމަށް ލިބިވަޑައ...

ޔުމްނާ ޢަލީ
ހަނިމާދޫން އިތުރު 8 މީހަކު ކޯވިޑަށް ޕޮޒިޓިވް 📍 ހދ. ހަނިމާދޫ

ހަނިމާދޫން އިތުރު 8 މީހަކު ކޯވިޑަށް ޕޮޒިޓިވް

ހދ.ހަނިމާދޫއިން އިތުރު އަށް މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި މި ބައްޔަށް ޕޮޒިޓިވްވެފައި މި ވަނީ 29 ޖޫން 2021 ވަނަ ދުވަހު ނެގުނު 22 ސާމްޕަލްގެ ތެރެއިން 3 ސާމްޕަލަކާއި، 29 ޖޫން 2021 ވަނަ ދުވަހު ނެގުނު 37 ސާމްޕަލްގެ ތެރެއިން 5 ސާމްޕަލެކެވެ. މި ދެ ދުވަހުން ޖުމްލަ އަށް މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިހާރު ހަނިމާދޫގައި މި ބަލި ޖެހިފައިތިބި 47 […]

އިބްރާހިމް ޚަލީލް
އިތުރުކުރާ ބިމުގައި ކުރަންއުޅޭ ކަމެއް އެއްވެސް ރައްޔިތަކަށް އޮޅިފައެއް ނޯންނާނެ: ހަނިމާދޫ ކައުންސިލް 📍 ހދ. ހަނިމާދޫ

އިތުރުކުރާ ބިމުގައި ކުރަންއުޅޭ ކަމެއް އެއްވެސް ރައްޔިތަކަށް އޮޅިފައެއް ނޯންނާނެ: ހަނިމާދޫ ކައުންސިލް

ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން ބިމުގެބައެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާއިރު، އެ ބިމުގައި ކުރަން އުޅޭކަމެއް ހަނިމާދޫގެ އެއްވެސް ރައްޔިތަކަށް މިހާރު އޮޅިފައެއް ނޯންނާނެކަމަށް ހަނިމާދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ހަނިމާދޫ ކައުންސިލުން ރޭ ވަނީ “ކްލަބް ހައުސް” މެދުވެރިކޮށް، އެއާޕޯޓް ސަރަހައްދަށް އިތުރުކުރާ ބިމާގުޅޭ މަޢުލޫމާތު ހިއްސާ ކުރުމަށް ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި އާންމު ރައްޔިތަކު ކުރި ސ...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ވާރޑް އިމާރާތުގެ ސީލިންގެމަސައްކަތް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ލެބޯޓްރީއަކާއި ވާރޑް އިމާރާތެއްގެ އިތުރުން އޯ.ޕީ.ޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެއެވެ. ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެ...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީ އާންމު ހާލަތަށް ގެނެސްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ އާންމު ހާލަތަށް ގެނެސްފި

ކޯވިޑް-19ގެ ސަބަބުން މޮނިޓަރިން ހާލަތުގައި އޮތް ކުޅުދުއްފުށީ ސިޓީ އާންމު ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނައީ، މިމަހު 9 ވަނަ ދުވަހު ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓްގެ ފަޅުވެރިޔަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ފަޅުވެރިޔާ ޕޮޒިޓިވްވިކަން އިނގުނީ ބަލީގެ އަލާމާތްތައް ހުރެގެން އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކުމުންނެވެ. އެ ކޭހާއި ގުޅިގެން އެދުވަހު އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތުމަށްފ...

ޔުމްނާ ޢަލީ